ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ( އިބޫ ) ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

މިއަދު ހެދުނު ސިފައިންގެ މައި އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޝާހިދު ވެސް ބައިވެރިވަޑައިގެންނެވިއެވެ. އަދި މި ބައްދަލުވުމުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އަހްމަދު ޝިޔާމް އިންތިހާބީ ރައީސް އިބޫ އާއި ބައްދަލު ކުރައްވާފައިވާއިރު އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވެސް ވަނީ އިބޫއާ ބައްދަލުކުރައްވާފައެވެ.

ފުލުހުންގެ މައި އިދާރާގައި ސިފައިންނާއި ފުލުހުން ގުޅިގެން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިވެހި ފުލުހުން އަދި ދިވެހި ސިފައިންގެ ނަމުގައި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމަށް މަރުޚަބާއާއި ތަހުނިޔާ ވަނީ އަރިސްކުރައްވާފައެވެ.

އަދި ދިވެހި ރައްޔިތުން ދިވެހި ފުލުހުންނާއި ސިފައިން އިންތިޚާބުގެ ކަންތައްތައް ސުލްހަވެރި މާހައުލެއްގައި ކުރިއަށް ގެންދިއުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، ދިވެހި ފުލުހުންނާއި ސިފައިންގެ ނަމުގައި ރައްޔިތުންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ރަސްމީ ނަތީޖާގައިވާ ގޮތުގެ މަތިން ކެންޑިޑޭޓް ނަންބަރު 1، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 (41.60 އިންސައްތަ) ވޯޓެވެ. އަދި ކެންޑިޑޭޓް ނަންބަރު 2، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީން މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވީ 134،705 (58.40 އިންސައްތަ) ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފޭން ސޮރު

    ޝިޔާމާ ޝާހިދު އާ ދެމީހުން ގެ ދުވސްތި ދިޔައީ،. ބަދަލު ކުރާނެ ޔަގީން. އެނޫން ތިޔައި އަހަރެެން މާފު ކުރަނެ ދެ ރުޑިންނެއް ނޫން

  2. ފިރުޓޭ

    ވަރަށް ސިހުރު ހާހޫރައިގެ ބޮޑު މީހެއް ކަމަށް ވަނީ ތި ޗީފަކީ! މަ ހިތަށް އަރާ މި މީސް މީހުން ސޭންޑް ހަރސްޓަށާ ވެސްޓް ޕޮއިންޓަށާ، ފޯޓް ބެނިންގްސް އަށް ގޮސްގެން ކޯންޗެއް ބާވެއޭ ކިޔަވަނީކީ! ކީކޭ ބުނާނީ!

  3. މަހަށްދޭބަލަ

    ޗީފް އޮފް ޑިފެންސް ފޯރސް އަށް އަދި އިބޫ އާއި ބައްދަލު ނުކުރެވޭނެއޭ އަދި ސްޓިލް ލޯންގްވޭ ޓު ގޯ މަމެން ޕިންކީންގެ ވެރިކަމުގައި ވެރިކަމުގެ ތެރޭގައި ސިފައިންގެ ތެރޭގައި ދެ ފެކްޝަނަށް މަސައްކަތް ނުކުރެވޭނެއޭ ޗީފް އޮފް ޑިފެންސް ފޯރސް އާއި އޭނާ އަށް ވާގިވެރިވާ މީހުން ޖެހޭނީ ވަޒީފާ އިން ވަކި ކުރަން ބިކޮޒް ސްޓިލް ދަ ހާކިމާ އިން ނަކީ މަމެންނޭ އެކަން ތަމެންނަށް ނޭގެނީތޭ ތަމެން ތިޔާ އުޅެނީ އަބަހައްދަވެގެންނޭ މަމެން ބުނަން ނެތީމު މަހަށް ދޭބަލަ ދެން މަހަށް ދޭ ޗީފް އޮފް ޑިފެންސް ފޯރސް މަހަށް ދޭބަލަ ދެން މަހަށް މަހަށް މަހަށް ދޭބަލަ...