ކުލަ ކަޅުވިޔަސް އަދި އައްޔަސް ހަންގަނޑަށް ތާޒާކަމާއި ދުޅަހެޔޮ އަދި އޮމާންކަމާއި މަޑުކަމެއް ލިބިފައިވުމީ އެކަމުގެ ސަބަބުން މީހާގެ ރީތިކަމާއި ތާޒާކަން ހާމަވެ އިތުރުވެގެންދާ ކަމެކެވެ. ހަންގަނޑުގެ ދުޅަހެޔޮ ކަމަށް ރައްކާތެރިވުމުގެ ބޭނުމަކީ ހަމައެކަނި ރީތިކަމެއް ހޯދުން ނޫންކަމުގައި ވާއިރު، އެކަމަކީ ސިއްޙަތާއިވެސް ގުޅިލާމެހިފައިވާ ކަމެކެވެ.

މި ބޭނުމުގައި ތަފާތު އެކި އުފެއްދުންތައް ތައްޔާރުކުރެވިފައި ވީނަމަވެސް، އެފަދަ ގިނަ އުފެއްދުންތަކުން އެކަށީގެންވާ ނަތީޖާއެއް ލިބުން ވެފައި އޮންނަނީ ދުރުކަމަކަށެވެ. އަދި ހަމަ އެހެންމެ އެފަދަ ބައެއް ތަކެތި ބޭނުން ކުރުމުގެ ސަބަބުން ހަންގަނޑަށް ގެއްލުން ލިބި ހަންގަނޑުގެ ރީތިކަން ގެއްލިގެންދާ ފަހަރުވެސް އާދެއެވެ. އެހެންކަމުން، ހަންގަނޑުގެ ރީތިކަމާއި ދުޅަހެޔޮކަން އިތުރުކުރުމަށް އަބަދުވެސް އެންމެ އެކަށީގެންވާ ފައިދާހުރި އުފެއްދުންތައް ދެނެގަނެ އިޚްތިޔާރުކުރުމަކީ މުޙިންމު ކަމެކެވެ.

ރާއްޖޭގައި މިހާރު ގިނަ ބައެއްގެ މެދުގައި މަޤުބޫލު "ޖެނެޓް" ބްރޭންޑުގެ "ވައިލްޑް ޓާމެރިކް ސްކްރަބް" އަކީ އަކީ ހަންގަނޑު ދުޅަހެޔޮކޮށްދިނުމާއި އެކު ދޮންކަން އިތުރުކޮށް އަވަހަށް ދޮންވާން އެދޭ ފަރާތްތަކަށް ޚާއްސަ އުފެއްދުމެކެވެ. މި ސްކްރަބް ހަދާފައި ވަނީ ޒަމާނުއްސުރެ ހަންގަނޑު ރީތިކުރުމަށް ބޭނުންކުރާ ރީނދޫ ހިމަނައިގެންނެވެ. ރީނދުލަކީ ހަންގަނޑު ސާފުކޮށްދީ، ޚާއްސަކޮށް މޫނުގައި ބިހިނެގުމުން ދުރުކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން ރީނދުލުގައި ހިމެނޭ މުޙިންމު ބައިތަކުގެ ސަބަބުން، ނުރައްކާތެރި މާއްދާތަކުން ހަންގަނޑު ރައްކާތެރިކޮށްދީ ދުޅަހެޔޮކޮށްދެއެވެ.

ހުރިހައި ވައްތަރެއްގެ ހަންގަނޑަކާއިވެސް އެންމެ އެކަށީގެންވާ ގޮތަށް އުފައްދާފައިވާ "ޖެނެޓް ވައިލްޑް ޓާމެރިކް ސްކްރަބް" ބޭނުންކުރުމާއި އެކު ވަގުތުން އޭގެ ހެޔޮ އަސަރު ފެންނާން ފަށާއިރު އާދަކޮށް މި ސްކްރަބް ބޭނުންކުރާން ފެށުމުން ހަންގަނޑުގެ ދުޅަހެޔޮކަމާއި ތާޒާކަން ދެމެހެއްޓުމަށް އެހީއަކަށް ވެގެންދެއެވެ.

"ޖެނެޓް ވައިލްޑް ޓާމެރިކް ސްކްރަބް"ގެ އެންމެ ޚާއްސަ އެއް ސިފައަކީ މި ސްކްރަބް ބޭނުންކުރާން ފެށުމުން ހަންގަނޑު ދޮންކޮށްދިނުމާއި އެކު ހަންގަނޑުގެ މަޑުކަމާއި އޮމާންކަން އިތުރުކޮށްދިނުމެވެ. މިގޮތަށް މެދުވެރިވަނީ ސްކްރަބްގައި އެކުލެވޭ ބައިތަކުން ހަންގަނޑަށް ލިއްބައިދޭން ޖެހޭ މުޙިންމު މާއްދާތައް ބޭނުންވާ މިންވަރަށް ލިއްބައިދިނުމާއިއެކު ހަންގަނޑުގައި ހުންނަ ބޭކާރު އަދި ނުރައްކާތެރި ބައިތައް ނައްތާލަދޭތީއެވެ.

ހަމައެކަނި ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ތައްޔާރުކުރެވިފައިވާ މި ސްކްރަބްގައި އެކުލެވޭ ރީނދުލާއި އެކި ކަހަލަ ފައިދާކުރުވަނިވި ފަތްޕިލާވެލީގެ ސަބަބުން، ހަންގަނޑުގެ ކުލަ ތަފާތުވެފައިވާ ތަންތަން މުޅި ހަންގނޑާއި އެއްހަމަކޮށްދިނުމަށް އެހީއަކަށް ވެއެވެ. ހަމަ އެހެންމެ ހަންގަނޑުގައި ހުންނަ ބްލެކް އަދި ވައިޓް ހެޑްސް އާއި މަރުވެފައި ހުންނަ ސެލްތައް ފިލުވައިދީ ހަންގަނޑު ސާފުކޮށްދިނުމަށް މި ބައިތަކުން މުޙިންމު ދައުރެއް އަދާކުރެއެވެ. ހަންގަނޑުގެ ރީތިކަމާއި އެއްވަރަށް "ޖެނެޓް ވައިލްޑް ޓާމެރިކް ސްކްރަބް" އަކީ ބޭނުންކުރާން ފެށުމުން އެކަމުގެ ސިއްޙީ ފައިދާތައްވެސް ލިއްބައިދޭ އިތުބާރުހުރި އުފެއްދުމެކެވެ. މި ސްކްރަބްގައި އެކުލެވޭ ފައިދާކުރަނިވި ބައިތައް މެދުވެރިކޮށް ގަދަ އަވިން އަނދާފައި ހުންނަ ހަންތަކާއި ހަންގަނޑުގައި ހުންނަ ޖަރާސީމު ނައްތާލާއެވެ.

މި ސްކްރަބް، ކޮންމެ ދުވަހަކު އެއްފަހަރު ބޭނުންކުރުމަކީ ރަނގަޅު ގޮތެކެވެ. "ޖެނެޓް ވައިލްޑް ޓާމެރިކް ސްކްރަބް" އާދަކޮށް ބޭނުންކުރަން ފެށުމުން، ނުހަނު އަވަހަށް އޭގެ ހެޔޮ ބަދަލުތައް ފެނި ހަންގަނޑުގެ ކުލަ އަލިވެ ތާޒާކަން އިތުރުކޮށްދީ މަޑުކޮށްދޭން މަގުފަހިވާ ކަމަށް، ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ޖެނެޓް ބްރޭންޑުގެ "ވައިލްޑް ޓާމެރިކް ސްކްރަބް"، ފޭސްބުކް ޕޭޖް "ލިބޭ" އިން ލިބެން ހުރިއިރު، ޕްރޮޑަކްޓް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް ޕޭޖުގެ ފަރާތުން އެދެއެވެ.

ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކަކީ، ގުދުރަތީ މާއްދާތައް ހިމަނައިގެން 1961 ވަނަ އަހަރުން ފެށިގެން "ބިއުޓީ" އަދި "ޕާސަނަލް ކެއަރ"ގެ އުފެއްދުންތައް އުފައްދަމުން އަންނަ ތަޖުރިބާކާރު އަދި ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުންފުންޏެއްގެ އުފެއްދުންތަކެކެވެ. މި ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ "ސްކިން ކެއަރ" އަދި "ހެއަރ ކެއަރ"ގެ އުފެއްދުންތައްކަން ފާހަގަކޮށްލެވެއެވެ.

ގޮތުން ހަމަ އެކަނި ހަންގަނޑާއި އިސްތަށިގަނޑަށް ޚާއްސަކޮށްގެން އެ ކުންފުނިން މިހާތަނަށް ވަނީ، 50 އަށްވުރެ ގިނަ ޕްރޮޑަކްޓް އުފައްދާފައެވެ. ޖެނެޓް ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އާއި މުޅި ދުނިޔޭގައިވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުންދާއިރު، މިހާތަނަށް އެ ބްރޭންޑުން ވަނީ ދުނިޔޭގެ ފެންވަރުގެ ދެ އެވޯޑެއްވެސް ހާސިލްކޮށްފައެވެ.