"ވަގުތު" ގެ ނޫސްވެރިޔާ ޝާމިލާ އިބްރާހިމް ބޮޑު ބޭބެ މުހައްމަދު ޝާކިރު، ރޭވަ، ކ.ހުރާ ވަނީ ރޭގެ ވަގުތެއްގައި ނިޔާވެފައެވެ.

ޝާކިރު ނިޔާވުމާއި ގުޅިގެން ޝާމިލާ އިބްރާހިމް އާއިލާ އަށް ލިބިފައިވާ ހިތާމައިގައި "ވަގުތު" އާއި "ވަގުތު" ގެ މުވައްޒަފުން ބައިވެރިވެ، ތައުޒިއާ ދަންނަވަމެވެ. އަދި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށާއި އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވަމެވެ.

އުމުރުން 61 އަހަރުގައި ޝާކިރް ނިޔާވީ މިދިޔަ ދެ މަސް ދުވަހު އިންޑިއާގައި ކެންސަރަށް ފަރުވާދެމުން ދަނިކޮށް ރޭ 11:30 ހާއިރުއެވެ.

ޝާކިރުއަކީ ކުރީގެ ރަށުގައި ކަތީބުކަންވެސް ކުރެއްވި ބޭފުޅެކެވެ.