ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް މިއަދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އައްޔަން ކުރެއްވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ތަރުޖަމާން މާރިއާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެއްވި ސުވާލަކަަށް ޖަވާބު ދެއްވަމުން މާރިއާ ވިދާޅުވީ ވެރިކަން ބަދަލުވާ މަރުހަލާގައި ވަޒީފާ ދީ ވަޒީފާއިން މީހުން ވަކިކޮށް ކޮންޓްރެކްޓް ތަކުގައި ސޮއިކުރަމުން ދިޔުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

" ރައްޔިތުން ވޯޓް ލާ ނިމުނު އިރުއްސުރެން ފެށިގެން އަޅުގަނޑުމެން މި ސަރުކާރަށް އިލްތިމާސް ދަންނަވަމުން މިގެންދަވަނީ ވެރިކަން ބަދަލުވާ މަރުހަލާގައި ވަޒީފާ ދީ ވަޒީފާއިން މީހުން ވަކިކޮށް ކޮންޓްރެކްޓް ތަކުގައި ސޮއިނުކުރުމަށް. ދެން އެހެން ނަމަވެސް ރައީސް ޔާމީން މިއަދު އައްޔަން ކުރެއްވި ޕޮލިސް ކަމިޝަނަރަށް ވެސް ދަންނަވާލަން ބޭނުން ވަނީ މި ވެރިކަން ބަދަލުވުމުގެ މި މަރުހަލާ ވީހާވެސް އަމާންކަމާއި އޮމާން ކަމާއި އެކު ކުރިއަށް ގެންގޮސް ދެއްވުމަށް" މާރިއާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މާރިއާ ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިޔާތުގެ ކަންކަން އިންތިޒާމު ކުރުމަށް މިހާރު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

" އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިޔާތުގެ ކަންކަން އިންތިޒާމު ކުރުމަށް މިހާރު ކޮމިޓީއެއް ވަނީ ނަގާފައި. އެ ކޮމިޓީއަށް އަޅުގަނޑުމެން މި ކިޔަނީ އިނޮގްރޭޝަން ކޮމިޓީ. އެ ބޭފުޅުން އިބޫ ހުވާ ކުރުމުގެ ކަންކަން އިންތިޒާމު ކުރުމަގައި ވަރަށް ބުރަކޮށް އެބަ އުޅުއްވާ. އެ ބޭފުޅުންގެ މަގުސަދަކީ ވީހާވެސް ގިނަ ރައްޔިތުންނަށް އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވޭނެ ގޮތް ހެދުން" މާރިއާ ވިދާޅުވިއެވެ.

މިއަދު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިއާމު އާއި ބައްދަލު ކުރައްވާފައި ވާއިރު މި ބައްދަލު ވުމާއި ގުޅޭގޮތުން މާރިއާ ވިދާޅުވީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެކެވުނީ ވެރިކަން އަމާން އޮމާން ކޮށް ބަދަލުކުރުމުގައި ސިފައިންގެ ރޯލާއި ގުޅޭގޮތުން ކަމަށެވެ.

އަދި މި ބައްދަލުވުމައި ސިފައިން ވެރިންކަން ބަދަލުވުމުގެ މަރުހަލާއަށް ދެއްވާ އެއްބާރުލެއްވުމަށް އިންތިހާބީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވާފައިވާ ކަމަށް މާރިއާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަކުވުމުގައި މާރިއާ ވަނީ މިއަދުގެ ވަގުތެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން އިންތިހާބީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހަށް ފޯނުން ގުޅުވައި މަރުހަބާ ދެންނެވި ކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޖާއިބު އަންތަރީސް

    މިގައުމަށް މީހަކު އިންތިހާބުވެއްޖެ.

  2. ގޮނާސަކް

    ހިޔާ މަޝްރޫއު މަޑުޖައްސައިލަން އޭސީސީން އަށް ނޭންގޭނެއެވެ. ތިޔާ އިދިކޮޅުގައި މިހާރު ތިބި އެމްޑީޕީ މީހުން ބުނެގެން އެމެންގެ ބްލެސިންގް ހޯދައިގެން އޭސީސީގެ ރައީސް އޭނާ އެތަނުގެ ރައީސް ކަމުގައި ހުންނަން ވެގެން ޖަހާ މަޅި ތަކޭ އޭސީސީ ގެ އެންގުމަކީ ސީދާ މަމެންގެ ސަރުކާރަށް ޖެއްސުން ކުރުމަށް ޓަކައި ކުރި ކަމެކޭ އޭސީސީގެ މައްސަލަ އެއް އޮވެެއްޖެނަމަ ކޯޓަށް ގޮސް ކޯޓު ހުކުމެއް ގެންނަގަ މަމެން ދެނެއް ނޮވެމްބަރު 17 ގެ ކުރިން ތިޔާ ކަން މަޑު ނުޖައްސާތި މަޑު ތިޔާ އޭސީސީގެ ރައީސް އަކީ އެއީ އެންމެ ދެކުނު ވިންގްގެ މީހެއް އޭނާ އެހެރީ ކަޓް ކާލައިގެން އޭނާ އަށް އެގިގެން ނޫންތޭ ފެބް އެކެއްގައި ދަ ނަހަލާލު ކޯޓް އަމުރު ނެރުނީ މަމެންނަށް ޔަގީނޭ ތިޔާ އޭސީސީގެ ރައީސް އެހެރީ ކަޓް ކާލާފައި ކަމަށް އެހެން ކަމުން ހިޔާ މަޝްރޫއު މަޑު ޖައްސަން ނުޖެހޭނެއޭ ސަރުކާރުން ކޯޓް އަމުރެއް ގެންނަގަ އެމެން އެނޫން ނަމަ މަޑު ޖެއްސޭނެ ގޮތެއް ނޯންނާނެއޭ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ.

  3. ނުޖެހޭނެއޭ

    އޭސީސީ އަށް ނޯންނާގެ ގާނޫނީ ގޮތުން އެއްވެސް ބާރެއް ސިޔާސީ ޕާރޓީ ތަކުން ވެފައިވާ ވައުދު ފުއްދުމަށް ޓަކައި 25 ހާސް މީހުންނަށް ބޯހިޔާ ވައްސެއް ދޭން ވެގެން ގާނޫނީ ގޮތުން ރައްޔިތުން ހޮވާފައިވާ ސަރުކާރެއް 96 ހާސް މީހުންގެ ހައްގުގައި އެމެންނަށް ބޯހިޔާ ވައްސެއް ހޯދާ ދޭން މަސައްކަތް ކުރާއިރު އެ ދެމެދަށް އޭސީސީ ވަދެ ސިޔާސީ ގޭމް ކުޅުމުގެ އިޚްތިޔާރު ނޯންނާނެ އޭސީސީ އަށް އޭސީސީގެ މޭންޑޭޓުން ބޭރު ކަމެއް އެއީ އޭސީސީ އަށް ނޭންގޭނެއޭ 25 ހާސް މީޙުންގެ ހައްގު..

  4. މަހަށްދޭބަލަ

    އޭސީސީ އަކީ މިހާރު އެއީ އެމްޑީޕީގެ ހަރުގެއެއް ހެން މަމެންނަށް ވަރަށް ބޮޑަށް ހީވެއޭ ބުނަން މަމެން ނެތީމު ބިކޮޒް އެމްޕީއެލް ބޯރޑް އިން ނިންމައިގެން އެތަނުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން އުޅުމުން އެދޭތެރެއަށް އޭސީސީން ބޭނިގަތީ އެއީ އޭސީސީ އާއި ބެހޭ ކަމެއް ނޫނޭ ދެން މިހާރު ހިޔާ މަޝްރޫއުގެ ދަށުން 25 ހާސް މީހުންނަށް ފްލެޓްސް ލިބިދާނެތީވެ އޭސީސީގެ ރައީސް އާއި އެމްޑީޕީން ގުޅާފައި ބުނީ ދޯ ބަޔާނެއް ނެރޭށޭ ހިޔާ މަޝްރޫއު މަޑުޖައްސާލަން ދޯ މަހަށް ދޭބަލަ