މަހުލޫފް ނޫސްވެރިންނާއި ވާހަކަދައްކަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއަދު މިނިވަން ޖައްވަށް ނިކުންނެވީ އިންސާފު ލިބިގެން ނޫންކަމަށް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލު ކުރިމަތީގައި މުޒާހަރާކުރި މައްސަލައިގައި މަޙްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ ދައުވާގެ ޝަރީއަތް ނިމެންދެން ގޭ ބަންދުގައި ހުންނެވި މަޙްލޫފް ކްރިމިނަލް ކޯޓުން މިނިވަން ކޮށްދެވުމުން ކޯޓުން ނިކުމެވަޑައިގެން ވިދާޅުވީ، މިނިވަންވުމަކީ ރައީސް ޔާމީން ނުވަތަ އަދުގެ ސަރުކާރުން ކޮށްދިން ކަމެއް ނޫން ކަމަށާއި، މިއަދު ގޭ ބަންދުން ދޫކޮށްލުމުން ނިކުންނެވި ނަމަވެސް އަދި އިންސާފު ނުލިބޭ ކަމަށެވެ.

މަޙްލޫފް ވިދާޅުވީ، މިނިވަން ވުމުން ވަރަށް ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށާއި، ބިރުވެރިކަމުގެ އިހުސާސް ނެތިގެންގޮސް، މިނިވަންކަމުގެ ވައިރޯޅި ގައިގައި ބީހިލައިފިކަމުގެ އިހުސާސް ވެއްޖެ ކަމަށެވެ.

"ވަރަށް ވަރަށް ބޮޑަށް އުފާވެއްޖެ، މިތަނަށް ނިކުމެލީމަވެސް ބިރުވެރިކަމުގެ އިހުސާސް ނެތިގެން ހިނގައްޖެކަން އަޅުގަނޑަށް އިހުސާސްވެއްޖެ. މިނިވަންކަމުގެ ވައިރޯޅި ގައިގައި ބީހިލައިފިކަމުގެ އިހުސާސް ވެއްޖެ. އެއްވެސް ހާލަތެއްގައި މިއީކީ ރައީސް ޔާމީން ނޫނީ ސަރުކާރުން ކޮށްދޭ ކަމެއް ނޫން، އަޅުގަނޑަށް މިއަދު އިންސާފެއް ލިބިގެން ނިކުތީއެއް ނޫން." މަޙްލޫފު ވިދާޅުވިއެވެ.

މަޙްލޫފް ވިދާޅުވީ، މިއަދު މަޙްލޫފު މިނިވަންވީ ނަމަވެސް ނުހައްޤުން ބަންދު ކޮށްފައިވާ އެތައް ބަޔަކު ޖަލުތަކުގައި އެބަތިބި ކަމަށެވެ. އޭގެ ތެރެއިން މޭޑޭގައި ހައްޔަރު ކުރެވިގެންދިޔަ ފަރާތްތަކާއި، ފަޒްނާ، ނަޖްމީ އަދި އެސްއޯގެ ފުލުހުން ޚާއްޞަކޮށް މަޙްލޫފު ފާހަގަ ކުރެއްވިއިއެވެ. އަދި ސަރުކާރުން ބޭނުންނަމަ ބައެއް ފަރާތްތަށް މިހާރުން މިހާރަށް ގެއަށް ބަދަލު ކޮށްދެވޭނެ ކަމަށްވެސް މަޙްލޫފު ވިދާޅުވިއެވެ.

"އަދި އެތައް ބަޔަކު އެބަތބި ޖަލުތަކުގައި، ފާހަގަކޮށްލަން މޭޑޭގައި ހައްޔަރު ކުރެވިގެންދިޔަ ފަރާތްތަކާއި، ފަޒްނާ، ނަޖްމީ އަދި އެސްއޯގެ ފުލުހުންވެސް ވެއްޖެ ހައްޔަރުކޮށްފައި. ރައީސް މަޢުމޫން، ފަރިސް އަދި އުއްތަމަ ފަނޑިޔާރާއި ޢަލީ ހަމީދުމެން ފަދަ ބޭފުޅުން މިވަގުތުން މިވަގުތައް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގެއަށް ލައިދެވޭނެ ހަމަގައިމުވެސް ސަރުކާރުން ބޭނުންވަންޏާ." މަޙްލޫފު ވިދާޅުވިއެވެ.

މަޙްލޫފު ވިދާޅުވީ، އިންސާފަށްޓަކައި ކުރަންޖެހޭ މަސައްކަތް އަދި އޮތީ ކަމަށާއި، އިންސާފު ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މި ފުރުޞަތުގައި މަޙްލޫފު ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ފަރާތްތަކަށް މަރުޚަބާވެސް ދަންނަވާފައެވެ.

"މި ފުރުޞަތުގައި އޮނަރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އޮނަރަބަލް ފައިސަލް ނަސީމް ދެ ބޭފުޅުން އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށްޓަކައި އެބޭފުޅުންނަށް ފަށްފަށުން ޝުކުރު އަދާކުރަން، މަރުޚަބާ ކިޔަން." މަޙްލޫފު ވިދާޅުވިއެވެ.

މަޙްލޫފު ވިދާޅުވީ، ރައްޔިތުން ބިރުވެރިކަމާއި، ފުރައްސާރައާއި، ޖެއްސުމާއި، މަލާމާތުގެ ތެރެއިން ނިކުމެ ކޮށްދެއްވި ބުރަ މަސައްކަށް ފަށްފަށުން ޝުކުރު އަދާކުރައްވާ ކަމަށެވެ.

މިއަދު މަޙްލޫފު ދޫކޮށްލި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ، 2018 އެޕްރީލް 4 ވަނަ ދުވަހުން ފެށިގެން މަޙްލޫފު ބަންދުގައި ބަހައްޓަން ކޯޓުގައިއ އެދުނީ ހެއްކަށް ނުފޫޒު ފޯރުވާނެކަމަށް ލަފާކޮށް ފުލުހުންގެ ފަރާތުން ސިޓީއަކުން ޕީޖީގައި ދަންނަވާފައިވަތީ ކަމަށާއި، މިއަދު ފުލުހުން ވިދާޅުވެފައިވަނީ މިހާރު ހެއްކަން ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތްކަމަށް ބެލެން ނެތް ކަމަށެވެ. އެހެންކަމުން ބަންދާ މެދު ކޯޓުން ގޮތެއް ނިންމަވައިދެއްވުމަށް ޕީޖީގެ ވަކީލުން ޝަރީއަތުގައި އެދިލެއްވިއެވެ.

ދައުލަތާއި، ފުލުހުން މަޙްލޫފް ދޫކޮށްލުމާމެދު އިއުތިރާޒު ނުކުރާތީވެ ގާޒީ ނިންމެވީ މަހްލޫފް އެއްވެސް ޝަރުތަކާ ހުލައި ގޭބަންދުން މިނިވަން ކުރުމަށެވެ. މި މައްސަލައިގެ އިތުރުން ކްރިމިނަލް ކޯޓަށް މަޙްލޫފާ ދެކޮޅަށް ހުށަހެޅިފައިވާ އިތުރު މައްސައަކަށްވެސް މި ހަފްތާގެ ބުރާސްފަތި ދުވަހު ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވަނީ މިއަދު ވިދާޅުވެފައެވެ.

އަހްމަދު މަޙްލޫފް މިއަދު މިނިވަންކުރެއްވިއިރު، ރޭގެ އިރާކޮޅު ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވަނީ ދޫކޮށްލާފައެވެ. އަދި ރޭގެ ވަގުތެއްގައި ނަދީމްއާއި، އަރީފް އިތުރުން، ސިނާން އަދި އިލްހާމްވެސް ވަނީ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ތީ ނިޢުމަތަށް ޝުކުރު ކުރަން ދަންނަމީހެއްނޫން. ދުވަހަކު ކަލެއަކަށް އިންސާފެއް ނުލިބޭނެ. އެކަންއޮތީ ﷲ ގެ ހަޟުރަތުގަ. އެދުވަސް އަންނަންދެން ކަލޭ ހުންނަންޖެހޭނީ ތިޔަހެން. ދެންވެސް މައިތިރިވެ ﷲ އަށް ޝުކުރުކޮށްބަލަ.

  2. ޤާޟީ ހައިލަމް ހުރީ އަތް އަނބުރާލާފަ، މިހާރު މިއޮތީ ޕައްލަންބެއަށް ރަސްކަން ލިބިފަ، ކަލޯ ހޭބަހައްޓާތީ، ތިހެން ދަމުންދަމުންގޮސް އަމިއްލަ ސޮރު މިނިވަން ނުކުރާތި.

  3. ޙެހެހެހެހެ

  4. އަދި.ކުރިއައް.ހުކުމް އޮތީދޯ ވަރައް ސާފުކޮއް އެނގޭކަމެއް. ކަލޭ ގޭބަންދުގަ ހުރެގެން ކުރި ދޮގު ޓުވީޓުތަކާ ފޭސްބުކުގަ ލިޔުނު ދޮގު ހަބަރުތަކަާ މީހުންގެ ބޮލުގަ އެޅުވި ދޮގު އިލްޒާމުތަކުންނާ މީހުންގެ އަބުރާ ބެހުމުންނާ ފެތުރި ފިތުނަ ފަސާދައިން ގައިގަ ބީހިލާ ހޫނު ވައިރޯޅިން ކަލޭ ފިހިގެންދާނެ ކަމާމެދު އެއްވެސް ޝައްކެތް ނުކުރަން . އެދުވަހުން ކަލޭ ބުނާނީކީކޭ

  5. ދެން މިސްކިތައް އަރާ ދުއާކުރޭ. ގޭބަންދުގަ ހުރިއިރު މީހުންގެ ބޮލުގަ ދޮގު އިލްޒާމު އެޅުވި. މީހުންގެ އަބުރު ކަތިލި. ހެއްދެވިހާ ބުހުތާނު ދޮގުހެދި. 24 ގަޑިއިރު.ކުރިކަމަކީ ދައްޖާލުވެސް ނުކުރާނެހާ ވަރައް ބިމުގަ ފިތުނަ ފަސާދަކުރުން

  6. ކަލޯ އަދި ތިނުކުމެވުނީކީ ނޫން 2008-2012 ތިމާއުޅުން ހާލު އަނެއްކާ ތަކުރާރުވާނެ ނޫނީ ބުނާގޮތްހަދައިގެން ޖެހިހާބެރަކައް ނަށަނަށާ ހުރޭ.

  7. އަދި މި ނުކުތީ ރިލޯޑްކޮށްދޭނެ މީހަކު ވޭތޯ!

  8. އަދިވެސް ޖަލަށް ވަންނާނެ

  9. ހެހެހެ.... ދިވެހިންނަކީ ކުށްކުރަން ލޯބިކުރާ އަދަބުލިބެން ނަފްރަތުކުރާބައެއް. އަދި ކުށަށް އަދަބު ދިނުމަކީ ނާއިންސާފާއި އަނިޔާވެރިކަން ކަމުގައިދެކި އަދަބު ނުދިނުމީ އިންސާފުވެރިކަމާއި ހަމަހަމަކަން ކަމުގައި ގަބޫލުކުރާ ބައެއް.

  10. އޮޅިގެންވެސް ތިބުނީ ތެދެއް. ކަލޭކުރި ކުށަށް އަދަބުލިބެންޖެހޭނެ. އިންސާފުލިބޭނީ އޭރުން.

  11. ކަލޯ އިންސާފު ހޯދާނެތަނަކުން ހޯދާ އެކަމަކު ކަލޯ މަޖުލިސްމަތިން ހަދާންނައްތާލާ މިއީ ކަލޯގެ ފަހުދައުރުކަމުގަހަދާ.. ޅިޔަނުގާތުބުނެގެން މިނިސްޓަރުކަން ލިބޭތޯއުޅޭ

  12. ޢައްޑޫ ސީދިބިޑާ

    ލާރިކޮލެއް ލިބެންދެން އިންސާފޭ ފކ ކިޔާ

  13. ނިކުމެގެން އަވަހައް މާދަމާގެ ހާލަތައް ވިސްނާ މިއަނދު ފުއްޕާފަ ބޮނޑާހޭކިދާނެ ކޮބާމާދަމާގެ ހާލަތު

  14. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    މިންވަރަށް އީމާންވާ މީހުންނަކީ، ދަރަޖަ އުފުލިގެންވާ މާތްމީހުންނެވެ. ދެކޮޅުހެދުމާ، އިންކާރު ކުރުމުގެ އަސާސަކީ، ހެޔޮކަންތަކަށް އަމުރުކުރުމާ ނުބައި ކަންތައްތައް މަނާކުރުމުގައި ޢަމަލު ކުރެވޭ އަސާސެވެ. އެއްވެސް މީހަކަށް އެމީހަކު އެދޭހައި ކަމެއް ޙާސިލުނުވެއެވެ.