އިންތިހާބީ ރައީސް އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ނޮވެމްބަރު 17 ގައި ރައީސް ކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ދައުވަތުއަރުވައިފި އެވެ.

އެ ދައުވަތު އަރުވާފައިވަނީ، އާދީއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު އިބޫ ކާމިޔާބު ކުރެއްވުމާ ގުޅިގެން، ސްރީލަންކާގައި މިވަގުތު ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޯމަ ދުވަހު ރަނިލް ވިކްރަމަސިންހައާއެކު ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިން ކަމަށް ލަންކާ ސަރުކާރާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

އެ ބައްދަލުވުމުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސްރީލަންކާގެ އިންވެސްޓަރުން ރާއްޖޭގައި އިތުރުކުރުމާއި ގުޅޭގޮތުން ވެސް ބޮޑު ވަޒީރާއެކު މަޝްވަރާ ކުރައްވާފަ އެވެ.

މީގެ އިތުރުން، އިންތިހާބުން ނާކާމިޔާބުވުމާއި ގުޅިގެން ރަނިލް ވިކްރަމަސިންހަ ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ފޯނުން ގުޅުއްވައި، މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމުން އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އަބަދުވެސް ލަންކާއިން ރައީސް ޔާމީނަށް މަރުހަބާ ދަންނަވާނެ ކަމުގައި ރަނިލް ވަނީ ވިދާޅުވެފައެވެ.

އިބޫ ވެރިކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގަތުމަށް ރަނިލްއަށް، ރައީސް ނަޝީދު ދަޢުވަތު އަރުވާފައިވާއިރު، ރައީސް ނަޝީދު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ލަންކާގައެވެ. ވެރިކަމުގައި ކުރެއްވި ކުށަކާއި ގުޅިގެން 13 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައި ވަނިކޮށް ބޭސްފަރުވާއަށް ބުނެ ފުރާވަޑައިގަތް ގޮތަށް އެމަނިކުފާނު ދިރިއުޅުއްވަމުން އަންނީ ރާއްޖެއިން ބޭރުގައެވެ.

އާދިއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގައި ވޯޓުލީ މީހުންގެ 58 އިންސައްތައާއެކު ޖުމްލަ 134,616 ވޯޓުން އިބޫ އިންތިހާބު ކާމިޔާބުކުރެއްވުމާއި އެކު ބޭރުގެ ބައެއް ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާ ތަކުން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކކ

    ދެން ވެރިކަން ކުރާނީ ންނި

  2. ފެންނަގޮތް

    އިބޫތަ އެހުރީ ރަނިލް ކައިރި. ހާދަ ނުވައްތަރޭ.

  3. Anonymous

    ހުވާކުރުމުގެ ރަސްމިއްޔާތަށް އެލެކުސް ނާދޭތަ

  4. އަފްލާ

    ފާދިރީންގެ ލޯގޯ ޖަހައިގެން ކާމިޔާބުވި އިންތިހާބެއް މާ ގިނަ ދުވަހަކު ނޯނާނެ

  5. އަންނި ބަފައިބެ

    ކަލޭ ތީ ކާކު ގައުމުތަކަށް ގޮސް މީހުންނަށް ދައުވަތު ދޭން. ދޭބަލަ ލައިލަ ބަލަން ގެއަށް

  6. މުހުންމަދު

    މުހުންމަދު ނަޝީދު މަނިކުފާނުގެ ވިސްނުން މިޒަމާނުގައިވެސް ތިހުންނަނީ ފޯ އެއިޓް ސިކްސް ސްޕީޑްގައި. އެމް އާރ ނަގައިފިއްޔާ ބަލިކޮންފާރމްކުރާކަށް އެކްސްރޭ ނަގާކަށް ނުޖެހޭނެ. ދުނިޔޭގެ އެތަކެއް ކުރިއަރާފައި ތިބިމީހުން ދުނިޔޭގައި ތިއްބާ އަމިއްލަގައިން ތާހިރުވެ ގެ ދޮރުމަތި ސާފުނުކުރެވޭ ބައެއްގެ ފަހަތުން ދުވިޔަކަސް އެމީހުންނަށް ކޮށްދެވޭނީ ކޮންކަމެއް. މަނިކުފާނު އިނގިރޭސިވިލާތުގައި ޢުޅުށްވަމުން އަޅުގނޑުމެންގެ ވިސްނުން ނިމޭނީ ދޯންޏާއި ކަނބާ ދަނޑިންކަމަށް ވިސްނާދެއްވަން އުޅުއްވުމަކީ ހާދަބޮޑު ބޭ އިންސާފަކޭ.
    ހިތަށްއަރާ މިކަންދަންނަ ދިވެހިން ހާދަ މަދޭ!!!!