އެއްހާސް ފަހަރު އިންތިހާބު ބޭއްވިޔަސް ރައީސް އަބްދުﷲ ޔާމީން ހޮވިވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލު ކުރަން ވެރިކަން ކުރާ ޕީޕީއެމް އިން މައްސަކަތް ކުރަން އުޅޭކަމަށް އަޑުފެތުރިފައިވަނިކޮށް އަލީ ނިޒާރު ކުރައްވާފައިވާ ޓްވީޓެއްގައި އޭނާ ވިދާޅުވީ އެއްހާސް ފަހަރު އިންތިޚާބު ބޭއްވިނަމަވެސް ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިނުގަންނަވާނެ ކަމަށާއި، އިންތިޚާބު ފޭރެން ރައްޔިތުން ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި ބަލި ޤަބޫލުކޮށް ފަހަތަށް ޖެހިވަޑައިގަތްނަވަން ޖެހޭ ކަމަށާއި، މިއީ އެންމެންގެ ޤައުމު ކަމަށް ނިޒާރު ވިދާޅުވިއެވެ.

"އެއްހާސް ފަހަރު އިންތިޚަބު ބޭއްވިޔަސް ޔާމީން ނުހޮވޭނެ. އިންތިޚާބު ފޭރެން ރައްޔިތުން ފުރުސަތެއްނުދޭނެ. ބަލި ގަބޫލުކޮށް ފަހަތަށް ޖެހެންއުޅެންވީ. މީއެންމެންގެ ގައުމު،“ ވެރިކަން ކުރާ ޕީޕީއެމްގެ ޕާލެމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް ޓެގުކުރައްވާ ނިޒާރު ކުރެއްވި ޓްވީޓުގައި ވެއެވެ.

ނިޒާރު މިހެން ވިދާޅުވެފައިވާއިރު ރޭ ޕީޕީއެމް އިން ބޭއްވި ކުއްލި ކައުސިލް ބައްދަލުވުމަކަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ ރިޔާސީ އިންތިޚާބު ބާތިލް ކުރަން ހުށަހެޅުމުގެ މަސައްކަތެއް ޕީޕީއެމުން ކުރަމުން ނުދާ ކަމަށާއި ނަމަވެސް ލިބިފައި ހުރި ޝަކުވާތައް ޕީޕީއެމްގެ ކަމާބެހޭ ކޮމެޓީތަކުން ބަލަމުން އަންނަ ކަމަށެވެ. ނިހާން ވިދާޅުވީ ޕީޕީއެމް ޕީޖީ ގްރޫޕަށް އޭނާ ފޮނުވި މެސެޖަކީ ވެސް އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ވަކި ގޮތަކަށް ބައްޓަން ކުރަން ކުރި ކަމެއް ނޫން ކަމަށެވެ.

ނިހާން ވިދާޅުވީ ޝަކުވާތަކެއް ލިބިއްޖެނަމަ އެކަން ބެލުމަކީ ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ޕީޕީއެމް އިން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. "ބޮޑު ކަންތައްތަކެއް" ގެ ޝަކުވާ އާންމު ރައްޔިތުންގެ ފަރާތުން ޕީޕީއެމް އަށް ލިބިފައިވާ ކަމަށާއި އެކަމުގެ ހަޤީޤަތް ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ނިހާން ވިދާޅުވިއެވެ.

އާދިއްތަ ދުވަހު ބޭއްވި އިންތިޚާބަށްފަހު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރެއްވި ނަތީޖާ ދައްކާ ގޮތުން، އިދިކޮޅު އިއްތިހާދުން މި ރިޔާސީ ރޭހަށް ނެރުނު ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ސޯލިހު އަށް ވަނީ 134،616 ވޯޓް ލިބިވަޑައިގެންފައެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،132 ވޯޓެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލާފައިވަނީ، ވޯޓު ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރެއިން 89.22 އިންސައްތަ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޫސަ

    ޟިހިރަ ގަމާރާ ކަލޭ ތިހުރީ ހޭބަލި ވެފަތަ ނޫނީ ލޮލަށް މިރުސްފެން އެޅިފަތަ

  2. Abdul Latheef

    ކަލޭމެންގެ ގޮނޑި ތީ ހައިވަކަރުން ހަދާފަ ހުރި ގޮނޑިއެއްވީމަ ތިޔަ ދުވަހަކުވެސ ނުގެއްލޭނެކަން ޔަގީން ދޯ.

  3. ނުރަބޯ

    ނިޒާރުމެން އިންތިޚާބުވެސް ޑޮލަރު ދީފަގަންނަނީ އެހެންވީމަ ތިޔަބުނާހެން ވަނީ.

  4. Anonymous

    ތީ ވަރައް އަނގަ ހަޑިސޮރެއް. އަސްލު ފެނުނީމަ އިނގޭ ނުބައިަކަން ހުންނާނެވަރު

  5. ހަސަނު

    މީ ވަރަށް އަނގަ ހަޑިވެގެން އުޅޭ ސޮރެއް. 85000 ދައުލަތުގެ ބަޖެޓުން ނަގާގެން އައްޑޫ ރައީތުން ގުނބޯހައްދައިގެން އަންނަ ދައުރު މަޖިލީހައް ހޮވާތޯ ތެޅިބާލަނީ

  6. ޖަނާ

    ނިޒާރޫ! ކަލޭމެނަށް މިފަހަރު ކާމިޔާބުވީ އެންމެ އަގުހެޔޮކޮށް 10000 ރުފިޔާއަށް ވޯޓެއްމަގުން ވޯޓް ގަނެގެން. މައުމޫނަށް ދިން 12 ޕަސެންޓް! ގާސިމަށް 10 ޕަސެންޓް ، އަދާލަތަށް 3 ޕަސެންޓް ، އެމްޑީއޭ އަށް 4 ޕަސެންޓް! ވީމާ އެމްޑީޕީއަށް ލިބުނީ 29 ޕަސެންޓް! ޔާމީން އެކަނި 42 ޕަސެންޓް~! ދެން ލަލަލާ
    ދެން އިންތިޚާބެއް ބާއަވާފިއްޔާ ޔާމީން އެކަނި 52 ޕަސެންޓް ނަގާނެ! ގޮތް ބަލާލަންވެސް އަޅެ ބާއްވަބަލަ. މަގޭ ވޯޓްވެސް ދެން ދޭނީ ޔާމީންއަށް

  7. ސައިލެންޓް މެޖޯރިޓީ

    ނިޒާރު ކަލޭތީ ސެއްޅިއެްގެ ބުރަދަންވެސް ހުރި މީހެއްނޫން މާ މޮޅު ވާހަކަ ދެއްކޭ ކަަމަށް ހެދިގަނެގެން ތިތެޅިބާލަނީ މާރީތިވީސް އަމިއްލަޔަށް ދައުލަތުގެ މުއައްދަސާއެއްގައި ހުރެގެން ކުރިހާ ވައްކަން ތަކުގެ ވާހަކަ ކުޑަކޮށް ރައްތިތުން ކައިރީ ދައްކަދިނިއްޔާ ނިޒާރަށް ވ.ސަލާމް