ރައްޔިތުން މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު (ލޯޔަރު ވައްޑެ) ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ.

އެމައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ މިމައްސަލައިގައި އިތުރު ވާހަކައެއް ދައްކަން އެއްވެސް ފަރާތަކުން ބޭނުންވޭތޯ ސުވާލު ކުރައްވާފައެވެ.

ވައްޑެގެ ފަރާތުންނާއި އަދި ބަންޑާރަނައިބުގެ އޮފީހުންނާއި އިލެކްޝަންސް ކޮމިޝަނުން ވެސް ވިދާޅުވީ މިމައްސަލައިގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށާއި ކުރިން ދައްކާފައިވާ ވާހަކަތަކަށް ރިޢާއަތް ކުރެއްވުމަށް ފަހު ޙުކުމް ކުރެއްވުން އެދޭ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ މިމައްސަލައިގައި ވަރަށް އަވަހަށް ޙުކުމް ކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހުއެވެ.

މިއަދުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ، މި މައްސަލައަކީ މީގެ ކުރިން ސްޕްރީމް ކޯޓުން ބެލުމަށްފަހު އިދާރީގޮތުން ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއް ނަމަވެސް، މަޢުލޫޢީ ގޮތުން ބަލައި، ފައިސަލާ ކުރަންޖެހޭ މައްސަލައެއްކަމަށް ސްޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.

ސްޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައި ވަނީ ފްލޯ ކްރޮސިންގެ އުސޫލަކީ (އިންތިހާބުވާ ޕާޓީ ދޫކޮށްލާ އެހެން ޕާޓިއަކަށް ބަދަލުވާ މެންބަރުންގެ ގޮނޑި ގެއްލޭ އުސޫލަކީ) ރާއްޖޭގެ މަލްޓިޕާޓީ ނިޒާމް ހަރުދަނާކުރުމަށް މުހިންމު އުސޫލެއް ކަމަށް އެ ކޯޓުން ދެކޭ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށްބުނާ 12 މެންބަރުންގެ ގޮނޑިއާމެދު މީގެ ކުރިން ސީދާ ވަކި ގޮތެއް ކަނޑައަޅުއްވާފައެއް ނުވެއެވެ.

ވައްޑެގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލެއްވިއިރު، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ ގޮނޑީގެ އަޑުއެހުމެއް މިއަދު މެންދުރުފަހު ސްޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވެއެވެ. އަދި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތަކެއް މާދަމާއަށް ސްޕްރީމް ކޯޓުގައި ތާވަލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އިދުރީހު

  މިހާރު ހުކުން އަންނާނީ ވައްޑެއާއި އެއްކޮޅައްދޯ ؟؟؟

 2. ގޯސް

  ރިޔާސީ ނިޒާމް ދޮންކޮށް ފައްކާ ކުރަން އެއްމެ ރަނގަޅުވާނީ މަޖިލިސް ތެރެއިން ހެދޭ ގަވާއިދާއި ގާނޫނގެ މަތިންކަމަށް ފެނޭ. ކުއްލިޔަކަށް މުޅި 3 ބާރުތެރެއިްނ 1 ބާރުގެ މީހުންގެ މައްޗަށް ތިފަދަ ގޮތްތަކެއް ހެދުމުގެ ބަދަލުގައި ރޭވުންތެރިކަމާއި ެކު ކަން ކަން ނުކުރާނަމަ ގޯސް.

 3. Anonymous

  ކީއްވެގެންތަ ފެލިއަރުވަނީ

 4. ދިސްވޭ

  ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ހުކުމޭ މެން ވެސް ފައިސާ އަށް ވިކޭނެ ކަން ވަނީ ވަރަށް ރީއްޗަށް ސާބިތުވެފައި ފެބް އެކެއްގައި މަމެން ޔަގީން ކަން ދޭނަން އެމެން އޮޅުވާލައިގެން ތިޔާ ހުރިހާ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކޯޓުން ހުކުމް ކުރާނީ އެއީ މަމެން ނަށް މިހާރު އިރު ފެންނަ ފަދައިގެން ޔަގީން ކަމެކޭ. އެގޮތަށް ހުކުމް ކުރުމުން ކޮންމެ މީހަކަށް އެތައް މިލިއަން ޑޮލަރެއް އިނާމެއްގެ ގޮތުގައި އެބަލިބޭ ދެން ކިއެއްކުރަންތޭ ކޮން ގައުމެއް ތޭ ކޮން އިންސާފެއްތޭ. އަސްލަށް ބަލާނަމަ އެންޓިޑިފެކްޝަން އާއި ބެހޭ ގާނޫނު އޮތް ގޮތުންނާއި ފްލޯރ ކްރޮސް ކުރި މެމްބަރުންގެ ގޮނޑި ގެއްލުމާއި ގުޅޭ ގޮތުން ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް އަކީ ވަރަށް ސާފު ހުކުމެކެވެ. ޕާރޓީ ލައިން ގެ ފްލޯރ ކްރޮސް ކޮށްފިނަމަ އެއީ ޕާރޓީގެ މެމްބަރުންނާއި މެމްބަރާއި ދެމެދު ވެފައިވާ ސޯޝަލް ކޮންޓްރެކްޓް އުވާލެވުނީއޭ އެހެން ކަމުން އެފަދަ މެމްބަރެއްގެ ގޮނޑި ގެއްލޭނެއޭ މަޖްލީހުގެ މެމްބަރުންގެ ގޮނޑިވެސް ގެއްލެން ޖެހޭނެއޭ އެއީ އެނިޒާމް މަސައްކަތް ކުރާނެ ގޮތަކީ މިކަން ދަންނަން ޖެހޭނެ އެންމެން ވެސް.

 5. ދަވޭއޭ

  ގޮނޑި ގެއްލުނު މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފަށައިފި ނަމަވެސް ތިޔާއީ މިހާރު ވަރަށް ސާފު ކަމެކޭ ސަބަބަކީ އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން މިހާރު ތިޔާ ހުރިހާ މެމްބަރުންގެ ގޮނޑި ވަނީ ގެއްލިފައޭ ސްޕްރީމް ކޯޓުން ފްލޯރ ކްރޮސް ކުރުމާއި ގުޅޭ ގޮތުން ސްޕްރީމް ކޯޓުން 2017 ވަނަ އަހަރު ނެރުނު ހުކުމުގެ ގަޒިއްޔާ ނަމްބަރު 19، 20، 21 އަދި 22 އިން ވަރަށް ތަފްސީލް ކޮށް ތިޔާ ވަހީދު ވެސް އަދި ދެން ތިބި މެމްބަރުންގެ ވެސް ގޮނޑި ގެއްލިފައިވާ ކަމަށް ވަނީ ހުކުމްކޮށްފައި ދެން އަނެއްކާ މި ހުކުމް ބާތިލް ނުކުރެވޭނެ މިހާރު ސްޕްރީމް ކޯޓުގައި އޮންނަ އާ ބެންޗަކަށް ސަބަބަކީ މިދެންނެވުނު ގަޒިއްޔާ އިން މިކަމަށް ފަރުވާދެވިފައިވާތީއެވެ. މިރާއްޖޭގެ ސްޕްރީމް ކޯޓަކީ ކުޅޭ ކުޅޭ އެއްޗަކަށް ވެގެން ނުވާނެ ރިޝްވަތުގެ ފައިސާ ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ހިފައިގެން ހުކުމް ކޮށްގެން ނުވާނެ ރާއްޖޭގެ ސްޕްރީމް ކޯޓުން އެއީ އެކަން ކޮށްގެން ވާނެ ގޮތެއް ނޫން އެއް ގޮތަކަށް ވެސް އެކަން ކޮށްގެން ނުވާނެ. ރާއްޖޭގެ ހަލާކަށް ތަމެން މަގު ކޮށާ ދެނީ ފުރަތަަމަ ގައުމު ކަމަށް ޓީވީން އަބަދު ކިޔާ އިރު މިރާއްޖޭގެ ކޯޓް ތަކުން ފުރަތަމަ ގައުމު އިސް ނުކޮށް ފުރަތަމަ އެމެންގެ އަމިއްލަ އެދުން އިސް ކުރާ ކަން މިއެގެނީ މަޖްލީހުގެ ގޮނޑި ގެއްލުނު ކަމަށް ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް އަނެއްކާ ހަމަ އެކޯޓުން ތިޔާ އުޅެނީ ގޮނޑި ނުގެއްލޭ ކަމަށް އިއުލާން ކުރަން ތިޔާ ކޯޓުގެ އިތުބާރެއް ނޯންނާނެ ތިޔާ ކޯޓުގައި ހުކުމް ކުރަން ތިބޭ ފަނޑިޔާރުން އަމިއްލަ އެދުން އިސް ކޮށްގެން ތިޔާ ކަން ކުރާ ނަމަ..

 6. އެހެންތޭ

  ތިޔާ ނިމޭނީ މިހާރު ވެސް ކަފާލާތުގެ ދަށުން ދޫކޮށްގެން ކަން ކަން ނިމޭ ގޮތަށް ނަމަވެސް 2017 ވަނަ އަހަރު ސްޕްރީމް ކޯޓުން ހުކުމް އިއްވާފައިވާ ގަޒިއްޔާ ނަމްބަރު 19 ، 20، 21 އަދި 22 ގެ ދަށުން ހުރިހާ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަން ސާބިތުވާ ކަމަށް ދެން އެހުކުމް އޮތްވާ އެހުކުމް ބާތިލް ސްޕްރީމް ކޯޓުން ކޮށްފިނަމަ ތިޔާއީ ދެން ކޯޓްތޭ ތިޔާ ކޯޓް އާއި މެދު އެބަޖެހޭ ރައްޔިތުންގެ އިތުބާރު ދަމަހައްޓަން ފެބް އެކެއްގައި ނެރުނީ އަމުރެއް ހުކުމެއް ނޫން ދޯ އެހެންވެއްޖެނަމަ އެއީ ސްޕްރީމް ކޯޓުގެ ހުކުމް އެކޭ ކިޔައިގެން އިދިކޮޅުން ދައްކާ ވާހަކަ ތަކަށް ވެސް ސްޕްރީމް ކޯޓުން ފަރުވާ އެއްނުދީ އޮތުން އެއީ ސްޕްރީމް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުންގެ ތެރޭން ބަޔަކަށް އެއިން މާއްދީ ފައިދާ އެއްކުރާތީ ކަން އެއީ ކަށަވަރުވެ ޔަގީން ވާ ކަމެކޭ މަމެން ބުނަން ނެތީމު ދޯ. ތަމެން ހުކުމޭ މެން އޮތީ މިހާރު ހުކުމް ލިޔެ ނިންމާފައި ދޯ ގޮނޑި ނުގެއްލޭ ކަމަށް ދެން އެމެން ދޭނެ ސްޕާރީގެ އަދަދު ފައިނަލްވީމާ ހުކުމް ކޮށްލަންވީ އެނިމުނީ ދޯ.

 7. ލަފާ

  ލޯޔަރ ވައްޑެގެ ގޮނޑި ނުގެއްލޭ މަޖިލީހަށް
  ދުރުވޭ ބޮޑު ޓައީ އަޅުއްވާތި

 8. އަހްމަދުބޭ

  މިއީވައްޑޭތަ ނުވަތަ މާފެލޭތަ ތިޔައީރައީސް މައުމޫންގެ މެމްބަރެއްނު ގޮނޑި ސޭފު އެއީކަފާލާތުގެދަށުން މިހާރުމިއޮށްހުރިހާދުވަހުމަޑުކުރީ އެމަނިކުފާނު މިނިވަންކުރެވެންދެން މިހާރުހުރިހާކަމެއް ކަފާލާތުގެދަށުންނިންމާލީ