އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހުގެރޭ ކުރި މުޒާހަރާގެ ތެރެއިން އަނެއްކާވެސް އެމްޑީޕީގެ އުމުރުން 70 އަހަރުގެ އެކްޓިވިސްޓް އަދި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ މެންބަރު ނައީމާ މުހައްމަދު (ނައީމާއްތަ) ހައްޔަރުކޮށްފި އެވެ.

އެމްޑީޕީ ޔޫތްވިންގެ ރައީސް މީކާއިލް ނަސީމް ރޭ ފަތިހު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ބުރާސްފަތި ދުވަހުގެ ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބަންދަށް ގެންގޮސްފައިވާ ނައީމައްތަ ބަންދުން ދޫކޮށްލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ރޭގެ މުޒާހަރާއިން ހައްޔަރު ކޮށްފައިވާ ކަމަށާއި، ނައީމާއްތަ ކޮންމެ ދުވަހަކު ހައްޔަރުކޮށްގެން ފުލުހުންނަށް ލިބޭ އުފަލަކީ ކޮބައިކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް ނައީމައްތަ ހައްޔަރު ކުރިކަން ފުލުހުން ކަށަވަރުކޮށް ނުދެއެވެ.

މުރުމުން ދުވަސްވީ ސިޔާސީ އެކްޓިވިސްޓް ނައީމައްތަ 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް 15 ފަހަރަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، ފުލުހުންގެ ބަންދުން މިނިވަން ވުމާއެކު އަނެއްކާވެސް ސިޔާސީ އެއްވުންތަކުން ފެނެއެވެ.

ބޮޑެތި ކުއްތަކެއް ކުރިކަން ޝަރީއަތަށް ސާބިތުވެ ދިގު މުއްދަތުގެ ޖަލު ހުކުމްތައް ތަންފީޒު ކުރަމުންދާ އަދި އެ ހުކުމްތައް ތަންފީޒު ނުކުރައްވަން، ބޭސް ފަރުވާއަށް ކަމަށްބުނެ ރާއްޖޭން ބޭރުގައި ފިއްލަވައިގެން އުޅުއްވާ ކުރީގެ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ޤާނޫނާ ހިލާފަށް ފަނޑިޔާރުންނަށް ރިޝަވަތު ދީގެން، ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ކުރި އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މާލޭގައި މުޒާހަރާކުރަމުންދާތާ 37 ދުވަސް ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޝަލަފު

    ދިވެހި ފުލުހުން މުސްޅިކުޅި އަންހެނުންނައް ފިސާރި ފޯރިހުންނާނެ.

  2. ޖިންނި

    ހަމަ ޙަޔާތްކުޑައީ

  3. މުއްލާ

    ސިކުނޑި ހަމަނިޖެހޭ މީހުންގެ ޕާރޓީ އެއްތީ

  4. އާނދޮގޭ

    ނައީމާއްތަ ދެކޭގޮތުގައި ޢުމުރުން ދުަސްވުމުން ކުރެވޭނެ އެންމެ ހެޔޮ ޢަމަލަކީ މާތްﷲގެ ދީނަށާ އެކަލާންގެ ނުހަނު މަތިވެރިކުރެއްވި މާތް ނަބިއްޔާއަށް ފުރައސާރަކުރާ ނަޝީދަށް ހޭހަންކުރުން. މި އަންހެނާ ހިތުން މިކުރަނީ މޮޅުކަމެއް. އިބައިލާހު އެބައިމީހުންނަށް ތެދުމަގު ދައްކަވާށި! އާމީން

  5. ާއައި.ޝާ

    އެއްވެސްމީހަކު ކަމެއްނުކޮށްރީތިކޮން ގޭގަ އިންދަ ހައްޔަރެއްނުކުރާނެ. ކުރާކަންތަކާ އުޅޭގޮތުން ހައްޔަރުކުރަނީ. މިމީހުން އުޅޭނެހާގޮތަކަށް އުޅެންވީ. ކިހާތާހިރު. ރާކަނިމަސްކައިގެން މިއުޅެނީ އަންނިޔަށް ވެރިކަން ހޯދައިދޭށޯ. އަބުރުވެރިކަމާއެކު ނާދުކޮށް ޤުރުއާންކިޔަވާ ދުޢާކޮށް އަޅުކަންކުރަން ގޭގައިނިއްޔާ މަާތާހިރެއްނު.

  6. Anonymous

    މަޝްހޫރުވާންއުޅޭ ނައިމާދާތަ އެއް، މ ދާތަ ނޫނިއްޔާ މުސްކުޅި އަންހެނުން މިގައުމުގަ ނެތީތަ ނޫނިއްޔާ އެމްޑީޕީ ސަރުކާރުގަ މި ދާތައަށް ކޮންފަދަ ފައިދާތަކެއްބާ ކޮށްދީފަހުރީ މިހާވަރަށް ޖާނުން ޤުރުބާނަވަނީ ކޮންފަދަ ކަމަކތޯ މީ ބަލަންވެއްޖެ ކަމެއްނޫން؟ މީނަގެ ދަރިންނާއި މާމަ ދަރިންނަށްވެސް މިގޮށްރަނގަޅީތަ އަޅުކަމުގެ ގިނަވަގުތު މަޝްޢޫލުވެގެން ހުރުމަށްވުރެ މަގުމަތީގަ މުޒާހަރާތަކުތެރޭގަ ހޫރެން މީނަ ދޫކޮށްފަ ބަހައްޓަނީ

  7. Anonymous

    މީ ނައިމާދާތަ ނޫނިއްޔާ އެމްޑީޕީއަށް ސަޕޯޓްކުރާ މުސްކުޅި އަންހެނަކު މިގައުމުގަ ނެތީތަ؟މީ ދަރިއެއް/ އާއިލާއެއްވެސް ނެތް މިހެއްބާ، މީނަގެ ފަރާތުން ދަރިންނާއި މާމަދަރިންނަށް ނަމޫނާ ދައްކާދެވެގޮތް ހާދަ ސަޅިއޭ، ދައިތަގެ އުމުރުގެ ބާކީ ދުވަސްކޮޅު ﷲއަށް އަޅުކަންމަތީ ހޭދަކުރުމަށް އިސްކަންދީ މުޒާހަރާކުރުންފަދަ ޝައިޠާނީ ކަންތައްތަކުން ދުރުކުދައްވާށި އާމީން، އެމީހަކު ބޭނުން ޕާޓީއަކަށް ސަޕޯޓްކުރުން މައްސަލައެއްނެތް ހިތާމައަކީ ހައްދުން ނެއްޓިގެންދާކަން

  8. Anonymous

    މި ނައިމާ ކިޔާ ދައިތާގެ ދަރިއެއް ނޫނީ އާއިލީާގެ މެމްބަރެއްވެސް ދުނިޔޭގަ ނެތީބާއޭ ހިތަށްއަރާ،؟؟ މި މުސްކުޅި އަންހެނާއަށް މިހިރީ ރަނގަޅަށް ސިހުރު ލޭ އަޅާފަހުރި ރީނދޫ ބޮނޑިބަތް ކެވި ސިހުރުޖެހިފަކަން ޔަގީން އަދި މި މީހުންގެ ލީޑަރު ރައީސު އަންނީމެން ހިއްޕަވާ ޒާތުގެ ސޫލާޝިރާޒު އާއި ތުންދިގުފުޅިވެސް ހިއްޕަވާއިގެން ހުރިކަމަށް ބެލެވޭ، ދައިތާގަނޑު މައިތިރިނުވެގެން އުޅެނީ އެހެންވީމަތާ

  9. Anonymous

    ތި ނައިމާ ދާއިތަ ބުނާކަމަށްވަނީ އުމުރަށް ބަލާނެކަމެއްނެތޭ މިއީ ތިމަންނަ ަޖާނުން ޤުރުބާންވަނީއޭ، ތި ދާއިތަ ގުރުބާންވަނީ އައިރުގާނޫނީ އަމަލެއްކުރުމުގާ، ކުއްލި ނުރައްކަލުގެ ހާލަތުގާ މުޒާހަރާ ކުރުމަކީވެސް މަނާކަމެއް އަދިި ތިމީހުން މުޒާހަރާގައި ވޮވާނަގަނީވެސް އައިރުގާނޫނީ ކަންތައްތައް ސަރުކާރުން ތަންފީޒުކުރުވުމަށް، ވީމާ ނައިމާދައިތާ އަށް ޝަރީއަށްކޮށް ހުކުމްެއިއްވާ އަވަހަށް ޖަލަށް ގަޅުވާލަންޖެހެނީ