ލ.ގަމު ކައުންސިލްގެ ބައެއް ކައުންސިލަރުންނާއި ލ.ގަމު ކައުންސިލްގެ އިދާރާގެ ބައެއް މުވައްޒަފުން ގުޅިގެން އެރަށުގެ ސިނާޢީ ސަރަޙައްދުން ގަވާއިދާ ޚިލާފަށް ބައެއް ގޯތި ވިއްކައި، ގޯތިތައް ވިއްކައިގެން ލިބުނު ފައިސާ ބޭނުންކޮށްފައިވާކަމަށް ބުނާ މައްސަލަ ތަޙްޤީޤުކުރުމަށްފަހު ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ އާއި ލ.ގަމު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ލ.ގަމު ސިނާއީ ސަރަޙައްދުން ސައްޙަނޫން ގޯތީގެ ރަޖިސްޓްރީ 12 ފަރާތްތަކަށް ދޫކޮށްފައިވާކަން ފާހަގަކުރެވިފާވެއެވެ. ލ.ގަމު ސިނާޢީ ސަރަހައްދުން ދޫކޮށްފައިވާ ސައްޙަނޫން ރަޖިސްޓްރީތަކަކީ 1989 ވަނަ އަހަރު ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސްއިން ސެލެކްޓެޑް އައިލެންޑް ޑިވެލޮޕްލަމަންޓް ޕްރޮޖެކްޓު ހިންގި ދުވަސްވަރު ގޯތި ދޫކުރުމަށްފަހު ރަޖިސްޓްރީނުކޮށް ހުރި ގޯތިތަކެއްކަން ހައްދުންމަތީ އަތޮޅުއޮފީހުގެ ލިޔެކިޔުންތަކުން އެނގެން އޮތުމުންނާއި،އެ 12 ގޯތީގެ ވެރިފަރާތްކަމަށް ރަޖިސްޓްރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަކީ އެއްވެސް ދުވަސްވަރެއްގައި ލ.ގަމުން ގޯއްޗެއް ލިބިފައިވާ ފަރާތްތަކެއްނޫންކަން ހައްދުންމަތީ އަތޮޅުއޮފީހުގެ ލިޔެކިޔުންތަކުން އެނގެން އޮތުމުން ކަމަށެވެ.

ލ.ގަމު ސިނާއީ ސަރަހައްދަށް ނިސްބަތްވާ ގޯތިތަކެއްގެ ސައްޙަނޫން ރަޖިސްޓްރީ ހެދުމަށްފަހު ގޯތި ވިއްކިކަމަށް ތުހުމަތުކުރެވޭ، ލ.ގަމު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސް އާއި ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ އެކަމަށް އިންކާރުކުރިނަމަވެސް، އިސްވެ ދެންނެވުނު 12 ގޯތީގެ ސައްޙަނޫން ރަޖިސްޓްރީތަކުގައި ޗެކްކުރިކަމަށް ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ ކޮށްފައިވާ ސޮޔާއި، ހުއްދަދިންކަމަށް ލ.ގަމު ކައުންސިލްގެ އޭރުގެ ރައީސް ކޮށްފައިވާ ސޮއި ތަޙުލީލުކުރުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓުގައި، އިސްވެދެންނެވުނު ސައްޙަނޫން 12 ރަޖިސްޓްރީގައި ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރގެ ނަމުގައި ސޮއިކޮށްފައިވަނީ ޙާޟިރީ ފޮތްތަކުގައިވެސް އެފަރާތުގެ ނަމުގައި ސޮއިކޮށްފައިވާ މީހާކަމަށާއި، އަދި އެ 12 ރަޖިސްޓްރީގައި ލ.ގަމު ކައުންސިލްގެ އޭރުގެ ރައީސް ގެ ނަމުގައި ސޮއިކޮށްފައިވަނީ ޙާޟިރީ ފޮތްތަކުގައިވެސް އެފަރާތުގެ ނަމުގައި ސޮއިކޮށްފައިވާ މީހާކަމަށް ބަޔާންކޮށްފައި އެބައޮތް ކަމަށް އޭސީސީ އިން ވިދާޅުވިއެވެ.

ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ އަމިއްލަ ފަރާތަކަށް ސިޓީއުރައެއް ކާގޯކުރިކަން މިމައްސަލައާގުޅިގެން އޭސީސީގެ ތަޙުޤީޤަށް ލިބިފައިވާ މޯލްޑިވިސް އެއަރޕޯޓްސް ކޮމްޕެނީގެ ޓެކްސްއިންވޮއިސް އާއި އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑްގެ އެއަރވޭ ބިލުން އެނގެން އޮތްއިރު، ކާގޯކުރި އިސްވެ ދެންނެވުނު ސިޓީއުރަތެރޭގައި ލ.ގަމު ސިނާޢީ ސަރަހައްދަށް ނިސްބަތްވާ 05 ގޯއްޗެއްގެ ރަޖިސްޓްރީ އޮތްކަމާއި، އެ ދުވަހު ކާގޯކުރި ސިޓީއުރައިގެ އިތުރުންވެސް، ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ އަމިއްލަ ފަރާތަކަށް އެކިފަހަރު މަތިން ސިޓީއުރަ ފޮނުވާކަމާއި އެގޮތުން ފޮނުވާ ސިޓީއުރަތައް ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ ބުނާ މީހުނާ ޙަވާލުކުރުމަށްފަހު އެމީހުން ދޭ ފައިސާ ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ އާއި ލ.ގަމު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސް ގެ އެކައުންޓަށް އަމިއްލަ ފަރާތަކުން ޖަމާކޮށްދީފައިވާކަން އޭސީސީގެ ތަޙްޤީޤުން އެނގެން އެބައޮތް ކަމަށް އޭސީސީ އިން ވިދާޅުވިއެވެ.

ލ.ގަމު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސް އާއި ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ ގެ އެކައުންޓަށް ބޮޑެތި ޢަދަދުން އަމިއްލަ ފަރާތަކުން ފައިސާ ޖަމާކޮށްފައިވާކަން، ބޭންކް އޮފް މޯލްޑިވްސްއިން ހޯދާފައިވާ އެދެފަރާތުގެ ބޭންކް އެކައުންޓުގެ ތަފްސީލްތަކުން ވެސް އެނގޭ ކަމަށް އޭސީސީ އިން ވިދާޅުވިއެވެ.

މިމައްސަލައިގެ ތުހުމަތުގައި ބުނާ 12 ގޯތީގެ ރަޖިސްޓްރީގައި ގޯތީގެ ވެރިފަރާތް ކަމަށްބުނާ ފަރާތްތަކުގެ ތެރެއިން ތަޙުޤީޤަށް ބަޔާން ނަގާފައިވާ އެއްވެސް ފަރާތަކީ ލ.ގަމު ސިނާޢީ ސަރަހައްދުން އެއްވެސް ދުވަސްވަރަކު ގޯއްޗެއް ލިބިފައިވާ ފަރާތެއް ނޫންކަމަށް އެފަރާތްތަކުން ބުނެފައިވާ ކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.

ލ.ގަމު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސް އާއި އެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރއާ ދެމީހުން ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި ތިބެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ލ.ގަމު ސިނާޢީ ސަރަޙައްދަށް ނިސްބަތްވާ ގޯތިތަކެއްގެ ޞައްޙަނޫން ރަޖިސްޓްރީތަކެއް ހެދުމަށްފަހު ގޯތިވިއްކައި، ނާޖާއިޒް ފައިދާ ހޯދައިދިންކަމާއި، އަދި ރަޖިސްޓްރީތައް ވިއްކައިގެން އެދެފަރާތުން ނާޖާއިޒް ފައިދާ ހޯދާފައިވާކަން ބަޔާންކުރެވުނު ހެކިތަކުން އެނގެން އޮތުމުން، ލ.ގަމު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސް އާއި އެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާކޮށް ދިނުމަށް އެދި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައި ކަމަށް އޭސީސީ އިން ވިދާޅުވިއެވެ.

ލ.ގަމު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސް އާއި އެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރުގެ އިތުރުން މިމައްސަލައިގައި އިތުރު ބައެއްގެ މައްޗަށް ވެސް ކުރިން ފުލުހުން ތުހުމަތުތަކެއް ކުރިއެވެ. ނަމަވެސް އެމީހުންގެ މައްޗަށް ދައުވާ ކުރުމާއި މެދު މިހާތަނަށް ގޮތެއް ނިންމަވަފައިވާ ކަމެއް އަދި ސާފެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަ

    ތީހަމަ ރަތްލާޖެހި ބޮޑެތި ވަގުން. ތިޔަ ބައިގަނޑަށް ޙައްޤު އަދަބު ދޭންޖެހޭނެ.

  2. ޙާލިދު

    ރަތްލާޖެހި އެމްޑީޕީ މީހުން

  3. ޞަލާޙް

    ލ ގަން އަކީ ރައީސް ޔާމީން އިސްކަމެއްދެއްވައިގެން ތަރައްޤިކުރަމުންއައި ރަށެކެވެ. އެހެންވެ ގަމު ރައްޔިތުން ޔާމީންގެ ކެމްޕެއިންގައި މީހުންއެއްކޮށް ރީތި މަންޒަރުވެސް ޔާމީނަށް ދެއްކިއެވެ. ނަތީޖާ ލިބުނުއިރު ޔާމީންއަށް ދިން ވޯޓަކަށް 2.5 ވޯޓް ދީފައޮތީ އިދިކޮޅަށެވެ. ޔާމީނަށް 627 ވޯޓް ދިންއިރު އިދިކޮޅަށް 1232 ވޯޓް ދީފައި ވެއެވެ. ބަޔަކުދެން ނިޢުމަތަށް ޝުކުރުވެރިވާނީ މީހާވަރަކަށެވެ. މިކަންކަން ނުފެނި ނުދާނެއެވެ.

  4. ރިޒާ

    ކޮނަޕާޓީ އެއްބާ؟

  5. ނަގޫރޯޅި

    2008-2012އޯގާތެރި ވެރިކަމުގަ އެމީހުންގެ ކައުންސިލަރުން ކޮއްފަހުރި ވައްކަން. ދެންއެމީ ހުން އެވެރިންގެ ވެރިކަން ދިފާއުކުރަން ކިހާވަރެއް ކުރާނެ.

  6. މޯޑް

    އޭ ދައުވާއެއް ނުކުރެވޭނެ ދޯ އެއީ އަނިޔާ ތިކަން ކުރުން މަނާ ވާނެ ކުރިޔައް އޮއް ދައުރުގައި ކޮށްފިއްޔާ ދެންޖެހޭނީ މަގުމައްޗައް ނުކުންނަން

  7. ރަދުން

    އިބޫ ނަމަނަމަ މިމީހުންނަށް އަދަބު ނުދޭތި. އަނިޔާއާ ނާއިންސާފާ ފަސާދައިން ސަލާމަތްވެ އިންސާފު ގާއިމްކޮށްދެވޭނީއޭރުން. އެހެންނޫނީ ވާނީ އަނިޔަަވެރިޔަކަށް.

  8. ސުރައްޔާ

    ކުށްވެރިންނަށް ޚަރަދުކޮށް ކޮށްކުރުވަން ހިތްވަރުދީ އަދި ކުށުގަ ބެދިއްޖެނަމަ ޢިނާޔަތާ އެހީދޭނޭކަމަށް ބުނެ ކުށްވެރިން މިނިވަންކުރަން އޭތިމީތިނުބލައި ވަޢުދުވެފައިވާ މީހުން ވެރިކަމަށް އައީއެވެ. ހުރި ހަލާކެއްގެ ބޮޑުކަމާއެވެ.

  9. ވާންޗޯ

    އޮޑިދޯނިގަތީ ކޮންތާކުން ހޯދިލާރިންތާ ތިބުނާ ރައީސަކު. ގައިމު މާވަހަރެއް ނުހޮވާ.