ފިލްމީތަރި އަދި ފިލްމު ޕްެރޮޑިޔުސަރ އަބްދުﷲ މުއާޒް (މުއާ) 2019 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

މިއަދު ފޭސްބުކް މެދުވެރިކުރައްވާ މުއާ އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިިލިސް އިންތިހާބުގައި ވެލިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ހޯދައި ދިނުމުގެ ގޮތުން ވެލިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ. އަދި މުހިންމީ މަޖިލީހުގެ ގޮނޑި އެމްޑީޕީއަށް ހޯދައިދިނުން ކަމަށާއި ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ގޮނޑި ދިނުން ނޫން ކަމުގައިވެސް މުއާ ވަނީ ބުނެފައެވެ.

ފިލްމީ ތަރި މުއާ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވެލިދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު ވެލިދޫ ދާއިރާ މިހާރު ތަމްސީލު ކުރައްވަމުން އަންނަނީ ވެރިކަން ކުރާ ޕީޕީއެމްގެ އަބްދުﷲ ޔާމީންއެވެ

މުއާ ވަނީ މީގެކުރިން ފިލްމީ ދާއިރާ ގުޅުންހުރި ބައެއް އިސް މަގާމުތައް ފުރުއްވާފައެވެ. އެގޮތުން ނޭޝަނަލް ސެންޓަރ ފޯރ ދި އާޓްސްގެ އެގްޒެކްޓިވް ކޯޑިނޭޓަރުގެ މަގާމާއި މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަންކަން މުއާ ވަނީ އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ވެލިދޫ ހަސަން

  ކަކުލުހުޅުން ދޫވެފަ ތިބޭ މީހުން.ނުހޮވާނަން

 2. ނާނަ

  އައްޗީޑި. މިދެން ކާކު

 3. ކެލަސް

  ތިކަހަލަ މީހުން ހޮވާތީ މަޖިލިސް ހަރާބުވަނީ. ގާނޫނީ މީހުން ނޫނީ ހޮވާނެކަމެއް ނެތް.

 4. ށާނީ

  ދެންވެސް ހޮވާނީ ޔާމީން

  • ނިއުމާ

   ސާބަހޭ

 5. ހދ

  ނުހޮވާނަން

 6. ޒުބޭރު

  ކަކުލުހުޅުން ދޫވެފަ ތިބޭ މީހުން.ނުހޮވާނަން

 7. ނަޖީބާ

  ވާސޮރުވެސް ކުރިމަތިލަންފެނޭ!

 8. ވަޒަން

  އަދި ނިއުމާވެސް ކުރިމަތިލަޔޯދޯ! މުހައްމާ ހޮވިއްޔާ މުއާ ނުހޮވަންވީ ކީއްވެ، މުހައްމާގެ ފެންވަރު ނޭންގޭ މީހެއް ނޫޅޭނެ، މެޝިން ބަހައްޓާލައިގެން ފައިސާ ޖެހިކަން ނޭންގޭ މީހަކު އުޅޭނެތަ... އެކަމުވެސް އެދާއިރާއިން ހޮވާފަ އެއްނު އެހެރަ ފެންނަނީ... މީނަވެސް އަދި ހޮވާނެ

 9. އާލު

  އިންސާނާ މާތް ކުރައްވާ ހަލީފާއެއްގެ ގޮތުގައި ދުނިޔޭގައި ލެއްވީ އެ އިންސާނާގެ ބޮލުގައި ވަރަށް މުގައްދަސް ޒިންމާތަކެއް އަޅުއްވާފައެވެ. ބިން އާރާސްތުކޮށް، ބިމުގައި އިންސާނާ ހެއްދެވި ފަރާތް މަތިވެރި ކުުރުމަށެވެ. ކުރިމަތިލާފައިވާ ތިޔަ މުއާޒަކީ އެ ބިން އެފުށް މިފުށަށް ޖެއްސެވި ޒާތުގެ އަދި އިންސާނުން މަގު ފުރައްދަމުން ދުވާ މިއުޒިކުގެ ފާހިޝް އަމަލު ކުރާ މީހެކެވެ. އޭނާއަށް ތެދުމަގު ދައްކަވާށިިއެވެ.

 10. ވަހީދު

  ތި ކަން ހުއްޓާލާ....މުޅި މީހަގެ އަގު ވެއްޓި ދާނެ....

 11. ނިޔާ

  އަހަރުންގެ މެންބަރ ހަމަ އޯކޭ. ދެންވެސް ޔާމީން

 12. Anonymous

  މިކަހަލަ ލާދީނީ ކޮންމެ އެއްޗެއް މިއުޅެނީ އެމްޑީޕީގެ ފަހަތުގައި

 13. އަހްމަދު މުހަންމަދު

  އަހަރުމެން އެއްޖިންސުން ގުޅުން ހިންގާ އިސްލާމް ދީނުން ބޭރުވެފައިވާ މީހުން އަހަރުމެން ދާއިރާ އަކައް ނުނަގާނަން. އަހަރުނެން ހޮވާނީ މިނިވަން އަޙްލާޤް ރަނގަޅު ދީން ވެރި ތެދުވެރިއެއް.

 14. މަރި

  ހަމަހޭގަތަ ހުރީ

 15. ލޮލީ

  ތިޔަށް ވޯޓު ދިނުމަށްވުރެ އެގޭ ކުޑަ ސޮރަށް ކަނޑިއެއް ދިނަސް ރަނގަޅުވާނެ

 16. ބުުލްބުލް

  ހަމަޔަށް ކޮޅަށް ނުތިބެވޭ މީހުން ހައްތަހާވެސް!

 17. ހަސަން ބުރޯ

  ކުރިމަތިލާންވީ ދީނީ ކަންތައްތަކަށް ލޯބި ކުރާ ރައްޔިތުންގެ ފުރިހަމަ އިތުބާރު ހުރި ބޭފުޅެއް. މުއާ ގެ ހިސްޓްރީ ކަމަކު ނުދޭ.