ކަފާލާތުގެ ދަށުން ޖަލަށްލާފައިވާ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މިނިވަންކުރަން ހައިކޯޓުން އަމުރުކޮށްފިއެވެ.

ކަފާލާތުގެ ދަށުން ފާރިސް މިނިވަންކުރުމަށް ހައިކޯޓުން އަމުރުކުރީ ފާރިސްގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ އިސްތިއުނާފް މައްސަލާގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ކަފާލާތުގެ ދަށުން ފާރިސް ދޫކޮށްލާފައި ބެހެއްޓުމަށް އޭނާގެ ގާނޫނީ ވަކީލުން ހައިކޯޓުގައި އެދުމުންނެވެ.

ކަފާލާތުގެ ދަށުން ފާރިސް ދޫކޮށްލަން ހައިކޯޓުން އަމުރުކުރީ ކޯޓުން ކަނޑައެޅި ޝަރުތުތަކަކަށް ފާރިސް އެއްބަސްވެވަޑައިގެން ފާރިސްގެ ފަރާތުން 40،000 ރުފިޔާ ކޯޓަށް ދެއްކުމުންނެވެ.

ސަރުކާރާ އިދިކޮޅު ޕާޓީތަކުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ދިދައާއި ލޯގޯ ބޭނުންކުރި މައްސަލައިގައި ޝަހުސު އޮޅުވާލުމުގެ ކުށް ސާބިތުވާކަމަށް ނިންމައި 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ފާރިސް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި މިއަދު ވަނީ ފަށާފައެވެ.

މިއަދުގެ އަޑުއެހުމުގައި ފާރިސްގެ ވަކީލުން ވަނީ އިސްތިއުނާފީ ނުކުތާތަށް ހުށަހަޅާފައެވެ. އެގޮތުން ފާރިސް އާމެދު ތަފާތުކޮށް، ޕީޕީއެމްގެ ދިދަ ބޭނުންކުރި އެހެން މީހުނާ ހިލާފަށް ހަމައެކަނި ފާރިސް އާމެދު ދައުފާ އުފުލާފައިވުމާއި، މައްސަލައިގެ ތަހްޤީގު ހިންގާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް އަދި ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގާފައިވަނީ އިޖުރާއަތުތަކާ ޚިލާފަށްކަން ފާހަގަ ކުރެއްވިއެވެ،

މީގެ އިތުރުން ދިފާއުގައި ގިނަ އަދަދެއްގެ ހެކިން ހުށަހެޅުމުންވެސް ހާޒިރުކޮށްދިނީ އެންމެ ހަ ހެކިވެރިން ކަމަށާއި، ހުކުމް އިއްވުމުގައި ފާރިސްގެ ފަރާތުން ހުށަހެޅީ އެއްވެސް ކިތާބީ ހެއްކަކަށް ރިއާޔަތް ކޮށްފައި ނުވާކަމާއި، ދައުލަތުގެ ހެކިންގެ ހެކިބަސް ސިއްރުން ނަގާފައިވަނީ ޤާނޫނާއި، އިސްލާމީ ޝަރީއަތާވެސް ޚިލާފަށްކަމަށް ފާރިސްގެ ފަރާތުން ހައިކޯޓުގައި ވިދާޅުވިއެވެ. އަދި ހަމައެއާއެކު ސިއްރު ހެކިންގެ ބަޔާންތައް ދިފާއަށް ދީފައި ނުވުމާއި، ދޮގު ހެކި ދިނުމުގެ މައްސަލަވެސް ފާރިސްގެ ވަކީލުން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު މި ދައުވާ ފާރިސްގެ މައްޗަށް އުފުލާފައިވަނީ މަނާ ކަމެއް ކޮށްގެން ނޫން ކަމަށާއި، އެދުވަހު ފާރިސް ޕީޕީއެމްގެ ދިދައާއި ލޯގޯ ބޭނުންކުރީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުރެގެން ކަމަށާއި، އަދި ޕީޕީއެމްގެ ދިދައާއި ލޯގޯ ފާރިސް ބޭނުންކުރީ ޕީޕީއެމްގެ ރައީސްގެ ހުއްދައާ އެކުކަމަށް ފާރިސްގެ ވަކީލް ޝަމީލް މިއަދުގެ އަޑުއެހުމުގައި ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު ފައިސަލް ވިދާޅުވީ، މި މައްސަލައަކީ ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައަކަށްވާތީ މި ހަފްތާގެ ތެރޭގައި އިތުރު އަޑު އެހުމެއް ބާއްވައި، މި ހަފްތާގެ ތެރޭގައި މައްސަލައިގައި ހުކުމްވެސް ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    اللهم لك الحمد حمدا كثيرا طيبا مباركا فيه كما ينبغي لجلال وجهك ولعظيم
    އުފަލުގެ ކޮޅެއްނެތެވެ. މި ދިވެހިރާއްޖޭގެ އެތައްހާސް ބަޔަކަށް ތިޔަކަމުން އުފާލިބޭނެއެވެ.

  2. އަފްލާ

    މައުމޫނުގެ ވެރިކަމުގައި ނުހައްގުން އަނިޔާދހިން މީހުންގެ ހައްގު ކޮބާތަ

  3. ޢ

    ކުށެއް ނުކުރާ ކަމަށްވާނަމަ ކީއްވެ ދެއްކި ރުފިޔާ އެއްބާ. ކޯޓުން ބުނިހާ އެއްޗަކަށް އާއެކޭ ބުނީ ކީއްވެ ބާ.

  4. ޏާނި

    މިދެން ކާކުތަ. މައުމޫން ދަރި ވެރި ކަމަށް ގެންނަން ޖެހުނު ބަލާވެރިކަން.

  5. ބާންސް

    الله أكبر

  6. ހިނިއަންނަވަރުވޭ

    މިއަދު ކަފާލާތުގެދަށުން. ޤިޔާމަތްދުވަހުން....؟ ބަޣާވާތް؟ ރިސްވަތު؟