ފުލުހުން ތަޙުޤީޤު ކުރަމުންދާ، ސައްޙަނޫން ޑޮލަރުތަަކަކުން ވިޔަފާރިކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް ފުލުހުން މިއަދު އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވީޑިއޯ އެއް އާންމު ކުރުމަށް ފަހު ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ސައްޙަނޫން ޑޮލަރުތަަކަކުން ވިޔަފާރިކުރި މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ހޯދަމުން ދަނީ ސައްޙަނޫން ޑޮލަރުތަަކަކުން ވިޔަފާރިކުރި މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް އޭނާ ވިޔަފާރި ކުރީ ކިހައި އަދަދެއްގެ ޑޮލަރަކުން ކަމެއް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރައްޔިތުން

    ވަގު ޑޮލަރުތައްވެސް ޖަހައިގެން އޭގެ މުއާމަލާތްތައްވެސް ކުރީދޯ ކިހާ މަޖާ އެހެންގައުމެއްގެ ފައިސާ އިންވެސް މި ގައުމުގައި މިހެރަގެންދަނީ ބޮޑެތި ޖަރީމާތައް ހިންގަމުން ތިޔަ ކަމުގައި ޝާމިލްވާ އެންމެންހޯދާ ގާނޫނީ ފިޔަވަޅު އަޅާނެ.

  2. ރައްޔިތުން

    ދިވެހި ފުލުހުންނަށް ހަމަ ސާބަސް

  3. މަރީ

    އެވެދާނެދޯ އޭނައަށް ވެސް މީހެއްގެ ފަރާތުން ލިބުނު ޑޮލަރުގަ ވިޔަފާޜި ކުރީ ކަމަށްވެސް

  4. ޢަފްލާ

    ޢެއީ މެލޭޝިއާ ގައިހުންނަ ކިނބޫގެ އެކައުންޓަށް ފާދިރީ ގައުމުތަކުން ޖަމާކުރި ޑޮލަރު

  5. ޙޯއް

    ޢެއީ މިސަރުކާރުގަ ދައުރުވާންފެށި ވަގުޑޮލަރޭ ބުނިއްޔާމާތާހިރުވާނެ!އެހެން މީހުންގެ ބޮލުގަ ނާޅުވާ ހޯއް