ނިމިގެންދިޔަ ރިޔާސީ އިންތިޚާބާއި ގުޅިގެން ފާހަގަކުރެވުނު މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުން ދާކަން، އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ހާމަކޮށްފިއެވެ.

ޕީޕީއެމްގެ މައި އޮފީހުގައި ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވީ، އިންތިޚާބުގެ ކުރިންވެސް ސަރުކާރުން ގެންދެވީ އިލެކްޝަންސް ކޮމިޝަނަށް ވީހާވެސް ރަނގަޅަށް އިންތިޚާބުގެ ކަންކަން ކުރުމަށް އިލްތިމާސް ކުރަމުން ކަމަށެވެ. އަދި އިންތިޚާބުގައި ފެންމަތިވި މައްސަލަތައް ޕީޕީއެމް އިން ބަލަމުން ގެންދާކަމަށް އައިބީ ވިދާޅުވިއެވެ.

"އެކަމަށްޓަކައި (އިންތިޚާބާ ގުޅިގެން އަޑިނޭނގޭ ދެކެވޭ ވާހަކަތަށް ދެނެގަތުމަށްޓަކައި) ޕީޕީއެމްގެ ލީގަލް ޓީމުން އެ މަސައްކަތްތައް ކުރަމުން އެބަގެންދޭ. ލީގަލް ޓީމުން ވަރަށް ރަނގަޅަށް އެ މަސައްކަތްތައް ކުރައްވަމުން އެބަގެންދޭ. ހުށަހެޅޭ އެކި އެކި މައްސަލަތަކާ ބެހޭގޮތުން ދިރާސާތައް ކުރުމާއި މިކަންކަން ސީރިއަސްކޮށް ބަލަމުންދާވާހަކަ ޕީޕީއެމް އަށް ވޯޓު ދެއްވި ހުރިހާ މެންބަރުންގެ ހިތްހަމަޖެހުމަށްޓަކައި ދަންނަވާލަން." ޕީޕީއެމްގެ މެންބަރުންގެ ހިތްހަމަޖެހުމަށްޓަކައި އެކަން ފުރަތަމަ ފަހަރަށް ހާމަކޮށް އައިބީ ވިދާޅުވިއެވެ.

އައިބީ ވިދާޅުވީ، މިއަދު މީޑިއާގައިވެސް ކުރައްވަމުން ގެންދަވަނީ އެމަސައްކަތް ކަމަށާއި، މިކަންތައްތައް ހިނގާ ދިޔަގޮތުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށްވެސް އިލްތިމާސް ކުރައްވާ ކަމަށެވެ.

"އެމަސައްކަތް މިއަދު އަޅުގަނޑުމެން މީޑިއާގައިވެސް މިކުރައްވަނީ، އިލެކްޝަންސް ކޮމިޝަނަށްވެސް އިލްތިމާސް ކުރައްވަނީ މިކަންތައްތައް ހިނގާ ދިޔަގޮތުގެ ތަފްސީލު އެބޭފުޅުންވެސް ރައްޔިތުންނަށް ހާމަކޮށްދެއްވާށޭ." އައިބީ ވިދާޅުވިއެވެ.

އައިބީ މިހެން ވިދާޅުވިއިރު، އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވައި ބަލި ޤަބޫލުކުރައްވާފައެވެ. އަދި މީގެ ކުރިން ޕީޕީއެމް އިންވެސް ވަނީ އިންތިޚާބުން ބަލިވިކަން ޤަބޫލުކޮށްފައެވެ.

އައިބީ މިހެން ވިދާޅުވި ނަމަވެސް، އިންތިޚާބުގެ ނަތީޖާ ޤަބޫލު ނުކުރައްވާ ކަމަކަށް ސީދާ އެއްވެސް ބޭފުޅަކު ވިދާޅުވެފައެއް ނުވެއެވެ. ޕީޕީއެމް އިން ތަކުރާރުކޮށް މީޑިއާގައި ބުނަމުންދަނީ ރިޔާސީ އިންތިޚާބާ ގުޅިގެން އިންތިޚާބުގައި އޮޅުވާލުންތަކާއި، މަކަރު ހެދުންތަކުގެ އަޑުތައް މީސްމީޑިއާގައި ދެކެވެމުންދާ ކަމަށާއި، މިކަންކަމާ އީސީން ޖަވާބުދާރީ ވާންޖެހޭނެ ކަމަށެވެ.

މިގޮތަށް ޕީޕީއެމް އިން ވިދާޅުވިއިރު، އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ އެކައުންޓަށް 5 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ވާހަކަތަކަކާއި، ވޯޓު ކަރުދާސް ނުއަގުގައި އިދިކޮޅު އިއްތިހާދުގެ ލީޑަރެއްގެ މެޖޯރިޓީ ހިއްޞާ އޮންނަ ކުންފުންޏަކުން ޕްރިންޓުކުރި މައްސަލައެއްގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ވޯޓު ކަރުދާސްތަކުގައި ފާހަކަޖެހުމަށް ފާޑެއްގެ ގަލަމެއް ގޮތަށް ބޭނުންކުރެވޭ އަނގޮޓިތަކެއް ބޭނުން ކުރިކަމަށް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. މިކަންކަމަށް ޖަވާބުދާރީވުމަށް ޕީޕީއެމް އިންވެސް ވަނީ ގޮވާލާފައެވެ.

ރިޔާސީ އިންތިޚާބުގެ އެއްވެސް ކަމެއްގައި އޮޅުވާލުމެއް އަދި މަކަރު ހެދުމެއް ގެންގުޅިފައި ނުވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދ ޝަރީފް ވަނީ ވިދާޅުވެފައެވެ. އިންތިޚާބުގެ ދާއިމީ ނަތީޖާ ހޮނިހިރު ދުވަހު އިއުލާން ކޮށްފައިވީނަމަވެސް، އެ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ޝަކުވާ ހުށަހެޅުމަށް ލިބިގެންދާނެއެވެ.

ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާގައިވާ ގޮތުގެ މަތިން ކެންޑިޑޭޓް ނަންބަރު 1، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 (41.60 އިންސައްތަ) ވޯޓެވެ. އަދި ކެންޑިޑޭޓް ނަންބަރު 2، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީން މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވީ 134،705 (58.40 އިންސައްތަ) ވޯޓެވެ.

މި އިންތިޚާބުގައި 262135 މީހުނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު، 233889 މީހުން ވޯޓް ލާފައިވެއެވެ. މީގެ ތެރެއިން ޞައްޙަ ވޯޓުގެ ގޮތުގައި 230757 ހިމެނޭއިރު، ބާތިލު ވޯޓްގެ ގޮތުގައި ހިމެނެނީ 3132 ވޯޓެވެ. ބާތިލު ވޯޓުގެ ގޮތުގައި ލެވިފައިވަނީ 1.30 އިންސައްތަ ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. Anonymous

    މިއޮތީ ކިހާބޮޑުކަމެއް ކަލޭމެނާހެދި ޖެހިފަ.

    އަޅެ ރައްޔަތުން ނޫނެކޭ ބުނީމަވެސް

    މައިތިރިވެގެންދެން ތިބެބަލަ. މިހާރު ޕީޕީއެމްގެ

    ތި އުޅޭގޮތުން ހާދަފޫއްސެއްވެޔޭ

    • ނީ

      ކަލޭ ވެސް މަޑުން ހުރެބަލަ ކަލޭ އަށް ކޮން ކަމެއް..ކަަލެޭ ވެސް މައިތިރި ވެބަލަ.ކަލޭ ފޫހި ވެގެން ހުރެބަލަ

      • ޣަނަތިސް

        ނީ ތިބުނީ ތެދެއް އަންނި އައީވެސް ވަގުހަދައިގެން އެހެންވީމަ ވެރިކަމުން ބީވެ ދިޔައީ

    • ޚަލިލޮ

      ކަލޯ ހާދަވަރަކަށް ތޅެނީ؟؟ ފަޅާ އަރަނީ މިޔޮތް

  2. ޔާނޫޔާމީ

    ދެން ނޯންނާނެ ބަލި ޤަބޫލުކުރުން ނޫން ގޮތެއް

  3. އައިބެ

    އައިބޭ ކަލޭ ފޭކު ވާހަކަ ހުއްޓާލާ
    ލާރިކޮޅު ކާލީ
    ރަށުން ވެސް ވޯޓެއް ނިލުބުނު

  4. ރަތީބާގެ ދަރި

    ބަލިވީމަ ބަލިގަބޫލު ކުރުމުގެ ހިތްވަރު ހުންނަން

    ޖެހޭ

    • ވަގު

      ވަގުހެދިއްޔާ ވަގުހެދީމޭ ބުނަންޖެހޭހާ ހިތްވަރު ހުންނނަންޖެހޭ

    • ދިވެހި ދަރިއެއް

      ބަލިވީމާ މިހާރު ވާނީ ބަލި ޤަބޫލް ކޮއްފައި އެހެނަސް ޕީ.ޕީއެމް ވޯޓަށް މަކަރު ހަދާފާނެކަމަށް އެންމެންގެ ސަމާލުކަމަށް ގެނެސް، އިންޑިޔާގެ މަކަރުހެދުމުގައި ކުޅަދާނަކަމާއި އެކު ވޯޓަށް އެމްޑީޕީ އިން މަކަރު ހެދި ކަމަށް ޝައްކު ކުރެވެންޏާ އެކަން ބެލުމަށް ބާރު އެޅުމަށް ޤާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ކޮންމެކަމެއް ކުރުމަކީ ޕީޕީއެމްގެ ހައްގެއް. އަދި ވޯޓް ދިން އެންމެހައި ރައްޔިތުންގެ ހައްގެ.

  5. ނަދާ

    ތީގެ ތެރޭގައި އެއްވެސްވާހަކައެއްނެތް އިންސާނުންގެ ސިކިޑިއަށް ގަބޫލުކުރެވޭ ބަޔަކުހަމަ މޮޔަވަނީ

  6. ާއަބްދުﷲ

    ވަގު ހަދާގެން ޝަރީފު ވޯޓް އޮޅުވާލީ ސައިތާނު ﷲގެވާގިފުޅާއިއެކު މިފަހަރު މިކަން ފަޅާއަރުވާލާނަން، އަދި ހައްގު އަދަބުވެސް ދޭނަން އިންޝާﷲ

    • ޑީޑީ ޖޖޖޖ

      ހައްހައްހާ.ހާދަ ރުޅިއެކޭ

  7. މެޖިކްގަލަން

    ތިބުނާ މެޖިކް ގަލަންތައް ހުންނާނެކަންނޭގެ އަދިވެސް އިލެކްޝަންގައި. ޗެކްކޮށްލަން ރަގަޅުވާނެ މީޑިއާ ކުރިމާތީގައި.

    • އަހަންމާ

      ކަލޯ އޯޑިއޯލީކުވެގެން އެއުޅެނީ

  8. ހިދާޔާ

    ބަލިގަބޫލް ކުރުމަކީ އިންތިކާބާގުޅުންހުރި މައްސަލައެއް އޮތްނަމަ އެމައްސަލަ ނުބެލުމަށް އޮތްހުއްޖަތެއް ކަމުގަ ނުހެދޭނެ . ސިޔާސީވިޔަސް ހައްގުބަހައް އިންކާރު ކުރުމަކީ ކުރވޭނެކަމެއްނޫން.

  9. 3ނިރު

    ސަރުކާރަށް ގޮވާލަން މިހާރުން މިހާރަށް ރިޔާސީ އިންތިހާބް ބާތިލުކުރަން

  10. ބާޢީން

    ހަޖަމް ހަޖަމް ހަޖަމް ކޮއްބަލާ///

  11. ޖުހާަ

    ހަމަހަޖަމުނުވަނީ

  12. ޖަންގިޔާ

    މީ ބޮޑު ވެއްޖެ ބަލާއެއް ބަލަ ރައްޔިތުން ނޫނެކޭ ބުނީމަ ވެސް ކިހިނެއްތަ ނިހާން މި އުޅެނީ

  13. ބަލަ

    ސީރިއަސް ކޮށް ބަލަބަލާ ތިބެބަލަ. ބޮޑުތަނުން ބަލިވީމަވެސް ހަޖަމް ނުކުރެވިގެން ކޮންހާ ސަކަރާތެއް މިޖެހެނީ.