ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ ހަތަރު މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެ ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަމުރުތަކާ ގުޅިގެން ހޯދުމަށްދަނީ ބ. ކެންދޫ، ގަދަގެ، އަޙްމަދު ޖިހާދު ޢަބްދުﷲ (42އ) އާއި ރ. އިންނަމާދޫ، މެހުރާ، ޢަލީ މިސްބާޙް (38އ) އާއި މ. މުލި، ޖޭމުގަސްދޮށުގެ، މުޙައްމަދު ވާފިރު (44އ) އަދި މއ. ކެލާގެއާގެ ޢަބްދުﷲ މަހާތިރު (35އ) އެވެ.

މިހަތަރު މީހުންގެ ތެރެއިން އަޙްމަދު ޖިހާދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމްތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރު ކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޮކްޓޯބަރު 3 ވަނަ ދުވަހުގެ 10:30 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ޢަލީ މިސްބާޙް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޮކްޓޯބަރު 3 ވަނަ ދުވަހުގެ 10:45 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މުޙައްމަދު ވާފިރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޮކްޓޯބަރު 3 ވަނަ ދުވަހުގެ 11:45 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ޢަބްދުﷲ މަހާތިރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމްތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޮކްޓޯބަރު 3 ވަނަ ދުވަހުގެ 11:30 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މި ހަތަރު މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިދުރީހު

    ކީއްކުރަން ހޯދާބައެއް މިހާރު ކުއްވެރިންނެއް ނޫޅޭނެ އެންމެން މިނިވަންކުރޭ

  2. ހުސް

    ތިޔަ މިސްބާހު ތީ މަގޭ އަތުން ވެސް ލާރިގަނޑެެއް ނަގާފަ އަދިވެސް ނުދީ ހުރި މީހެއް. މިހާރު 5 އަހަރު ވެއްޖެ. ފަހުން އިނގުނު ގޮތުގަ ވަރަށް ގިނަ މީހުނަށް ދަރާފަ ހުރި މީހެއް. ފަހުން އުޅުނީ އެމް.ޕީ ފަލާހު ފަހަތުން. އޭނާގެ ބާރުގަ އުޅުނީ. މިހާރު ހުންނާނީ އެއްޗެއް ވިސްނިފަ.