ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބުވެ ވަޑައިގެންފައިވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އަޅާނެ ޓައީގެ ކުލަ އާއި މެދު ޚިޔާލު ތަފާތުވުން އުފެދި ޓްވިޓާގައި އެކަމާއި ގުޅޭ ބަހުސެއް ހިނގަމުން އެބަދެއެވެ.

ވަކި ފަރާތަކަށް ނުޖެހޭ ލީޑަރެއްގެ ގޮތުގައި ހުރުމަށްޓަކައި އިބޫ ރީންދޫ ޓައީ އެޅުން ހުއްޓާލުމަށް ގޮވާލާ މީހަކު ޓްވީޓެއް ކުރުމުން ގިނަ ބަޔަކު ވަނީ އެއަށް ރައްދު ދީފައެވެ. އޭގެތެރޭގައި ގިނައީ އެމްޑީޕީގެ ސަޕޯޓަރުންނެވެ.

ބައެއް މީހުން ބުނެފައި ވަނީ އިބޫ އަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށާއި އެހެންކަމުން އިބޫ އަޅަން ޖެހޭނީ ރީންދޫ ކުލައިގެ ޓައީ ކަމަށެވެ.

އެމްޑީޕީގެ ވިސްނުމާއި ފިކުރަށް ތާއިދު ކުރާ ބައެއް މީހުން ވަނީ އިބޫ ރީންދޫ ޓައީ އެޅުން ހުއްޓާލުމުގެ ޚިޔާލަށް ތާއިދު ކޮށްފައެވެ.

https://twitter.com/modebush/status/1044093692712108032

އެމްޑީޕީގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި މިހާރު އދ.ގެ ދީނީ މިނިވަންކަމާއި ބެހޭ މަންދޫބު ޑރ.އަހްމަދު ޝަހީދު ވަނީ އިބޫ ރީންދޫ ޓައީ އެޅުން ހުއްޓާލުމުގެ ޚިޔާލަށް ތާއިދު ކޮށްފައެވެ. ޝަހީދު ވިދާޅުވީ "ތިޚިޔާލަށް ތާއިދު ކުރަން. އިބޫ ވާން ޖެހޭނީ އެއް ޕާޓީއެއް ނުވަތަ ވަކި ޕާޓީތަކެއްގެ ރައީސަކަށް ނޫން." ޝަހީދު ވިދާޅުވިއެވެ.

ބައެއް މީހުން ވަނީ އިބޫ އަޅާ ޓައީގެ ކުލަ އަކީ ވެސް މައްސަލައެއްތޯ ސުވާލު ކޮށްފައެވެ. ޓައީގެ ކުލަ އާއި މެދު ގޮތެއް ނިންމުމަށް ވުރެ ބޮޑެތި ގައުމީ މައްސަލަތައް އިބޫ ހައްލު ކުރަން އެބަޖެހޭ ކަމަށް ބައެއް މީހުން ބުނެއެވެ.

ރާއްޖޭގެ ސިޔާސީ އިސް ލީޑަރުން އަބަދުވެސް ޓައީ އެޅުމުގައި އިސްކަން ދެނީ ޕާޓީގެ ކުލަ އަށެވެ. ނަމަވެސް ރައީސް ޔާމީން ގައުމީ ގިނަ ބައްދަލުވުންތަކުގައި އަސުރުމާ ކުލައިގެ ޓައީ ބޭނުން ކޮށްފައި ވަނީ މަދު ފަހަރަކު އެވެ. ރައީސް ޔާމީން ވެސް ޕީޕީއެމްގެ ހަފްލާތަކުގައި ގިނައިން ބައިވެރިވެފައި ވަނީ އަސުރުމާ ކުލައިގެ ޓައީގައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ކައުންސެލަރު

    ހަހަހާ!؟ ފުރަތަމަ އެތިފަހަރު! ކަޑަ؟ މިއުޅެނީ ނުވިހަނިސް ނަންކިޔައިގެން. ހާހާހާހާ! ލައްކަހިނިއެބަ އައުދޭ މަގާތަށް.

  2. ހސ

    އިބޫ އަޅަންޖެހޭނީ ޔެލޯ...

  3. މަޖާ

    ކުޅިގަނޑު ފެށުނީ ?

  4. ދަންނަ ނުދަންނަ

    4 ކުލައިން ޓައީ ފަހައިގެން އަޅަން ފެނޭ ??

  5. އިދްރީސް

    ޖަރީރާ ރާއްޖެ ސުލޮގަން ބޭނުންކޮށްގެން ޓައި ޑިޒައިން ކުރަން ފެނޭ.

  6. މަޝްވަރާ މަޖްލިސް

    އިބޫ ހުރިހާ ކުަލައެއްގެ ޓައީ އަޅާނެ. ކީއްވާނީ. އޭނަ ރަމްޒު ކޮށްދެނީ މުޅިޤައުމުގެ ރައީސުލް ޖުމްހޫރިއްޔާ ކަން. އެހެން ވީމާ އެ ޙައްޤު އޭނަޔަށްދީ. ތީ ދެން ތަންކޮޅެއް ބޮޑުވަރު. ބަޔަކު ޕިންކީ ވެގެން ތެޅުނަސް އަހަރެމެން އެކަހަލަ ގަމާރު ނުވެބަލަ. ރަންރީދޫ ކުލަޔަކީ ދުވާލު ދެއިރު ﷲ މިދުނިޔެއަށް ގެނެސްދޭ ޤުދުރަތީ ކުލަވަރަު. އެވަރުން އަހަރެމެން ޝުކުރުކޮށްލައިގެން ފުއްދާލަމާދޯ. އިބޫ އަޅުއްވާ ހެދުމަކީ ގުޅޭކުލައެއްގެ ޓާއީ ނޫނީ އިބޫ ބޭނުންފުޅުވެލައްވާ ޓައީ އެއް ނެއްގެވުމަކީ އިބޫ އާ އިބޫގެ ލޮބުވެތި އަނބިކަބަލުންގެ އަމިއްލަފުޅުޙައްޤެއް. އެކަމާ ނޫޅުނިއްޔާ ރަގަޅުވާނީ

    • ވައްޑެ

      ހާމުދުރުން ހެދުންލާކުލަ ރަންރީދޫކުލައަކީ މޑޕ ބައިގަނޑު ގެންގުޅޭމަލަކީ ބުދުފައްޅިއަށް އަޅާ ގުލްސަންޕާ (އަންނި) މާ

    • ޭައައިޝަ

      ޔެސް. ބޭނުން ކުލަޔެއް އަޅަންވީ. ދެން ލަލަލަ

  7. ކުރަނގި

    ހަތަރު ކުލައިން ޓައީ އަޅަން ޖެހޭނީ އަހަރުމެން ޓައީ ފަހައިދީފާނަން ވަރަށް ހެޔޮއަގުގަ އިއްތިހާދުގެ އުސޫލުތަކާ ހިލާފު ނުވާތި ވިސްނުމެއްނެތި ކޮއްފި ކަމަކުން އެންމެފަހަރަކު ދޭހުގާ ގިސްލަމުން ހިތި ކަރުނަ އޮއްސަން ޖެހިދެޔޭ އަހަރެއްވުމުގެ ކުރިން ...........ވިސްނާފަބުނޭ.

  8. ޖޯން

    އިބޫ އަށް ހަމަ އެގޭނީ އޭނަ އަޅަން ބޭނުން ވާ ޓައިއެއް....

  9. ދެކޭމީހާކިޔާމީހާ

    ކަމުގެޙަޤީޤަތަށްބަލާއިރު، ތިޔައީ މައްސަލައެކެވެ. އެކަމަކު މައްސަލައެއްވެސްނޫނެވެ.
    އޭނާއެއަދާކުރުއްވަވާ މައްސޫލިއްޔަތަކީ، އެމްޑީޕީގެ މެންބަރެއްގެގޮތުގައި ހުންނަވަނިކޮށް ޤައުމާއިކުރިމަތިވެފައިވާ ޙާލަތަކާއިމެދު އެތަކެއްބަޔަކު ކަންބޮޑުވެ، ޙައްލެއްހޯދުމަށް ކުރެވުނު މަސައްކަތުގެސަބަބުން އޭނާއާއި ޚަވާލުކުރެވިފައިވާ މައްސޫލިއްޔަތެކެވެ.
    މިކަންތަކާއިމެދު ބައިބައިނުވެ، އޭނާގެޚިޔާލުފުޅަށް ތިކަންދޫކޮށްލުމަކީ އެއްގޮތެވެ. އަނެއްގޮތަކީ އެކިދުވަހު އެކިކުލައިން ޓައީއެޅުއްވުމެވެ. މިއިންގޮތަކާއި ހިތްހަމަނުޖެހޭނަމަ، ހުދުކުލައިގެ، އަމާންޓައީއަކީ ތިންވަނަގޮތެކެވެ!
    ކޮންމެއަކަސް މިއީ ވަރަށްވެސް ތާކުންތާކުނުޖެހޭ، ހެއްވާކަމެކެވެ!

  10. ކައުންސެލަރު

    މަޝްވަރާމަޖިލިސް ކަޑަވީދޯ؟ ކަޑަވެފަހުންނަންޖެހޭނީހަމަ. ވީކަމެއް ނުވާކަމަކަށް، ވަމުންދާކަމެއް ނުވާކަމަކަށް ނުހެދޭނެ. ހަގީގަތަކީ ކޯލިޝަނުގައި މިހާރުވެސް ރެނދުލައިފިކަން. ކަޑަ؟

  11. ބެއްޔާ

    ކުދީންނޭ ޖަޒީރާ ގައި ޓައީ ނާޅާނެ
    ލަނގޮޓި މަޜނީ

  12. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ކޯލިޝަންގެ ވެރިކަމެއްގައި ކޯލިޝަންގެ އުޞޫލުތަކާއި ހަމަތައް ލިޔުމަށް ތިރިކުރެވޭނެއެވެ. އަދި ކޯލިޝަންގެ ލީޑަރުންނަކީ ކޮބައިކަމާ، އެބޭފުޅުންގެ ވެރިކަމުގެ ޒިންމާއާއި މަސްއޫލިއްޔަތު ލިޔުމަށް ތިރިކުރެވޭނެއެވެ. މިކަންކަން އެކަށައެޅުމުގައި އަސާސަކަށްވާނީ ކޯލިޝަންގެ އެއްބަސްވުމެވެ. މިއެއްބަސްވުމަށް ޤާނޫނީ ބާރު ލިބިދޭނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުންނެވެ. މިއީވެސް ކުރެވެންހުރި ކަންކަމެވެ.

  13. ޝަބާ

    މާނިޔާމަހެއް އެލުވަންވީނު؟ ރީދޫ ، ރަތް ، ފެހި ، ކުލަ ފެންނަން ހުންނާނެ އޭރުން!

  14. ސުލައިމާނު

    ތިންމަހާ ބައިގެ ވެރިކަމަކަށް މަރުޙަބާ~! ދެން އޮންނާނީ ފަހުތަޅާލުން!

  15. ޑިމޮކްރަސީ

    ޢިބޫ އަޅަންޖެހޭނި ޔެލޯ ޓައީ އިބޫ އކީ އެމްޑީޕީ ގެމެންބަރެއް ގުޅިފަިވާ ޕާތީތަކުގެ ކެންޑިޑޭޓް ވިޔަސް އިބޫއަކީ އެމްޑީޕީގެ މެންބަރެއްކަން އެގެންޖެހޭނެ

  16. ބޮދު؛

    ފަންވަތެއް އަޅަން ފެނޭ!!! އޭރުން ޖަޒީރާ ވާނީ!!

  17. ފ. އަތޮޅުން

    އިބޫ އަޅަން ޖެހޭނީ ކަޅުކުލައިގެ ޓައީއެއް. ކުރަހާފަ އޮންނަންޖެހޭނީ ޖަޒީރާ ރާއްޖެ. ފ އަދި މ އަތޮޅު ޕީޕީއެމްގެ އަސުރުމާކުލަ. ބަކީ އަތޮޅުތައް އެމްޑީޕީގެ ރީދޫކުލަ. އެހެން ޕާޓީއެއްގެ ކުލަޔެއް ނުފެނޭ ޖަޒީރާ ރާއްޖެގެ ޗާޓަކުން.... މިޚިޔާލަށް ތާއީދު އެންމެން ކޮމެންޓް ކޮށް ދެއްވުން އެދެނެ..

  18. ކަލްމޫ

    އިބޫ އަޅަން ޖެހެނީ ފެއްސާއި ރަތާއި ހުދު ކުލައިގެ ޓައި އެއީ ދިވެހި ޤައުމު ރަމުޒުކޮށްދޭ ކުލަޔަކީ އިބޫ އަކީ މިހާރު ހުރިހާ ރައްޔިތުންގެ އިންތިހާބީ ރަައީސު !

  19. ހާޑޭ

    ރައިސް އަޅަންބޭނުންފުވާ ޓައިގެވާހަކަބާވާފަ ގަައުމުއިސްލާހުގެ މަގައް ގެންދެވޭތޯ ބަލަމާހިގާ

  20. ެއެހީ

    އިބްރާހިމް މުޙައްމަދު ޞާލިޙް ޚާއްޞަ ޓައީއެއް ކޯލިޟަންގައި ހުރިހާ ޕާޓީގެ ކުލަހިމެނޭގޮތަށް މެނިފެކްޓް ކުރުމުން އެއްފަހަރުން ތިކޯޅުން ހުއްޓިދާނެ ކަމަށް ފެނޭ!

    އަމާންކަމާއެކު ޤައުމު ކުރުޔަށް.

  21. އެމްޑީޕީ

    މި މާވަށު ބައެއް މީހުން ހޭބަލި ވޭދޯ އިބޫ ފެނުނީމަ

  22. ކުޑޭ

    ހަތަރު ޓައީ އަޅަން ފެންނަނީ