އިނގިރޭސިވިލާތުގެ ހިމާޔަތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށްފަހު، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އެޑްވައިޒަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރާއްޖެއަށް ވަޑައިގަންނަވަން އުޅުއްވާކަން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކައްވާ މިއަދު ކުރެއްވި ޓްވީޓެއްގައި، ޖާބިރު ވިދާޅުވީ، ޔޫކޭގެ ހިމާޔަތުގައި އަހަރަކަށްވުރެ ގިނަ ދުވަހު ހުންނެވުމަށްފަހު ރައްޔިތުންނާއި ބައްދަލުކޮށް ބިރެއްނެތި ދިރިއުޅުމަށް މާދަމާ "ޖަޒީރާ ރާއްޖެ" ވަޑައިގަތުމަށް ތައްޔާރުވަމުންދާ ކަމުގައެވެ.

އަދި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ، މާދަމާރޭ 19:50 ގައި ކޮލަމްބޯއިން ރާއްޖެއަށް އައުމަށް ހަަމަޖެހިފައިވާ ސްރީލަންކަން އެއާލައިންސްގެ ފްލައިޓް، ޔޫއެލް103 އިން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

"ޔޫކޭގެ ހިމާޔަތުގައި އަހަރަކަށްވުރެ ގިނަ ދުވަހު ހުރުމަށްފަހު އަޅުގަނޑުގެ ތިމާގެ، ރަހުމަތްތެރީންނާއި ބައްދަލުކޮށް، ބިރެއްނެތި އަރާމުގައި ދިރިއުޅެ ވިޔަފާރި ކޮޅަށް ޖެހުމަށް ޔޫއެލް103 ކޮލަމްބޯއިން ޖަޒީރާ ރާއްޖެއަށް އަޅުގަނށު ލޭންޑުކުރާނީ މާދަމާ 19:50 ގައި. އިންޝާﷲ! މަރުޙަބާ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު،" ނިމިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކެންޑިޑޭޓް ޓެގުކުރައްވައި ޖާބިރު ކުރެއްވި އެ ޓްވީޓުގައި ވެއެވެ.

އިދިކޮޅު ކެންޑިޑޭޓް އިބޫއަށް ޖާބިރުގެ ޓްވީޓުގައި މަރުހަބާ ދަންނަވާފައި ވާއިރު، ޖާބިރުއަކީ އިދިކޮޅު ކޯލިޝަންގެ ފަަރާތުން ހިންގަމުންދާ ކަންކަމުގައި ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަވައްޓެރި ސްރީލަންކާގައި މިހާރު ދިރިއުޅުއްވަމުންދާ ޖާބިރުގެ އިތުރުންވެސް ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުން އިނގިރޭސިވިލާތުގެ ހިމާޔަތުގައި އުޅުއްވަމުން ގެންދަވައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    ކީއްކުރައްވަންތޯ މިފަދަ ޖަޒީރާ ރާއްޖެއަކަށް ފްލައިޓަކު ވަޑައިގަންނަވަނީ! ނިކަން ޖަޒީރާވަންތަ ކަމުގައި ވެލައެއްހެން ހޮނޑާދޫ ގޮނޑުދޮށަށް އަރުއްވާ!

  2. ޚުމަަިގފފބގފ

    ހެހެހެ

  3. ޙައްވި

    އެންމެން އާދެ! ޖަޒީރާ ރާައްޖެ

  4. ޞަލާޙް

    އަހުރެމެނަށް ކީއްތަ؟

  5. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ޖާބިރަށް މަރްޙަބާ! އެމީހެއްގެ އަމިއްލަ ވަޒަނުން ނެރެ ބޭރުކޮށްލެވޭ މީހުންނަށް ބާއްޖަވެރިކަން ހުއްޓެވެ.

  6. ކޮއިމަލާ

    ކޮންމެވެސް ރާއްޖެ ވަޑައިގަންނަވާއިރު ރައްޔިތުންނަށް ދޭންވެފައި އޮތް އެއްކަލަ ލާަރިކޮޅު ގެންނަން ހަނދުމަފުޅު ބަހައްޓަވައްޗޭ!

  7. ރަށުމީހާ

    މުންޑެއް ލައިގެން ހުސްގަޔާ އާދޭ

  8. ާޭޢާރިޔާ

    މޫނުގަ ވެލިއުނގުޅައިގެންއާދޭ

    • ހެޔޮއެދޭ ފަރާތް

      އެމީހެއްގެ ވަޒަނުން އެއްލާލައި ވިޔަފާރިތައް ބަޤުރޫޓް ކޮއް ދަރިންނާއި އާއިލާއައް ހިތްދަތިކަމާއި ދަތިކަން ކުރިމަތިކުރުވި ފަރާތްތަކަށް އެކަން އިޙްސާސްކުރެވޭނީ އެމީހަކަށްވެސް އެކަންދިމާވީމަ، ޖާބިރު ހިއްވަރާއެކު ރާއްޖެވަޑައިގެން ކުރިއަށްވަޑައިގަންނަވާ. ވިސްނުންތެރިކަމާއި ހިކްމަތްތެރިކަމާއެކު ކުރިއަށްވަޑައިގަންނަވާ.ޖާބިރު ރާއްޖޭގަނެތަސް ދަރިންނާއި ޢާއިލާ މީހުންނާއި ރައްޓެހިން އިބޫހޮވުމަށް ގިނަމަސައްކަތްތަކެއްކުރި ޖާބިރުގެ ހައްޤުގަ. އޭގެތެރޭގައި އދ، އއ، ގއ،ގދ، އައްޑު،ހދ، ހއ،އަތޮޅު،މާލެ، މާލެއަތޮޅު، ފަދަ ތަންތަަންހިމެނޭ. ޚާްއްޞަކޮށް ދަރިއެއްގެ ޢާއިލާތަކުންވަނީ ވަރަށްބޮޑެތި ޤުރުބާނީތަކެއްވެ އިބޫހޮވުމަށް ކެމްޕެއިންކޮށްފަ. މަރުހަބާ