ޕީޕީއެމް އިން މިއަދު ބާއްވަމުންދާ އެޕާޓީގެ ކޮންގްރެސް ސައްހައެއް ނޫން ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައި ދޭން ޔުމްނާ އިއްޔެ ސިވިލް ކޯޓުގައި ވެސް އެދިވަޑައިގެންނެވިއެވެ. ނަމަވެސް ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވުމަށް އެކޯޓުން އެއްވެސް އަމުރެއް ނެރެފައެއް ނުވެއެވެ. ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް އިއްޔެ ވަނީ ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައި ދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވުމަށް އަމުރު ކުރެވޭނެ ޤާނޫނީ ހުއްޖަތެއް ނެތް ކަމަށެވެ.

ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ކުއްލި ގައުމީ ޖަލްސާ ކުރިއަށް ދަނީ އަސާސީ ޤަވައިދާއި ހިންގާ ޤަވައިދުގައިވާ ގޮތައް ގޮފިތަކުން އިންތިޚާބު ކުރާ މަންދޫބުން ބައިވެރިވެގެން ނޫން ކަމަށެވެ.

ރައީސް މައުމޫން މިހާރު އުފައްދަވައިގެން އުޅުއްވާ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ސަޕޯޓަރުން ގެންދަނީ ޕީޕީއެމްގެ ކޮންގްރެސް ބާއްވަމުން ގެންދަނީ އަސާސީ ޤަވައިދާއި ހިލާފަށް ކަމަށް ވިދާޅުވެ މީސް މީޑިއާގައި ޚިޔާލު ފާޅުކުރަމުންނެވެ.

ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމުން އެ ޕާޓީގެ އެކި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރި ނަމަވެސް އެއީ ބާތިލް ކަމެއް ކަމަށެވެ.

"ޕީޕީއެމްގެ އިންތިހާބީ ލީޑާޝިޕަށް ނޫން ފަރާތަކުން ކޮންގްރެސްގެ ނަމުގައި މަގާމުތަކެއް އިއުލާން ކުރިއަސް ބާތިލް ކަމެއްގެ ފެށުމާއި އަދި ނިމުމާ މެދު އެ ދެމެދުގައި ތަރުތީބްކޮށް ނިންމި އަދި ހިނގި ކޮންމެ ކަމެއް ވާނީ ބާތިލް އިންޝާﷲ،" ވައްޑެ ވިދާޅުވި އެވެ.

ޕީޕީއެމްގެ ކޮންގްރެސްގައި މިއަދު ވަނީ އެޕާޓީގެ ރައީސް ކަމަށް ރައީސް ޔާމީން، ނައިބު ރައީސް ކަމަށް ހަތަރު ބޭފުޅަކު އަދި ކައުންސިލް މެމްބަރުން ހޮވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ޢެދުރުބެ

    ޕީޕީއެމަކީ މައުމޫނުގެ ތަރިކަމުދާތަ ޔުމުނާ

  2. ނަޝީދު

    ސައްހަ ވާނެ އޮންނާނީ ގަބީލާގެ ވެރިކަން ނިންމާފަ ދެންވެސް ހިމޭނުން ތިބޭ.....

  3. ޒަކީ

    ދެން ބަންލީން ލައިގެން ރިފޯމްމޫމެންޓް ހަދަންވީނުން އޭރުން ބަންގުލަދޭޝްގަވެސް ރައިސްކަމަން މައުމޫނުގެ އާއިލާ އައްވާދަކުރެވޭނެ

  4. ޙަމެ

    ބަލަ ކަލޭމެން ޕޕމ އޭ ނުކިޔާބަލަ. ކަލޭމެން ޕޕމ ކެނޑިޑޭޓް އެއް ކުރިމަތިލާފަ އޮއްވާ މޑޕ ކޮޅައް އަރާތިބި އެއްޗިހިތަކެއް ލަދެއް ހަޔާތެއް މިބައިވަރު ގަނޑުގަ ނޯވޭދޯ.

  5. މަރީ

    ޔުމްނާއަކާ ތިވައްޑޭތީ މަތިންބާއްވައިލައްވައިގެން އުޅޭބައެއްތަ މިމީހުނަކާ ކޮންބެހޭކަމެއްތަ އަދިވެސްމައިތިރިނުވަނިތަ ހަޖަމުކުރަންދަސްކޮއްބަލަ އަޅުގަޑުމެންމިތިބީރައީސް ޔާމީނުގެފަހަތުގަ ޕީއޭހަދައިލަިފާނަން ދެންކިޔާނީކީކޭ މީރައީސްޔާމީނު އުފެއްދި ޕާޓީއެއް މޮޔަވަނީތަ

  6. ބޮޑުމަންޒަރު

    ޕީޕީއެމްގެ ކޮންގްރެސް ސައްހައެއް ނޫން ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއްނެތް. ކޯޓުން ޙުކުމެއް ކޮށްފައޮންނާނެ ޕާޓީގެ މުޝްތަޝާރުގެ ބެލުމުގެދަށުން ޕާޓީ ހިންގުމަށާއި މުޝްތަޝާރުގެ ބެލުމުގެދަށުންޕާޓީގެ ކޮންގްރެސް ބާއްވަން. އެ ޙުކުމުގަ ނެތް ކޮންގްރެސް ބާއްވަންވީ މުއްދަތެއް. އެހެންކަމުން މިހާރު އެ ބާއްވަނީ ކޯޓުން ކުރި ޙުކުމާ އެއްގޮތަށް ބާއްވާ ކޮންގްރެސްއެއް. ދެން ކޯޗެކޭ ކަބުލޮކިޔާކަށް.

  7. އަލީ

    ބައެއް މީހުނަށް ލިބިފައިވާ އެއްމާބަނޑު ދެބެން އެއީ ކައިވެންޏަށް މުއްދަތު ހަމަކޮށް ލިބިފައިވާ ސައްހަ ނޫން ދަރިންކަމަށް ބެލުމުގެ ފުރުސަތު އޮތަސް، ޕީޕީއެމް ކޮންގްރެސް ސައްޙަވާނެ. އިލެކްޝަންސް ކޮމިޝަނުންވެސް ނިންމާފައިވަނީ ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވުމަށް އަމުރު ކުރެވޭނެ ޤާނޫނީ ހުއްޖަތެއް ނެތް ކަމަށް. އަޅެ ފިތުނަފަސާދަ އުފައްދަން ނޫޅި ތިއްތިކޮށް ތިބެބަލަ.

  8. އަހުމަދު

    ޔުމްނާ އަނެއްކާ ތިއީ ޞައްޙަ ޔުމްނާ މައުމޫނެއްތަ؟ އެހެންނޫނޭވެސް މީހުންކިޔާ... މޮޅަށް ދެނެވޮޑިގަންނަވާނީ މަތް ﷲ
    ޔާމީނަށް ލަނޑުދޭން ތިގަންނަހާ ގަނޑެއްގެ އާޚިރު ނަތީޖާ އަމިއްލައަށް ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި މަމެން އެބަތިބިން..... އަހރެމެން މީ އެމްޑީޕީ މީހުންއައިސް އެންދެރިމާގޭ ދޮރާށި ވައްޓާލާ ގަރާޖުގައި އޮތް ކާރުގެ ބިއްލޫރި ތަޅާލި އިރުވެސް ދިފާޢުގައި ތިބި މީހުން..... އެކަމަކު މިހާރު ތިހާވަނީ ހުސްހަޑި.....
    ހަމަ ތީމުގޭ )ގަޑުވަރުގެ ހުވަފެް ފެންނަވަރުން ލޮލަށް ނިދި ނައިސްގެން ހިރުވައިގެން ތިއުޅެނީ... އިހައްދުވަހު ފެނޭ މާރޯ ދުވާލު މަގުމަތީގައި ފިރިމީހާ ހިލޭ އަންހެނަކާ ބައްދައިގަނެގެން އުޅެނިކޮށް އެއީދޯ ތާހިރު ޖަޒީރާ ރާއްޖޭގެ ތާހިރު ދިރިއުޅުމަކީ...
    ތި މާތް ބޭފުޅުންނަށް ޙަލާލު ޙަރާމވެސް ވަކީ ވާހެނެއް މިހާރު ހީނުވޭ
    ކުރިން ތިމީހުންނަށް ސަޕޯޓުކޮށް އުޅެވުނީތީ މިހާރު ލަދުގަނޭ....

  9. ނުރަބޯ

    ޔުމްނާމެން ބައްޕާޅު ލައްވާ ބަޣާވާތް ކުރުވުން އެއީ ސައްޙަކަމެއްދޯ.

  10. ޝަރީފް

    ޔުމް އެނގޭތަ ފޭރިކާމީހުންވެސް ދުނިޔޭގާ މަދެއް ނޫން. ތިވެސް ފޭރުމުގެ ަމަމަލެއް ދޯ

  11. އަލީ ހަމީދު

    ސައްހަ ނުސައްހަ ކިޔަން މިދެން ކާކު ކަމަނާ ކަމަނާގެ ސައިޒުގަ ހުރެ ބަލަ ދހެން މާބަރަށް ނުތެޅޭ ހުޅުނބު ފައިބަން ފަށާފަނެ

  12. އަސްލަމަތު

    އެހެން ވީއިރު އެމްޑީޕީން ބޭއްވި ކޮންގްރެސްއޯ؟ ކޮން އުސޫލަކުންތަ އިބޫއަށް ޓިކެޓްލިބުނީ ކޮބާ ކުރިމަތި ލާންއުޅުން އެހެން ބޭފުޅުންގެ ހައްގު ކޮބާ؟ އެމްޔޫއޯ އަކީ ސައްހަ އެއްޗެއްތަ؟ ބޮޑެތި ކުށްވެރިން ލައިގެން މިއޮހާދުވަހު ކީއްކުރީ؟

  13. ނިހާން

    ކެކެކެކެކެކެ ދެން އޑޕއަށް ސޮއެކުރަން ވީ އެނުން ގޮތެއް ނެތޭ

  14. ބާރީ

    ޕަކާސް....ގާނދީ އާއިލާ ހެދޭނެ ކަމެއް ނެތް. ރޔ ގެ ވިސްނުމެއް ނެތް އާއިލާގެތެރޭގަ ވެރިކަން ބާއްވާކަށް. އެހެންވެގެން ތައުލީމެއް ތަޖުރިބާއެއް ނެތް 'ގާނދީ އާއިލާ" ކަމަށް ދައުވާކުރާ އާއިލާއެއްގެ ސޮރެއްގެ އަތަށް ރައްޔިތުންގެ މުސްތަގްބަލް މުޅި ގައުމުގެ މުސްތަގްބަލް ގުޅިފައިވާ ޕާޓީއެއެް ނުދެވޭނެ!
    ސައްހަވާނެ! ނުވެސް ގެންދެވޭބެ ގާނދީންނަކަށް.

  15. ޢަބުޅޯ

    ކަލެޔަށްތަ އެނގޭނީ ސައްހަ ނުސައްހަ. ދެން ލަލަލާ.

  16. ސަޓޯ ތުރާކުނު

    ދައްތާފުޅު ނޯ އޯކޭ... ކޮއްކޯފުޅު އޯކޭ.... ވާޓިޓިސް.... ޔުމްނާ ކަލޭގެ އާއިލީ ކޯޅުމަށް އަހަރެމެން ރައްޔިތުން ނުވައްދާ.... ޕްލީޒް

  17. ސުސްމީތާ

    ތިޔަ އެމްއާރުއެމްގެ ކޮންގްރެސް ބާއްވަންވީނު ކިތައް މީހުން ބައިއަތު ހިފާތޯ ބަލަން. މާ ތާހިރުވާނެ ތިހެން އުޅުމަށް ވުރެ.

  18. ބުއްޅަަަަަަަަަަަަަބޭޭ

    ޔުމްނާ 'ވިދާޅުވީމަ" ރަނގަޅުވާނެ!

  19. ޢަލީ ހަމީދު

    ބާތިލް ވަނީ ކޮންކަމެއްތޯ ބަލަން މިތިބީ..

  20. ހުސޭނުބެ

    މޮޔަވާންވީނު ޔުމްނާ!! ކަލޭމެންގެ ދުއްޕާނާ ހުރެ މިގައުނު މިހަލާކުވަނީ!!! ކަލޭމެންގެ ޒާތީ ކަމާއި 30 އަހަރުވަންދެން މުގައުމުގައި އުޅުނުގޮތަށް އަދިވެސް އުޅެންތަ ތި ދިމާކުރަނީ!! މިގައުމަށް ދެން ދިމާވާ ހުރިހާ ދެރަ އަދި ނިކަމެތި ކަންތައްތަކުގައި ރައިސް މައުމޫނާ އައްބާސް އިބްރާހިމް އާއި ތިއާއިލާ ފުރިހަމަ ޒިންމާ ނަގަންޖެހޭނެ!! ގާސިމް އިބްރާހިމްވެސް ނަގަންޖެހޭނެ!! ކަލޭމެންގެ އަމިއްލަ އެދުމާއި ހުރެ އަބަދަކު މުޅި ގައުމުގެ މަސްލަޙަތު ދޫކޮށްލައިގެން ރައްޔިތުން ބަލަން އަބަދަކު ނުތިބޭނެކަން ކަލޭމެން ހަނދާންކުރަންޖެހޭ!! މިގައުމަކީ ކަލޭމެން އަބަދު ބޭނުންހާގޮތަށް ގުރުބާންކުރަން ގެންގުޅޭ ކަންބަޅިއަކަށް ހަދައިގެން ތިއުޅެނީ!!!! ދިވެހިން ގައުމުގެ ޙައްގުގައި ބިރުފަހަނައަޅާ ދާން ފަސްނުޖެހޭ ހިސާބަތް ކަލޭމެން ކަންތައްތައް ތިގެންދަނީ!!

    • ޖޯޖު ބުޝް

      އަސްތާ މައުމޫނުގެ ދަރިން މިއުޅެނީ މިގައުމުން އެމީހުން ނަށް ނެގުނުވަރު މަދުވެގެންބާ؟

  21. ރުޒާނާ ޗޮއްޕަޓު

    ކަލޭ އަނގަ ނުތަޅާ މަޑުން ހުރޭ. ކަލޭގެ ބަފާ އެއީ ނަޝީދާ އެއް ލެވެލްގެ މީހެއް. ޢައްދާރުންގެ ލިސްޓުން ދެވަނަ ހޯދައިގެން އެހެރީ. އޭނަ ގާތު އަހާބަލަ އަދިވެސް ފުދޭވަރު ނުވޭހޭ. ދިވެހިންނަށް ލޮޓި ދިނުމުގައި މަރު ދުވަހާ ހަމައަށް ދެމިހުރުމުގެ އަޒުމުގަހޭ ތިހިރީ. ކުރިން ވަރަށް އިހްތިރާމް ކުރިން މިހާރު ނަޝީދާ ޖެހިގެން ދެން އެންމެ ރުޅި އަރާ މީހަކީ މިމީހާ.

  22. ދޮގެއްތަ؟

    ޕީޕީއެމް ވާހަކަ ދައްކާކަށް ކަލޭމެންނަކަށް ނޭނގޭނެ. ލާދީނީ ރީނދޫ ޕާޓީ އާއި ނަޝީދުގެ ވާހަކަ އެނގޭނީ. އެވާހަކަ ދައްކާ. ޕީޕީއެމްއާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން ނޫޅޭ. މައުމޫނާއި އޭނާގެ ދެ ދަރިއެއްގެ ތަރިކަ މުދަލެއް ނޫން ޕީޕީއެމް އަކީ. އެއީ ޕާޓީގެ އެތައްހާސް އާންމު މެންބަރުންގެ ގައްގު ހިމެނޭ ޕާޓީއެއް. އެ މެންބަރުން ތިބީ ރައީސް ޔާމީނާ އެކު ޕާޓީއާއިގެން ކުރިއަށް ދިއުމަށް ނިންމައިގެން. ވެރިކަމަށް ހުރި ދަހިވެތިކަން ނަޝީދަށްވުރެ ތަންފުކެއްވެސް ކުޑައެއް ނޫނެއްނު. ތިވަރު ދެން މާބޮޑުވަރޭ.

  23. ޙަމްދު

    ޔުމްނާމެންނަކަށް އަހަރެމެން ޒުވާނުންގެ ލޯތްބެއްނެތް.. ތިއީ އަމިއްލަ މަސްލަހަތަށް ގައުމު ވިއްކާލި ބައެއް.

  24. މުހައްމަދު

    މި މައުމޫނާއި އޭނަގެ ދަރިންގެ ނޮހޮރޮއްޕާނުން މިރާއްޖޭގެ ރައްޔިތުން ސަލާމަތްވާނީ ކޮންދުވަހަކުން. ތިރީސް އަހަރުވަންދެން ބައިތުލްމާލުން ކައިގެން ބޮއެގެން ނުވިތާކަށް މިމީހުން ފުށުން އެހެންމީހުނަށް ލިބޭގެއްލުމުގެ ބަދަލުވެސް އަހަރުމެންގެ ބައިތުލްމާލުން ދައްކައިގެން، ބޮޑެތިވެ މީހުންނާއިއިނދެ ދަރިންލިބުނީމައިވެސް މިބަލާއިން ސަލާމަތް ނުވެވިގެން މިއުޅެންޖެހެނީ.
    ކަނބުލޮގެ ބައްޕާފުޅު ދުނިޔޭގައި ހުއްޓައި ގޮސް އަހާބަލަ ތިހެން އައުރަނިވާނުކޮށް ހިލޭފިރިހެނުންނާއިއެކު ތިއުޅޭ އުޅުމާއި ބެހޭގޮތުން.
    އެބެވެސް މިހާރު ބުނެފާނެ ހައްގުހޯދުމަށް ބިކިނީއާއި އެކު ނިކުތަސް މިވަގުތަށް ރަނގަޅުވެދާނެކަމަށް، ހޫނު ގައުމެއްގައި ބުރުގާނޭޅިޔަސް އޯކޭ ކުރިމީހާއެއްނު.

  25. ޢަލީ އާދަމް

    ޔުމްނާ! ބުނަންތަ ވާހަކައެއް. މި ޤައުމު ސިންގަޕޫރު ފަދަ ޤައުމަކަށް ނުވެ ތަރައްޤީ ނުވެ މިއޮތީ ޔުމްނާގެ ބައްޕަ، 30 އަހަރު ފިނިހަކަ ދުވެލީގައި މި ޤައުމުގެ ތަރއްޤީ ބާއްވާއިގެން ފާރިސް އަށް ވެރިކަން ލިބޭތޯ ކުރި މަސައްކަތުގެ ނަތީޖާ. ކަމަނާގެ ޢާއިލާގެ އަމިއްލަ އެދުމަށްޓަކައި މި ޤައުމު ޤުރުބާން ނުކުރައްވާ! މިތަން މަމެންނަށް ދޫކޮށްލާފަ ނަޝީދު ކައިރިޔަށް ލަންޑަނަށް ގޮނޑިދުއްވަން ވަޑައިގަންނަވާ!

  26. ކުނދު

    ދެން ލަލަ ދެންލަލަ.

  27. ރެކިހުތާ

    ކޮންމެވެސް މީހަކު ބުނެފާނެ ޔުމްނާގެ ދަރިފުޅުގެ ބައްޕަ ސައްހައެއްނޫނޭވެސް. އެދެން ޝައްކު ފިލުވަންޖެހޭކަމެއްތަ. އެދަރިފުޅުވެސް ލިބިފައިވަނީ އާންމު އުސޫލުން އެކަން އޮންނަން ޖެހޭގޮތަށް.
    އެހެންވީމައި ޕީޕީއެމްގެ ކޮންގްރެސް ސައްހަކަމާއި މެދު އަދި ޔުމްނާހިތަށް އެރިއެއްޗެއް ބުނެލުމަކުން އެއީވެސް މައްސަލައެއްނޫން.
    އެކަންވެސް ނިމިގެން އެދިޔައީ އާންމު އުސޫލުން އެކަން އޮންނަން ޖެހޭގޮތަށް.

  28. ބޭރި

    ޕީ.ޕީ.އެމް އާއި ހެދިމޮޔަވެފަ. މައުމޫނު ހިފާ ހައްޔަރުކުރަން، މޑޕ މީހުން އެއްވިކަހަލަ އެއްވުމެއް، އަދި އެއްފަހަރު ފެންނަ ނަމަދޯ. އިންޝާﷲ.

  29. ހޫން

    ޕޕމ ގެ ކޮންގުރެސް ޞައްޙަތޯ ޔުމްނާމެން ބަލާނެކަމެއްނެތް. ތި ދެބެން ޞައްޙަ ވެއްޖެެއްޔާ އެވީ. ޤަބީލާކަން ޔާންބެ އެއޮތީ ކަނޑުވާލާފަ.

  30. ތަސްމަން

    މަންޖެބަފާގެ ހަރުމުދާތަ

  31. ހިކަރީ

    ކަލޭ ދެންދޭ ބައްޕައަށް އެމް ޑީ ޕީ ގެ ރައީސްކަން ހޯދަދޭން، ނަޝީދާ ތޮޅެން. ރައީސްކަމާ ތޮޅުން ނޫން އެހެންކަމެއް ކުރާކަށް ތި ޢާއިލާއަކަށް ނޭނގޭދޯ،، ތީ މިހާރު މިޤައުމަށް ބޭނުން ބައެއްނޫން.، މި ޤައުމު އެދިގޮވަނީ ހަމަޖެހުމަށް، ތި ޢާއިލާއާހެދި މިޤައުމުގައި ފިތުނަ އުފެދެނީ.

  32. ކަރާ

    ޔާމީނަށް ތިކަންތައް ތިހެން ކުރެވޭނީ އިބޫ ހުވާ ކުރަންދެކަ. ބަލަން ހުންނައްޗެ. ÷ޕީޕީ ގެ އަސްލު ބާނީ އަށް ޕީޕީ އަލުން ލިބޭނެ. އަބަދު ގަދަ ބާރުން ހުރިހާ ކަމެއް ނުކުރެވޭނެ. ޔާމީނަށް ދެން އޮންނާނީ ހަމަ ކުޑަ ގޮޅި. ޖަވާބު ދާރީވާން ތައްޔާރަށް ހުންނަވާ. ދިވެހިންނަށް ބުރިޖް އޯކޭ، ތަރައްޤީ އޯކޭ. ޢެކަމަކު ވައްކަމާ އަނިޔާވެރިކަމާ އޯކޭ އެއް ނޫންކަން ވަރަށް ސާފުކޮށް ވޯޓުން ދައްކައިފި ދެއްތޯ!!!

  33. ައަބުދުއްލޯ

    ޔުމުނާ އެވެ ކަލޭމެންގެ ފަހަތުން އަބަދު ނޫޅެވޭމެ އެވެ 30 އަހަރު ވީއިރު މިދިވެހި ރާއްޖެގެ ސިއްހީ ހާލަތު އޮތްގޮތް ނުފެއްނަނީ ލޮލުގެ މައްސަލައެއް އުލުނީހެއްޔެވެ

  34. އދ

    ލޯޔަރު ވައްޑެއަކީ ހައްދުފަހަނައަލާފައިވާ މީހެއް
    އޭނާ ވަކީލުކަމުގެ ލިޔުން ބާތިލްކުރަންޖެހޭ
    ގައުމުގއި ފިތުނަ އުފެއްދުމަށް ސެޓްފިކޭޓް
    ދޫކުރުމެއްނެތް

  35. ލޮލް

    ހަާދައަސަރެކެޭތިކުރަނިީމަާލެޭމިީހެއްނުުޫ ންވިީމަދޯ

  36. އައިނާ

    އެމްއާރްއެމް ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ފެނޭ. އެއިރުން އެނގިދާނެތަ ޕީޕީ.އެމްއިން އެމްއާރްއެމްއަށް ދާ މީހުންގެ ޢަދަދު.

  37. ކިންގ ފިޝާ

    ޔުމްނާ މައުމޫނުގެ ފެމެލީއަށް ދެންވެސް ކުރިއެރުންއޮތީ މިހާރު މިޕާޓީގަ ހިގަމުންމިދާ އުސޫތައް ޤަބޫލު ކޮށްގެން ޔުމްނާ ފަސްއެނބުރި ބަލާ ލަމާހިގާ؟

  38. މޯޑު