މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހަންމަދު ސޯލިހްއަށް އެމެރިކާއިން މަރުހަބާ ކިޔައިފިއެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ހެދަރ ނައުއެޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރިޔާސީ އިންތިޚާބުގައި އިބްރާހިމް މުހަންމަދު ސޯލިހަށް ލިބިވަޑައިގެންނެވި ކާމިޔާބީއަށް މަރްހަބާ ވިދާޅުވާ ކަމަށާއި ރައްޔިތުން ނިންމިގޮތް ގަބޫލުކޮށް، ނޮވެމްބަރު 17 ގެ ކުރިން ވެރިކަމުގެ ބާރުތައް ސުލްހަވެރި މަގުން ބަދަލުކުރުމުގައި ހުރިހާ ފަރާތަކުންވެސް ތާއީދު ދޭނޭކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ބަޔާނުގައި އިތުރަށް ވަނީ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ވޯޓްގައި ބައިވެރިވެފައިވާތީ، އެމެރިކާގެ ޚާރިޖިއްޔާއިން ރާއްޖޭގެ ރައްޔިތުންނަށް ތައުރީފް ކުރާ ކަމަށާއި އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ތާރީޚްގެ މުޅިން އާ ޗެޕްޓަރެއް ފެށުމަށް މަގުފަހި ވެގެން ހިނގައްޖެ ކަމަށްވެސް ބުނެފައި ވެއެވެ.

"އާ ސަރުކާރާއެކު ގާތްކަމުގައި މަސައްކަތްކުރަން އެމެރިކާ އޮތީ ތައްޔާރަށް ، މިނިވަން ދިވެހިރާއްޖެއާއި، ރާއްޖޭގެ ހިމެނޭ މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެގައުމުގެ މަސްލަހަތުތައް ހިމެނޭ ދާއިރާތަކުން އެއްބާރުލުން އިތުރުކުރަން މިއޮތީ ތައްޔާރަށް" އެމެރިކާ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވެފައި ވެއެވެ.

އެމެރިކާ ސަރުކާރުން އިބްރާހިމް މުހަންމަދު ސޯލިހަށް މަރްހަބާ ކިޔާފައިވާއިރު، އިގިރޭސީވިލާތް , އޮސްޓްރިއާ އަދި އިންޑިއާ އިން ވެސް ވަނީ އިބޫ އަށް މަރުހަބާ ކިޔައި ބަޔާންތަށް ނެރެފައެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަން ކޮމިޝަނުން އާންމު ކޮއްފައިވާއިރު އިދިކޮޅު ހުރިހާ ސިޔާސީ ބޭފުޅުންގެ ތާއީދާއި އެކު އެމްޑީޕީ އިން ނިކުންނެވި އިބޫ އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް އިންތިޚާބު ކާމިޔާބުކޮއްފައިވާއިރު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރެއްވި ނަތީޖާ ދައްކާ ގޮތުން އިބޫ އަށް ވަނީ 134616 ވޯޓް ލިބިވަޑައިގެންފައެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96132 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަވޭ

    ރާއްޖޭގެ އިގްތިސާދު ކޮއްޅަށް ޖަހާ އިންޑިއާގެ އިގްތިސާދުގެ މައްޗަށް ކުރި ހޯދަން ބޭނުން ނަމަ ޗައިނާ އާއި ސައުދީ އާއި އަދި ސިންގަޕޯރ އަދި ޖަޕާން އާއި ގުޅިގެން ބަލަންވީ މާލެ ސަރަހައްދު ގައި މާލެ އާއި ވިލިގިލި ބްރިޖް އަކުން ގުޅުވާލެވޭތޯ އަދި މާލެ ގުޅިފަޅު އަދި މާލެ ތިލަފުށި އެއްކޮށް ހިއްކާލާ އެތަނުން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ހުރިހާ ފަރާތް ތަކަށް ގޯތި ތައް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކުއްޔަށް ދޭންވީ 1 ސެންޓިލިއަން އަކަފޫޓް ހަމަވަން ދެން އެގޮތަށް އެކަން ކޮށްފިނަމަ ރާއްޖޭގެ އިގްތިސާދު ހިންދެމިލާނެއެވެ. މިހާރުވެސް މާލެ އަތޮޅު އެނބޫދޫ ފަޅު ހިއްކާތީވެ އެކަމުގެ ސަބަބުން މާލޭގެ އިގްތިސާދަށް ވަރަށް ބޮޑެތި ފައިދާ ކުރެއެވެ. އެއީ ހަމަ ޔަގީންވެ ކަށަވަރު ކަމެކެވެ. މިކަން ކަމަކީ މީ އިގްތިސާދީ ހަގީގަތަކީ ރާއްޖެތެރޭގައި ކުރާ ބޮޑެތި އިންވެސްޓްމެންޓް ވަނީ ފްލޮޕް ވެފައި. ހެރެތެރެ އެވަނީ ފެއިލް ވެފައި އިސްމެހެލާ ހެރެ ވެސް ވާނީ ފެއިލް އެވެ.

  2. ޙައްޖަ

    ބަލަން ތިބެޭ ދެން ވާނެގޮތް މިޤައުމު ފުނޑާލާނެ.