އޮޅުވާލި ވޯޓާއި ގުޅިގެން އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް މިރޭ ނިކުންނާނެ ކަމަށް ވެރިކަން ކުރާ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކައުންސިލް ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މުޒާހަރާއަށް ނުކުންނަ ކަން އިއުލާނުކޮށް، އެ ޕާޓީގެ ކައުންސިލް މެންބަރު އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ އަބްދުއް ރައްޒާގް ހަލީމް ވިދާޅުވީ، އޮޅުވާލި ވޯޓާއި ގުޅިގެން އިންސާފް ހޯދުމަށް އަޑު އުފުލުމަށް މިރޭ 9:00 ޖަހާއިރު ޕީޕީއެމް އޮފީސް، ހ، ހުރަފާ ކުރިމައްޗަށް އައުމަށެވެ.

ޕީޕީއެމް އިން ބުނަމުން ދަނީ ރިޔާސީ އިންތިޚާބާ ގުޅިގެން އިންތިޚާބުގައި އޮޅުވާލުންތަކާއި، މަކަރު ހެދުންތަކުގެ އަޑުތައް މީސްމީޑިއާގައި ދެކެވެމުންދާ ކަމަށެވެ. އަދި މިކަންކަމާ އީސީން ޖަވާބުދާރީ ވާންޖެހޭނެ ކަމަށެވެ.

އަދި އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ އެކައުންޓަށް 5 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ވާހަކަތަކަކާއި، ވޯޓު ކަރުދާސް ނުއަގުގައި އިދިކޮޅު އިއްތިހާދުގެ ލީޑަރެއްގެ މެޖޯރިޓީ ހިއްޞާ އޮންނަ ކުންފުންޏަކުން ޕްރިންޓުކުރި މައްސަލައެއްގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ވޯޓު ކަރުދާސްތަކުގައި ފާހަކަޖެހުމަށް ފާޑެއްގެ ގަލަމެއް ގޮތަށް ބޭނުންކުރެވޭ އަނގޮޓިތަކެއް ބޭނުން ކުރިކަމަށް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. މިކަންކަމަށް ޖަވާބުދާރީވުމަށް ޕީޕީއެމް އިންވެސް ވަނީ ގޮވާލާފައެވެ.

އެ ޕާޓީން މިގޮތަށް ބުނަމުންދާއިރު، އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާއި ކާކުން ނޭނގޭ މީހެއްގެ އޯޑިއޯއެއްވެސް މިއަދު ވަނީ ލީކު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. ވަގުކަލޭގެ

  ނިކުމެބަލަ.. ނިކުތީ ރޫޅާލީ.. ބަލި ޤަބޫލްކުރޭ

  • ނީ

   ރޫޅާ އެއް ނުލެވޭނެ.ކައޭ މެން ހިތުން މިހާރު ރައީސް އަކީ އިބޫ ދޯ.. ހައްހައްހާ އެގޮލާާަަަައަދި ހުވާ ވެސް ނުކުރެ..އަދި ގަދަ ވެ އެންނު އެބަ

   • ނީއަށް

    ލޮލް! ގަދަވީމަތާ ބިރުން އެއްގޮތް ނެތިއްޔާ އަނެއް ގޮތުން ވެސް ބަލި ގަބޫލް ނުކުރަން ތެޅިބާލަނީ! ހަހަހަހަހާ!

  • ޒީނާ

   އަޅެ ނިކަން ނިކުމެބަލަ، 2 މީހުންވެސް ހަމަނުވާ ޕާޓީ

 2. ޙުމް

  މުޒަހާރާ ވެސް ކުރަންވީ. ވޯޓުއެހެރީ އޮޅުވާ ލާފަ.

 3. Hajamukurey

  Thivarah nuthelhibala!

 4. ގަޓޭ

  މާ ފަހުން ގެޓުވީދޯ ވެރިކަން ގެއްލުންކަން! ޕަކާސް

 5. Anonymous

  ރާއްޖޭގެ ސަރުކާރުގެ މުއައްސަސާތަކުން އެއޮތީ ގޮތް ނިންމާފަ...ޕޕއމ ސޮރީ

 6. ހިމޭ

  ހަމަ ހިނި އަންނަނީ... ވޯޓު ފޮށިތަކުގަ ތިބީ މެޑަމް އޮފީހުން ފޮނުވި ލިސްޓްގަ ތިބި ސީދާ ޕީޕީއެމްގެ އެކްޓިވިސްޓުން.. ވޯޓު ގުނީ އެމީހުން..ނަތީޖާ ޝީޓު ތަކުގަ ސޮއިކުރީ އެމީހުން..ދެން ވޯޓު ގުނީ ރައްޔިތުން ކުރިމަތީ... ދެން ކޮންބައެއް އޮޅުވާލީ...

 7. އޮޅުން ބޮޅުން

  ބަލިގަބޫލްކޮއްގެން ތިބީމުސް ވޯޓުއޮޅުވާ ނުލިނަމަ މިހާރު މީސްމީޑިޔާތަކުން ބުނާގޮތުން ވަރައްސައްކުވޯޓުއޮޅުވާލިކަން ކޮންމެސް ކަހަލަގެ ކޮރޮޕްސަންތަކެއް ވޯޓައް ވަދެފި

 8. tharujamaanu

  ނިކުންނާނަން ރޫޅާވެސް ނުލެވޭނެ އެމް.ޑީ.ޕީ އައްވުރެން ހިތްވަރު ހުންނާނެ

  • ލޮލް

   ނެކްސްޓް ޖޯކް ޕްލީޒް!!!!

 9. ޑިމޮކްރަޓިސްޓް

  ހޭބަލިނުވޭ.. މީކީ ކަލޭމެންކަހަލަ ފިނޑިންނެއްނޫނޭ ..

 10. މަގޭ ހިޔާލު

  މިސާލަކަށް ޝަރީފު އަށް ރިޝްވަތު ދިނިއްޔޯ، ޝަރީފަކީ މޮޔައެއްތަ މިދުވަސްވަރު އެކައުންޓަށް ތިހާ ބައިވަރު ލާރި ޖަމާކުރަން. އޭނައަށްވެސް އިނގޭނެ ދެން މިހާރު ކުރާވަރު ކަންތަކާ ނުކުރާނެ ވަރުގެ ކަންތައްތައް. މަހަމަ ހީހީ ހަލާކު . ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ ނުދައްކަބަލަ ޕީޕީ ކުދިންވެސް.

 11. ޑިމޮކްރަޓިސްޓް

  އެމްޑީޕީއަކީ އިހުލާސްތެރި މީހުނޯ މިގައުމުގަވެސް ތިބި.. އެކަމަކު އެމީހުންނަކީ ބޭރުގެ ޕަޕެޓުން.. އެމީހުންނަކީ އެންމެ ކޮރަޓްމީހުން.. އެމީހުން އަމިއްލަޔަށްވެސް ގަބޫލުކުރޭ އެމީހުންހިންގާ ކޮރަޕްޝަންގެ ކުޅިގަނޑު.. އަދިވެސް އަނިޔާވެރިއެއްނޫން؟ ކޮރަޕްޓެއްނޫން؟

 12. މާނީ

  ދެން ބޮކިއަރުވަން ބޭނުންވިއަސް އެކަމެއް ނުވާނެ، ބަލި ޤަބޫލުކިރަން ޖެހޭނީ، އެނޫން އެއްވެސް ޗޮއިސްއެއް ނެއް

 13. ކޮންކަމެއް

  ޢިންޝާﷲ ރަނގޅުވާނެ ހުރިހާ ކަމެއް.ކީޕް ގޮއިން

 14. ަަްްްބަަބު

  ހަޖަމް ކުރެެ ޕޕ މިިިިިިިހުން

 15. ޢަލްމާލު

  ނިކަން ނަގާބަލަ ވޯޓެއް، އަދި ނިގިޔަސް ހޭބަލިވާވަރުގެ ބައްޔަކުން ބަލި ކުރާނަން، ޔާމީނު އެކަނި ވޯޓު ފޮށި ކައިރީގަ ހުރެވުނަސް ހެޔޮ،

 16. މާނީ

  ހިއެއްނުވޭ ނިކުންނާނެމީހަކު ވާނެހެނެއް،

 17. ކޮމެންޓް1

  ތިޔަބުނާ އަނގޮޓި ގަލަން ބޭނުންކުރީ ކޮންތަނެއްގަބާ.މަވޯޓުލީ މަރުކަޒުގަ ނެތް ޔަގީނުންވެސް. ގަލަމުގެ ވާހަކަ އާއިނކަރުދާހާ ގުޅުންހުރި ކަންތައް ކުރިން ރައްޔިތުންނައް ނޭނގީ ކީއްވެ.ބާރު އޮތް އިރު ސަމާލު ކަމައް ނުގެނައީ ކީއްވެ. ޕޕއމ ކުދިން އަމިއްލައައް ޖަރީމާ ހިންގާފަ ބަލި ގަބޫލް ކޮށްބަލަ

 18. Anonymous

  ސަޅި! ހަމަ ނިކުންނަން ޖެހޭ

 19. ޕޕމ

  ސަޅި! ހަމަ ނިކުންނަން ޖެހޭ

 20. ޗާލީ

  ބަލަ މިތިބަ މޮޔައިންނޭ... ޝަރީފްއާއި ހަމަޔަށް ދިއުމުގެ ކުރިންވެސް ވަގުތީ ނަތީޖާއިންވެސް އެގޭނެ، މުޅި އިލެކްޝަން ފެށިގެން ގޮސް ވޯޓު ގުނާ ކުއްޖާ ހަމަޔަށް ޔާމީންގެ ނިގޫއޮތީ ފޯރާފައި ދެން ކޮން ވޯޓެއް އޮޅުވާލެވޭނީ.... މަހީހީ ހަލާކު، ދެންވެސް ވޯޓެއް މިގައުމުގައި އަޅައިފިއްޔާ ވަހީދުއަށް ވީވަރުވެސް ނުވާނެ

 21. މޫސާ ޚާލިދު

  މީހުން މުޒާހަރާކުރޭތަ އަހަރެމެންނަށް ވައްކަން ކުރެވޭނެގޮތެއް ރައްޔިތުން ފަހިކޮށްދޭށޭ ކިޔާފަ. ބަލަ ވޯޓުފޮށިތަކާ ހަވާލުވެ، ވޯޓު ކަރުދާސް ދޫކޮށް ލިޔެ، ލިސްޓްގަ މާކްކޮށް ހުރިހާކަމެއް ކުރަންތިބީ ޔާމީނުގެ މީހުން. އެގޮތުން ގަތް އައިޑީ ތަކަށް އެޅިވަރެއް އެގޭނީވެސް އެމީހުންނަށއ. ވީއިރު ކިންވަގުވޯޓެކޭ ތިކިޔަނީ. ތިދައްކަނީ ތިމާމެންގެ އަމިއްލަ ވާހަކަ

 22. މުޒާހަރާ

  ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން އިޖުތިހާދު ކުރެވޭނީ ކަނޑައެޅިގެން ވަކިކަމަކަށް އެޑްރެސްކޮށް، އެކަމެއްގެ ވާހަކަ ކަމާބެހޭ މުޢްސަސާގައި ލިޔުމަކުން ދަންނަވައި އެކަމަކަށް ހުއްދަހޯދައިގެންނެވެ.

 23. ޖޭމުސް ބޮންޑު

  ބުއްދިސަލާމަތުން ހުރިމީހަކު ގަބޫލެއް ނުކުރާނެ ތިނަތީޖާެއެއް....