ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ އާއިލާ އަކީ މުނާފިގުން ކަމަށް ރައީސް ނަޝީދަށް ބޭބެ ވިދާޅުވާ ޤާނޫނީ ވަކީލް ނާޒިމް ސައްތާރު ސިފަކޮށްފިއެވެ.

ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފ.ނިލަންދޫ ސައުދީ އަރަބިއްޔާ އަށް ވިއްކާލަން ފެންނަ ކަމަށެވެ.

"ނޫނޭ މުނާފިގުކަން ބޮޑު ނަސްރީނާ މަންމަ (ގެ) އާއިލާ މީހުން ތިިބި ރަށޯ" ނާޒިމްގެ ޓްވީޓްގައި ވެއެވެ.

https://twitter.com/nazimsat/status/1044271269716221956

ރައީސް މައުމޫންގެ ބޮޑު ތާއީދަކާއި އެކު އަދި ނަސްރީނާ ވެސް އަމަލީ ގޮތުން ކެމްޕޭންގައި ބައިވެރިވެގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިންތާ 48 ގަޑިއިރު ނުވަނީސް ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅަކު، ނަސްރީނާގެ އާއިލާ މެންބަރުންނަކީ މުނާފިގުން ކަމަށް ސިފަ ކުރުމުން ބައެއް މީހުން ވަނީ މިހާ އަވަހަށް އެމްޑީޕީގެ ހަޤީޤީ ސޫރަ ފެންނަން ފަށައިފި ކަަމަށް ބުނެފައެވެ.

ނަސްރީނާގެ މަންމާފުޅަކީ ކުރިން މީހުން އުޅުނު ރަށެއް ކަމަށްވާ ފ.އަތޮޅު ހިމިތީ ބޭކަނބަލެކެވެ. ހިމިތީ މީހުން ނިލަންދޫ އަށާއި ފީއަލި އަދި މާލެ އަތޮޅު މާފުއްޓަށް ބަދަލު ކޮށް އެރަށަކީ ފަޅުރަށެއް ކަމަށް ކަނޑައެޅީ 1970 ވަނަ އަހަރުގެ މެއި 14 ވަނަ ދުވަހު އެވެ. މިހާރު ވެސް ނަސްރީނާގެ މަންމަ އާއި ދެބެންދެދަރި ބޭފުޅުންގެ އާއިލާ ނިލަންދޫގައި އެބައޮތެވެ. އެބޭފުޅުންނާއި ނަސްރީނާ ގުޅުން ވެސް ބާއްވަވާ ކަމަށް ވެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އަށް ރިޔާސީ އިންތިޚާބުގައި ހަމައެކަނި މެޖޯރިޓީ ނުލިބުނީ ފ.އަތޮޅުންނާއި މ.އަތޮޅުންނެވެ. އެދެއަތޮޅު ވިއްކާލަން އެމްޑީޕީ ސަޕޯޓަރުން ގެންދަނީ މީސް މީޑިއާ އާއި އެއްވުންތަކުގައި ވެސް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

57 ކޮމެންޓް

  1. ހސ

    ސުބްހާނަﷲ....

  2. މީހެއް

    މިކަހަލަށް ހުތުރު ވާހަކަ ނުދައްކާ

  3. ސަރަގުު

    މާނަކުރަން ނޭގެންޏާ މަޑުންތިބޭ

    3
    1
  4. ޟ

    ޙަޖަމްކޮށްލާ. ޢިންތިހާބު މިއޮތީ ކާމިޔާބުކޮށްފައި. ކަލޭމެން ތިގޮތަށް އެންޓިކެމްޕޭނުކޮށްކޮށް ތިއްބާ.

  5. ޖަންބޭ

    ތިޔަގޮތަ ގައުމު ހަލާކުކޮއްލަން އިދިކޮޅަށް ފުރުސަތުނުދީ ނާޒިމް ވިޔަސް ހަމޭނުން ހުރުން ރަގަޅު

  6. މިރުސް

    އަސްލު ސިފަފެންނަންފެށީ ލަދުން ބޯހަލާކު ދުނިޔޭގައި ތިބިބަޔަކަށް ފެންނާނެ ލައްކަގިނަ ކަންތައްތަށް ފަހުން ހިތާމަކުރާނެ

  7. ާަޫއަލިބެ

    ފޭކް ަ

  8. ީޙަޤީޤަތް

    މޑޕ ފެނިގެން ތިޔައުޅެނީ މިއަދުތަ؟ 2004ން 2013އަށް މިމީހުން ނުދެކެންތަ؟

  9. ތޯމަރާ

    މިހާރުވެސް ފެންނަން ފަށައިފި މުޒާހަރާއާއި މީހުންނަށް ބިރުދެއްކުން ހިމެނޭ

  10. ސައްޕޭ

    ފޭކު ވާހަކަ، ޔާމީނުގެ ޕޮރޮޕެގެންޑާ ޓީމުން ފަތުރާ ވާހަކައެއް، ކަލޭމެންގެ ހުރިހާ ޕްރޮޕަގެންޑާ ރިކޯޑުކުރަމުން މިދަނީ!

    2
    5
    • ޙަމެ

      ކަލެ އޮވޭ ރެކޯޑް ކޮއްކޮއް. ޢެއްކަމެއްވެސް ނުކުރެވޭނެ ވަގުތަކައް.

      2
      1
      • Anonymous
  11. ރިހާބް

    އެއްވެސް އަތޮޅެއް، ރަށެއް ފަޅެއް އެއްވެސް ބަޔަކަށް ވިއްކުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން.

  12. އަހްމަދު

    އަޅެހެޔޮނުވާނެ މިހާއަވަހައް ތިބާވަތުގެވާހަކަދައްކަން ވިސްނާލާ އެއޮށް މުސްކުޅިހާލުގަވެސް ވެރިކަންހޯދަދޭންވެގެން އައްޑޫޖަލްސާގަވެސް އިބޫކޮނޑުގަބޯއަަޅާލައިގެންވެސް ޖަލްސާނިމެންދެން މަޑުކުރެއްވިއިރު ތިބާވަތުގެވާހަކަ ދައްކާކަށްނުވާނެދޯ

  13. ޢަބްދުﷲ

    އެމްޑިޕީ އަށް ތާއީދު ނުކުރުމަކީ ދިވެހި ރައްވެހިކަން ގެއްލޭކަމެއްނޫން. ހަމަބުމުގަތިބޭ. ޢެހެންނޫނީ އަނެއްކާވެސް ވެއްޓިދާނެ.

    6
    1
    • ހަޔަސިންތް

      ވިލާތުސަރުބަތު ހިއްޕަވާގެންތިބޭބައެކަށްވާނުވާނެއެގޭނެ އަދިހިނދުކޮޅުވެސް އަންނާނެ ގައުމުގައުމުގެ ކަރާމަތާ ރައްޔިތުނގެ އަބުރު މިދަނީ ގާދޫކޮލުން ބޭރުވާން ދިވެހިރައްޔިތުން ވިސްނަންއެބަޖެހޭ

  14. ފެއިލް

    ޙަޖަމް ނުވިޔަސް ހަގީގަތް ވާނީ ހަމަ ހަޤީގަތަށް އަސްލު ފެންނާނެ ބަލަންތިބޭ ހެޔޮއެދޭ މީހުންނެއް ނުތިބޭނެ މިހާރަކު އުޅޭނީ އަޑިއަޑިން ރަނގަޅު ކަމަށް ހެދިގެން މީ ވާގޮތަކީ.

  15. Anonymous

    ޢެމްޑީޕީގެ މެމްބަރުންގެ އަމާ ބަފާގޭ ހރުމުދާ ވިއްޔާ އެދެ އަތޮޅަކީ

  16. ހުސެން

    ކޮބާ އަހަރުމެން ރޮއެހޭރުނިން މޑޕ އެއް މައުމޫނަކައްވެސް ގާސިމަކައްވެސް ހެވެއްނޭދޭކަން. އެމީހުން ސިޔާސީވެރިން ދޫކޮއްލަން ބުނީ ނަސީދު މިނިވަންކުރަން ރައްޔިތުންގެ ތާއީދު ނުލިބޭނެތީ ވޯޓުލިބޭނެ ހަމައެކަނި ގޮތަކީ ދެންތިބިއެންމެން ވެސް ދޫކޮއްލާނަމޭބުން. އެމީހުން މަގްސަދު މިހާރު އެހާސިލްވީ ދެން ތިއުޅޭމީހުންނައް ހަދާނީ ހަދާނެ އެއްޗެއް. ކުރިޔައްއޮތް ދުވަސްތަކުގަ ތިކަހަލަ ލައްކަ ކަންތައްފެންނާނެ

  17. މޭރީޔާ

    ޢިންތިހާބު މިއޮތީ ކާމިޔާބުކޮށްފައި. ޙަދާނީ ހަދާނެ އެޗެއ

    1
    5
  18. ޖަޒީ

    ދެން ތިބުނަނީ ބައެއްގެ ހިޔާލު ތަފާތުވީމަވީ މިކުޑަރާއްޖެ އިތުރަށް ކުޑަކޮށްލަން ވީޔޭ؟

  19. ފާތުމަ

    ތީތަ ތިޔަބުނާ އިންސާފަކީ؟

  20. ޙަމީދު

    ތިސޮރު ބޮޑުކޮއްފަ ތިހުރީ މައިޓް ކުންފުނީގެ ފައިސާ އިން އެތަނުގައި ހިމިތީ މީހުންގެ ގިނަ ޢަދަދެއްގެ ފައިސާ ވާނެ!
    ހިމިތިން މުޅި ޚާންދާނު ދެމިތިބެން ތޯ ނާޒިމް ތިވިސްނަނީ

  21. ރަށުމީހާ

    ތިމައުމޫނަކީ ބޮޑުއަނިޔާވެރިޔެއް

  22. ހުސޭނުބޭ

    މިއީ މިމީހުންނަށް ޢިބްރަތެއްގެ ގޮތުގައި ﷲ މިކަން މިންވަރުކުރެއްވި ގޮތް، ދުނިޔެ މަތީ ތިބި ބަޔަކަށް ދާދި އަވަހަށް މިކަން ފެނިގެން ދާނެ، ވެރިކަން ލިބުމުން ބޮޑާވެ ކިބުރުވެރިނުވެ ﷲއަށް ޝުކުރުވެރިވޭ، ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ.

  23. ކައުންސެލަރު

    ކަޑަ!؟
    މީމަބުނާ ކޯލިޝަނަކީ. މަބުނީމެންނު، ވާނީ ގިނަވެގެން 1 އަހަރުދުވަހޭ، އަދި ކިއެއްތަ، މިއުޅެނީ 2 ދުވަސްނުވެ. ކެޔޮގަނޑު ކަނޑާލީމާ ގަހުގެބޭނުން ދިޔައީ،. މަބުނެފައޮންނާނެ މިދައުރަށްވުރެބޮޑަށް އަންނަ ދައުރުގައި ޔުމްނާ ހިތާމަކުރަން ޖެހިވަޑައިގަންނަވާނޭ، މިފެންނަނީ އެކަން

  24. ހ. ށ، ނ

    މި ވީ ކިހިނެއް؟ އެއީ ތެދެއް ތިރީސްއަހަރުކައިފަ އެވަރުން ނުވެގެން އަދިވެސް ތެޅިބާ

    ލަނީ ވެރިކަން ހޯދަން. އެއީ ތެދެއް އެއީ ހުސް މުނާފިގުން.

  25. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ޖަހާ ކޮންމެ މަސްބުޅިއަކުން މަހެއް ނުބޭނެއެވެ. އަދި އިންދާ ކޮންމެ އޮށަކުން ގަހެއް ނުފަޅައެވެ.

  26. މަރި

    އިބޫގެ ބޮޑު އާއިލާ ދިރިއުޅޭ އަމިއްލަ ރަށް ހިންނަވަރުންވެސް އިބޫ އަށް ލިބުނީ ޕީޕީ އެމަށްވުރެ ކުޑަތަންކޮޅެއް ގިނައިން . މުނާފިގު ގޮވަންވީނު

  27. ޙަފްޞާ / މާލެ

    އަޞްލުގައިވެސް އެމްޑީޕީއަށް ލިބުނީ 25 ޕަސެންޓް ވޯޓް! އަނެއް 3 ޕާޓީއަށް ( ޖޭޕީ ، އަދާލަތު ، އެމްޑީއޭ ) 15 ޕަސެންޓް ލިބުނުއިރު މައުމޫނަށް 17 ޕަސެންޓް ލިބިގެން ކާމިޔާބުވީ! މައުމޫނު ޔާމީނާއެކު ހުރިނަމަ ޕީޕީއެމް އެކަނިވެސް 56 ޕަސެންޓް ނެގީސް! އަނެއް 4 ޕާޓީއަށް ލިބުނީހީ 44 ޕަސެންޓް! މކަން ސާފްވާނެ މާރާމާރީހިންގަން ފެށިމާ!

  28. ރައްޔިތުން

    ސައްތާރު ތިހެން ބުނުމަކުން މައްސަލައެއް ނެތް- މައުމޫނާއި ނަޞްރީނާ އަދި އެއާއިލާގެ އެންމެން އެއްކޮޅެއްގައި ތިބި އިރު އެއާއިލާގެ އެއްދަރިން ޔާމީނުއާއި އެއްކޮޅުގައި ހުރި އޭރުވެސް އެކަން އޮތީ އެހެން. ނޫހުގެ ފާނުގެ ހުރިހާ ދަރިން ތޫފާނުން ސަލާމަތްވި އިރު އެއްދަރިންނާއި އެއް އަނބިން ޣަރަގުވި. ތިޔައީ މޮޔައިންގެ ވާހަކަ.

    1
    2
  29. މަމެން

    މުނާފިގުވީ ނަސްރީނާ ފިރިމީހާ ޖަލުގަ އޮތްވާ ޔާމީން އަށް ވޯޓް ދިނުމުން

    1
    2
  30. ހަސަދަ

    ތިމީހުން މައުމޫނުގެ އާއިލާއކަށް ހިތް ހެވެއްނުވާނެ. އެކަން ނަސްރީނާއަށްވެސް އެނގޭނެ. ޖަޒުބާތުގަ އެމީހުންނާ އެކު ނުކުމެވުނީތީ މިހާރުވެސް ދެރަވާނެ. ވީހާވެސް އަވަހަކަށް ތިމީހުން ދޫކޮށްލަން ރައީސް މައުމޫނުގެ އާއިލާއަށް ގޮވާލަން

  31. ކާފަދ

    ނާޒިމް ބުންޏަސް ތީ ތެދެއް. ތިގޭގަވެސް އަދި ގާތުގަވެސް ތިބީ މުނާފިޤް ނުބައި ޖައްބާރު ބައެއް. 1 ފެބްރުއަރީގަވެސް އޮތީ އަދީބަށް ރައީސްކަން ފާރިޝްއަށް ނައިބުކަން ދޭެން ނިންމައި ޑަބަލް ގޭމް ކުޅެލާފަ. ލޯޔަރު ވައްޑޭ އެއީވެސް ނުރައްކާ މީހެއް. ހުރިހާ ލާރިއެއް ބަނޑުއަޅާލި

    1
    1
  32. ޝިޢުބު

    އަމިއްލަ ސަލާމަތަށް ނުބަލާ ކުޅަނދުރު ހަތައަށް އޮށްގާ ނޫކާ އެއީ ނުރައްކަލެއް.

    ތިވާހަކައަކީ ތެދުވާހަކަޔަކަށް ވިޔަސް ދޮނުވާހަކަޔަކަށްވިޔަސް ކަންކަމުގައި ކެތްކުރައްވާ

    ހުރިހާ ދަރިން މައިން، ބަފައިންނެއް ނުބަލާނެ.

    ކޮންމެ މީހަކުވެސް ބޭނުންވަނީ ދުނިޔެދޯ؟ ދީނަކީ ނިވާ ފަތްގަޑެއް.

  33. ފ. އަތޮޅުން

    މިއަތޮޅު ވިއްކާލިޔާ ނުދިނީވެސް ހަމަ ތިޔަ އެމްޑީޕި މީހުން..... މިހާ އަވަހަށް ވިއްކާލަން ގޮވާލަނީތޯ.... އެއްވެސް ސަރުކާރަކުން ފާފު އަތޮޅަށް ކުރިއެވުމާ ތަރައްޤީ ގެންނަން ބޭނުމެއް ނުވޭ... އަބަދުވެސް މިކުޑަ އަތޮޅުގެ މީހުން ތިބެން މިޖެހެނީ ވާނުވާ ނޭގި ބިރުވެރި ކަމެއްގެ ތެރޭގައި....

  34. ރޮކްސްޓަރ

    ނަސްރީނާގެ އާއިލާ އަކީ މުނާފިގުން ކަމަށް ނާޒިމް ސައްތާރު ސިފަކޮށްފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ އެއިން އެފެނިގެން ދަނީ ކެނެރީގެ އާއިލާ ގެ ކިބައިގައި ހުރި އަބޫޖަހުލު ސްޓައިލް ބޮޑު ކަން. އެމެން ވެރިކަމަށް ގެންނާން އަމަލީ ގޮތުން މަސައްކަތް ކުރި ނަސްރީނާ އަށް ބްލޭމް ކުރުން އެއީ ކެނެރީގެ އެއްޗިއްސަށް ބުނަން ކެރުން އެއީ ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީމައޭ. ހެއި ހެއި ހެއި އައި ބީން ހިއަރ ތިންކިންގް އޮފް ދަ ނިއުޖެނެރޭޝަން އިގްނޮރެންޓް މައިންޑް ސެޓިންގް ފިލްޑް ވިދް ޖެލަސީ އެން އެންގަރ އައި ޑޯންކެެއަރ ދަ ސިޗުއޭޝަން އޮފް ދިސް ކަންޓްރީ އައި އޭމް ގޮނާ މައިގްރޭޓް ޓު ސިންގަޕޯރ އެެއި އެއި އެއި އައި ހޭވްބީން ހިއަރ އިން ސިންގަޕޯރ ކޮންޑޯ ފީލިންގް ލައިކް އަ ރޮކް ސްޓާރ އައި އޭމް ލިވިންގް ލައިކް އަ ރޮކް ސްޓާރ އައި އޭމް ލިވިންގް ލައިކް އަ ރޮކް ސްޓަރ ލައިކް އަ ރޮކް ސްޓަރ ލައިކް އަ ރޮކް ސްޓަރ ލައިކް އަ ރޮކް ސްޓަރ...

  35. ޤައުމު

    ޝުކުރިއްޔާ ނަސްރީނާ.
    ފިރިކަލުން ދައްކަވައިގެން ހޮއްދަވައިދެއް ި ވޯޓުގެ ފޮނިކަން ޤައުމަށް ލިބޭނެ.

  36. މ

    ކަލޭމެންނަށް އެކަނިދޯ މާނަކުރަންއެގެނީ އޭގައި އެބުނަނީ އެނޫން ދެންކީކޭ ދެންފަހަރަކު މީހަކު އެއްލާލާތަން ބަލަންތިބޭ?

  37. އާމިން

    ހެޔޮނުވާނެ މީހުނާއި ދިމާލައް ތިޔަކަހަލަ އެްޗެހިކިޔަން،،

  38. ަަައކކ

    މީހުނާ އެއްކޮށް ތޯވިއްކާލަނީ. ހިޔާލުތަފާތުވުމަކީ މައްސަލައެއްނޫން. 2013 ގެ އިންތިހާބުގައި ކިތައް އަތޮޅުންތޯ އެމް. ޑީ. ޕީ އާއި އިދިިކޮޅަށް ވޯޓުދިނީ ، އެބައިމީހުންވެސް ވިއްކާލަންވީނު.

    1
    1
  39. ާާއަލި ބެއްޔާ

    އަދި މަޑުކޮށްލާ... ފެއްނަން ހުރި ކަންތަށްތަކާއި އިވެން ހުރި އަޑުތަށް ބައިވަރު،،

  40. މަ

    ވޯޓު ލާންވީމަ އެކަންޏެއް ނޫން ތިމާގެ މީހުން ފެންނަންވީ
    އުމުރުން މިވީހާ ދުވަހު ނަސްރީނައްތަމެން ލޮލަށްވެސް ނުދެެކެން ޓީވީން ނޫނިއްޔާ

  41. ފާތުން ޖަލީލް

    އެމް.ޑީ.ޕީގެ އަސްލު ސޫރަ މިފެންނަނީ. ރައްޔިތުންނޭ ހޭ އަރައްޗޭ. މި އެންޑީޕީ ކުދިން ކުރިން ކަންތައްކުރި ގޮތް އެންމެނަށްވެސް އެނގޭ. ދީނާ ކުޅުނީމަ ވެރިކަން ހަމަ ވެއްޓުނީ. އެ ރެކޯޑްވެސް އޮތީ މި އަންނި އަތުގަ.

  42. ހައި

    މިހާރު ދެރަވޭ ވޯޓް ދެވުނީމަ ހިޔެއް ނުކުރަން މިގޮތަށް ވިސްނާނެ ކަމަކަށް.

  43. އަމްސް

    ފާފު އަތޮޅާއި މީމު އަތޮޅުގެ މައިނޯރިޓީ ނަގާފަ އޮތީ ކުޑަ ތަފާތަކުން ސޯ ބެސިކަލީ ވިއްކާލަން ތިއުޅޭ ދެ އަތޮޅަކީވެސް ކަލޭމެންގެ ސަޕޯރޓް އޮތް ދެއަތޮޅު. ވެރިކަން ލިބުމުން ބޯޑާކަން ނުދައްކާ ދެންވެސް ހަމަބިމަށް ތިރިވޭ

  44. ޝިފް

    ނަސްރީނާ އަށް ދެރަދޭން ޢާއިލާ ތިބިކަން މި އިން ދޭހަ ވަނީ. ޥަގުތު މޮޔަވޭ.

  45. މަގޭޚިޔާލު

    ފ. އަތޮޅުން އެމްޑީޕީއަށް މެޖޯރިޓީ ނުލިބުނީ ރައީސް ނަޝީދު ފ. އަތޮޅު މީހުންނަށް އިންޖީނެއް ގެނެސްދޭނެކަމަށް ބުނެ ފައިސާ އަތުލާ ހަދާފައިވާ މަކަރުތަކެއްގެ ސަބަބުން. ނާޒިމަށް މިކަން ނޭނގޭތީވެ ބުނެލީ.

  46. fathun

    ބޮޑު ވަރު ތީ

  47. ނަރީމާން

    ތިއުޅެނީ މައްސަލަ ކުރިއޭޓްކުރަން ފޭކް ފޭކް ފޭކް ޓްވީޓަރ ތައްހަދައިގެން ވެސް މިކަން ކުރާނެ ..

  48. ހާމަ

    އަދި މިއުޅެނީ އިބޫއަށް ހުވައި ނުކުރެވިގެން. މިހާރުވެސް މި ބައިމީހުންގެ އަސްލުސިފަ އެތަށް ކަމަކުން ފެންނަން ފަށައިފި. ދެން ނަޞްރީނާ އާއި ޢާއިލާއަށް މުނާފިޤުންނޭ ގޮވީމަ ނަސްރީނާ އާއި ޢާއިލާ އާއި މަޢުމޫނު ރިފޯމް މޫވްމަންޓުން ތިބޭ އަތްޖަހަން. މައުމޫން ރިފޯމް މޫވްމަންޓްއިންނާއި ނަސްރީނާ އާއި އާއިލާއިން މިކަމުގެ ޒިންމާ ނަގަންޖެހޭނެ.،

  49. ޙައްޤު

    ނާޒިމް ވެސް ރަގަޅު ބަހެއް ބުނެފިއްޔާމު ވާނީ ރަގަޅު ބަހަކަށް ދޯ؟

    1
    1
  50. ހާރޫން

    ނާޒިމް ނުބުނި ކަމުގައިވީނަމަވެސް މަށަން މީ ދުވާލުގެ އަލިކަން ފެންނަފަދައިން އިގޭ ނަސްރީނާ އަދި މައުމޫން އަކިވެސް ހަމަ މުނާފިްުން

  51. ޓުކުރި

    ކޮބާ ތިއޮއްދަނީ ފަޅަ ފަޅާގެން. ހޮއި ހޮއި ކޮބާ އެއްކަލަ މުސްކުޅި ގޮލާބޯ ގޮވައިގެނޭ ވޯޓް ލިބުނީ ދެންވެސް ހަޖަމްކޮއްލާ

  52. ކެރޭ އަބްދުﷲ

    އެމް ޑީ ޕީ ގެ ނުބައިކަން ތިދަނީ ފެނަމުން. ތި އެމް ޑީ ޕީ ނަސްރީނާ އައްށާ މައުމޫނަން ހެވެއް ނޭދޭނެ. ތިވެރިކަން ވެޓޭނެ ކަމުގެ އެއް އަލާމެއް ތިފެނަން ފެށީ.

  53. ނިލަންދޫ މީހާ

    ނަސްރީނާގެ އާއިލާ ނިލަންދޫގައި އޮންނަކަމެއް ނުދަންނަން.

  54. ނިލަންދޫ

    ހީކުރީ އިބޫ ހޮވިއްޖެއްޔާ މައުމޫން ދޫކުރާނެ

    ކަމައްތަ ؟؟ މޮޔަނުވޭ ... ނުކުރާނެ ދުލެއް

    ދޫކޮއްފިއްޔާ ވެރިކަން ގެއްލިދާނެތީ އެއައްވުރެ

    ބިރުގަންނާނެ.. ބަލަންތިބޭ ދޫކުރޭތޯ... ނުކުރާނެ

    2
    1