ހުޅަނގު މޫސުމުގެ ވާރޭ ބޯކޮށް ވެހޭ މި ދުވަސްވަރު ބުރިޖު މަތިންނާއި ރިންގް ރޯޑުން ދުއްވާފައިދާއިރު އާދައިގެ ކޮތަޅު ޒާތުގެ ވިއްސާރަ ކޯޓު ބޭނުން ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން މިކަމަށް އިލްތިމާސް ކުރީ މިހާރު ބުރިޖު މައްޗަށާއި ރިންގް ރޯޑަށް ވަރަށް ގަދައަށް ވައި ޖެހެމުންދާއިރު ފަސޭހައިން ހަލާކުވާ ވިއްސާރަ ކޯޓު ބޭނުން ކުރުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެތީ އެވެ.
ފުލުހުން ބުނީ މިދުވަސްވަރަކީ މޫސުން ގޯސްވެ ގަދަ ވަޔާއި އެކުގައި ވިއްސާރަކުރަމުންދާ ދުވަސްވަރަކަށް ވުމުން ސިނަމާލެ ބުރިޖާއި ރިންގް ރޯޑްގައި ވިއްސާރަ ކޯޓު ލައިގެން ދުއްވާ ފަރާތްތަކުން، އާދައިގެ ކޮތަޅު ޒާތުގެ ވިއްސާރަ ކޯޓު (ޑިސްޕޯސަބަލް ރެއިންކޯޓު) ބޭނުން ކުރުމުގެ ބަދަލުގައި ރަނގަޅު ފެންވަރުގެ ކޯޓު ބޭނުން ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މިދުވަސްކޮޅު އެފަދަ ކޮތަޅު ކޯޓު ލައިގެން ދުއްވާފައިދާއިރު ކޯޓު ފަޅައިގެންގޮސް ކޯޓުގެ ބައިތަށް ފަހަތުން ދުއްވަމުން އަންނަ މީހުންގެ ނުވަތަ ދުއްވަން އިންނަ އުނޅަދުގައި އަޅައިގަންނަ ކަމުގެ ޝަކުވާ ލިބެމުންދާކަމަށާއި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަސޭހައިން ހަލާލުވާ ވިއްސާރަ ކޯޓު ބޭނުން ނުކުރުމަށް އެދޭކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ ކުރިން ފުލުހުން ވަނީ ބުރިޖާއި ރިންގް ރޯޑްގައި ވިއްސާރަ ކުޑަ ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.
ވިއްސާރަ ވެހޭ އިރު ބުރިޖް ބޭނުން ކުރުން މަނާ ކުރަން ވީނު މާ ރަގަޅު ވާނެ މި ގޮތް
ކީއްކުރަން މަނާ ކުރަންވީ. ކާރުގައި ެވެސް ބައެއް މީހުން ދާނެ.ވ
ސާބަސް. އަމިއްލަ ސަލާމަތަށް ކަމެއް ނުކުރަން ބުންޏަސް ގޯސްކުރާތި
ދެން ތިތާ ދުއްވޭކަށްނެތެނު.
އެހެންވީމާ މިދުވަސްކޮޅު އަހަރެން ކަހަލަ ހަށިގަނޑު ހިކިކޮށްތިބޭ މީހުން ތިބުރިޖުމަތީގަ ހިނގާފަވެސް އަދި ސައިކަލުގަވެސް ދާން ރައްކާތެރިއެއް ނުވާނެއެއްނުން.މިޖެހޭ ގަދަވައިގަ ދޫނިފަތެއްހެން ވިއްސައިގެން ހިނގައިދާނެއެއްނުން.
ކިތަމްމެ ރަނގަޅު ވާހަކައެއް ބުންޔަސް ހެޔޮ އެއްގޮތެއް ނެތް ކިތަމްމެ ރުޅިއަޔަސް އޭ ހަމަ ޔާމިން އެޅި ބުރިޖް އެއް އެތަނުން ނުގޮސް ވާނެ އެއްގޮއިތްވެސް ނޯންނާނެ ދެން ލަލަލަލަ
ޓތީވާ ބުރިޖެެއް!