ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ކަމަށް ދާދި ފަހުން ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އަށް ސޮއިކުރެއްވި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ ކޫރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

މީގެ ކުރިން އިދިކޮޅު ފަރާތްތަކަށް ފާޑުކިޔައި ރައީސް ޔާމީނުގެ ސިޔާސަތުތަކަށް ފާޅުގައި ތާއީދު ކުރައްވާ ވާހަކަފުޅު ދެއްކެވި އަލްހާން މިއަދު ކުރެއްވި ޓުވީޓެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހުން ފެށިގެން އޭނާ ހުވަފެނީ ރައީސް އަކީ އިބޫ ކަމަށެވެ.

"7 ފެބްރުއަރީ 2012 ވަނަ އަހަރު ކުރީގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވި ހިސާބުން އަހަރެންގެ ހުވަފެނީ ރައީސް އަކީ އިބޫ, އިބޫ އަށް ހުރިހާ ގޮތަކުން ތާއިދު ކުރާނަން" އަލްހާން ވިދާޅުވިއެވެ.

އަލްހާން މިހެން ވިދާޅިވެފައިވާއިރު އިންތިހާބުގެ ކެންޕެއިންގެ ތެރެއިން ޕީޕީއެމް އިން ބޭއްވި ބޮޑު ޖަލްސާ އެއްގައި އަލްހާން ވަނީ އިބޫ އަށް ވަރަަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެ ޖަލްސާގައި ރައީސް ޔާމީން އަަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައި އަލްހާން ވިދާޅުވީ ރައީސް ޔާމީން އަކީ އޭނާ ހަޔާތުގައި ވެސް ދުއް އެންމެ ވަރުގަދަ ސިޔާސީ ލީޑަރު ކަމަށެވެ.

އަލްހާނަކީ ކުރިން އެމްޑީޕީގެ އިސް ސަފުގައި ވަރަށް ވަރުގަދަކޮށް ފެނިގެން ދިޔަ ބޭފުޅެކެވެ. ނަމަވެސް ވަނީ އެޕާޓީން ވަކިކޮށްފައެވެ. އަލްހާން އެމްޑީޕީން ވަކިކުރީ އެޕާޓީއަށް ގެއްލުންވާ ގޮތަށާއި އެ ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރާ ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 މެމްބަރަކު ސޮއިކޮށް މައްސަލަ ހުށަހެޅުމުންނެވެ. އޭރު އޭނާ ހުންނެވީ އެޕާޓީގެ ނައިބު ރައީސަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ގޯސް

    އައްޑޫ މީހަކަށް ތިޕާޓީގެ އިސް ސަފަށް ދުވަހަކުވެސް ނޭރޭނެ.
    އަސްލަމް ވީޕީ އަކަށް ނަގާ ވާހަކަ ދެއްކީ ރައްޔިތުން ކައިރިކުރަން.
    މުނައްވަރު ކޮބާ ؟
    ޑރ. ޑީޑީ ކޮބާ ؟

    އައްޑޫ މީހުން ތިބެންޖެހޭނީ ވެރިކަން ވައްޓާލަދޭ ބައެއް ގޮތުގައި އަބަދުވެސް.

  2. ލޮލް

    ލޮލް

  3. ާަަަ މަހޭ

    ކަލޭ ތި ހުރިގޮތައް ހުރި ދެފުއް ކެހެރިއް..ދެން ބުނާނެ ހުވަފެނަކީ ތިމަންނަ ވެރިކަމައް އެރުމެ...???

  4. ބޮއެ ހަލާކު

    އަލްހާން....ދެންމީ ކޮންކަމެއް. ބިރުން އިބޫއާ އެއްކޮޅައް ޖެހުމީދޯ...

  5. ދިސްވޭ

    އެކެއް ފެބްރުއަރީ ގައި ނޯންނާނެ ސްޕްރީމް ކޯޓުން ހުކުމެއް ކޮށްފައި އެއީ ނެރުނު އަމުރެއް އަނެއްކާ އެ އަމުރު ނެރުނީ އެއްވެސް މީހަކު ސޮއި ނުކޮށް ދެން އާންމުން ޝަކުވާ ކުރުމުން އެއަމުރުގައި ފަހުން 5 ފަނޑިޔާރުން ސޮއި ކޮށް އެއަމުރު ނެރުނީ މިރާއްޖޭގެ މަޖްލީހަށް ހޮވޭ މީހުން މަޖްލީހުގެ ގޮނޑި އެއީ އެމެން ކަޓްކާން ބޭނުންކުރާ ލައިސަންސް އަކަށް ވާނެ ސްޕްރީމް ކޯޓުން ތިޔާ 4 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކޮށްފިނަމަ ނަތީޖާ އަކީ މިރާއްޖޭގެ މަޖްލީހުގައި ކޮރަޕްޝަން ބޮޑުވެ އެތްނިކް ވަޔަލެންސް އަށް ރާއްޖެ މަގުފަހިވެ ރާއްޖެ އަކީ އަފްއާނިސްތާނު އޮތް ހާލަތަށް ކުރިއަށް އޮތް 5 އަހަރު ދަތުރު ކުރާނެ ރާއްޖެއެކެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ބަލަން ޖެހޭނީ އެމެންނަށް އާ ސަރުކާރުން މަގާމް ދިފާއު ކޮށްދޭތޯ ނޫންތޯ އެއް ނޫން ތަމެން އެމެން ކޮޅަށް ހުކުމް ކުރި ނަމަވެސް ތަމެން ތިޔާ މަގާމް ތަކުގަިއ ނުތިބޭނެ ކަން މަމެން ލިޔެ ސޮއި ކޮށް ދޭނަމޭ ކަން މިހެން ހުރުމުން މިކަމުގައި ޖެހޭނެ ސްޕްރީމް ކޯޓުން ވިސްނަން ގައުމާއި މެދު.

  6. ހސ

    އަލްހާނޫ .... މަ ހީހީހީ ހަލާކު.... ތީފުކެއް ބޮޑުވަރު.....?????????

  7. ނާނަ

    މިކަހަލަ މީހުންނަށް ކިޔާ އުޅެނީ ދެފުއްކެހެރިން.

  8. Anonymous

    އަލްހާނޫ ތީ ފުކެއް ބޮޑުވަރު.. އިބޫ އަށްވެރިކަން ލިބުނީމަ ދެން ކޮންމެހެން އިބޫ ކައިރިއަށް މޮޅުކާްން އަންނާެނެ ކަމެއް ނޫޫން... މަ ހީހީ ހަލާކު..

  9. ރައްޔިތުން

    ތިޔަ ވާހަކައެއް ވެސް އަދި އަލްހާންވެސް މުހިންމެއްނޫން ތިޔަ ވާހަކަތައް މިކަހަލަ ނޫަސްތަކަށް ގެނައުމަކީވެސް އަގެއް ހުރި ކަމެއްނޫން.

  10. ރިޔާޒް

    މަރްޙޫމް އިބްރާހިމް ޝިހާބު ވިދާޅުވެފަ އޮވޭ " އޮޑި ދުއްވަންވާނީ ވައިފަސޭހަކޮޅަކަށް " ކަމަށާ ވައި އެނބުރުނީމާ އަލުންވެސް ވައިފަސޭހަކޮޅަކަށް އަނބުރާލަން ވާނޭކަމަށް. ވީމާ ގޯހެއްނޫން!

  11. ޝަބީރީ

    ހޫރޭ މީހެއް. އެއީވެސް ހަތަރު އަތަށް. ސާބިތު ކަމެއް ނެތް.

  12. އައްޑޫ ކުއްޖާ

    ހެހެހެހެހެ......މުނާފިގުންގެ ސަރުތުތައްހަމަވާ މުނާފިގުން އެބަފެނެއެންނު.

  13. ދެފުއްކެހެރި

    ދެފުއްކެހެރި މީހުންދެކެން އެކަމު މިވަރުގެ ކަމެއްނުދެކެން

  14. ސ

    ދެފުއްކެހެރި އަބަދުވެސް ލާރިއޮއްކޮޅައްދުވާ ގޮލައެއް

  15. ބޭބެ

    އަޅަމެންކަހަލަ އާރެއް ބާރެއް އޭގެ ޒާތުގައި ނެތް އަޅެމެން ހެއްދަވާ މި ބިންމަތީގައި ލެހެއްޓެވި ފަރާތްމަތިން ހަމަ ހަނދާންވަނީ!! ﷲގެ ކުޅަދުން ވަންތަކަން ހިތައް ހަމަ އަންނަނީ!! އެކަލާނގެ އިރާދަފުޅާއި ލައިގެން މެނުވީ ހަމަ އެއްވެސްކަމެއް މިބިންމަތީގައި ނުވާނެކަން ހިތުގެ އެންމެ ފުންމިނުން ގަބޫލުކުރަން!! އެހެންކަމުން މީސް މީހުންގެ ހިތަށާއި ސިކުނޑިތަކަށް މިއަންނަ ބަދަލަކީވެސް އެގޮތުގެމަތީން ހިނގާ ކަންތައްތައްކަން ގަބޫލުކުރަން!! އެއީ މިބިންމަތީގައި ލައްވާފައިވާ މީހުން އިމްތިހާނުކުރެއްވުމުގެ ބޭނުމުގައި!! ބޯވައެއްހެން ހުރިހާ ކޮޅަކަށް ފައިލައިގެން ތިބޭ މީހުންނާއި ބޯވަ ޝިކާރަކުރަން ބޭނުންވީމާ ނުވަތަ އޭއްޗަށް އެންމެ ރައްކާތެރިކަން ބޮޑުހެން ހީވާ ތަނަކަށްގޮސް އެތަނުގެ މާހައުލާ އެއްގޮތަށް ކުލަބަދަލުކުރާ ކުރުންވެސްމެ!! އަމިއްލަ އެދުމާއި ޝާނާއި ޝައުކަތާއި ޖާހަތު ބޮޑުކުރަން ކޮށްފަނުކުރާނެ އެއްކަމެއްވެސް ނޯވެޔޭ މީހުން ބުނާތީ އަޑުވީ ވަރަށްގިނައިން!! މިއީ ޙަގީގަތެއްކަން ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ވޭތުވެ މިދިޔަ އަހަރުތަކުންނާއި މިހާރު މިކައުންޓްކުރާ 7 ވަރަކަށް ދުވަހުން ފެނި ހާމަވެ ކަށަވަރު ވެއްޖެ!! ވަﷲ އަޢުލަމު!!

  16. ކަލޯ

    ދެނެއް ބަލައެއް ނުގެނެވޭނެ.... ތިހިން ނޫޅުއްވާ

  17. ޙަސަން

    ސާބަސް ސާބަސް މިއޮތީވާ ދުނިޔެއެއް. ދުލުގައިވެސް އުޅުމުގައިވެސް އެއްވެސް އަގެއްނެތް. ލަދުހަޔާތުގެ ކަންފުޅެއްވެސްނެތް. ދެންފަހެ، ތިޒާތުގެ މީހުންނަސް އިތުބާރުކޮށް ބައިކޮޅަށް ގެންނާނީވެސް ހަމަ މޮޔައެއް.

  18. މޯޑު

    ޑަބަލް ޓޭޕް ރޯލެއް ހުސް ނުކުރިޔަސް ވެދާނެ. އެކަމަކު މިހާރު ޓޭޕްގެ ތައިކަން ކެނޑި އިތުބާރު ގެއްލިއްޖެ. ތިދަށްކާ ވާހަކަ ގަބޫލުކުރާނެ މީހަކު މިހާރު ނެއި.

  19. ނަފާ

    ދެފުއްކެހެރި. ކުރިންވެސް އެގޭ ކަލޭތީ.. އެއްކަން

  20. ޒީނާ

    އޮޑި ފެތޭނެކަން ޔަގީވީ، އަވަހައް ފުންމާލަން ރެޑީވީދޯ، ތިކަހަލަ ދެއަތައް އެބުރޭ ގޮލަޔަކު އެމްޑީޕީ އަކައް ކަމަކުނުދޭ، ވަރައް ސޮރީ

  21. ސަޢީދު

    ނޫނޭވާ މުނާފިޤުންވެސް ދުނިޔޭގައި އުޅޭ.. މިވަރެއް ނުދެކެން.. އުޅެ އުޅެ ސަހަލުގޮތެއް ނުފެނުނު.. ފެށުމުގައިވެސް ކުނިވެފައި ހުރިއެއްޗަކުން ދުވާނީވެސް ކުނިވަސް.. ތިއީ އެއްބަޔަކާ އެއްކޮއްވެސް އުޅެވޭނެ މީހެއް ނޫން...

  22. ކަބީ

    ދޫންޏާ އަވަހަށް އެކޮޅަށް ބޯކިބަލުން ތަންކޮޅެއް
    ލިބޭތޯ ދުއްވާގަނެ ދެފައިއެކީ ނަގަމުން

  23. ދާދު

    މީސިޔާސީ ރަނޑިއެއް

  24. ދައްޑެ

    ޢަލްހާން ފަހްމީއަކީ ސިޔާސީގޮތުން މިހާރު ރަނޑިއެއް

  25. ފުއާދު

    ކޮން މެ ދުވަހަކު ދެއިރުކާން ޖެހޭ ބޭސް ތިކަނީ ހަފުތާ އަކު އެއްފަހަރު އެހެން ވެ މޮޔަ ތިގޮވަނީ

  26. ޙސސވ

    ލަދު ހަޔާތް ކުޑަ ވާންޗޯ އެއް!