ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެންމެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު އައްޔަން ކުރައްވައިފިއެވެ.

ހަމްދޫނަކީ ފުލުހުން މިހާތަނަށް ހިންގި ވަރަށް ބޮޑެތި ތަޙްޤީޤުތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ހަމްދޫން ރަޝީދު މިއަދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވުމާއި އެކު އޭނާ ވެގެން މިދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވި ތިން ވަނަ ބޭފުޅާ އަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފުރަތަމަ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވީ ހުސައިން ވަހީދު އެވެ. "ފިނިފެންމާ" ލޯންޗްގައި ބޮން ގޮއްވާލި ހާދިސާ އަށް ފަހު ހުސައިން ވަހީދު މަގާމުން ދުރުކޮށް ދެން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވީ އަހްމަދު އަރީފް އެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ވަނަ ދުވަހުގެ ރޭ ނެރުނު އާދަޔާއި ހިލާފު އަމުރާއި ގުޅިގެން ހިނގައި ދިޔަ ކަންތައްތަކުގެ ތެރޭގައި އެ ރޭ މެންދަމު އަރީފް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ދުރުކުރިއެވެ. އަރީފް މަގާމުން ދުރުކޮށް ކޮމިޝަނަރ އޮފް ޕޮލިސްގެ ޒިންމާތައް ހަވާލު ކުރީ އޭސީޕީ ސައުދީ އާއި އެވެ. ސައުދީ އޭގެ އެއް ދުވަސް ފަހުން މަގާމުން އިސްތިއުފާ ދެއްވުމުން ދެން ކޮމިޝަނަރ އޮފް ޕޮލިސްގެ ޒިންމާތައް މިއަދާއި ހަމައަށް އަދާކުރައްވަމުން ގެންދެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރެކެވެ. އެހެންކަމުން އަންނަ ނޮވެމްބަރ މަހު ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވާ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ޕޮލިސް ކޮމިޝަނަރަކު އައްޔަން ކުރެއްވުން އެކަށީގެންވެއެވެ. އެހެންވެއްޖެނަމަ ހަމްދޫން ވާނީ އެންމެ ކުރު މުއްދަތެއްގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު އަދާކުރައްވާ ބޭފުޅާ އަށެވެ. މިހާތަނަށް ފުލުހުން ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދުނު ފަހުން ކޮންމެ ރައީސަކު ވެސް ވަނީ ވެރިކަމަށް ވަޑައިގެން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ބަދަލު ގެންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަރީ

    މަރުޙަބާ ހަމްދޫން ސަރ. ތީ ވަރަށް ޤާބިލު ބޭފުޅެއް.

  2. ބޮޑޫމީހާ

    ސާބަހޭ. އެންމެ ފަހު ވަގުތުވެސް މީހުްނނަށް މަގާމް ދީގެންވެސް ގޮތެއް ހެދޭތޯ ބަލާ. އަހަރެމެން ހަވަރުވެސް އެބަތިބީމު ހޭލާ. ވަގުންނަކަށް ދެން ފުރުޞަތެއް ހަމަ ނުދޭނަން

    • Anonymous

      މަޤާމު ދިނީކީ ނޫން، ތަނުން ބޭރުކުރަނީ.

  3. ޕޮލިސް ރެކުރޫޓު

    ބަދަލުކުރޭ ބަދަލު ކުރޭ ، އަހަރެމެންނަށް ރަނަގަޅު . މީހުން ހުސްވަމުންގޮސް އަޅުގަނޑަށްވެސް ތިޔަ މަޤާމު ލިބޭނެ ތާ. ކަލޭގަޔާ ބުނާކަށް މީ ބޮޑު މަޖާގަނޑެއް. ހިނިފަށެއް ގެޅޭ ހަމަ.

  4. ޓުވިޓަރޭ މަހަށް

    ތީމަމެން އަބަދުވެސް ރައީސް ޔާމިނަށް ތާއީދު ދޫކޮއްނުލާނެ ސަބަބަކީ! އިދިކޮޅޭމެން ކޮޅަށްޖެހޭ ހުރިހާއެންމެނަށް އެބަޖެހޭ އަހުވަދައްކާ ޖަލަށްވިޔަސް ފޮނުވާލަން! މިއޮތްކުޑަދުވަސްކޮޅުގެ ތެރޭގަވެސް ތީގެން ކޮންމެ މީހަކަށް އަދަބެއްދީ އަނިޔާއެއްދޭން އެބަޖެހޭ! އާދައިގެ ރައްޔިތުން ކިތަންމެ ރުޅިއަޔަސް މަމެންނަށް ހެޔޮ! ކޮންމެސްހިންތާއެއް ޖަހާފަ ކުޑަގޮޅިޔަށްލާ މިހާރުވެސް އަދިއޮތީ މަނިކުފާނުގެ ބާރު! ދެން ރަންރީނދޫ ޓުވިޓަރޭމެން ޖެހޭނީ މަހަށްދާން ހަމަ މަހަށްދާން ދޭ ދޭ ހަމަ މަހަށް ހެ ހެ ހޭ...

  5. Amir

    ސައުދީ ވަކިކުރީ

  6. ހަބޭސް

    މަރުހަބާ ޙަބާ ހަމްދޫނު މަނިކުފަނުވެގެންދަނީ މިސަރުކަރުން އައްޔަންކުރެއްވިއަސް އަންނަ ސަރުކަރުގެވެސް ކޮމިސަނަރއޮފް ޕޮލިސްކަމަށް އިބޫއާއި ފައިސަލްގެ ކެންޕެއިނު ވަޢުދެއް ދެއްތޯ ވަޒީފާއިން މީހުން ވަކި ނުކުރާނެކަމަށް އެދެން ކޯލިސަން ސަޕޯޓަރުން ޖެހޭނީ އަތްޖަހަންތިބެން މަޤަމު ތަކުގައި ތިއްބަވާނީ މިސަރުކާރުން އައްޔަންކުރައްވާ ބޭފުޅުން ބަދަލުގެނެސްފިނަމަ އިބޫވެސް ފައިސަލްވެސް ވަޢުދާ ޚިލާފްވީ ލަލަލާ

  7. ޤާނޫނީ ޒިންމާ

    ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަކީ، ޤާނޫނީ ޒިންމާއެއް އޮންނަ މަޤާމެކެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ، މެންޑޭޓެއް އޮންނަތަނެކެވެ.

  8. އައްޑެ

    ޔާމީނަށް އެއްވެސް މީހަކު އިތުބާރު ނުކުރާނެ، ހަމްދޫނަށް ވެސް ލަނޑެއްދީފާނެ. އިބޫ ފައިސަލް ގެ ވައުދުގަ މީހުން ވަކިނުކުރުމަށް ނިންމެވިޔަސް މަގާމް ބަދަލުކުރެވޭނެ ދެއްތޯ......

  9. ިއިބްރާހީމް

    ޔާމީން ދެއްވާ މަގާމާ ހަވާލުވަނީ އެސޮރަށް ބިރުން. ހަވާލުވާއިރުވެސް އިނގޭ ބާ ބުޅާގަނޑެއްހެން ނަގާ އެއްލާލާނެކަން..