ކަފާލާތުގެ ދަށުން މިއަދު ކުށްވެރިންތަކެއް ދޫކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވަރުގަދަ ނުފޫޒުތަކެއްގައި ބަނދެގެން ކަމަށާއި، އެގޮތަށް ސިޔާސީ ބަޔަކު ޖަލުން މިނިވަންކޮށް ދޫކޮށްލާނަމަ ދިވެހިރާއްޖޭގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ހުރިހާ ކުށްވެރިން ދޫކޮށްލަންޖެހޭ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ.ޚަލީލް ވިދާޅުވީ، ޤާނޫނުގެ ތެރެއިން ނަމަވެސް މުޅިން އައު މަރުޚަލާއެއްގައި، އައު ގޮތަކަށް ޖަލުގައި ތިބި ކުށްވެރިންތަކެއް ދޫކުރައަވަމުން ގެންދަވާ މަންޒަރު ފެންނަމުންދާ ކަމަށާއި، ޤާނޫނުގެ ތެރެއިން އެދޮރުތައް ހުޅުވިގެންގޮސް ކުށްވެރިންގެ ގޮތުގައި ތިބި މީހުންނަށް އިސްލާހުވުމަށްޓަކައި މަގުތަކެއް ކޮށްޓަވައިދެއްވާތީ ވަރަށް އުފާކުރައްވާ ކަމަށެވެ.

ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެއްވި ފަރާތްތަކުން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ، ސިޔާސީ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅުންތަކެއް، އެބޭފުޅުން ކުރެއްވި ޖިނާއީ ކުއްތަކުން އެކަނި ދިފާއު ކުރައްވަން ނޫން ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ. ޖަލުން ވަކި ބަޔަކު މިނިވަންކުރާއިރު ވަރަށް ނިކަމެތި، އާއިލާތަކަށް ބޭނުންވާ އަދި އާއިލާތަކަށް އާމްދަނީ ހޯދަމުންދިޔަ، ވަރަށް ގިނަ ބަޔަކު ކުށް ކުރުމުގެ ސަބަބުން ޖަލަށް ލާފައި އެބަތިބި ކަމަށާއި ސިޔާސީ ބޭފުޅުންވެސް ޖަލަށް ލާފައިތިބީ ކުށް ކުރުމުގެ ސަބަބުންކަމަށް ޚަލީލް ވިދާޅުވިއެވެ.

"އެހެންވީމަ އެބޭފުޅުން، ސިޔާސީ ބޭފުޅުންގެ ހިމާޔަތް ހޯދުމަށް މަސައްކަތް ކުރައްވާކަމަށް އެބޭފުޅުން ވިދާޅުވާކަމަށް ވަނީވިއްޔާ، އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ޖަލުތަކުގައި މިތިއްބެވި އެހެން ބޭފުޅުންވެސް، އެހެން ބޭފުޅުންގެ ހައްޤުތައް ހޯދައިދިނުމަށްޓަކައި މަސައްކަތްކުރައްވައި، ކަފާލާތުގެ ދަށުން މި ހުރިހާ ބޭފުޅުންވެސް ދޫކޮށްލެއްވުމުގެ މަސައްކަތް ކުރެއްވުން." ޑރ.ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ، ސިޔާސީ ބޭފުޅުންނެކޭ އެއްގޮތަށް ޖަލުތަކުގައި ތާށިވެފައި ތިއްބެވި އެހެން ކުށްވެރިންގެ އާއިލާތަކުންވެސް އެ ފަރާތްތަށް މިނިވަން ވުމަށާއި، އާއިލާއާ އެއްކޮށް ވަގުތު ހޭދަކުރައްވާ ބޭފުޅުންނަށް ވުމަށް އެ އާއިލާތަކުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން އަޅުގަނޑުމެން އުއްމީދު ކުރަން މިހާރު އެބޭފުޅުން ސަރުކާރަށް ވަޑައިގަންނަވާތީއާވެސް އެއްކޮށް، މިއަދުވެސް އެބޭފުޅުން އެކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު އިތުރަށް ވަރުގަދަކުރައްވައި، ޖަލުތަކުގައި މިހާރުތިބި ހުރިހާ ބޭފުޅުންވެސް ކަފާލާތުގެ ދަށުން މިނިވަން ކުރެއްވުމުގެ މަސައްކަތް ކުރައްވާނެކަމަށް." ސިޔާސީ ވެރިންނެކޭ އެއްގޮތަށް އާއްމުންވެސް ދޫކޮށްލުމަށް ތަކުރާރުކޮށް ގޮވާލައްވައި ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ ސިޔާސީ ވެރިންނެކޭ އެއްގޮތަށް އާއްމު ފަރުދުން ޖަލުތަކުން މިނިވަން ނުކުރައްވާނަމަ، އިންތިޚާބީ ރައީސްއާއި އެ ޓީމުގެ ބޭފުޅުންނަކީ ވަކި ފަރާތަކަށް ޖެހިގެން، ވަކި ނުފޫޒުތަކެއްގައި ބެދެވިގެން މަސައްކަތްތައް ކުރައްވާ ބޭފުޅުންތަކެއްކަމަށް ބުނުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.

"ޚާއްޞަ ގޮތެއްގައި މިބޭފުޅުންނަށް ބުނެވޭނެ އިބްރާހީމް މުޙައްމަދު ޞާލިޙް ހުރީ ނުފޫޒުތަކެއްގައި ތެރޭގައި ބަނދެވިފައިކަމަށް. އެހެންވީމަ އަޅުގަނޑުމެން މިއަދު ގޮވާލަން އިބްރާހީމް މުޙައްމަދު ޞާލިޙް ނުފޫޒުތަކުން އެއްކިބާކުރުމަށް، އެ ނުފޫޒުތަކުން އެޅިފައިވާ ތަޅުތަކުން މޮހެލައި، މަނިކުފާނަކީ މިނިވަނެއްގެ ގޮތުގައި ރައީސްކަން އަދާކުރެއްވޭނެ ބޭފުޅަކަށް ހެއްދެވުމަށް އަޅުގަނޑުމެން މިއަދު ގޮވާލަން." ޚަލީލް ވިދާޅުވިއެވެ.

ސަރުކާރާ އިދިކޮޅު ލީޑަރުން ޖަލުން މިނިވަން ކުރުމާއި ގުޅިގެން ޚަލީލް އިތުރަށް ވިދާޅުވީ، އެ ކަންތައްތަކަކީ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑަށް ބަނދެލައިގެން، ލީޑަރުންތަކެއް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކެއް ކަމަށް މަޢުލޫމާތު ލިބެމުންދާ ކަމަށެވެ. އަދި އެ ބަނދެވުމުން ނުނެއްޓެވި އެ ލީޑަރުން ވިދާޅުވާ ކަންކަން ކުރަން މަޖުބޫރުވެފައިވާ ކަމަށްވެސް ޚަލީލް ތުހުމަތު ކުރެއްވިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މިހެން ވިދާޅުވިއިރު، މީގެ ގަޑިއިރުތަކެއް ކުރިން ކުރީގެ ރައީސް މަޢުމޫނާއި، މަޢުމޫންގެ ދަރިކަލުން ފާރިސް މަޢުމޫން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އޮންރަބަލް ޤާސިމް އިބްރާހީމް ވަނީ ކާފާލާތުގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުން މިނިވަންކޮށްފައެވެ. އަދި ކުރީގެ ރައީސް ނަޝީދުގެ ޕާސްޕޯޓު ދޫކޮށްފައިވާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ކެޔޮބެ

    ކަލޭ އަނގަނާރުވާ ބީތާ ކަލެއަކަށް ނޭނގޭނެ ހަދަންވީގޮތެއް ޖަލަށް ވަންނަން ރެޑީވޭ

    • ޖަޒީރާ މީހާ

      މަހީކުރީ އެމްޑީޕީ ސަރުކާރެއްގައި ސިޔާސީ ކުއްވެރިން ޖަލަށް ނުލާނެކަމަށް

  2. ހަލީލް

    އަނހާ ހަލީލޫ ސޯ ސޭޑް ދޯ.

  3. ބޭބެ

    ކޯޅޭޝަންއިން ހޮވުނު މީހާގެ ފަރާތުން މިފެންނަނީ ހާދަ އެހެންކަހަލަ ނުފޫޒެއް ކޯޓުތަކަށާއި ފުލުހުންނަށް އަދި މުައައްސަސާތަކަށް ފޯރުވައިގެން އުޅޭތަނޭ!! އެކަމަކު މިމީހުން ހޮވުމުގެ ކުރިން މުޅިން ދެއްކީ ޔާމީނު ނުފޫޒު ފޯރުވާ ވާހަކަ!! ބާރެއް އަދި މިއުޅެނީ ލިބިގެން އޭގެ ކޮޅުމަތީގަ އަދި ކިރިޔާ!!! މިހިރީ އަރުވާލާވަރު!! އެކަމަކު މިއީ އަހަރެމެން މިރޭ ހަމަނިދި ނިދާރޭ!! ގާނޫނުތައް އޮޅާލާފަ ތައްޓުމަށްޗަށް ކަލޭމެން ތިލަމުން ގެންދަނީ!! މިހާރު އަހަރެމެންނަށްވެސް މުސްތަގުބަލުގައި ތިހެން ކުޅިކުޅެން ފުރުސަތު ލިބުނުކަމުގެ ހިތްހަމަޖެހުމުގެ ތެރެއިން މިރޭ ހަމަ ގުގުރިދަމާފަ ނިދާނީ!! ހަމަ މިކަހަލަ ދުވަސްތައް މުސްތަގުބަލުގައި ކަލޭމެންނަށް ފެންނާނެ!!! ދައްކަވާނެ އިންޝާ ﷲ!!! ވަރަށް ވެދުން!

  4. މީޒްލީ

    އެހެންތޯ ؟ ސިޔާސީ ކުށްވެރިންނެއް ނުތިބޭނޭ މަނިކުފާވެސް ވިދާޅުވި، ހަދާން ނެތުނީތޯ؟ ތިބޭފުޅުން ސިޔާސީ ބޭފުޅަކު ހައްޔަރު ނުކުރައްވާ ކަމަށް ތަކުރާކޮށް އެތަށް ރައްޔަތުންގެ ކުރިމަތީގައި ހުދު ތިބޭފުޅާވެސް ވިދާޅުވި! މިހާރު އެހެން ޅެމެއް ދެއްތޯ ތިޔާގެން ވިދާޅު ވެ ތިޔަލައްވަނީ!

  5. ފޯއްބަސްތާ

    މިއޮތްހާދުވަސްވަންދެން އެންމެންދޫނުކޮށްތިބީކީއްވެ ؟ ވޯޓާދިމަކޮށްފަކީއްވެގެން ބައެއްމީހުންދޫކޮށްފަ އަނެއްބަޔަކުދޫނުކުރީ ؟

  6. ވިއްސާރަ ކޯޓު

    އޭ ކަލޭ މޮޔަވީތަ؟ ނުޖެހޭ ހުރިހާއެއްމެން ދޫކުރާކަށް، ޔަޤީނުންވެސް ޖަލު ރިހަގަނޑުގެ ރަހަ އަރުތެރޭގަ ލާނެ ޔާމީނާ ފާތުމަގެ ވ. އަވަހަށް! އިންޝާﷲ! ޕަކާސް ދެން ލަލަލާ

  7. ލައިސާޓު

    މީި މޮޔަގޮލައެއްތަ؟

  8. މަހާޖައްރާ

    ރަންނަމާރިއާ ފޫޅުދިގު ހަންޑި އަންނަނީ އުތަ މަވާ ކޯލިޝަނަށް ސަލާން، މަމިނައްޓާލީ

  9. ޢަލު

    ޜަނގަޅު ވާހަކައެއް

  10. ބަލާތި

    ފްލެޓް ފޯމްތައް ބާތިލު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ފަލާހް ވިދާޅުވިނަމަވެސް އެކަން ކަށަވަރުވާނީ މަމެންގެ ރައީސް ޚިދްމަތް ތަކުން ދުރަށް ނުގޮސް ޕީޕީއެމް އަށް ވޯޓް ދިން 96 ހާސް ރައްޔިތުންނަށް ޓަކައި އެމެންނާއި ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރާ ގޮތަށް ވަޒީރުންގެ މަޖްލީހުން ނިންމާ އެކަން މާދަމާ ނޫން އަނެއް ދުވަހު ފަށައިގެން ސަރުކާރުގެ ގެޒެޓް ގައި އެހުރިހާ މީހުންގެ ނަން ޝާއިއު ކޮށް އަދި އެހުރިހާ މީހުންނާއި ފްލެޓްސް ތަކުގެ ރަޖިސްޓްރީ ހަވާލުކުރުމުންނޭ އެއިރުން ޔަގީނުންވެސް މާލެ ސަރަހައްދުން 20 ހާސް މީހުންނަށް ދެވޭނެ ނޫންތޭ ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން އެހާ ބޮޑު ވޮލިއުމް އަކަށް ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ސަރުކާރުގެ ސިއްކަ ޖަހާ ހަވާލު ކޮށްފިނަމަ ކޯޓް މަރުހަލާ ގައި އެމްޑީޕީން ޖެހޭނީ ހަމަ ފްލެޓްސް ދޭންއޭ މަމެން ޕިންކީން ބުނި ގޮތަށް ކުރިން ވެސް ނެހެދުމުންނޭ ޕީޕީއެމް އިންތިޚާބުގައި ފެެއިލްވީ ދެން ވެސް މަމެން ބުނާ ގޮތަށް ހަދާށޭ އަވަހަށް ފްލެޓްސް ތައް މާލެ ސަރަހައްދުން ހުޅުމާލެ 2 އިން ލިބޭނެ ކަމުގެ ލިޔުުން ސަރުކާރުން ހަވާލު ކުރާށޭ މިހާރު ފޯރމް ލާފައިވާ 18 ހާސް މީހުންނަށާއި އަދި އިތުރަށް މިއަދާއި ހަމައަށް ފްލެޓްސް ތަކަށް އެދި ފޯރމް ލީ އެންމެންނަށް ވެސް މިކަން ކުރާށޭ ކުރާށޭ މިކަން ޕީޕީއެމްގެ ވެރިކަމުގައި ނުކުރުމުންނޭ ޕީޕީއެމް ބަލިވީ ޕީޕީއެމްގެ ވެރިކަމުގައި މިކަން ނުކޮށް ފިނަމަ ކުރިއަށް އޮތް 2 އަހަރު ފަހުން ޕީޕީއެމް އާއި އެކު ނުތިބޭނެއޭ ބަޔަކު އަދި ރައީސް ޔާމީން އާއި އެކު ވެސް ޕީޕީއެމް މެމްބަރުން ނުތިބޭނެއޭ ސަބަބަކީ އެހުރިހާ މީހުންނަށް ފްލެޓްސް ތައް ދޭނީ އެމްޑީޕީ އަށް ސޮއި ކުރުމުން ކަމަށް އެމެން ނިންމާނެއޭ މިކަން ގާތުން ބަލަންވީ މިހާރު ޕީޕީއެމްގެ ކައުންސިލުން ވެސް އަދި ކެބިނެޓް މިނިސްޓަރުން ވެސް..

    • ހަހަހަ

      އެ 96 ހަހާސް މީހުން ވޯޓްލީ ވޯޓް ކަރުދާހުގަ ނަންޖަހާ ހާމަކޮށްފަތަ، އެމީހުން އެގޭގޮތަށް.. ދެން ތިފުލެޓްތަކަށް ވޯޓް ނުދޭމީހުން ކުރިމަތި ލީމަ ފުލެޓް ނުލިބޭނެތާ!!

  11. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމުން ދެއްކެވި ވާހަކަތައް ބިނާކޮށްފައިވަނީ، މައުމޫނު ޖަލުން ދޫނުކުރުމުގެ މައްޗަށެވެ. އަދި މިވާހަކަތަކުގައި ހައިކޯޓުގެ ޤަވާޢިދުގެ އެއްވެސް މާއްދާއަކަށް އެޑްރެސް ނުކޮށް ޖިނާއީ އިޖުރާތުގެ ޤާނޫނުގެ މާއްދާތަކަށް ޙަވާލާދެއްވުމުން އެނގެނީ، ހައކޯޓުގެ ޤަވާޢިދުގެ ދަށުން ހައިކޯޓުން ނިންމަވާފައިވާ ނިންމެވުމެއްގެ މައްޗަށް އެނޫން އެހެން ގޮތަކަށް ބަދަލު ގެންނަށް ޕީޕީއެމުން ބޭނުންވިޔަސް އެކަމެއް ނުކުރެވޭނެކަމެވެ.

  12. ސްޓިލް

    އެމްޑީޕީގެ ވައުދުތައް ބަޖެޓުގައި ޖަހަން ތައްޔާރު ކަމަށް ނިހާން ވިދާޅުވާއިރު ޕިންކީންގެ ވެރިކަމުގައި މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް އިހަށް ދުވަހު އިއުލާން ކުރެއްވީ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދުނު އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަމަށް އެހެން ވެއްޖެނަމަ އެވައުދު ފުއްދުމަށް ޓަކައި ހުޅުމާލެ 2 ގައި މަމެން ހިއްކި ބިމުން ބިން ކުއްޔަށް ދޭންވީ ނޫންތޭ 25 ހާސް މީހުންނަށް ކޮންމެ މީހަކަށް 1 ހާސް އަކަފޫޓްގެ ގޯއްޗެއް. ކީއްވެގެންތޭ މަމެންގެ ރައީސް ހިމޭނުން ހުންނަނީ އަދި ވެސް މިހިނގަނީ މަމެން ޕިންކީންގެ ވެރިކަމޭ އެއް ކަމެއް ވެސް ނުކުރެވޭނެއޭ އެމްޑީޕީ އެއްޗިއްސަށް މަމެންގެ ރައީސް ހައްޔަރެއް ވެސް ނުކުރެވޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ އައި ޖަސްޓް ވޮނާ ނޯ ޔުއަރސޭ ނައު އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯސް މައި އައިޒް އޮން ދިސް ސަޕޯޓަރުން މާޔޫސް ވެއްޖެނަމަ ޕީޕީއެމް ގައި އެމެން ނުތިބޭނެއޭ މިހިނގާ އޮކްޓޯބަރު މަހު ޖެހޭނެއޭ މަމެންގެ ރައީސް އަށް ވޯޓް ދިން 96 ހާސް މީހުންނަށް އެމެންގެ އުމުރުގައި ވެސް އުފަލުން ތިބެވޭނެ ހަދިޔާ އެއް މަމެން ޕިންކީންގެ ވެރިކަމުން ދޭން އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ މިސް ޔޫ އައި ސްޓިލް މިސް ޔޫ މރ. ޕްރެޒިޑެންޓް އައި ސްޓިލް މިސް ޔޫ މރ. ޕްރެޒިޑެންޓް އައި ސްޓިލް މިސް ޔޫ މރ. ޕްރެޒިޑެންޓް...

  13. އަލްޖިބްރާ

    ކަލޭމެންގެ ވެރިކަމުގައި އޮތީ މީހުން ހައްޔަރު ކުރުން ! އެކްސެލެންސީ އިބޫގެ ސަރުކާރުން މީހުން މިނިވަންކުރުން ! ކޮބާ މައްސަލައަކީ ؟

  14. މުހަންމަދު.

    އަޅުގަޑު ހުރިހާ ގައިގީންގެ އާއިލާ ތަކަށް ގޮވާލަން އެބޭފުޅުންގެ އާއިލާ ތަކުން ޖަލަށް ލާފައި ތިބި މީހުން ކަފާލާތުގެ ދަށުން ދޫކޮށްދޭން ގޮވާލާ ނުކުތުމަށް..ތިބޭފުޅުން ވެސް ވޯޓު ދެއްވީ އިންސާފު ގާއިމް ކުރަން ކަމަށް ވާތީ އާއި ޔާމީނު ހެދިގޮތަށް ތަފާތު ކުރުނެއް ނޯންނާނޭ އެބޭފުޅުން ވިދާޅު ވެފައި އޮތީމަ...

  15. ޖަޒީރާ

    އެންމެފުރަތަމަ ހަލީލަށް ޑޮކްޓަރުކަން ލިބުނުގޮތެއް ރައްޔިތުންނަށް ބުނެދީބަލަ.

  16. ާއަލީ

    ބަޙާވާތްކޮށްފަތިބި ބައިގަނޑާ ރިސްވަތުދީފަ ތިބިބައިގަނޑު ދޫކޮށްލާއިރު ކުދިކުދި ކުށް ކޮށްފަ ތިބިމީހުންދޫނުކުރާސަބަބު ކިބޫ ބުނެބަލަ

  17. ފުރުސަތު

    ނިދަން އުދަނގޫވާތީއޭ ބުނެ، މައި އެއްޗާއި ހުރިހާދަރިން ފަރިއްކުޅުއްވާލި މިނިކާވަގަށް އަދަބެއް ނައިސް، ކުޑަކުޑަ އެންމެ ފަތެއްކާލި ބަކަރީގެ ހަންކޮށާލީ. ސިންގާ ރަސްގެފާނުގެ ދަރުބާރު. ބޮޑުންނަށް ކުށެއް ނުކުރެވޭނެ. ކުށްކުރާނީ ނިކަމެތިން. މިއަދު މިއީ ބޮޑުންގެދުވަސް.

  18. ރެކިފުތާ

    ހަލީލު ތިހިރީ ދައްކާ ސޭކުވާހަކަ. ފ އަތޮޅު ގެ ގޮނޑި ދެން ނުލީބޭނެތީ މޮޔަގޮވެނީ.

  19. މާނީ

    ކޮބާ އިންތިޚާބުގަ ހުރިހާ ގަލެއް ފުރޮޅައިގެންވެސް ނުލިބުނު ދޯ އެއްޗެއް، މިހާރު ދެން މައުމޫނާއި ފާރިޝް އެންމެފުރަތަމަވެސް ކުރައްވާނެކަމެއްކަމަށް ލަފާކުރެވެނީ، ޕާޓީ އަތުލުން އަދި އޭގެފަހުގަ ވަރަށް ކުޑަކުޑަކަމެއް ކޮށްލައިގެން ތިއަކަހަލަ އޫޅިތައް އެއްކޮށް ކޮށިފަ ތިބި މަޖިލިސް މެމްބަރުންނަށް މަޖިލީީހައް ނުވަދެވޭގޮތް ހައްދަވާނެ > އެއިރުން ތިއަ ބައިގަނޑު ޔަނު ރުއްސަން ހެދި ޤާނުނުން އަމިއްލައަށް ފޭހި ވިހަގަދަ އިލޮށި ތައް ތިއަމީހުންގެ ލޮލަށާއި ބޮލަށާއި ނޭފަތަށް ހެރިގެންދާ މަންޒަރު ދިވެހިން ދެކޭނެ އިންޝާﷲ

  20. ހުސޭނުބެ

    ބީތާވެފަ ތިބި ކޮން ބައެއްކަން ދާދި އަވަހަށް ފެނިގެން ދާނެ، އިންޝާﷲ.

  21. ވގ

    ޔާމީން ބޭނުންމީހަކު ދޫކުރެވޭތޯ ހަލީލް

  22. ޑރ

    ޖަލަށް ނުލާ ވާހަކަ ދައްކަން ފުރުސަތު ދީތީ މައްސަލައެއް މިއީ. މިހާރުން ފަށާގެން ދަމާކޫތާގެންވެސް މިމީހުންގެ މައްޗަށް ކުރެވޭ ތުޙުމަތުތައް ބަލާ ފިޔަވޅު އަޅާ އަނދަގޮނޑީޖަހަން އެބަޖެހޭ.

  23. ރައްޔިތުން

    ކާމިޔާބަށް އޮތް ހުރަސްކަމަށް ބޮޑުން ޖަލަށްލީ އެހެން މީހުންދޫކޮށް ބައިތިއްބާފައި މިހެން ހުއްޓާ ދޫކޮށްފައި ތިބި ނިކަމެތި އެފަކީރު ކުރިއަށް އޮތް ދައުރަށް ނުހޮވީ މީވެއް އެއްކޮޅު. އެކަމަކަު އުބޫގެ ވެރިކަން ފެށިގެން ހުރިހާ އެންމެންނަށް އިންސާފު ލިބޭނެ. ކުށްވެރިން މާފުވެސް ކުރެވޭނެ. ހަމަގާއިމުކޮށްގެން.

  24. ޙާލް

    ސިޔާސީ އިސް މީހުން ޖަލަށް ވެއްދީ ޔާން އަށް ވެރިކަން ލިބޭނެ ކަމަށްތަ؟ އޭރުވެސް މިހާރުވެސް ޔާމީން އަކީ ދިވެހިން ބަލައިގަންނަ މީހެއްނޫން.. ތިޔަވޯޓް ހޯދިގޮތެއް ބެލިބަޔަކަށް އެނގޭނެ އެކަން.

  25. Anonymous
  26. ބވހގފފ

    މި ގައުމުގަ އެ 4 ބޭފުޅުން އެކަނި ކުށްވެރިން ނަކީ

  27. ވގ

    ކަޑަވީދޯ