މީހުންގެ ތެރޭގައި ދެކެވޭ ހުރިހާ ވާހަކަ އަކީ ޙަޤީޤަތެއް އެކުލެވޭ ވާހަކަ އަކަށް ނުވެއެވެ. ނަމަވެސް ގަބޫލު ކުރަން ޖެހޭނެ ހަޤީޤަތަކީ ދުނިޔޭގައި ހިނގަމުންދާ ނުވަތަ ހިނގާފައިވާ ކަންތައްތަކުގެ ތެރެއިން އަހަރެމެންނަށް އެނގެނީ ވަރަށް މަދު ކަމެއްގެ ހަޤީޤަތެވެ. ގިނައީ އަހަރެމެން އިންސާނުންނަށް މައުލޫމާތު ނޭނގޭ ކަންތައްތަކެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ފ.އަތޮޅު ދަރަނބޫދޫ މީހަކު ވަނީ އާދަޔާއި ހިލާފު ދިގު މަހެއް ބާނާފައެވެ. ދަރަނބޫދޫ އާއި މަގޫދޫ ކައިރީގައި އޮންނަ ކަނޑުއޮޅިއަކުން އެމަސް ބޭނީ އަހްމަދު ފަރުހާދު ކިޔާ މީހެކެވެ. މަހުގެ ދިގު މިނުގައި ހަފޫޓް ތިން އިންޗި ހުއްޓެވެ.

މެރިން ރިސާޗް ސެންޓަރުން ވިދާޅުވެފައި ވަނީ މިއީ "ރިބަން ފިޝް" އެއް ކަމަށެވެ. މިބާވަތުގެ މަހަށް "އޯރފިޝް" ވެސް ކިޔައެވެ.

އޯރފިޝް އަކީ ކަނޑުގެ ވަރަށް ފުނުގައި އާންމުކޮށް ދިރިއުޅޭ މަހެކެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިބާވަތުގެ މަސް އާންމުކޮށް ދިރިއުޅެނީ ކަނޑުގެ 3000 ފޫޓް އަޑީގައެވެ. އާދަޔާއި ހިލާފަށް ދިގު މިމަސް 18 ފޫޓަށް ދިގުވާ ކަމަށް ވެއެވެ.

ވަރަށް މަދުން ނޫނީ ކަނޑުގެ މަތީ ފަށަލައަށް ނާރާ މިބާވަތުގެ މަހެއް ފެނިއްޖެނަމަ ބާރުގަދަ ބިންހެލުމެއް އަންނަން އުޅޭ ކަމަށް ގަބޫލުކުރާ ބަޔަކު ތިބެއެވެ. މިގޮތައް ގަބޫލު ކުރާ މީހުން އެންމެ ގިނައީ ބިންހެލުން އެންމެ ގިނައިން އަންނަ އެއް ގައުމު ކަމަށްވާ ޖަޕާން ގައެވެ.

2013 ވަނަ އަހަރުގެ އޮކްޓޯބަރ މަސް ތެރޭގައި މިފަދަ މަހެއް އެމެރިކާގެ ކެލިފޯނިއާގެ ގޮނޑުދޮށުން ފެނުނެވެ. އޭގެ ހަފްތާއެއް ފަހުން ކެލިފޯނިއާ އަށް 6.4 މެގްނެޓިއުޑްގެ ބިންހެލުމެއް އައެވެ. އޭގެ އިތުރުން އޮކްޓޯބަރ 25 ވަނަ ދުވަހު ޖަޕާނަށް 7.1 މެގްނެޓިއުޑްގެ ބިންހެލުމެއް ވެސް އައެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 06 ވަނަ ދުވަހު ފިލިޕީންސްގެ ރަށަކަށް މިބާވަތުގެ މަސްތަކެއް މަރުވެގެން ލައްވެފައި ވަނިކޮށް ފެނުނެވެ. އެއީ ފިލިޕީންސަށް ބިންހެލުމެއް އައިތާ ދެތިން ދުވަސް ފަހުންނެވެ.

މިބާވަތުގެ މަހުގެ އިތުރުން އެހެން ބައެއް ޖަނަވާރުންނަށް ވެސް ބިންހެލުމެއް އަންނަން އުޅޭކަމުގެ ނިޝާންތައް މާކުރިން ފެށިގެން އެކަމުގެ އިންޒާރުތައް ދޭކަމަށް ވާހަކަ ދެކެވެއެވެ. އެކަމަށް ބާރު ލިބޭ ބައެއް "ހެކިތައް" ވެސް ފެނިފައި ވެއެވެ.

ނަމަވެސް ރާއްޖެ އިން ރިބަން ފިޝްއެއް ފެނުމަކީ ރާއްޖެ އަށް ބިންހެލުމެއް އަންނަން އުޅޭ ކަމުގެ ހެއްކެއް ނޫނެވެ. އެފަދަ ނުރައްކާތަކުން އަޅަމެން ސަލާމަތް ކުރައްވާށިއެވެ. އާމީން

މިދިޔަ ބުދަ ދުވަހު މިފަދަ މަހެއް ބޭނުނު ފަހުން އިންޑޮނޭޝިއާ އަށް ވަނީ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. އެހެންކަމުން މިފަދަ އިއްތިފާގުތަކާއި ކަންކަން ގުޅުވާ މީހުންނަށް ރާއްޖެ އިން ބޭނުނު މަހާއި އިންޑޮނޭޝިއާ އަށް އައި ބިންހެލުމާއި ގުޅުވާފާނެއެވެ.

ކޮންމެއަކަސް މީހުންގެ ތެރޭގައި ދެކެވޭ ހުރިހާ ވާހަކައަކީ ހަޤީޤަތެއް އެކަމުގައި އެކުލެވޭ ވާހަކައަކަށް ނުވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޒާ

    ކަނޑުގެ އަޑިއަށް އަންނަ ލޮޅުންތައް އަހަރެމެން އިންސާނުންނަށް، މެޝިންތަކަށް ފާހަގަ ނުވިޔަސް މިފަދަ ސޫފިތަކަށް އެކަން ފާހަގަވުން އެކަށީގެންވެއެވެ. އެހެންކަމުން އެސޮރުމެންގެ ސަލާމަތް ތެރިކަމަށް ކަނޑުގެ މަތީފަށަލައަށް އެރާކަމަށް ވެދާނެއެވެ.

    • Anonymous

      އަސްލުވެސް ރާޖެ އްޔާ ވަކި ބިންހެލުން ނާންނަންވީ ކީއްވެ.. ހުރިހާނުބަި ކަމެއް އބައޮތް މިހާރު

  2. ޢިންސާނާ

    ތިޔަހުރިހާ ކަމެއްވެސް ވުން ގާތް... ފާއިތުވިދުވަސް ތަކުގައި މިގައުމު ރިޝްވަތުގެ ކަޅު ފައިސާއިން ބަނަކޮށްލި އިރު ކުޅަދުންވަންތަﷲ ބައްލަވާވޮޑިގެން ވާކަން ދެނަހުރިބާ.. މާތްﷲ ގެ އަޒާބަށް ހުށަހެޅޭނެ ފަދަ ނުބައިކަން ބޮޑު ފާފަތައް މިހުންނަނީ... ބިރުވެތިވޭ..

    • އިބޫ

      އިންސާނާއަށް ވަރަށް ބޮޑަށް އަސަރުކޮށްފަ އެހެރީ

  3. ރާއިދު

    ރިޔާސީ އިންތިޚާބު ރިޝްވަތާ ދޮގާމަކަރު ވިއްކައިގެންވިޔަސް އެމްޑީޕީ ކާމިޔާބުކުރުމަކީ ވަކިން ކުޑަ ބިންހެލުމެނޫނެވެ. މީގެ އަސަރު ކުރާނީ ކުޑަ ދުވަސްކޮޅެއްފަހުންނެވެ. ބަލަން ތިބޭށެވެ. ތި މަހަކީ މިކަމުގެ ޢަލާމާތެކެވެ.

    • މޯލްޑިވިޔަން

      ހުވާ ބަލިވާނެ ހީހީ

  4. އަހްމަދު

    ބަލަ ސެޕްޓެމްބަރ 23ގަރާއްޖެއަށްވެސް މިއޮތީބިންހެލުމެއް އައިސްފަނޫންބާ

  5. ގެރިމޯދީ

    ރާއްޖޭއަށް ސުނާމީ އެރިދުވަހު ގޮޑުދޮށުގަ ހުންނަ ކަކުނިތައް އެއްގަމުގެ ހުރި ގަސްތަކަށްއަރާފަ ތިބިތަންވެަްފެނުނު، އެއިރަކުނޭގޭ ކީއްވެގެންކަން މިއުޅެނީ، ހަމަ އެދުވަހު ހެދުނު ސުނާމީގެ ރާޅުތައް ރާއްޖެއަށް އަރަންފެށީ!

  6. އަހްސަން

    ޓިރިވެންޑުރަމް މަގުތައްމަތީ މަސްވިއްކަންތިބޭމީހުން ވަރަށްގިނައިން ތިވައްތަރުމަސް ވިއްކާ

  7. ނަބްހާން

    ރިބޮންފިޝްގައި ދިގު ތޫނުދަތްތަކެއް ހުންނާނެ! އޭގެ ދަތުގެދަށުގައި ބޮޑަތި އަދި ކުދިމަސް ބުރިބުރިކޮށްލާނެ! ރައްޔިތުން ހަފައިކާނޭ ބަޔަކު ވެރިކަމާ ޙަވާލުވަންއުޅޭކަމުގެ ޢަލާމަތެއް ތިޔައީ!

    • އަހުން

      ކުރީގެ މާޒީގަވެސް ގިނގާފަ މާދުރަކުނޫން، 2008 އިން 2013 އަށް ތިބުނާ ކަންކަން ޒަމާނީ ގޮތަކަށް މިބުނީ ހުޅަގުގެ ގޮތަކަށް ވަނީ ހިންގާފަ

  8. ބަލާ

    ހުރިހާ ކަމަކީ ސިޔާސީ ނުކޮއް ނުހުރެވެނީބާ؟؟

  9. އަންތަރީސް

    މިއީ ހަގީގަތުގަވެސް ސުނާމީގެ އިންޒާރަކަށް ވުންވަރަށްކައިރި އެބަހީ މިއިންޒާރުގެ ވަގުތުކޮޅު މިހާރު މި ވަނީ ކުޑަތަންވެފައި ވާނުވާ ނޭގި ރާއްޖޭގެ ރައީސް ކަމަށްހޮވުނު މީހާ މިވަނީ ބޭރުގައުމުތަކުގެ ކަޅު ފައިސާއިން ތަގައްޔަރު ކޮއްލާފަ ﷲ ގެ އަޒާބައް ބިރުވެތި ނުވާ މީހަކީ ގެއްލެނިވި ހަލާކުގެ ތެރެޔަށް ވެއްޓޭނެ މީހެއް ކަމާމެދު ޝައްކެތްނެތް އެދުވަސް ވަނީ ދާދި ކައިރީގަ......

  10. އާދަމް

    ފަހުޒަމާނުގައި ބިންހެލުމާއި އެކިއެކި ބޮޑެތި މުޞީބާތްތައް ދުނިޔޭގައި ޢާއްމު ވާނޭކަމަށް ޢިލްމުވެރިން ދަރުސްތަކުގައި ބަޔާންކޮށްދެއްވާ. އަދި އެއީ މީސްތަކުންގެ ފާފަ ގިނަވުމުގެ ސަބަބުން. އެހެންކަމުން ކިތައްމެ ޢަލާމާތަކަށް ބަލާ ތައްޔާރުވިޔަސް، ﷲ ފޮނުއްވާފި ކަމަކުން އެކަލާނގެ ފިޔަވާ މަދަދު ދޭނެ ފަރާތެއްނުވާކަން ދަނެ އިސްތިޣުފާރު ގިނަކޮށް ޞަދަޤާތްދީ ހެޔޮ ޢަމަލު ގިނަކުރުން މުހިއްމު.

  11. މަސް ހިޔަޅު

    ބްރޯ.. ތީ އޯރފިޝް އެއް ނޫން. ތިޔަށް ކިޔަނީ ރޭޒަރބެކް ސްކަބްބާރޑް ފިޝް. މެރިން ރިސާރޗް ނުކިޔަވާތަ؟؟

  12. ބެރީ

    ތި މަސް ބޭނި ފަހުން ރާއްޖޭގެ ދެކުނުން ރީޔޫނިއަން ސަރަހައްދަށް ވެސް ބިންހެލުމެއް އައިކަމައް ވަނީ ރެކޯޑް ކުރެވިފަ

  13. މޮހޮރު އަންގޮއްޓި

    ތިޔަ ކަހަލަ މަސް ފެނުމަކީ ވޯޓް އޮޅުމާލުމާއި ގުޅުން ހުރިކަމެއްކަމަށް ދިރާސާތަކުން ދައްކާ. ސަބަބަކީ ތިޔަ މަސް ބޭނި ފަހުން ބޮޑުންގެ އެކައުންޓްތަކަށް މިލިޔަނުން ފައިސާ ޖަމާވެފައިވާކަން. އަދި އިންތިހާބްގައި ސަރުކާރުން ކުޅުނު ޑްރާމާ ފެއިލްވިކަން ވެސް ފާހަގަކުރެވޭ.

  14. މާއެނގޭ

    ތީ އޯރުފިސް އެއްނޫން. އޯރު ފިސް އަކީ އެންމެފުން ކަނޑުގެ އަޑީގައި އުޅޭ މަހެއް. ތި މަހަކީ ތިލަ ކަނޑުގަ އުޅޭ ސިހުރުކަހަލަ ކަންކަމަށް ކާބަފައިން ތިލަކޮށް އުޅުނު އުޅުނު މަހެއް

  15. Anonymous

    ހުރިހާ ނުބައި ފާޙިޝް އަމަލުތައް މިޤައުމުގައި އާންމުކޮށް އަދި ޖައްބާރުވަންތައް ރަސްކަލާގެ 07 އުޑުމަތީން ބާވައިލެއްވި ޝަރިއަތް ބޮލާލާޖަހާލި ބަޔަކަށް އެއްގަމާއި ކަޑުަން އެކަލާގެ ކޯފާ ފޮނުއްވާނެ. އެކަލާގެ ހިއްޕެވުން ގަދަފަދަ ވެގެންވޭ. ލޮބުވެތި ދިވެހި ރައްޔިތުންނޭ އަހަރުމެން މިކުރާ ޝިރުކުގެ އަމަލުތައް ދޫކޮށް ލަސްނުވެ ތައުބާވެލައްވާ

  16. ޢަފްލާ

    ކޮންމެ މީހަކީވެސް ތައުބާވާންޖެހޭ ނެ މީހެއް ކޮންމެ މީހަކުވެސް ފުރަތަމަ ތިމާގެ އަމިއްލަ ނަފްސު އިސްލާހު ކުރަންވީ ދީނީ އިލްމު ވެރިޔަކު ވިޔަސް ފުރަތަމަ އިސްލާހުވާންވީ ސިޔާސީ ނުވެ ދީނުގަ ކަންއޮންނަ ރަނގަޅު ގޮތް ބުނެދީ ވިސްނައިދޭންވީ އަބަދު ވަކި މީހެއްގެ މަސް ނުކައި މުންކަރާތްތަށް ނަހިކުރުމުގަ ބޭބެއެއް ދައްތައެއް ކޮށްކޮއެއް މަންމަްްްއެއް ނުބަލަންވީ ރުހޭމީހާވެސް ކުށެއް ކޮށްފިއްޔާ އެކަން މަނާ ކުރަން ވީ ފެންނަން ޖެހޭ މިހިރަ ކަންތައްތަކަކީ ހާއްސަކޮށއް ހުރިހާ އިލްމުވެރިންވެސް ބަލަންޖެހޭ ކަންކަން ވެރިކަން ަވަހަށް ހަވާލު ކުރާށޭ ބުންޏަސް ނުފުދޭނެ