އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދިރާގުގެ މުވައްޒަފުންނާ ބައްދަލު ކުރައްވައިފިއެވެ.

ދިރާގަށް ވަޑައިގަތުމުން އިބޫ އަށް މަރުހަބާ ދެންނެވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިސްމާއިލް ރަޝީދުއެވެ. އިބޫ ދިރާގުގެ މުވައްޒަފުންނާއި ބައްދަލުކޮށްފައި ވަނީ މިއަދުއެވެ. މިއަދަކީ ދިރާގަށް 30 އަހަރު ފުރުނު ދުވަހެވެ.

އަންނަ ނޮވެމްބަރު މަހު 17 ވަނަ ދުވަހު އިބޫ ހުވާ ކުރައްވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ރަސްމީ ނަތީޖާގައިވާ ގޮތުގެ މަތިން ކެންޑިޑޭޓް ނަންބަރު 1، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 (41.60 އިންސައްތަ) ވޯޓެވެ. އަދި ކެންޑިޑޭޓް ނަންބަރު 2، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީން މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވީ 134،705 (58.40 އިންސައްތަ) ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުހުއްޓާތި

    ހިޔާ މަޝްރޫއު އަކީ 96 ހާސް ރައްޔިތުންގެ ބްލަޑް ލައިން އާއި ގުޅިފައިވާ ކަމެކޭ މާލެ އަށް އަރާ ހުރި ބީރައްޓެއްސަކު ދެން ދަ ކިއްލި ތަޅާ ކިޔަވައިގެން ހުރެ ހިޔާ މަޝްރޫއު ހުއްޓާލާށޭ ނުވަތަ މަޑުޖައްސާލާށޭ ބުންނަސް އެކަން އެގޮތަށް ނުވާނެއޭ އޭސީސީ އަށް ނޯންނާނެ ގާނޫނީ ގޮތުން އެގޮތަށް އެންގުމުގެ ބާރު ވެސް އެކަން އޭޖީ މެދުވެރިކޮށް ލަފަ އެެއް ހޯދާ މިރެއިން މިރެއަށް ހައުސިންގް މިނިސްޓްރީން އިއުލާން ކުރަންވީ ހިޔާ މަޝްރޫއު ނުހުއްޓާނެ ކަމަށް ކޯޓް އަމުރު ގެންނަގަ

  2. ރަށަށްދޭބަލަ

    ހިޔާ މަޝްރޫއު މަޑުޖައްސާލުމުގެ ގާނޫނީ އެއްވެސް ބާރެއް ނޯންނާނެ އޭސީސީ އަކަށް އޭސީސީ މިހާރު އޮޕަރޭޓް ކުރަމުން ދަނީ އެއީ އެމްޑީޕީ ހަރުގެއެއް ގޮތަށް އެމެންނަށް އޭސީސީގެ ރައީސް ކަން ދޭނަމޭ އެމްޑީޕީން ބުނެގެން އެއްގޮތަކަށް ވެސް އޭސީސީން އެންގި ނަމަވެސް ހިޔާ މަޝްރޫއު މަޑު ނުޖައްސާތި ހަމަ މިރެއިން މިރެއަށް އިއުލާން ކޮށްލަންވީ 25 ހާސް މީހުންނަށް ފްލެޓްސް ތައް ދޭނެ ކަމަށް އަދި ރަޖިސްޓްރީ ތައް ހަވާލު ކުރަމުން ދާންވީ އެއިރުން ދެން އޭސީސީގެ ރައީސް އަށް ކަޓް ކާލައިގެން ރައްޔިތުންގެ ހައްގު ތައް ފޭރި ނުގަނެވޭނެ ނޫންތޭ ދޯ. އޭސީސީ ރައީސް ލުތުފީ މަހަށް ދޭބަލަ ދެން މަހަށް މަހަށް މަހަށް މަހަށް ދޭބަލަ ރަށަށް ދޭބަލަ ދެން ރަށަށް ދޭބަލަ...