ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑަށް ބިންހެލުމެއް އަތުވެއްޖެއެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން އައި މި ބިންހެލުން އައިސްފައި ވަނީ ރާއްޖޭގެ ދެކުން 4000 ކިލޯމީޓަރު ދުރަށެވެ. އެއީ ރީޔޫނިއަން އައިލެންޑްސްގެ ދުރުން 1700 ކިލޯ މީޑަރު ދުރަށެވެ.

ރިކްޓަރ މިންގަނޑު 5.2 މެގްނެޓިއުޑްގެ ބާރު މިނުގައި އިންޑިއާ ކަނޑަށް ބިންހެލުމެއް އައިސްފައިވާ ކަމަށް ބިންހެލުންތަކުގެ މައުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ ފަރާތްތަކުން ވިދާޅުވި ނަމަވެސް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ އިން ވިދާޅުވީ މި ބިންހެލުން ރިކޯޑް ކުރެވިފައި އަދި ނެތް ކަމަށެވެ. މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ.

މީގެ ތިން މަސް ކުރިން ލ.އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ބިންހެލުމެއްގެ ލޮޅުތަކެއް އިހުސާސް ކުރެވިފައެވެ. ނަމަވެސް މި ލޮޅުމާއި ގުޅިގެން ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ލޮޅުމެއް ރެކޯޑް ކުރެވުނު ނަމަވެސް އެއީ ބިންހެލުމެއް ނޫން ކަމަށެވެ.

މިއަދު އިންޑިއާ ކަނޑަށް ބިންހެލުމެއް އައިސްފައި ވާއިރު މިދިޔަ ހުކުރު ދުވަހު އިންޑޮނޭޝިއާ އަށް އައި ބިންހެލުމާއި، އޭގެ ފަހުން އެރި ސުނާމީގެ ސަބަބުން ވަނީ 830 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރައްޔިތުން

    ރާއްޖޭގައި އެންމެ ސައްހަ ގޮތުގައި ބިން ހެލުމުގެ ހާލަތު ދިރާސާ ކުރެވީ ކަމަށް ވެދާނެ.

  2. ތޮއްޓޭ

    ލ.އަތޮޅަށް އައީ ބިން ހެލުމެއް ނޫން. އެއީ ބިން ފިނިކަމުން ތުރުތުރު އެޅީ.

    • އެ

      ބޭކާރު ވާހަކަ ނުދައްކާ

  3. މަރު

    އެމްމެން ވެސް ހަވަހައް ތައުބާވެ ވަޑައިގަންނަވާ ދުނިޔެ ފަހަތައް އަންނާނެ އަޅާމާތުގައި ވެއި ގިނަ ގިނައިން ބިންހެޅުވުން އަންނާ ވާކަހަކަ

  4. ސ

    ސުބުހާނަﷲ

  5. ކޮސް

    އިންޑިއާ ކަނޑުގައިވެސް ޖީންސްލާ އަންހެން ކުދީން އުޅެނީތަ؟

    • އީން

      ބިންހެލުން އަންނާނެ ކިތައްމެ ސަބަބެއްވާކަން ދަންނަހާލުވެސް ކޮސް ވާހަކަ

  6. ހިންދު

    އިންޑިޔާ ކަނޑަށް ބިންހެލުން އައީ. އިންޑިއާ މީހުން ތައުބާވުމަށް ގޮވާލަންވީނު

    • މީ

      އަޅުގަނޑުމެން ހުރިހާ އެންމެންވެސް ތައުބާވެ އިސްލާހުވާންވީ އިންޝާﷲ އަވަހަށް

    • ޑީ

      ކޮންމެ ކަަމަކަށްވެސް މަލާމާތް ކުރެވޭތޯ ބަލާ. ތިމާ އާއި ތިމާގެ ޢާއިލާވެސް ސިރިއުޅެނީ ހަމަ އިންޑިޔާ ކަނޑުގެ ރަށެއްގަ.

  7. ަކަމާލު

    ތިކަމާއި ގުޅުން ހުރި މަހެއް އެ ބޭނީ، ޖަޕާނުގެ ސައިންޓިސްޓުން ގެ ދިރާސާ އަލީގައި އެކަން އެބަ ދިމާވޭ