އިލެކްޝަން ކޮމިޝަން މެމްބަރުންގެ އޯޑިއޯތަކެއް ލީކްވެއްޖެއެވެ. ލީކްވެފައި ވަނީ އިލެކްޝަން ކޮމިޝަންގެ މެންބަރުންތަކެއް ވާހަކަދައްކާ އަޑު އިވޭ ދެ އޯޑިއޯއެކެވެ.

މީސްމީޑިއާގައި ލީކުވެފައިވާ އޯޑިއޯގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި އެހެން ބަޔަކު ވާހަކަ ދައްކަމުންދަނީ ކޮށްފައިވާ ކަންތައްތަކެއް ބަޔަކަށް އެނގިގެން އެކަމާ ކަންތައް ކުރާނެ ގޮތަކާ މެދުގައެވެ.

ލީކުވެފައިވާ އޯޑިއޯގައި ކާކުކަން ނޭނގޭ މީހަކު ފުރަތަމަ ބުނަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކައަކުން ވަރަށް ބިރުގަންނަ ކަމަށާއި، ރައީސް އެމީހަކަށް މެސެޖެއް ނުކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ޖަވާބުގައި ޝަރީފް ވިދާޅުވީ އެވާހަކައެއް ޝަރީފް ކައިރީގައި ދެއްކީ ކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކްރަމް ކަމަށެވެ.

ކާކުކަން ނޭނގޭ މީހާ: "ޝަރީފް މަ ބިރުގަނެއްޖެ ކައެ ދެއްކި ވާހަކައަކުން މިއަދު. ވަރަށް ގިނަ މީހުން މަށް ގުޅާފަ ބަވަނީ، އެ ކީއްވެތަ؟ ރައީސް ކައިރީ ބުނީތަ؟"

އަޙްމަދު ޝަރީފް: "ނޫނެކޭ އަހަރެން ކައިރީގައި އަކްރަމް ސުވާލުކުރީ ސަރ އޭނަ ކައިރީ ސުވާލު ކޮށްފިއޭ ކިޔާފައި."

ކާކުކަން ނޭނގޭ މީހާ: "ނޫން މަށަކަސް ނުކެރޭނެއެއްނު އޭނަޔާ ވާހަކަ ދައްކާކަށް. މަށަށް އަދި އޭނަޔާ ބައްދަލުކޮށް ވާހަކަ ދައްކާކަށް، މިހާރު ކޮން ޒަމާނެއް ރައީސް މިހާރު މަށަށް މެސެޖެއްވެސް ނުކުރާތާ އަނެއްހެން ބުނާނަމަ."

ލީކުވި އޯޑިއޯގައި ދެން ދައްކަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އާ ގުޅިގެން "ނުބަޔެއް" ހަދައިގެން އޯޑިއޯގައި ދެވަނައަށް ވާހަކަ ދައްކާ މީހާއަށް މީހުން ބަވާތީ އެކަމާ ކަންބޮޑުވާ ވާހަކައެވެ. އަދި އެކަންކަމަށް ކަނބޮޑުނުވެ އެކަމާ ސުވާލުކޮށްފިނަމަ "ނުދެނަހުރި" ކަމަށް ހެދުމަށް ޝަރީފް އެމީހާ ކައިރީގައި ބުނާއަޑު އޯޑިއޯއިން ވަރަށް ސާފުކޮށް އިވެޔެވެ. އަދި މިކަމުގެ ތެރެއަށް ނުވެއްދުމަށް އިތުރު މީހަކު މި އޯޑިއީގައި ބުނާއަޑުވެސް އިވެއެވެ. ބެލެވޭ ގޮތުގައި އެއީ ކޮމިޝަނުގެ އިތުރު މެންބަރެއްގެ އަޑެވެ.

ކާކުކަން ނޭނގޭ މީހާ: މިހާރު އަސްލު ވާގޮތަކީ މިއަދު ޝަރީފް ކައިރީ ބުންޏެއްނު (ސާފެއް ނުވޭ) މިހާރު ދެން މަށަށް ލިބިއްޖެއްޔާ ބުނާނެ މަ ރައީސްއާ އަނެކަތިވެގެން ވީ އެއްޗެކޭނު ހިތައް އަރާނީ. އަނެއްކާ މީ އެތައް ހާސް އެއްޗެއް ރާއްޖެތެރޭގައި އެބަ އެނބުރޭ.

އަޙްމަދު ޝަރީފް: އެހެންތަ؟

ކާކުކަން ނޭނގޭ މީހާ: އޭ ކީތްވެތަ؟ އޭގެ ބައިވަރު އެއްޗެހި އެބަ އުޅެޔޭ އެބަކިޔާ. (ސާފެއް ނުވޭ) މި ހުރިހާ ނުބަޔެއް ހަދައިގެން ޝަރީފްއާ ގުޅިގެން، މަށާ ދިމާއަށް ހުރިހާ އެއްޗެއް ކިޔައިގެން ބަވަނީ.

އަޙްމަދު ޝަރީފް: ނޫން ނޫން އެކަމާ ހާސްނުވޭ. ތިމަންނައަށް އެނގޭ ކަމަށްވެސް ނުހަދާ. އޭ އެންމެ ރަނގަޅު ގޮތަކީ. އެނގޭ ކަމަށްވެސް ނުހަދާ.

ކާކުކަން ނޭނގޭ މީހާ: އާން. އެހެންވީމަ.. މަ އަދި ޔަޤީނެއް ނޫން، މަގޭ ދުވަސް ދާނެ އެއްނު އޭރުން.

އަޙްމަދު ޝަރީފް: މިހާރު ސަރ އެހުރީ ކޮންމެ ގޮތެއް ހަދާފައިވެސް ކޮންމެސް މީހަކު އަނެކަތި ކޮށްލައިގެން މީތި އަނެކަތި ކޮށްލަންވެގެން. އެއްގޮތަކަށްވެސް އެނގޭ ކަމަށް ނުހަދާތި. ކައެ ކައިރީ ބުނަންތަ ވާހަކައެއް. އެކަމާ ހާސްވާނެ ކަމެއްނެތް އިނގޭ.

ކާކުކަން ނޭނގޭ މީހާ: އާން ޔަޤީން. އެހެންނޫނީ މަގޭ ދުވަސް ދާނީ.

އިތުރު މީހަކު: މަ މިދޭތެރެއަށް ނުވައްދައްޗޭ. ހަނދާން ކުރައްޗޭ، މަގޭ ދުވަސް ގޮސްދާނެ.

ދެން އޯޑިއޯއިން އިވެގެންދަނީ ޝަރީފްގެ އަޑެވެ. ޝަރީފް ބުނެފައިވަނީ "އޭ މިހާރު ވަޓްސްއަޕުން ނޫނީ ނުގުޅައްޗޭ ޔޫއަށް." މިހެންނެވެ. ޖަވާބުގައި ވާހަކަދައްކާ އަނެއް މީހާ ބުނެފައިވަނީ "އާނ ޔެސް ޔެސް. ޔަޤީން ޔަޤީން." ކަމަށެވެ.

އޯޑިއޯގައި ޝަރީފް ތަކުރާރުކޮށް އެމީހަކަށް ނަސޭހަތްތެރިވަމުން ދިޔައީ ކުރި ކަންކަމަށް އެއްބަސް ނުވެ ދެކޮޅު ހެދުމަށެވެ. އެކަންކަމަށް ނުދެނަހުރިކަމަށް ހަދައިގެން ހުރެއްޖެނަމަ އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށް ޝަރީފް ބުނާއަޑު އިވެއެވެ. އަދި ކޮންމެވެސް އެއްޗެހިތަކެއް ލީކުވެގެން އެކަމާ ކަންބޮޑުވެގެން އުޅޭކަންވެސް ދެކެވޭ ވާހަކަތަކުން ހާމަވެއެވެ.

އަޙްމަދު ޝަރީފް: ބުނަންތަ ވާހަކައެއް، ވަރަށް ސިމްޕަލް ވާހަކައެއް ބުނަން. ޔޫ ހަމަ ޖަސްޓް ޑިނައި އިޓް. އަޅުގަނޑަށް އެއްގޮތަކަށްވެސް އެނގިގެން ދިޔަ ކަމެއް ނޫނޭ.

ކާކުކަން ނޭނގޭ މީހާ: ހާދަ ބިރު ގަނެޔޭ.

އަޙްމަދު ޝަރީފް: ޔޫ ބިރު ނުގަނޭ. ހަމަ އެއްގޮތަކަށްވެސް ބިރު ނުގަނޭ. އޭނަ އަހަރެން އަނެކަތި ކޮށްލައިފިން. އޯކޭ އޯކޭ. މައްސަލައެއް ނުޖެހޭނެ. ޔޫ ހަމަ ފުލީ ޑިނައި ކޮށްލާ.

ކާކުކަން ނޭނގޭ މީހާ: މިހާރު ވާގޮތަކީ މިހާރު މިއެއްޗެހި ހިފައިގެންގޮސް ދީގެން އުޅެނީ ކޮން ބަޔެއްގެ އަތައްކަން ނޭނގެންޏާ އަހަރުންގެ އަތަށެއްނު މީތި ގޮވާނީ.

އޯޑިއޯގައި ވާހަކަދައްކަނީ ހިންގާފައިވާ ކަމެއް ފަޅާއަރައިފިނަމަ ރައީސް ކަންތައް ކުރައްވާނެ ގޮތަކާ ބެހޭގޮތުންނާއި، ހެއްކާ ބެހޭގޮތުންނެވެ. އަދި ހެކި ހުރި މިންވަރާ ބެހޭގޮތުންވެސް ދެމީހުން ވާހަކަދައްކާފައިވެއެވެ.

އަޙްމަދު ޝަރީފް: ނޫން ނޫން އެކަމާ އަނެކަތިނުވޭ. އެމީހުނެއް އެގެޔަކުންނެއް ނުހަދައޭ. މިހާރު ދެން ރައީސް ހަމަ މީހަކު ގުރުބާން ކޮށްފާނެ ހަމަ ކޮންމެ ފަދަ ކަމެއްގައިވެސް. އެހެންވެގެން އަހަރުން މިބުނީ ޔޫ ހަމަ ޓޯޓަލީ ޑިނައިކުރޭ. ޑިނައިކުރީ ވިއްޔާ އެއްވެސް ހާލެއްގައި ޕޮލިސް ތެރޭގައިވެސް އަނެކައްޗެއް ނުކުރެވޭނެ. ސާބިތެއް ނުކުރެވޭނެ.

ކާކުކަން ނޭނގޭ މީހާ: އާން އެހެންނު ވާނީ.

އަޙްމަދު ޝަރީފް: ތީ އަޅުގަނޑަށް އެނގޭވެސް އެއްޗެއް ނޫނޭ. އަނެއްކާ އޭއްޗެއް ނުވެސް ހުންނާނެ އެއްނު. ޔޫގެ ފިންގަރޕްރިންޓެއް ނުހޯދޭނެއެއްނު.

ކާކުކަން ނޭނގޭ މީހާ: އާނ ނުހޯދޭނެ. ޔަޤީން

ލީކުވި އޯޑިއޯގައި ދެން ދައްކާފައިވާ ވާހަކަތަކަކީ ކަމެއް ފޮރުވަން މީހަކަށް ކިޔައިދީފައިވާ ވާހަކަތަކެއް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ޝަރީފް އޯޑިއޯގައި ވިދާޅުވެފައި ވަނީ ޝަރީފް ވިދާޅުވީ ކަމަށް ބުންޏަށް އެއްބަސް ނުވެ "ނޫނެކޭ" ބުނަންވާނެ ކަމަށެވެ. އަދި އަޙްމަދު ޝަރީފް: މިސާލަކަށް އަހަރެން ބުންޏޭ މިވެނި އެއްވެއް ދިނީމޭ ބުންޏަސް ބުނާތި، އެ ދޮގެކޭ ޝަރީފް ނުދެޔޭ ތިމަންނަ އަތަކަށް.

ކާކުކަން ނޭނގޭ މީހާ: އާނ މައްސަލައެއް ނޯންނާނެ.

އަޙްމަދު ޝަރީފް: އޭ ނުވެސް ބުނަން، އެހެން ޓްރައި ކޮށްފާނެ. އެކަން ހަނދާން ކުރައްޗޭ.

ކާކުކަން ނޭނގޭ މީހާ: އާނ މިއަދު އެ ބުނި އެއްޗަކުން މަ ހާދަ ބިރުގަނެފިޔޭ އަސްލު.

އަޙްމަދު ޝަރީފް: ކައެ ބިރުގަންނަނާނެ ކަމެއްނެތް، ވަރަށް ކޫލްކޮށް ދާތި.

ދެން ދައްކާފައިވާ ވާހަކަތަކުން އެނގޭ ގޮތުގައި މި އޯޑިއޯގައި ދައްކާފައިވާ ވާހަކަތަކަކީ ވަކި ކަމަކަށް ފަނޑު ކުރި މައްސަލައަކާ ގުޅިގެން ދައްކާފައިވާ ވާހަކަތަކެއް ކަމެވެ. އަދި ޝަރީފްގެ ފަރާތުން ދެވަނ ބައިވެރިޔާ ސަލާމަތްތެރިކަމަށް އެދޭއިރު، "ޔޫ ސޭފް ކުރާނަން" ކަމަށް ޝަރީފް ބުނެފައިވެއެވެ.

ކާކުކަން ނޭނގޭ މީހާ: މިސާލަކަށް އޭނަ މީތި މިލެވެލްގައި އޭތި ބުނެފިއްޔާ، މިހާރު ރައީސް އާ ހަމައަށް މީތި ހިނގައްޖެތަ؟

އަޙްމަދު ޝަރީފް: (ހިނިގަނޑެއް) މިހާރު ވާގޮތަކީ އެޔަށް ފަނޑު ކުރިޔޭ ކިޔާފައި (..........) ކަލޭ ހަމަ އެނގޭ ކަމަށްވެސް ނުހަދާތި.

ކާކުކަން ނޭނގޭ މީހާ: އާނ ޔަޤީން. މަ ބުނީ މީތި މަ ސޭފް ސައިޑަށް ލައްޗޭ.

އަޙްމަދު ޝަރީފް: އާނ ޔެސް ޔެސް ޔެސް، އަހަރުންގެ ފަރާތުން ޔޫ ސޭފް ކުރާނަން. ޑޯންޓް ވޮރީ.

ކާކުކަން ނޭނގޭ މީހާ: ވަރަށް އުފާވެއްޖެ.

މި ކޯލްގައި ދެން ކާކުކަން ނޭނގޭ މީހާ ޝަރީފް އާ ސުވާލު ކުރައްވާފައިވަނީ، ދީގެން އުޅޭ އެއްޗެއް ޝަރީފް އަތަށް ދިނީ ކާކު ކަމާ މެދުގައެވެ. ޝަރީފް ވިދާޅުވެފައިވަނީ އެ އެއްޗެއް ޝަރީފް އާ ހަމައަށް ގެނެސްދީފައިވަނީ އީސީގެ ތަރުޖަމާނު އަޙްމަދު އަކްރަމް ކަމަށެވެ. އަދި ކާކުކަން ނޭނގޭ މީހާއަށް ނުރައްކާތެރި އިންޒާރުތައް ލިބެމުންދާކަން އަކްރަމް އާވެސް ހިއްޞާ ކޮށްފައިވާކަމާއި، ކަންތައްތައް ހިނގަމުންދާގޮތުން ކަންބޮޑުވާކަންވެސް ދެކެވިފައިވާ ވަހަކަތަކުން ހާމަވެއެވެ. ނަމަވެސް ޝަރީފް ތަކުރާރުކޮށް ވިދާޅުވަމުން ގޮސްފައިވަނީ ނޭނގޭ ކަމަށް ހެދީމަ ނިމުނީ ކަމަށެވެ.

ކާކުކަން ނޭނގޭ މީހާ: ޝަރީފް ސަރ އަތަށް ދިނީ ކާކު ތީތި.

އަޙްމަދު ޝަރީފް ޝަރީފް: އަހަރެން އަތަށް ގެނެސްދިނީ އަކްރަމް

ކާކުކަން ނޭނގޭ މީހާ: އެހެންވަނީ ދޯ! އަކްރަމް ގެނެސްދިނީ.. އެކަމަކު އަކްރަމް މީގެ އެއްވެސް ކަމެއްގައި އޭނާ ހާސްވެސް ނުވެޔޭ. އޭނައަށް އިނގޭނެ ވާހަކައަކީ މަށައް ތްރެޓް އައިކަންވެސް

އަޙްމަދު ޝަރީފް ޝަރީފް: އަހަރެން ކައިރީ ބުންޏޭ ޔޫއަށް ގުޅާށޭ. ދެން އޭނަ (ސާފެއް ނުވޭ) ކުރާނެ ކަމެއް ނެތް
ކާކުކަން ނޭނގޭ މީހާ: މި ވާގޮތަކީ ވާގޮތަކީ ދުވަހަކުވެސް ނުވާކަ މެއް ވީމަ މަ ބިރު ގަންނާނެނު. މިސާލަކަށް ރޭގަ ޝަރީފް ސަރ ބުންޏެއް ނޫންތަ މިހާރު ޑިނައި ކުރަން އަނެކެތި ކުރާއިރު، މިމީހުން މިހާރު ޕޮލިސް ކޭސް އެއް ހަދައިގެން މަގޭ އެބައިން މިހާރު ނަން އެއޮތީ އައިސްފަ. ކޮންމެ ގޮތެއް ވިޔަސް މަށާ ސުވާލު ކޮށްފިއްޔާ….

އަޙްމަދު ޝަރީފް: ކާކު ދައްކަނީ؟

ކާކުކަން ނޭނގޭ މީހާ: މިއަދު މިގުޅި ގޮލާވެސް މަށާ ދިމާލަށް ބުނި، ކައޭ އަށޭ ޝަރީފް ސަރ ގުޅިގެނޭ ތި ސަކަރާތް ޖެހީ. ރައީސް ޔާމީންގެ ވޯޓްތަކެއް ކަލޭ ބަދަލުކޮށްފައެއް ނޫންހޭ ތިހުރީ. ވާހަކަ ނުދައްކައްޗޭ. މީތި ޕޮލިސް ކޭސްއަކަށް ނުހަދާނެ އެއް ގޮތެއް ވެސް ނޯންނާނެއޭ ބުނި.

އަޙްމަދު ޝަރީފް: ކޯއްޗަކަށް ނުހަދާނެ އޭ؟

ކާކުކަން ނޭނގޭ މީހާ: ޕޮލިސް ކޭސްއަކަށް ނުހަދާނެ އެއްގޮތެއްވެސް ނޯންނާނެއޭ

އަޙްމަދު ޝަރީފް: އެއްވެސް ކަމެއް ނުވާނެ.

ކާކުކަން ނޭނގޭ މީހާ: އޭތި އަނެއްކޮޅުން ލީކް ވެއްޖިއްޔާ އެމްޑީޕީ ފަޅިން އަނެކެތި ވެއްޖިއްޔާވެސް ޝަރީފް ސަރ ކޮންވިންސް ކޮށްދެއްޗޭ. މަ އަނެކެތި ނުކުރާތި މީގެ ތެރެއަށް މަށާ ބެހޭ ކަމެއް ނޫނޭ.

އަޙްމަދު ޝަރީފް: ހަމަ ފުރަތަމަ އަނެކަތި ކުރީމަ ނިމުނީ ތިމަންނައަކަށް ހަމަ އެނގިގެންވެސް ވާކަމެއް ނޫނޭ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ އޯޑިއޯއެއް ލީކުވެފައިވާއިރު، ލީކުވެގެން އުޅޭ އޯޑިއޯއަކީ ޞައްޙަ އޯޑިއޯއެއްކަން އީސީގެ ރައީސް ޝަރީފް ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ޝަރީފް "އަވަސް" އަށް ވިދާޅުވެފައިވަނީ މި އޯޑިއޯއަކީ ރިޔާސީ އިންތިޚާބުގެ ވޯޓާ ގުޅުމެއްވާ އޯޑިއޯއެއް ނޫން ކަމަށާއި، މިއީ އިންތިޚާބުގެ ރަސްމީ ނަތީޖާއަށްފަހު ގާތް ރަހުމަތްތެރިޔަކާ ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

ހަމައެއާއެކު ޝަރީފްގެ ގާތް ރަހުމަތްތެރިޔާއާ ދައްކާފައިވާ ވާހަކަތަކަކީ، ވޯޓް އޮޅުވާލީ ކަމަށްބުނެ ޕީޕީއެމްއިން ކުރާ ތުހުމަތުތަކާ ގުޅިގެން ރަހުމަތްތެރިޔާ އެ އިންޒާރުތަކަށް ބިރުން އުޅޭތީ އެކަމާ ބިރު ނުގަތުމަށް އެދި ދެއްކެވި ވާހަކަތަކެއް ކަމަށްވެސް ޝަރީފް ވަނީ "އަވަސް" ނޫހަށް ވިދާޅުވެފައެވެ.

މި ޚަބަރާ ގުޅިގެން ބަހެއް ހޯދާލުމަށް ތަކުރާރުކޮށް ގުޅުމުންވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވަނީ ފޯނު ބިޒީ ކޮށްފައެވެ. އަދި ކާކުކަން އެނގޭނެހެން މެސެޖް ކުރުމުންވެސް ޝަރީފް ފޯނަށް ޖަވާބު ދެއްވާފައި ނުވާކަން ފާހަގަކޮށްލަމެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. އޯޑިއޯ

    ވީޑިއޯ އެއް ނޫންތަ.......؟؟؟؟؟؟؟

  2. ޢަލީ

    ހޫމް ލީކު ވާނެ އިންތިހާބު ބާތިލް ކުރަން ތެޅޭ ތެޅުން

    • ދިހާޝް

      ކަމެއް ނުކުރަންޏާ އެއްގޮތައް ވެސް ބިރުން ތެޅޭނެ ކަމެއް ނެޠް.

  3. ޢިބޫ

    ވަގުންތައްބަނޑުަޅާލަަގެން ތިބޭ

  4. ތެޅިފޮޅެނީ

    ޕީޕީ ކުދިން ތެޅިފޮޅެނީ ކީއްވެހޭ... ކޮމިޝަނަރުންލީ ތިމީހުން. ވޯޓު ފޮށިތައްކައިރީ މީހުން ބޭތިއްބީ ތިމީހުން، ބޭތިއްބީ ތިމީހުންގެ މީހުން. މަކަރުހަދަންޏާ ހަދާނެ ހުރިހާ އިންތިޒާމެއް ހަމަޖެއްސީ ތިމީހުން. އެކަމަކުވެސް ރައްޔިތުންގެ މެޖޯރިޓީ ނުލިބުނު. ނުލިބުނީމާ ދެން މި ތެޅިފޮޅެނީ

    • ރާ

      ބަލަ އެހެންވެޔޭ އެބުނަނީ ރިޝްވަތު ދިނިއްޔޭ. އެހެންވެޔޭ ކުއްލިއަކަށް އީސީ އިންސާފުވެރިވީ

  5. ނިޒާމު

    ތިހައިވާނުން ހިންގި ޖަރީމާ އިރާދަފުޅުން ފަޅާއަރާނެ...

  6. މަޒް

    ތިކަހަލަ އެތައް އޯޑިއޯއެއް ލީކުވާނެ.. މިހާރު ތި އުޅެވެނީ ޖަޒުބާތުގައި ޖެހިގެން... ކުރާނެ ނުކުރާނެ ކަމެއް ނޭންގިގެން

  7. ޓެކުސީ

    ތިޔަހުރިހާކަމެއް ފަޅާއަރާނެ ބަލަންތިބޭތި އެމްޑީޕީ މީހުން އިލެކުސަނަށް ބައިއެޅީ މިކަން މިހާރު ފަޅާއަރަން ކަންނޭގެ ތިޔައުޅެނީ .

  8. ހްލް

    ލޮލް

  9. ބެކްބޯން

    ރައީސް ޔާމިން ބުނަންތޯ ވާހަކަ އެއް ސީޕީ އަކައް ހަމްދޫން ލިޔަސް ނުނި ފާތިމާ ލިޔަސް ރައްޔިތުން އެއޮތީ ވ ސާފް ކޮއް ބުނެދިފަ މަނިކްފާނު ބޭނުމެއް ނުވާ ވާހަކަ ދެން ކޮން ސަކަރާތެއް ޖަހަން ތޯ ތިއުޅުއްވަނީ ތިކަމެއް ނުވާނެ ދެނެއް އޮޅާލާ 134200 މީހުން މަރަފަ ތިކަން ދެން ވާނީ ވ ސާފް

  10. މަޖާ

    ހެހެ.. ލީކް ވެފައޮތް އޯޑިއޯ ލިނަމަ ވަރަށް ސަޅިވީސް. އޭތި ނުލިބުނު ދޯ ތިކުދިންނަކަށް ????

  11. ތޮއްޓޭ

    ވޯޓްގެ ފަހުން ކުޅެފައި އޮތް ޑްރާމާ އެއްބާ

  12. Anonymous

    އެމްޑީޕީ.ގުންޑާއިން ޑޮލަރު އަޅާލީ ހެޓަކައްދޯ

  13. Anonymous

    އީސީ ރައީސާއި ޕޕމ މީހުންރާވާގެން ކުޅެފައޮތް ޑުރާމާއެއް.. ވަރަށް ސާފްކޮށް މިބުނަނީ ރައްޔިތުން ނިންމުމަށް ހުރަސް އަޅާފިނަމަ ރައްޔިތުންނުކުމެ ބަސްބުނާނެ.

    • ޢެހެން

      ދެން ބުނެބަލަ.

  14. ބޭބެ

    ސުބުހާނަﷲ!! ހާދަ ނުލަފާ ބަޔެކޭ ދޯ؟؟ ﷲ އަށް ބިރުވެތިވޭ!! ގައުމު ޣައްދާރުން!! ކޮންމެވެސް ބަޔަކު އެބަޖެހޭ މިފަސްގަނޑަށްޓަކައި ގުރުބާންވާން!! ލޭ އޮހުރުވާލައިގެން މިޣައްދާރުންނާ ކުރިމަތިލާން ހިފާހައްޔަރުކޮށް ހަވަރަށްދޭން!!!

  15. ޖައްސާތި

    ކޮބާ މަމެން އިލެކްޝަންސް ކަމިޝަން އިން ނަތީޖާ އިއުލާން ކުރަން ފެށިތަނުން ބުނެފިން ވޯޓް ގައި ވަނީ މަކަރާއި ހީލަތް ހަދާފައި ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރަން އެކަމަކު މަމެންގެ ރައީސް ހީކުރީ މީހުން ވޯޓް ނުދިނީ ކަމަށް ނޫން ވޯޓް ވެސް ދިން ހެދި ގޮތަކީ ވޯޓް ގުނުމުގައި ވެސް މަކަރު ހެދީ އަލުން ވޯޓް ގުނަން ޖައްސަންވީ އަދި ވޯޓް ލާމީހުންގެ ލިސްޓް އާއި ވޯޓް ލި މީހުންގެ ލިސްޓް ވެސް ބަލަންވީ ހަމަ ސީދާ އިލެކްޝަންސް ކަމިޝަންގެ މެމްބަރުންނާއި އިލެކްޝަންސް ކަމިޝަންގެ ރައީސް ގުޅިގެން ވޯޓް އިން އެމްޑީޕީ އަށް ވައްކަން ކޮށްދީ އެތައް ހާސް ބަޔެއްގެ ވޯޓް އޮޅުވާލާ ވޯޓް ފޭރިގަތީއޭ މަމެން ނަތީޖާ ގަބޫލެއް ނުކުރާނަމޭ މިކަން ބަލަން ސްޕްރީމް ކޯޓަށް ހުށައަޅާށޭ..

  16. މޮޔާ

    ޕީޕީ މީހުންނަކީ ތައްމޮޔައިން. ޢެމްޑިޕީމީހުން ރޭވި އެއްޗަކަށް ހަދަން އުޅެގަތުމުން އަތަށް ތިގޮވަނީ. މިހާރު ތިޔަ ވަގުން ނުދަންނަ މަރުމޯލެއްވެސް މިގައުމަކު ނެތް ދެން ލަލަލާ

    • ބޭބެ

      ބެލީމަ އެނގޭނީ ކޮންބައެއް ރޭވި އެއްޗެއްކަން!! މިއުޅެނީ އެކަން ކުރެވޭތޯ!! ބަލަންވާނެ ދޯ!! އޭރުން އެނގޭނީ!!

  17. ނުކުރާތި

    އޭސީސީ އަށް ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދު ކަމުގައިވާ މާލެ ސަރަހައްދުން ފްލެޓްސް ތަަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަމަށް ކޮށްފައިވާ އިއުލާނާއި އެއްގޮތަށް ސަރުކާރުން އެކަން ކުރަން އުޅުމުން ރައްޔިތުންގެ ވޯޓް އިން ވެސް ނުހޮވޭ މީހަކު ހޮރުން ނިކުމެ ތިމަންމީ އޭސީސީ ރައީސް އޭ ކިޔާ އެމްޑީޕީ ހަރުގޭން ނެރޭ ވައްތަރު އިއުލާން ނުވަތަ އެންގުން ސަރުކާރަށް އެންގި ނަމަވެސް އެއީ ކޮރަޕްޓް އެންގުން ތައް އެއަށް ނުޖެހޭނެ ސަރުކާރުން ތަބާވާން.

  18. ކޮބާ

    އިލެކްޝަންސް ކަމިޝަންގެ ރައީސް ޖެހޭނެ މިހާރު ލީކްވެގެން އުޅޭ އޯޑިއޯ އާއި ބެހޭ ފުރިހަމަ ތަފްސީލް ދޭން އަދި ފޯނުން އަނެއް ކޮޅުން ވާހަކަ ދައްކަނީ ކާކުކަން ސީދާ ތެދަށް ކިޔާ ދޭން އަދި ރިޔާސީ އިންތިޚާބާއި ގުޅިގެން އިލެކްޝަންސް ކަމިޝަން މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ދިނީ ކިހާ ވަރެއްތޭ ތަމެން ޖެހޭނެ ބުނަން މަމެންނަށް އިނގޭ އެއްޗަކީ މިފަހަރު ވޯޓް ގައި މަކަރާއި ހީލަތް ވަރަށް ބޮޑަށް ހަދާފައި އެބަހުރި ކަމަށް މިކަން ފޮރުވަން އީސީން އުޅޭ ކަން އެއީ ދެރަދޯ..

    • ބޭބެ

      އިލެކްޝަންގެ ރައީސް މިކަން ފުރިހަމަޔަށް ހާމަކުރޭ!! އެކަން ކަލޭޖެހޭނެ ކުރަން!! ރައްޔިތުންނަށް އޮޅުން ފިލާވަރަށް ކިޔާދޭންޖެހޭނެ ފޮރުވަން އުޅޭ ކަންތައް!! 96000 ނުވަތަ އެއަށްވުރެން ގިނަ ރައްޔިތުން ކަލޭ ދޫކޮށްފަ ބަހައްޓާނެކަމަށް ހީނުކުރާތި!!

  19. ރަޝީދާ

    ރައީސް ޤަބޫލުކޮށްފި ދެން މިފަސްއަހަރު ނިމުނީމަ އަސްލު ސޫރަ ދައްކާނި

  20. އީސަބެ

    ފަޅާ އަރަނީ މިޔޮތް. މަ އޭރުވެސް ބުނިން މިމީހުން ކައިރީ އަނގަގަދަ ނުކުރަން. މޮޅުވީމަވެސް ޝުކުރު ނުކުރުމުގެ ނަތީޖާ މިފެންނަނީ!

  21. ޕޮފުބާ

    ނުވެންބަރު 11 ރައީސް ޔާމީން ކުރިޔަށްއޮތް 5އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރީޔާކަމަށް ހުވާކުރަން ވީ

  22. ތިބެބަލަ

    ކޯއްޗެއް މަޑުޖައްސަންތޭ އެއްވެސް މަޑުޖެއްސުމެއް ނޯންނާނެ އިނގޭތޭ ތަމެން ހިޔާ މަޝްރޫއު ހުއްޓުވަން ހިތަށް ވެސް ނާރުވާތި އިނގޭތެ އޭސީސީއަނޭ މެންނޭ ތަމެން ތިޔާ ކަން ހުއްޓާލާ ރަށުތެރޭން މުޑި ކާށި ހޮވުން ފަދަ ކަމަކާއި ގެން އުޅެގަ އިނގޭތޭ ބަލާ އެއޮތީ ކާއްޓެއް ބަލާ މިއޮތީ ކާއްޓެއް ހޮވާ ހޮވާ ކާށި ހޮވަމުން ދޭ ކާށިހޮވާ ދޯ ތިޔާއީ ތަމެންގެ ލެވެލޭ އިނގޭތޭ މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ މަމެން ބޭނުން ގޮތެއް ހަދާލާނީ ހޭރި ހޭރި ތިބެން ޖެހޭނީ.

  23. ދޭބަލަ

    އެއީ ހަދާފައިވާ އޯޑިއެކޭ އެހެންތޭ ތަމެން އެހެންބުނީމާ މަމެން ވީ ގަބޫލުކުރަންތޭ ނުވާނެ ތިޔާ ކަމެއް ތިޔާ ހެން ތަމެން ތިޔާ އޮތީ ލާރޖް ކޮށް ކަޓް ޖައްސާ 50 މިލިއަން ބުދު ޖެހި ނޫޓް ކައްވާލާފައޭ މަމެން ބުނަން ނެތީމު ދޯ ތަމެން ދަގަ ދެން ފުލުހަށް ކާކު ނުދާށޭ ބުނީ އޭން ބުނެބަލަ ބުނެބަލަ ތަމެން ވަނީ މިފަހަރު ރިޔާސީ އިންތިޚާބުގައި ޝޭންކްލީ ކޭން މޭންކްލީކީ ޝޭން އޭ ކިޔާ މޭޒު ދަށުން ދަމާ ކުޅެފައި ކަން މަމެންނަށް އިނގެއޭ ވަރަށް ރަނގަޅަށް ތަމެން މަހަށް ދޭބަލަ..

  24. ލަދުކޮބާތޭ

    އެއީ، އެހެން މާނައެއް ނެރުމަށްޓަކައި ހަދާފައިވާ އޯޑިއޯއެއް ކަމަށް ތަމެން ބުނި ނަމަވެސް އެއީ ތަމެން ބްރޯ އަތުންނާއި ޖީއެމްއާރު އަތުންނާއި އަދި ބޮޑު ސޭޓް އަތުން ކަޓް ކާން ވެގެން ބޭނުން ކުރި ލައިސަންސް އަކަށް ރިޔާސީ އިންތިޚާބު ތަމެން ހެދީ އެހެންވެ ތަމެން އެހާ ވަރުން ތިޔާ ކަމުން ނެއްޓެން ވެގެން ތިޔާ އުޅެނީ ތަމެން ތިޔާ އޮތީ ކަޓް ކާލައިގެން ވޯޓް އޮޅުވާލާ ވޯޓް އިން ވައްކަން ކޮށްފައޭ މަމެން ބުނަން ނެތީމު ދޯ. ވަގުވޯޓްލާ އިލެކްޝަންސް ކަމިޝަން ލަދުކޮބާދޯ

  25. މަހަށްދޭބަލަ

    ތަމެން އެއްހާސް ފަހަރު އެއީ ހަދާފައިވާ އޯޑިއޯ އެއް ކަމަށް ބުނި ނަމަވެސް މަމެން އެކަމެއް ގަބޫލު ނުކުރާނަމޭ ތަމެން ވޯޓް އޮޅުވާލާ ސްޓީލިންގް ވޯޓް މިގޭމް ކުޅުމަށް ފަހު ދެން ކޯއްޗެކޭ ކިޔަންތޭ ތަމެން ދެން މަހަށް ދޭބަލަ މަމެން ބޭނުން އަދި އެއް ފަހަރު ވޯޓް ގުނަން ވޯޓް ގުނާދީ މަމެންގެ ހާޒިރުގައި ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

  26. ދާނީ

    ޔާމިނޫ މިގައުމު ހަލާކު ނުކޮށް ރައްކާވޭ. ޕީޕީއެމްގެ އޮބްޒާވަރުން ލައިގެން ރައްޔިތުން ގޮތެއް ނިންމައިފި. ދެން މިގައުމު ހަލާކު ނުކޮއް ރައްކާވޭ.