ރައީސް ޔާމީން އިއުލާން ކުރައްވާފައިވާ "ހިޔާ މަޝްރޫޢު" އަށް ފޯމް ބަލައި ގަތުން މިހާރު ނިންމާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓްރީ އިން މިއަދު ވިދާޅުވީ ފޯމް ބަލައި ގަތުމަށް ދެފަހަރެއްގެ މަތިން މުއްދަތު އިތުރު ކުރެވިފައިވާ ކަމަށާއި އިއްޔެ ވެސް ނަމްބަރު ނަގާފައިވާ ވީހާވެސް ގިނަ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ދީފައި ވާނެ ކަމަށެވެ.
ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ ޖޫން މަހެވެ. ފޯމް ހުށަހެޅި ހުރިހާ ފަރާތްތަކަށް ފްލެޓް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީ އިން ކުރިން އޮތީ ވިދާޅުވެފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ނާކާމިޔާބު ވުމުން "ހިޔާ މަޝްރޫޢު" އަށް ދެން ވާނެ ގޮތެއް އަދި ސާފެއް ނުވެއެވެ.
ހުޅުމާލޭގައި މިހާރު ވެސް 7000 ފްލެޓް އިމާރާތްކުރަމުން އެބަ ގެންދެ އެވެ. އެ ފްލެޓްތައް މުޅިން ނިމޭނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ގެ ސަރުކާރުން އަލުން ފްލެޓް ފޯމް ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށް އިބޫގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ އިއްޔެ ވަނީ ވިދާޅުވެފައެވެ.
މި ފްލެޓްތަކަށް ފޯމް ލީމީހުންނަށް މި ސަރުކާރުން އެގްރީމެންޓް ކުރަން ވީ އަވަހަށް. އޭރުން އާސަރުކާރަށް ޖެހޭނީ އިތުރު ޕްލެޓް އަޅައިގެން ވައުދު ފުއްދަން. ކޮންމެހެން ޔާމީން ކޮންދިން ކަމެއްގެ ފައިދާ އާސަރުކާރަށް ދޭކަށް ނުފެނޭ.
"ޒާ" ގެ ވާހަކަޔާ އެއްބަސް
އަންނި ސަރުކާރުގަ އަޅަން ހަވާލުކުރި ފުލެޓްތަށް މިސަރުކާރުން އެޅިއެއްޗަކަ ހަދާފަ އެހަވާލު ކުރީ ކުރިން ވެސް
އެމްޑީޕީ އިން ގެންގުޅެނީ “ކާޅު ހާލި ހެދީމާ ކޮވެލި އެހާއްޔަށް ބިސްއަޅާ” އުޞޫލެވެ. ޔަޢުނީ އެހެންމީހުން މަސައްކަތްކުރީމާ އެމްޑީޕީއިން ފީތާފަށް ކަނޑާ ކްރެޑިޓް ލިބިގަތުމެވެ.
"ހިޔާ މަޝްރޫޢު" ފްލެޓްތަކަށް ފޯމް ބަލައިގަތުން ނިންމާލައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ އަވަހަށް މަމެން ޕިންކީންގެ ސަރުކާރުން ހައްދަވަންވީ ގޮތަކީ ވަޒީރުންގެ މަޖްލީހުގެ ޖަލްސާ އެއް ބާއްވާ އަވަހަށް ނިންމަންވީ ހިޔާ މަޝްރޫއު އަށް ފޯރމްސް ތައް ލީ ހުރިހާ އެންމެންނަށް ހުޅުމާލެ 2 އިން ކޮންމެ މީހަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 100 އަހަރު ދުވަސް ވަން ދެން ކޮންމެ މީހަކަށް 1 ހާސް އަކަފޫޓްގެ ބިމެއް ހުޅުމާލެ 2 އަދި ހުޅުމާލެ 1 ގައި ހުރި ހުސްބިން ތަކުން ދޭން ނިންމި ކަމަށް އެއިރުން ދެން އެމެން އެމްޑީޕީ އަކަށް ވެސް މީގައި ދެކޮޅެއް ނެހެދޭނެއޭ ބިކޮޒް އެމެންގެ މެނިފެސްޓޯ ގެ 16 ވަނަ ސޮފްހާގައި ވެސް ވަނީ މިގޮތަށް ލިޔެ އެމެން އެއްބަސްވެފައޭ ޖައްސާ ޖައްސާ ޖައްސާ ލާރޖް ކޮށް ޖައްސާތި އެއް ގޮތަކަށް ވެސް ޕިންކީން ބަލިވުމުން ދެރަވެ ބޯތިރި ކޮށްގެން ނުވާނެއޭ ނާކާމިޔާބީ އަކީ އެއީ ކާމިޔާބުގެ ސިއްރޭ...
"ޒާ" ވަރަށް ރަނގަޅު ޚިޔާލެއް. އެހެންނޫނަސް ޔާމީނު ކޮށްދީފައި ހުރިކަންތައްތަކަކީ ރައްޔިތުން ބަލައިގަންނަ ކަންތައްތަކެއްވެސް ނޫންތާ. ވީމާތިކަމަށް ތާޢީދުކުރާމީހުން ވަރަށް މަދުވާނެ. މީދެން ލައްކަވާހަކަ.
އަވަހަށް ފޯމުލީ ފަރާތްތަކަށް ފްލެޓް ހަވާލުކޮށް ތިކަން ނިންމަން ޖެހޭ. އެމް ޑީ ޕީ ސަރުކާރުން ކުރިންވެސް އަޅާފަ ހުރި ފްލެޓްތައް ބަހާލީ ޕާރޓީ މީހުންނަށް މިފަހަރުވެސް އެގޮތަށް ކަންތައް ކުރަން އެއުޅެނީ ހެޔޮނުވާނެ މިފަހަރު އެގޮތަށް ކަންތައް ވިޔަނުދޭތި ....
މީ އަލަށް އިޢުލާންކުރި ޕްރޮޖެކްޓެއް ނޫން! ވީމާ ވީ އެންމެ އަވަހަކަށް ލިބެން ޖެހޭ މީހުން ކަނޑައަޅާދީ އެގްރިމެންޓް ކޮށް ޑައުންޕޭމަންޓް ނަގައިދީ.
ޔާމީންގެ ސަރުކާރުން ހޯއްދަވާފަހުރި އިލެކްޓްރިކް ޖެނެރޭޓަރުތަށްވެސް ރަށްރަށަށް ބަހާ ، ހުޅުމާލޭ ބޮޑުއިންޖީނުގެއަށް ހޯދާފާހުރި 8މެގަވޮޓުގެ ޖެނެރޭޓަރުތައްވެސް އިންސްޓޯލްކޮށް ، ފްލެޓްތައްވެސް ޙާއްޤުވެރިންނަށް ދީ އެގްރިމެންޓްކޮށް ނިންމުމަށް ލަފާ އަރުވަމެވެ. އަދި ރިޟާވްގައިހުރި 700 މިލިޔަންޑޮލަރުވެސް ބޭރުދަރަނިތައް ނިންމުމަށް ޚަރަދުކޮށް ހުސްކޮށްލާށެވެ. ދެން ސަރުކާރާ ޙަވާލުވްނތިބީ ކަމުގެ އާޖުފާޖުނެތް ތަޢްލީމެއްނެތް ހަމައެކަނި ނަމުން ލީޑަރުންނެވެ.
މަކަރުވރި އެމްޑީޕީގެ އަތްދަޑުން ފްލެޓްތައް
ސަލާމަތް ކުރަން ޖެހޭ.
ތީ މަމެންވެސް ތާއިދުކުރާގޮތް މިސަރުކާރުން ފެށިކަމެއް ނިމްމާނީ މިސަރުކާރުން އާސަރުކާރައް އެފުރުސަތުދީގެން ނުވާނެ
އަދިވެސް ޔާމިނުގެ ކޮންސެޕްޓް ޖަޒީރާ ކޮންސެއްޕް ޓައްވުރެ ރަގަޅު
ކިޔު ނަންބަރު ދޫކުރި ހުރިހާ ފަރާތްތަކަށް ފޯމުލުމުގެ ފުރުސަތު ނުދިނީ ކީއްވެތޯ؟ މަވެސް މިހުނަންނީ ނަންބަރު ޖެހޭތޯ؟ ވަކިބަޔަކަށް ދޭންކުރި ކަމެއްތޯ؟ ނަންބަރު ދޫކުރި އެއްމެނަށް ފުރުސަތު ލިބެންޖެހޭނ
ނަންބަރު ދޫކުރި އެއްމެނަށް ފޯމުލުމުގެ ފުރުސަތު ލިބެންޖެހޭނެ
ތިޔައީ ވަރަށްރަގަޅު ޚިޔާލެއް! އެހެންނޫނިއްޔާ ގޮތެއްފޮތެއްނެތް ރީދޫބައިގަޑު އިންސާފޭގޮވަމުން ވެރިކަމަށްއައިސް ހަދާނީ ބޭއިންސާފުން ހިތުހުރިގޮތެއް ފޯމު ހުށަހެޅުމަށް ފުރުސަތުދޭނަމޭ ބުނާ މާރިޔާއަކީ ގާނޫނުއަސާސީގެ މައްޗަށް ކޮށްޅަށްއެރިމީހާ ގާނޫނަށް އިހުތިރާމު ކުރާނެކަން މި އަމަލުންސާފުވޭ
ތިޔަކން ނިންމައިދިނިއްޔާ ވަރަށް ރަނގަޅު!
އަލުން ފޯމު ލާންނުޖެހުނުނަމަ ހާސް ޝުކުރު
މި ޤައުމުގަ ހަމަނުޖެހުން ގިނަވަނީ "ޒާ" ކަހަލަ ޖާހިލުންނާ ހެދި ގެންނެވެ. އަބަދުވެސް ސަރުކާރެއް ބަދަލުވާއިރު ކުރަންފަށާފަ ހުރި ރަނގަޅު ކަންކަން ފުރިހަމަ ކޮށްދޭންޖެހޭނީ، އަލަށް އަންނަ ސަރުކާރަކުންނެވެ. ޙަޤީޤަތުގައި އެއްވެސް ސަރުކާރަކަށް ފައިދާއެއް ލިބޭކަށް ނުޖެހޭނެ އެވެ. ފައިދާ ލިބެންޖެހޭނީ، ޤައުމަށާ، ރައްޔިތުންނަށެވެ.