ރިޔާސީ އިންތިޙާބުގެ ނަތީޖާއާއި ގުޅޭ އަނގޮޓިއެއްގެ ވާހަކަ މީސް މީޑިއާގައި ބައެއް މީހުން ދައްކާ ކަމަށާއި އެ ސުވާލަށް ޖަވާބެއް ބޭނުންވާ ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމްއިން މިހެން ބުނެފައިވަނީ ދެންމެ އެޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މީސް މީޑިއާގައި ބައެއް މީހުން ބުނެފައިވާގޮތުގައި ވޯޓް ކަރުދާސް އޮފިސަލުން ޗެކްކުރި އިރު ބައެއް އޮފިސަލުންގެ އަތުގައި އަޅާފައިވާ އަނގޮޓިއަކުން ވަނީ ވޯޓު ކަރުދާހުގައި ފާހަގަ ޖަހާފައެވެ. އެގޮތަށް ފާހަގަ ޖަހާފައިވަނީ ވޯޓު ލިއިރު ޖެހި ފާހަގަތަށް ފޮހެވިފައިވާ ކަރުދާހުގައި ކަމަށް ބައެއް މީހުން ބުނެއެވެ. އޮފިސަލުން އެޅިކަމަށް ބުނާ އަނގޮޓިއެއްގެ ފޮޓޯވެސް މީސް މީޑިއާގައި ދައިރުވަމުން އެބަދެއެވެ.

އިންތިހާބުގެ ނަތީޖާއާއި މެދުގައި ޝައްކު އުފެދޭ ފަދަ ވާހަކަތަށް މީސް މީޑިއާގައި ދައުރުވަމުން އަންނައިރު އެކަމާއި ގުޅިގެން ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަލީ އާރިފް ވިދާޅުވީ އިލެކްޝަންގެ ނަތީޖާ އާއި ބެހޭ ގޮތުން ޝައްކު އުފެދޭ ފަދަ ވާހަކަތަކެއް މީސް މީޑިއާގައި އެނބުރެމުން އަންނާތީ އެކަންކަމަށް އިލެކްޝަން ކޮމިޝަން އިން ޖަވާބު ދާރީވުމަށް އެދޭ ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް ކަންބޮޑުވާ ފަދަ ވާހަކަތަކެއް މިހާރު މީސް މީޑިއާގައި އެނބުރޭތީވެ، ހުރިހާ ކަމެއްވެސް އީސީއަށް މި ރައްދުވަނީ. އެހެންވެ އަޅުގަނޑުމެން އެދެން ކޮންމެވެސް ސިފައެއްގައި އެކަންކަމަށް ޖަވާބެއް ދެއްވުމަށް. އަޅުގަނޑުމެންނަށް އެބަ އަޑު އިވޭ މިސާލަކަށް ކަރުދާސް ޗާޕް ކުރީވެސް ބޮޑު އަގުގައޭ، އެއްތާކުން 65 ރުފިޔާއަށް ހުށައަޅާފައި އޮތް އިރުގައި އަނެއްތަނުން 340 ރުފިޔާއަށް ހުށައަޅާފައި އޮތް ވާހަކައެއްވެސް މީސް މީޑިއާގައި އެބަ ފެތުރެމުންދޭ. ދެން އަނެއްކާ އިލެކްޝަން ކޮމިޝަނުގެ ބައެއް މެންބަރުންގެ އެކައުންޓްތަކަށް ފައިސާތަކެއް ވަން ވާހަކައެއް ވެސް އެބަ ދައްކާ. ދެން އައިސް ފާޑެއްގެ އަނގޮޓިއެއް ގެންގުޅޭ ވާހަކަވެސް އެބަ ދައްކާ. މިކަހަލަ ވާހަކަތަކަކީ ކިހިނެތް ހިނގާ ވާހަކަތަކެއް ތޯއާ، ނުވަތަ މިކަމާ ދޭތެރޭގައި އިލެކްޝަންއިން ދެކެނީ، މިއީ ހަމަ އަޅުގަނޑުމެންވެސް އަޑު އަހާލަން ބޭނުން ވާހަކަތަށް." އަލީ އާރިފް ވިދާޅުވިއެވެ.

އަދި އިންތިހާބުން ރައީސް ޔާމީން ބަލިވެ ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުވެ ވަޑައިގަތުމާއި އެކު ހިޔާ މަޝްރޫއުގެ ފޯމުތަށް ބާތިލް ކުރާނެ ކަމުގެ އަޑުތަށް ފެތުރެމުން އަންނަ ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ. އެއް ސަރުކާރުން އަނެއް ސަރުކާރަށް އިހްތިރާމް ކުރަން ޖެހޭ ކަމުގައިވެސް އަލީ އާރިފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

 1. ގޯސް

  ކަލޯގެއާ!!/ އެމީހުންނަށް ތިއިން ފާހަގަ ޖެހޭނީ ގަޑިޔަކު ކިތައް ކަރުދާހުގައި

 2. ޝިއުބު

  ޢަލީ ޢާރިފު ތިފޯރމްތައް ފުރަތަމަ ބާތިލްކުރިވެސް ތިކުދިން މެދަމް ވިދާޅުވެގެން

  ތި އަނގޮށްޓިއެއްވެސް ހެއްދެވީ ތިކުދިން

  އިލެކްޝަން އޮފިޝަލުން ނެންގެވީވެސް ތިބޭފުޅުން

  ދެން ލަލަލާލާ

 3. ސަޢީދު

  އިޙްތިރާމް.. އިންސާފު.. މާތް އަޚްލާޤް.. މިކަހަލަ ވާހަކަތައް މިމީހުން ރަނގަޅުވާނީ ނުދެއްކިއްޔާ.. ދުނިޔޭގައި އުޅެ އެބައެއްގެ އަގު ވައްޓާލާ އަބުރު ގެއްލުވާލައިފައިވާ ބަޔަކު ދެން އިތުރަށް ދައްކާނެ ވާހަކަ އެއް ނެތް.. ލަދުން ބޯހަލާކު ނުވޭތޯ؟؟

 4. މަރޭ

  ބޭކާރު ވާހަކަ ނުދައްކަ ، ތިރީސްހާސް ވޯޓަކީ މަކަރުހެދޭ އަދަދަށްވުރެ އިތުރު އަދަދެއް ، ދެން އެންމެ ރަގަޅުވާނީ ތިވާހަކަ ނުދެއްކިއްޔާ ،

 5. ައަސާ

  ޕީޕީއެމް ކުދިން މޮޔަވަނީދޯ . ނިދާފައޮވާ ހުވަފެނެއްފެމްނައިރަށް ފުންމައިގެތެދުވެ ޓީވީ ކުރިމައްޗައަރާ މޮޔަގޮވިޔަސް ދެން ތިކަމެއް ނުވާނެ

 6. ބޭބެ

  ކުރި ހުރިހާކަމެއް އަތަށްގޮވީމަ އެހެންބަޔަކު ތިކަމުގެ ޒިންމާ ނަގާކަށް ނުޖެހޭނެވެ. މީ މި ބައިގަނޑު 96000 ވޯޓި ހޯދި ގޮތްކަން ޔަގީނެވެ

 7. ފާތެ

  ގެއްލުނު އެތީގެ ބޮޑު ކަމުން ހަމަ ލަގޮނޑި އަށް ކެތް ނުވެގެން މި އުޅެނީ ............

 8. ޢަބުދުﷲ

  ބޮދުތަފާތަކުންބަލިވީމާވެސް ގަބޫލުނުކުރަންވެގެންދޯތިއުޅެނީ، ޞަލިވީވެރިކަންކުރަންނޭގުމުން، ދެންވެސްމަޑުންތިބެބަލާ، އެހެންމީހުނައްެއުދަގޫނުކޮށް.

 9. ޒާ

  އަޖައިބެއް، ހިޔާމަޝްރޫޢުގެ ފޯމު އޮތީ ހުށަހަޅާފައި. ޕީޕީއެމުން ބުނި ފޯމް ހުށަހެޅި އެންމެންނަށް ފްލެޓް ޔަގީނޭ. ދެން އެހެންވީއިރު ވެރިކަމުން ފޭބުމުގެ ކުރިން އެގްރީމެންޓަ ހަދާބަލަ ފްލެޓްތަކުގެ ވެރިންނާ. އޭރުން އެ ނިމުނީ. އާސަރުކާރަށް ޖެހޭނީ ޕްލެޓް ދެންޏާ އަލުން ފްލެޓް އަޅަން.

 10. Anonymous

  ހުރިހާ ކުޅިއެއް ކުޅުނީ ޕީޕީއމް އިން

 11. ޠާ

  މޮޔަފުޅު ވީތޯ؟ އިލެކްޝަންސްގެ އޮފިޝަލުންނަށް ތިބީ ޕީޕީއެމް އޮފީހުން ނަން ލިސްޓް ފޮނުވައިގެން ހަމަޖައްސާފަ ތިބި މީހުން...އޮޅުވާލަންޏާ އޮޅުވާލީ އެމީހުން...މީގެ ކުރިން އެހެން މީހުން އެކަން ބޮޑު ކަމަކަށް ވެގެން ދެއްކިއިރު އަޅާނުލާފަ ހަމަ ބަލިވާއިރަށް ތިތެޅިފޮޅެނީ ކީއްވެ؟ ވޯޓު ކަރުދާސް ޗާޕްކުރިގޮތުގެ ވާހަކަ ވެސް މިހާރުތޯ ކިޔަންވީ؟ އޭރު އެކަން މައްސަލައަކަށް ނުވީ ކީއްވެ؟

 12. ތަރި

  ބަލަ އޮފިސަލުންގެ ގޮތުގައި ހަރަކާތްތެރިވީ ކޮން ޕާޓީއަކަށް ނިސްބަތްވާ ބައެއްތޯ؟؟؟؟؟ ދެން މިފަހަރު ޔާމީނަށް ސޮރީ........ ތެޅިތެޅި ޖެހޭނީ ހުންނަށް.

  • ކެރަފާ ގަންޖާ

   އެހެންވެގެންނެއްނު އެބުނަނީ ރިޝްވަތުދިނީއޭ

 13. މާނު

  ތީހަމަ ތެދެއް

 14. ޙަފްޞާ / މާލެ

  އިންތިޚާބުގެ ކެމްޕެއިން ނިމެން ދެދުވަހަށް ވީއިރުވެސް އީސީއަށް އިދިކޮޅުން ކީ ފާޑުތަކާ އެޅުވި ބަދުނާމްތަކަށް އީސީ އިން ބަހެއް ނުބުނުމާ ، އީސީއަށް ފާޑުކީ އިދިކޮޅުގެ އަޑު ކުއްލިއަކަށް ކެނޑުމާ ، މިބާވަތުގެ ޝައްކުތަކެއް އެބަހުއްޓެވެ. ކެމްޕެއިން ނިންމާލިއިރުވެސް ތައީދުގެ މެޖޯރިޓީ ނަމްބަރު އެކަކަށް އޮވެފަ އެދުވަހު ކުއްލިއަކަށް ބަދަލުވުމީވެސް ޙައިރާންވާކަމެކެވެ. 7.5 މިލިޔަންރުފިޔާގެ ވާހަކައަކާ ، ވޯޓަކަށް އެއްލައްކަ ބެހުމާ މިހުރީ އިންތިޚާބު ޚަރާބުވެފައިވާކަމުގެ ހެއްކެވެ. މޮޅަށް ދެނެވޮޑިގެންވަނީ ސިއްރާއި ފައުޅު ދެނެވޮޑިގެންވާ ޖަލާލުވަންތަ ﷲ އެވެ. ގޯސް ހެދިމީހުނަށް އެކަމުގެ ގޯސް ކުރިމަތިނުލައި ނުދާނޭކަން ކަށަވަރެވެ.

  • ގޯސް

   އިރާދަ ކުރެއްވިއްޔާ ގޯސް ހެދި މީހުންނަށް އެއޮތީ އެކަން ދައްކަވާފަ. ދެން އިތުރަށް ތިޔަވާހަކަ ދެއްކުމުގެ މާނަ އެއް ނެތް.

 15. އަލިބެ

  އަޖާއިބެއްނޫންތަ؟؟ ލާ ފާހަގަ ފޮހެވޭނަމަ، ޔާމީނަށް ލީ ހުރިހާ ފާހަގައެއް ހުންނާނީ ފޮހެވިފަ.. ބަލި ގަބޫލުކޮށްބަ، ހަމަތިގޮތަށް ފޫކަހަކަހަ ތިބެންޏާ ދެން ހަވާލުވާ ވެރިކަމުގަވެސް ބަލިވިއްޔާ ހަމަ ތިވަރަށް ފޫކަހަކަހަ ތިބޭނީ، ނިމުމެއް ނާންނާނެ، ދުނިޔޭގެ ހުޅަނގުގެ ގަޥްމުތަށް ނަމޫނާއަކަށް ބަލާބަ، އަދިވެސް ތިބަލަނީ އެފުރިކާގެ މުގާބޭމެންގެ ގަވްމުތަކުގަ ކަންތައްކުރާގޮތް..

 16. ޢަހުމަދު

  ތިޔަވާނީ އަދީބު މެޑަމަށް ދިން އަގޮޓިކަމަށް.

 17. ބަލާތި

  މަމެން ފުރަތަމަ ދުވަހު ވެސް ބުނީމެއް ނޫންތޭ އިބޫ ނުހޮވޭނެއޭ އޭނާ ހޮވުނީ ކަމަށް އެބުނާ ވާހަކަ ތަކަކީ އެއީ ވޯޓް ގައި މަކަރާއި ހީލަތް ހަދައިގެން އޭނާ ހޮވިގެން އުޅެނީއޭ ކަން މިހެން ހުރުމުން މަމެން ޕިންކީން ދާއިމީ ނަތީޖާ ބަލައިނުގަންނާނެ ކަން އެމެންނަށް ވަރަށް ސާފުކޮށް އަންގަންވީ އިލެކްޝަންސް ކަމިޝަންގެ މެމްބަރުންގެ އެކަައުންޓަށް މިލިއަނުން ފައިސާ ހުރީ ވައްދާފައި ވޯޓް އިބޫ ކޮޅަށް އަނބުރާ ލުމަށް ޓަކައި އެމެން ރިޝްވަތުގެ ފައިސާ ބޭނުން ކޮށްގެން ވޯޓްގައި އޮޅުވާލީ ކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ. މިކަން ޖެހޭނެ ބެލެން.

 18. ޝިމްލާލް

  ގަލަން ގެންގުޅޭތަން ނުފެންނާނެ! އަގޮޓި އޅައިގެން އިދެ ފާހަގަޖަހާލެވިދާނެ! ލޯމައްޗަށް އެހުރީ އޮޅުވާލެވިފަ އޭރުން! ކޮންމެ އެއްޗެކޭ ކިޔަސް މަކަރު ހަދައިގެން މޮޅުވީ!

 19. ހާކާލި ބުރުވާލި

  ޕަކާސް............................... މޮޔަނުގޮވާ ތިބޭ މިމީހުންނަށް ކިޔޭ ނުކިޔޭއެއް އިނގެނީކީނޫން. ތިވާހަކަ ދައްކަން ކަލޭމެން ތާހިރެއް ނޫން.

 20. ދާދާ

  އަލީ އާރިފްމެންވެސް ތަންކޮޅެއް އޮށްޓަރު ހުރި ވާހަކައެއްދައްކާނަމަ ނޫސްކޮންފަރަންސް ބާއްވަވާއިރު. މިހާރު ޕީ.ޕީ.އެމް ކުދިން ނޫސް ކޮންފަރަންސް ބާއްވަވާއިރު ހީވަނީ ދިވަހިރާއްޖޭގެ އަޑުން ހުކުރު ދުވަހު ހެނދުނު ގެންނަ ކުޑަކުދިންގެ ވާހަކަ ޕްރޮގްރާމް "އެބައުޅޭ އެބައުޅޭ" ގެނެސްދޭހެން. އިލެކްޝަންއަށް މެމްބަރުން ހޮވީ އަލީ އާރިފްމެން، މީސްމީހުންނަށް ލާރި ބަހަމުން ލާރި ގޯނި ހިފައިގެން ދުވީ އަލީ އާރިފްމެން ގެންގުޅޭ މޮޔަ ސޮރެއް. ދެން މިހާރު ތިޔައޮތީ ވާނެހާ ހަތަރެތި ވެފަ.........

 21. 3ނިރު

  ފުރަތަމަ ސާފުކޮއްދީ ބަލަ ފާހަގަ ފުހެވެންވީ ކީއްވެގެން ކަން އެއަށްފަހު އެހެން ވާހަކަތައް ދައްކާނީ ދެރަވީމަ ދެރަގަބޫލުކުރުން ރީތި ގޮތަކީ ވޯޓުލުކުގެ ކުރިންވެސް އަހަރެން ގަބޫލުކުރިން ކުރި ލިބޭނީ ކޯލިޝަން އަށް ކަން ތިޔަކޮޅުގަ އޮތީ ހަމައެކަނި ޕީޕީއެމް އެވެސް ފުލް ޕީޕީއެމް އެއްނޫން ޕާޓީގެ އެއްބައި ވިސްނާލާ 2008 2013 މިފަހަރުވެސް ވީ ހަމަ އެހެން ބައި ގިނަކޮޅު ކާމިޔާބުކުރީ މައުމޫނުގެ ތާއީދު އޮތް ނަމަ ފަހަރެއްގަ ޔާމީނަށް ކާމިޔާބުވީސް ތޯއްޗެ

 22. ބަފާބެެ

  ޔަގީން ކަމަކީ އެކިޔާ އިންސާފު އެމްޑީޕީ އަކަށްވެސް މިރާއްޖެއަކަށް ނުގެނެވޭނެ. ކޯޓްތަކުގެ ބޭނުން ނަހަމަގޮތުގައި އެމްޑީޕީ އިންވެސް ހިފާނެ ކަމީ ޝައްކެތް އޮތްކަމެއްނޫން. މަކަރާއި ހީލަތާއި، ކަރަޕްޝަން ފޮހެލެވޭނީ ރަގަނޅު ރައްޔިތެއް، ރަނގަޅު ގައުމުދެކެ ލޯބިވާ ރައްޔިތެއް ބިނާ ކުރެވިގެން، ދިރިއުޅުމުގައި މުއްސަދިން ފަހަތުން ދުވަން ނުޖެހޭވަރުގެ އާމްދަނީ އެއް، ކޯޓްތަކުގެ ގާޒީންނަށް، އިމިގްރޭޝަނަށް، ކަސްޓަމަށް، ފުލުހުންނާއި ސިފައިންނަށް ލިބިގެން!

  • އިބޫ

   ބޭކާރު ވާހަކަ ނުދައްކާ. މި ގައުމުގައި ކިރިޔާވެސް އިންސާފްވެރިކާާމާއެކު ވެރިކަންކުރެވިފައި އޮތީ އަންނި އަށް. ގަޔަށް ޕުއްޕުލެވުނަސް މީހަގީގަތަކީ

 23. ޒަރީރު

  ތި އަނގޮޓިއަކީ ވޯޓު އޮޅުވާލަން ޕީޕީއެމް އިން ފޮށިތަކުގެ ވެރީންނަށް ދިން އަގޮޓިތަކެއް. އެކަމަކު ވެރީންގެ ގިނަ މީހުންނަށް އެ ބޭނުން ކުރަން ނުކެރުނީ. ކޮންމެ ފޮއްޓެއްގެ ވެރިޔަކަށް ތީގެ 3 އަނގޮޓިދީފައިވޭ. ވޯޓުގެ ނަތީޖާ ޕީޕީއެމް އާ އިދިކޮޅަށް އައީމަ މިހާރު އިދިކޮޅު މީހުން ބޮލުގަ މިއަޅުވަނީ.

 24. ކެނެޑީ

  ތިޔަ އަނގޮޓިތަކުންވެސް ހިޔެއްނުވޭ 40،000 ފާހަގަ ޖެހޭނެހެނެއް މޮޔަ ނުގޮވާދެން

 25. މަރީ

  ބަލި ގަބޫލު ކުރަން ދަސްކޮށްބަލަ

 26. އަލީ_

  މީހަކު ވޯޓު ކަރުދާހުގައި ފާހަކަ ޖެހީމާ، ދެން އެހެން މީހަކު އަގޮއްޓިއަކުން ޖަހަން އޮންނާނީ ކޮން ފާހަގައެއް؟ މަތި މައްޗަށް ދެފާހަގަ؟ ޕީޕީއެމް ކިޔައިގެން ތިިޔަ އުޅޭ މީހުންގެ ހަޖަމުގެ މައްސަލައެއް ތިޔަ އުޅެނީ. ނަތީޖާ ގަބޫލު ނުކުރާން ތަންތަނުން ޒާތްޒާތުގެ ވާހަކަ ހޯދައިގެން ދައްކަނީ. ތިޔަބޭފުޅުންގެ މަންދޫބުންނާއި މޮނިޓަރުންގެ ކުރިމަތީ ތިޔަބޭފުޅުން ހޮއްވެވި އިލެކްޝަންސް ކަމިޝަނަކުން، ތިޔަބޭފުޅުންގެ މީހުން އޮފިޝަލުންނަށް ހަމަޖައްސައިގެން ބޭއްވި އިންތިޚާބެއް! ބަލިވީމާ ބަލި ގަބޫލުކުރޭ!

 27. ޢާއިޝާ

  ލޯޑް އޮފް ދަ ރިންގްސް ގެ ލިންގ ގެއްލިގެން އުޅޭކަމުގެ ޚަބަރު ނުފެތުރޭބާ؟؟؟؟

 28. ލީމަން

  އެހެންވެ ވެށިފަހި އަށް ލީ ފޯމުތައް އުވާލާ އަލުން ފޯމުލާން ތިބޭފުޅުން އެންގެވީވެސް...

  އެއީ ސަރުކާރުން ކުރާކަން އަލަށް އަންނަ ސަރުކާރުން ބަލައިގަންތުން ދޯޕ؟

 29. ޢޮފިސަލް

  ކީކޭ ބުނާނީ ޕީ ޕީ އެމް އިން އޮފިސަލް ވެސް ނެގީ އެހެން ވިއްޔާ ތި ތިޔަ ބައި މީހުން ކުރި ކަމެއް އަހަރުމެން ވޯޓްލީ ކަރުދާސް އަކު ނެތް ފާހަގަ އެއް ބަލި ގަބޫލު ކޮށްބަލަ

 30. ބޮޑުހަސަންބެ

  ޕީ.ޕީ.އެމްގެ އިސްކޮށް ތި ތިއްބެވި ބޭފުޅުން ސައިކޭޓްރިސްޓަކަށް ދައްކަން ފެނޭ ....

 31. ފުއާދު

  މިއަގޮޓި އަކީ އަދުރޭ ހިސާބުޖހަން ގެން ގުޅުނު އެއްޗެއް

 32. ާާެައާަސްތޭ

  ދެންކޮސްނުތަޅާ ބަލިގަބޫލުކޮށްބަލަ ނިިހާނޫނޫ!!!!!

 33. ނަސީރު

  ޢަހަރެން އަޑުއެހީން ބައެއް އޮފިސަލުން ފޮއްޓައް ކަރުދާސް ކޮޅު ލާ ވަގުތު ފޮޑި އެއް ޖަހާލުމުން ފާހަގަ ބަދަލު ވާވާހަކަ. މި ކޮމެންޓް ޖަހާލަދެއްޗޭ

 34. މުކޮސް

  ތިވާނީ އޭނަ ކައިވެނިކުރި އިރު އަންހެނުންނަށް ހަދިޔާއެއްގެ ގޮތުގައި ދިން އަނގޮޓިކަމަށް. ދެން ފެންވަރު ރަނގަޅު އެއްޗެއް ދެވެންނެތް ނަމަ ބުރޯ ކާރީގަ ބުނެލިނަމަ ހަމަޖައްސަ ދިނީސް ދޯ.

 35. ސައީދު

  ޢަލީއާރިފޫ ތިޔަފަދަކަމެއް ކޮށްފަ އޮތިއްޔާ ހުރިހާ ވައްކަމެހވެސް ކޮށްފަ އޮތީ ތިޔަ ވަގުން. ޓިބޭ އިތިޒާރު ކޮށްލައިގެން ޤާނޫނު ވަރަށް އަވަހަށް އަރާހަމަކުރާނެ.

 36. ރާ

  އެހެންވެ ދޯ ކުއްލިއަކަށް އީސީ މާއިންސާފުވެރިވީ މި ބައިގަނޑަށް. ދެން އަނެއްކާ ހޭވި ހަޑި ފަޅާއަރާފާނެތީދޯ ކުއްލިއަކަށް ބިރުން މުޒާހަރާތަކެއް ކުރަން ފެށީ ހިފި
  ނުހުރެވިގެން.

 37. ކެނެރީ

  ލާދީނީ ކުދިންކޮޅަށް ހާދަ ވަރެއްތިވަނީ. ބިރުން ތެޅިފޮޅެނީދޯ.

 38. ޙައްޤު

  މަކަރެއް ހަދައިފިއްޔާ އެ ފަޅާ އަރާނެ އިރާދަކުރައްވައިފިނަމަ. ރީނދޫ ކުދިން ކޮޅު ހާދަ ލާރިއެކޭ ތިބަހަނީ

 39. ޏުމު

  ނހގ

 40. ފަނާ

  މި މީހުން މިއީ ކުއް އުފައްފާ ކުށުގެތެރެއަށް މީހުންވެއްދުމުގެ ރެކޯޑު އޮންނަބައެއް. ޥީމާ ސައިތާނުންނަށްވުރެ މީސްތަކުންގެ ހިތުގައި ވަސްވާސް އުފަށްދަން މިމީހުން މާމޮޅުވާނެ. ފައިސާދީފަ ވަސްވާސް އުފައްދާށޭބުނީމާ ވަސްވާސް އުފައްދަނީ.