ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިހާރު އިންތިހާބު ކަންތަކާއި ނޫޅުއްވާ ކަމަށާއި، އެކަމާއި ހާސް ނުވުމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެއެވެ.

ޝަރީފް އާއި ކާކުކަން ނޭގޭ މީހަކާއި ދެ މީހަކު ވާހަކަދައްކާ އޯޑިއޯ ލީކްވެފައި މި ވަނީ މީސް މީޑިއާގައެވެ. އެ މީސް މީޑިއާގައި ދައުރުވާން ފެށުމާއެކު އެތައް ޕީޕީއެމްގެ އިސްވެރިން ދަނީ އެ އޯޑިއޯތައް ޝެއާ ކުރަމުންނެވެ.

މި ކޯލްގައި ކާކުކަން ނޭނގޭ މީހާ ޝަރީފް އާ ސުވާލު ކުރައްވާފައިވަނީ، ދީގެން އުޅޭ އެއްޗެއް ޝަރީފް އަތަށް ދިނީ ކާކު ކަމާ މެދުގައެވެ. ޝަރީފް ވިދާޅުވެފައިވަނީ އެ އެއްޗެއް ޝަރީފް އާ ހަމައަށް ގެނެސްދީފައިވަނީ އީސީގެ ތަރުޖަމާނު އަޙްމަދު އަކްރަމް ކަމަށެވެ. އަދި ކާކުކަން ނޭނގޭ މީހާއަށް ނުރައްކާތެރި އިންޒާރުތައް ލިބެމުންދާކަން އަކްރަމް އާވެސް ހިއްޞާ ކޮށްފައިވާކަމާއި، ކަންތައްތައް ހިނގަމުންދާގޮތުން ކަންބޮޑުވާކަންވެސް ދެކެވިފައިވާ ވަހަކަތަކުން ހާމަވެއެވެ. ނަމަވެސް ޝަރީފް ތަކުރާރުކޮށް ވިދާޅުވަމުން ގޮސްފައިވަނީ ނޭނގޭ ކަމަށް ހެދީމަ ނިމުނީ ކަމަށެވެ

އަޙްމަދު ޝަރީފް ޝަރީފް: ތީގެ އެއްވެސް ކަމެއް ނުވާނެ. ތިކަމާ ހާސްނުވޭ. މިހާރު ރައީސް ތިކަމާ ނޫޅުއްވައޭ މިހާރު

ކާކުކަން ނޭނގޭ މީހާ: ޝަރީފް ސަރ އަތަށް ދިނީ ކާކު ތީތި.

އަޙްމަދު ޝަރީފް ޝަރީފް: އަހަރެން އަތަށް ގެނެސްދިނީ އަކްރަމް ކާކުކަން ނޭނގޭ މީހާ: އެހެންވަނީ ދޯ! އަކްރަމް ގެނެސްދިނީ.. އެކަމަކު އަކްރަމް މީގެ އެއްވެސް ކަމެއްގައި އޭނާ ހާސްވެސް ނުވެޔޭ. އޭނައަށް އިނގޭނެ ވާހަކައަކީ މަށައް ތްރެޓް އައިކަންވެސް

އަޙްމަދު ޝަރީފް: އަހަރެން ކައިރީ ބުންޏޭ ޔޫއަށް ގުޅާށޭ. ދެން އޭނަ (ސާފެއް ނުވޭ) ކުރާނެ ކަމެއް ނެތް

ކާކުކަން ނޭނގޭ މީހާ; ވާގޮތަކީ ދުވަހަކުވެސް ނުވާކަ މެއް ވީމަ މަ ބިރު ގަންނާނެނު. މިސާލަކަށް ރޭގަ ޝަރީފް ސަރ ބުންޏެއް ނޫންތަ މިހާރު ޑިނައި ކުރަން އަނެކެތި ކުރާއިރު، މިމީހުން މިހާރު ޕޮލިސް ކޭސް އެއް ހަދައިގެން މަގޭ އެބައިން މިހާރު ނަން އެއޮތީ އައިސްފަ. ކޮންމެ ގޮތެއް ވިޔަސް މަށާ ސުވާލު ކޮށްފިއްޔާ…

މިއޯޑިއޯގައި އިތުރަށް ބުނެފައިވަނީ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތް ވޯޓުތަކެއް ޝަރީފާ ގުޅިގެން އޮޅުވާލިކަމުގެ ތުހުމަތު ޕީޕީއެމްއަށް ނިސްބަތްވާ މީހަކު ގުޅާފައި އޭނާއަށް ކޮށްފައިވާ ކަމަށާއި އޭނާ އެކަމުގެ ތެރޭގައި ބެދެން ބޭނުން ނުވާ ކަމަށެވެ. އަދި ލީކްވެއްޖެއްޔާ އެމްޑީޕީއަށް ކަމެއް އޮޅުންފިލުވައިދިނުމަށް ވެސް ޝަރީފް ކުރެން އެދިފައިވެއެވެ. ކޮންއެއްޗެއް ލީކް ވުމުން ކަމެއް އޯޑިއޯއިންވަނީ ސާފުވާގޮތް ނުވެފައެވެ.

ކާކުކަން ނޭނގޭ މީހާ: މިއަދު މިގުޅި ގޮލާވެސް މަށާ ދިމާލަށް ބުނި، ކައޭ އަށޭ ޝަރީފް ސަރ ގުޅިގެނޭ ތި ސަކަރާތް ޖެހީ. ރައީސް ޔާމީންގެ ވޯޓްތަކެއް ކަލޭ ބަދަލުކޮށްފައެއް ނޫންހޭ ތިހުރީ. ވާހަކަ ނުދައްކައްޗޭ. މީތި ޕޮލިސް ކޭސްއަކަށް ނުހަދާނެ އެއް ގޮތެއް ވެސް ނޯންނާނެއޭ ބުނި.

އަޙްމަދު ޝަރީފް: ކޯއްޗަކަށް ނުހަދާނެ އޭ

ކާކުކަން ނޭނގޭ މީހާ: ޕޮލިސް ކޭސްއަކަށް ނުހަދާނެ އެއްގޮތެއްވެސް ނޯންނާނެއޭ

އަޙްމަދު ޝަރީފް: އެއްވެސް ކަމެއް ނުވާނެ އިނގޭ.

ކާކުކަން ނޭނގޭ މީހާ: މީތި އަނެއްކޮޅުން ލީކް ވެއްޖިއްޔާ އެމްޑީޕީ ފަޅިން އަނެކެތި ވެއްޖިއްޔާވެސް ޝަރީފް ސަރ ކޮންވިންސް ކޮށްދެއްޗޭ. މަ އަނެކެތި ނުކުރާތި މީގެ ތެރެއަށް މަށާ ބެހޭ ކަމެއް ނޫނޭ..

އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ އޯޑިއޯއެއް ލީކުވެފައިވާއިރު، ލީކުވެގެން އުޅޭ އޯޑިއޯއަކީ ޞައްޙަ އޯޑިއޯއެއްކަން އީސީގެ ރައީސް ޝަރީފް ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ޝަރީފް "އަވަސް" އަށް ވިދާޅުވެފައިވަނީ މި އޯޑިއޯއަކީ ރިޔާސީ އިންތިޚާބުގެ ވޯޓާ ގުޅުމެއްވާ އޯޑިއޯއެއް ނޫން ކަމަށާއި، މިއީ އިންތިޚާބުގެ ރަސްމީ ނަތީޖާއަށްފަހު ގާތް ރަހުމަތްތެރިޔަކާ ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

ހަމައެއާއެކު ޝަރީފްގެ ގާތް ރަހުމަތްތެރިޔާއާ ދައްކާފައިވާ ވާހަކަތަކަކީ، ވޯޓް އޮޅުވާލީ ކަމަށްބުނެ ޕީޕީއެމްއިން ކުރާ ތުހުމަތުތަކާ ގުޅިގެން ރަހުމަތްތެރިޔާ އެ އިންޒާރުތަކަށް ބިރުން އުޅޭތީ އެކަމާ ބިރު ނުގަތުމަށް އެދި ދެއްކެވި ވާހަކަތަކެއް ކަމަށްވެސް ޝަރީފް ވަނީ "އަވަސް" ނޫހަށް ވިދާޅުވެފައެވެ.

މި ޚަބަރާ ގުޅިގެން ބަހެއް ހޯދާލުމަށް ތަކުރާރުކޮށް ގުޅުމުންވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވަނީ ފޯނު ބިޒީ ކޮށްފައެވެ. އަދި ކާކުކަން އެނގޭނެހެން މެސެޖް ކުރުމުންވެސް ޝަރީފް ފޯނަށް ޖަވާބު ދެއްވާފައި ނުވާކަން ފާހަގަކޮށްލަމެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ފާއިޒާ

  ކުޅިވަރެއް...

 2. ފާއިޒާ

  ކުޅިވަރެއް......

 3. ޙހެ

  ޢަލުން އިންތިހާބު ބާއްވަން ފެންނަނީ.

 4. މާމުޓާ

  ކޮބާ ހީވޭ ކަމެކޭ ތިހިރަ ފަޅާއަރަނީ އިންޑިޔާއިން ދިން ފައިސާތަށް ........

 5. ދެރަވަރު ކަންތައް

  އިހުލާސް ތެރިކަމެއް ނެތީ.

 6. ބިތުފަންގި

  ކޮބާ ހީވޭ ކަމެއްހެން! ކެޔޮ ކޭ ވަރު އިނގޭނީ ބިތުފަންގި ނެގީމައޭ ބުނެ އުޅެއެއްނު. މަށަށް އޭރުވެސް އިނގޭ މި އިންތިހާބު އަނެއް ކޮޅަށް އޮޅާލާފަކަން މިއޮތީ. ތި ޝަރީފަކީ ވައި ޖެހޭ ކޮޅަކަށް ދުވާ މީހެއް. ނުބައި ކަމެއް ކޮށްފިމީހާ އަށް ކޮންމެވެސް ދުވަހަކުން އެދުވަސް އެންމެންގެ ތެރޭ اللهً تعالى ދައްކަވާނެ. والله اعلم

 7. ބޭބެ

  ދެންތި ރަލަކާއުޅޭނެކަމެއް ނެއް 2023ތައްޔާރު ވާންއުޅޭ

 8. ބޭބެ

  ﷲ އަކްބަރު!! ﷲ އަކްބަރު!! ﷲ އަކްބަރު!! މި ލުސްޗާއިން ތިބިތަނަކުން ދަމާނެރޭ!! ދަމާނެރޭ!! މިއީ ހަމަ ޣައްދާރުން!!!

  • ސާބަސް

   ތިއީ ޕީޕީ އިން އަމިއްލަ އަށް ހަދައިގެން އުޅޭ އޯޑިއޯއެއް، ތިއަކު އޮއްޓަރު ހުރި ވާހަކައެއް ނެއް،، ވަރަށް ސަލާމަ ދެން ގޭގަ ތިބޭ..

 9. ވޯޓު

  ހިނގާ އަލުން އިންތިހާބު ބާއްވަން. ޢަހަރުންނަށް ވޯޓު އަޅާގެން އިބޫ ހޮވޭނެ ބޮޑު ފަރަގަކުން

 10. ނަސީދު

  މިއުޅެނީ ގައުމް އަދަވަޅަކައްވެއްޓެން އެހެންވީމާ ކޯޓްތައް ވަރަޢް މުހިންމު ރޯލެއްއެބަޖެހޭ ކުޅެން

 11. ހަސަަން

  އީސީގެ ރައީސް ވަގުތުން ހައްޔަރު ކުރުމަށް ގޮވާލަން.

 12. ޙުސްނާ ޢަލީ

  މިހުރީ ވޯޓް ކުޅިވަރުކުޅެލާފަހުރި މިންވަރު. ހަމަ ޔަޤީނޭ މި ވޯޓް އޮޅުވައިނުލިނަމަ ރައީސް ޔާމީން 60 ޕަސެންޓުން ކާމިޔާބުކުރީސް. ބާރަށް ހިނގަހިގާހުރި ޤަވްމެއް ދުވެލިހުއްޓުވަން ބުއްދި ސަލާމަތުންހުރި މީހަކު މަސައްކަތެއް ނުކުރާނެ. އަލުން އިންތިޚާބު ބާއްވާ!

 13. ލައިސާޓު

  ބަލަޔާމީން އިތުބާރުކުރާ މީހުންނެއްނޫންތަ ތިތަނަށް ލާފަތިތިބީ

  • Anonymous

   ރިޝްވަތު ރިޝްވަތު ރިޝްވަތު ދިނީ!!!

 14. ފާތުން

  އަލުން އިންތިޚާބު ބާއްވައިފިނަމަ ކުރިއަށްވުރެ ބޮޑުތަނުން ވާނީ ބަލި

 15. ާAhmed

  ބޮޑު ރޭވުމެއް. ފުލުންގޮއްސަ މިއޮތީ. ޅިޔުންތެރިޔާއާއި އީސީގެ ރައީސްއާއި ޕީޕީ ގުޅިގެން ކޮއްފަ އޮތް ކަމެއް.
  ޢީސީގެ ރައީސް ސައްޙަ ކޮށްފަ އޮތް ކަމެއްގަ ތަކުރާރުކޮށް އޭނައާ ގުޅަންޖެހޭތަ؟!

 16. މީ

  500 އިތުބާރު ކުރާމީހާ މަރަންވެސްނުކުތީ

 17. މަންޒަރުއަޑު

  އެއަޑެއްގެ ވެރިޔާ ކަމަށް ހީކުރެވޭ މީހާ އެކަމަށް އާނއެކޭ ބުނުމުން ފުދޭނެއެވެ. އެމަންޒަރަކުން ސޫރަކުރެވޭ ފަރާތްކަމަށް ބެލޭމީހާ އާނއެކޭ ބުނެފިނަމަ، އޯކޭވާނެއެވެ.

 18. އަފްލާ

  މީހަކު ކިތައްމެ އިތުބާރެއް ކުރިޔަސް އެމީހަކު ޚިޔާނާތްތެރި ވަންދެން އެމީހަކީ ހުދު ފޮތި ކޮޅެއް އެކަން ފަޅަ އަރަންދެން އިތުބާރުވެސް ކުރެވޭނެ އެކަމަކު ވޯޓް ވަގަށް ނަގާނެ ކަމަށް ކާކު ހީކުރާނީ