ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ގޭ ބަންދަށް ބަދަލު ކުރަން ކަރެކްޝަނަސް ސާވިސްގެ މެޑިކަލް ބޯޑުން ދިން ލަފައާއި އެއްގޮތަށް އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށް ދީފައި ނުވާތީ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ކަރެކްޝަނަލް ސާވިސްއަށް ވަޑައިގެންފިއެވެ.

ކަރެކްޝަނަލް ސާވިސްއަށް ނަސްރީނާ ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ. ނަސްރީނާގެ އަރިހުގައި ދަރިކަނބަލުން ޔުމްނާ މައުމޫނާއި ރައީސް މައުމޫންގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލު ވެސް ވަޑައިގެންނެވިއެވެ.

ޔުމްނާ މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން ގެއަށް ބަދަލު ކުރުމަށް މެޑިކަލް ބޯޑުން ލަފާދެއްވުމުން ވެސް އެކަން ލަސްވަނީ ކީއްވެތޯ ބަލަން ކަރެކްޝަނަލް ސާވިސް އަށް މިއަދު ވަޑައިގެންނެވި ކަމަށާއި ނަމަވެސް ކަރެކްޝަނަލް ސާވިސް އަށް އެެއްވެސް ޖަވާބެއް ނުދެވުނު ކަމަށެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫންގެ ވަކީލު ފައިސަލް ވިދާޅުވީ ކަރެކްޝަންގެ ބޭފުޅުން ބައްދަލު ކުރުމުން މެޑިކަލް ބޯޑުގެ ލަފައާއި އެއްގޮތަށް ރައީސް މައުމޫން ގޭ ބަންދަށް ބަދަލު ނުކޮށްގެން އުޅެނީ ކީއްވެގެންތޯ ސުވާލު ކުރި ކަމަށެވެ.

"އެއް ކަމަކަށް މެޑިކަލް ބޯޑުގެ އެފަދަ ލަފައެއް އޮތްކަން ސާފުވި. އަޅުގަނޑުމެން އެދުނިން ލިއުން ހޯދަން. އެބޭފުޅުން ދެންނެވި އެފަދަ ޑޮކިއުމެންޓުތައް ދޫނުކުރާ ކަމަށް" ފައިސަލް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރި ފަހުން ރައީސް މައުމޫންގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރިއެވެ. ނަމަވެސް ރައީސް މައުމޫންގެ ބަންދާއި މެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމި ނަމަވެސް އެމަނިކުފާނު ހުންނެވީ ޖަލު ޙުކުމެއްގައި ކަމަށް ވާތީ ބަންދުން ދޫކޮށްލެވެން ނެތުމުން އެމައްސަލައިގައި ގޮތެއް ނުނިންމަން ގާޒީ ވަނީ ނިންމަވާފައެވެ. ރައީސް މައުމޫން ބަންދުން ދޫކޮށް ދިނުމަށް ޤާނޫނީ ވަކީލުން ވަނީ ހައިކޯޓުގައި ވެސް އެދިފައެވެ. ނަމަވެސް އެމައްސަލައިގެ އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޏައުބެ

    ތާހިރު ވެއްޖެ ދޯ.....

  2. ޢިންޑިޔާ.ކުމާރު

    އިބޫއައް ވޯޓުދީގެން މައުމޫނު ދޫކޮއްލާނެ ކަމައްތަ ހީކުރީ ނުކުރާނެ ދުލެއް. ތިހުރީ ރާކަނިމަސް ލެވިފަ

  3. ފަހާ

    އަދިވެސް އޮވޭދޯ

  4. މަންޖެ

    މިހާރު އިހްސާސް ކޮށްލެއްވޭ ދެއްތޮ

  5. އަހްމަދު

    ރަންތިރީސް އަހަރުގަ ތިބާވަތުގެ ކިތައްމައްސަލަތޯފެންމަތިވީ ހައްލެއްދެއްވިންތޯ ނޫން ނުދެއްވާ އެދުވަހު އެހެންމީހުންގެ އިހްސާސްތައް މިއަދު އެބައިހްސާސްވޭ އެހެންނޫންތޯ ﷲކުޅަދުންވަންތަކަމުގެބޮޑުކަމާއޭ

  6. ކޮނާ

    ކޮވާ މިހާރު ހުންނާނީ ނަސްރީނާއަށް މީހުން ކުރާނެ އިޙްސާސް އިގިފަ މައުމޫންގެ ވެރިކަމުގައި ކިތަން މީހުންނަން ނުޙައްޤުން އަނިޔާދިނީ ދެއް ހުރެ ތެޅިތެޅި

  7. ކޮބާ؟

    ތީ ތިކަން ވާނެ ގޮތް. މ.ޑ.ޕ އަކުން މައުމޫނަކަށް ހެވެއް ނޭދޭނެ. ދުލެއްވެސް ނުކުރާނެ.. ބުނާނެ އަހަރެމެންއެއް ނޫނޭ މައުމޫން ޖަލަށްލީ. ބޮޑު މަންޒަރު ނުފެނުނީމަ ވާނެ ގޮތް ތީ.

  8. ބޮޑޫމީހާ

    ހަމަ ދޫކޮށްލަން ޖެހޭނީ. މައުމޫނާ ޤާސިމާ އިމްރާނާ މިހަރު ދޫކޮށްލާ

    • ނޯ އންނީ. ކެކެކެ

      ބޮޑު މީހާގެ ލީސްޓްގަ މުރުތައްދުވާ ބައީގަނޑުގެ ވެރީޔާ އަންނީ ނެތުމުގެ މާނަ.ހެހެހެހެހެ
      ޢަހަރުމެން ވ އުފާވޭ މޑޕ އީން ދީން ދޫކުރާ މީހުންނާ ގޭސް އަށް ހީމާޔަތްދޭތީ. ލޮބުވެތީ ކުފޫ ހަމަނުވާ ރައީސް. ޙެހހެ

  9. މިންނާ

    ބަލަ ކުރިންކީއްވެ ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް ކޯޓުގައި ނޭދުނީ. ކިތަންމެ ބޮޑަކަށް ވިޔަސް ގާނޫނާއި ގަވާއިދުގެ ދަށުން ނޫނީ ގެއަށް ވެސް ބަދަލުކޮށެއް ނުލެވޭނެ. ދެން ވެސް މަކަރުވެރިންގެ މަޅީގައި ނުޖެހި ވިސްނުނތެރިކަމާއި އެކު އުޅުމަށް ފިރިމީހާއަށް ނަސޭހަތްދޭތި

  10. އަލީ

    ދުންޔާ މައުމޫނާ ޣައްސާން މައުމޫނާ ޔާމީނުއާ މީ ހަމަ އެއްވަރުގެ ޖައްބާރު 3 މީހުން

  11. ސަމް މަާލެ

    މައުމޫނަކީ ވެސްކުންވެރިއެއް ކުންކުރީމާވާނީ ހަމަކުންވެރިައަކަން ޖަލުގަތިބިނިކަމެތިން ދޫނުކޮއް ވަކި މައުމޫނު ދޫކުރާކައްނުޖެހޭ

  12. އެމްޑީޕީ

    މައުމޫނުވެސް އޭނަގެ އައުވާނުންވެސް އަހުރެމެންގެ އެމްޑީޕީއާ ބައިއަތުހިފީ އަމިއްލަ އެދުމުގައި! ޕީޕީއެމް މީހުންވެސް އޭރު އެވާހަކަ ގޮވި. އެކަން އޭރުވެސް އަހުރެމެން ދެނެހުރީމު! އެކަން އަހުރެމެން ދެންވެސް ދަންނާނޫ!

  13. ޙައްވަ

    އިބޫ ވެރިކަމާ ހަވާލެއް ނުވޭ. ޔާމީނު މައުމޫނު ދެކެ ގަންނަ ބިރުން އަދި ދޫކުރާކަށް ނުކެރިގެން އުޅެނީ