ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން ހިންގި ޖަރީމާތަކުގެ ހަގީގަތް ހޯދަމުންދާ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމް އިން މިހެން ބުނެފައިވާއިރު އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންތަކެއްގެ އޯޑިއޯތަކެއް ވަނީ ސޯޝަލް މީޑިޔާގައި މިހާރު ވަނީ ލީކުވެފައެވެ.

މި އޯޑިއޯގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި އެހެން ބަޔަކު ވާހަކަ ދައްކަމުންދަނީ ކޮށްފައިވާ ކަންތައްތަކެއް ބަޔަކަށް އެނގިގެން އެކަމާ ކަންތައް ކުރާނެ ގޮތަކާ މެދުގައެވެ.

މިކަމާ ގުޅޭގޮތުން ޕީޕީއެމް އިން ބުނީ އިންތިހާބުގެ ވޯޓު އޮޅުވާލި ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ބޮޑެތި ޖަރީމާތަކެއް ހިންގި ކަމަށް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ މައުލޫމާތުތަކުގެ ހަގީގަތް ބެލުމަށް ޕީޕީއެމްގެ އާއްމު މެމްބަރުންގެ ހައްގުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެ ޕާޓީން ކުރަމުންދާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ އޯޑިއޯއެއް ލީކުވެފައިވާއިރު، ލީކުވެގެން އުޅޭ އޯޑިއޯއަކީ ޞައްޙަ އޯޑިއޯއެއްކަން އީސީގެ ރައީސް ޝަރީފް ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ޝަރީފް "އަވަސް" އަށް ވިދާޅުވެފައިވަނީ މި އޯޑިއޯއަކީ ރިޔާސީ އިންތިޚާބުގެ ވޯޓާ ގުޅުމެއްވާ އޯޑިއޯއެއް ނޫން ކަމަށާއި، މިއީ އިންތިޚާބުގެ ރަސްމީ ނަތީޖާއަށްފަހު ގާތް ރަހުމަތްތެރިޔަކާ ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

ހަމައެއާއެކު ޝަރީފްގެ ގާތް ރަހުމަތްތެރިޔާއާ ދައްކާފައިވާ ވާހަކަތަކަކީ، ވޯޓް އޮޅުވާލީ ކަމަށްބުނެ ޕީޕީއެމްއިން ކުރާ ތުހުމަތުތަކާ ގުޅިގެން ރަހުމަތްތެރިޔާ އެ އިންޒާރުތަކަށް ބިރުން އުޅޭތީ އެކަމާ ބިރު ނުގަތުމަށް އެދި ދެއްކެވި ވާހަކަތަކެއް ކަމަށްވެސް ޝަރީފް ވަނީ "އަވަސް" ނޫހަށް ވިދާޅުވެފައެވެ.

މި ޚަބަރާ ގުޅިގެން ބަހެއް ހޯދާލުމަށް "ވަގުތު" އިން ތަކުރާރުކޮށް ގުޅުމުންވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވަނީ ފޯނު ބިޒީ ކޮށްފައެވެ. އަދި ކާކުކަން އެނގޭނެހެން މެސެޖް ކުރުމުންވެސް ޝަރީފް ފޯނަށް ޖަވާބު ދެއްވާފައި ނުވާކަން ފާހަގަކޮށްލަމެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ބަލާތި

    ތިޔާއީ އެންޓި ކޮރަޕްޝަން ކަމިޝަނެއް ނޫން މިހާރު ތިޔާއީ އެޓްރެކްޓިވް ކޮރަޕްޝަން ކަމިޝަނޭ މަމެން ކުރިން ވެސް ބުނިން ތިޔާ ކޮމިޝަން ގައި ލުތުފީ ހުރެއްޖެނަމަ ތިޔާ ތަން ރަނގަޅު ނުވާނެ ކަމަށް އޭނާގެ ލައިފް ސްޓައިލް ހުންނަނީ އޭނާ އަށް ލިބޭ އެއްޗަކަށް ވުރެން ބޮޑު ޚަރަދު ކުރާ ގޮތަށޭ އުޅެނީ އެންމެހާ ލަގްޒަރީ ލައިފްގައޭ ކަން މިހެން ހުރުމުން ތިޔާ އޭސީސީ އަކީ މޭޖަރ އޯވަރ ހޯލެއް ކުރަން ޖެހޭ ތަނެކޭ މަމެން ބުނަން ނެތީމު ނުޖެހޭނެ ހުއްޓަން ހިޔާ މަޝްރޫއު އެއް..

  2. ތިމަންނަ

    ހޮވުން ނަމަ އޯކޭ އެވަރެއްހަމަ ނެތް ، ޚާލިދު ބުނު ވަލީދު ، ނުހޮވުނީމާ ގޯހުން ގޯސް ، އަބޫ ޖަހުލު...

  3. ތިންގްސް

    ކޮބާ މަމެން ކުރިން ވެސް ބުނީމެއް ނޫންތޭ ތިޔާ އިލެކްޝަންސް ކަމިޝަން އިން ވަގުތީ ނަތީޖާ އަވަސް އަރުވާލައިގެން މީޑިއާ އިން ގޮވަމުން ދިޔަ ނަތީޖާ ތައް ގޮވަމުންދާތީވެ މަމެންނަށް ވަރަށް ބޮޑަށް ޝައްކު ކުރެވެއޭ ފުރަތަމަ ވޯޓް ނަތީޖާ އިއުލާން ކުރި ރޭގައި ވެސް އެކަން މަމެންގެ ސަރުކާރުން ގަބޫލުކޮށް މީގެ ތެރެއަށް ފީނި ނަމަ އިލެކްޝަންސް ކަމިޝަންގެ މެމްބަރުން ކަޓް ކޭ މިންވަރު އެނގޭނެއޭ 60 މިލިއަން މާރކްސް ކޮންމެ މީހަކަށް ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ

  4. ބަލާތި

    އިލެކްޝަންސް ކަމިޝަންގެ ރައީސް ޖެހޭނެ މިހާރު ލީކްވެގެން އުޅޭ އޯޑިއޯ އާއި ބެހޭ ފުރިހަމަ ތަފްސީލް ދޭން އަދި ފޯނުން އަނެއް ކޮޅުން ވާހަކަ ދައްކަނީ ކާކުކަން ސީދާ ތެދަށް ކިޔާ ދޭން އަދި ރިޔާސީ އިންތިޚާބާއި ގުޅިގެން އިލެކްޝަންސް ކަމިޝަން މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ދިނީ ކިހާ ވަރެއްތޭ ތަމެން ޖެހޭނެ ބުނަން މަމެންނަށް އިނގޭ އެއްޗަކީ މިފަހަރު ވޯޓް ގައި މަކަރާއި ހީލަތް ވަރަށް ބޮޑަށް ހަދާފައި އެބަހުރި ކަމަށް މިކަން ފޮރުވަން އީސީން އުޅޭ ކަން އެއީ ދެރަދޯ

  5. އައްޔު

    ތުހުމަތު ކުރެވޭ ވާހަކަ ބުނީމާ ޔާމީން އެބަޖެހޭ ޖަވާބުދޭން އެކަމަކު އިލެކްޝަން ކޮމިޝަންވީމާ ނުޖެހޭ ޖަވާބެއްދޭކަށް ވަރަށް ހެއްވާ ރާއްޖޭގެ ތާރީޚްގައި އެންމެ އަވަސްއަރުވާލި އިންތިޚާބް ވަގުތީ ނަތީޖާވެސް ދާއިމީ ނަތީޖާވެސް ޝައްކު ވަރަށް ބޮޑަށް

  6. ވަގުކަލޭގެ

    އީސީ ރައީސާއި ޕޕމ މީހުންރާވާގެން ކުޅެފައޮތް ޑުރާމާއެއް.. ވަރަށް ސާފްކޮށް މިބުނަނީ ރައްޔިތުން ނިންމުމަށް ހުރަސް އަޅާފިނަމަ ރައްޔިތުންނުކުމެ ބަސްބުނާނެ

    • ވަހީދު

      ދެކޮޅުގައި ވެސް ތިބީ ހަމަ ރައްޔިތުންކަން ހަނދާން ކޮށްދެން،

  7. ޢީސަބޭ

    މި ނައިފަރުގައި އިދިކޮޅަށް ވޯޓުދިން 300 ވެސް ނުތިބޭނެ! އެކަމަކު ވޯޓުގުނިއިރު 1000 ހަމަވި! މިއީ އަރަތެއްނު؟؟؟

  8. ޙަފްޞާ / މާލެ

    ލީކުވި އޯޑިޔޯއިން ވަރަށް ސާފް! ވޯޓްވަނީ އޮޅުވާލާފަ! ޝައްކެތްނެތް!!!1

  9. ބޭބެ

    އަޅުގަނޑަށް ފެންނަނީ އަލުން އިންތިޚާބު ބާއްވަން ވަރަށް ބޮޑެތި ގޯސްތަކެއް އެބައުޅޭ!! ލީކުވެގެން މިއުޅޭ އޯޑިއޯއިން އެކަން ވަރަށް ސާފު!! ވޯޓާ ގުޅޭގޮތުން ތުހުމަތުގެ އިނގިލި ނޫން މިހާރު މިކުރެވެނީ!! ހަގީގީ ބަސްމަގު ޝަރީފްގެ އަޑުން އެހެރީ އެނގެން!! ކަންތައްތަކެއް ކުރިކަމާއި އަދި އެކަން ފޮރުވަން މަސައްކަތްތަކެއްވެސް ކުރެވިފައިވާކަން!! ކޯޓުން މިކަންތައްތަކަށް ރިޣާޔަތްކުރުމަށްފަހު ހަގީގަތުގަވެސް އަލުން ވޯޓަކަށް ދާންޖެހޭކަމަށް ފެންނަނީ!! ކޮންމެ ގޮތެއްވިޔަސް ރައްޔިތުންގެ ވިންދާ އެއްގޮތަށް ނޫންގޮތަކަށް ރިޔާސީ ކެންޑިޑޭޓެއްގެ ޙައްގަށް އީސީން އަރައިގެންފައިވާކަން މިލީކުވި އޯޑިއޯން އެބަ ދޭހަވޭ ފުރިހަމަޔަށް!!!! އަވަހަށް ގޮތެއް ނިންމާ!!!

  10. ހައްގުބަސް

    އިންތިޚާބުގެ ކުރިން މަކާރާއި ހީލަތް ހަދާނެ ކަމަށް އޮޅުވާލާނެ ކަމަށް ވައްކަން ކުރާނެ ކަމަށް ގޮވި އެމްޑީޕީ މީހުން ވޯޓް ނަތީޖާ އިއުލާން ކުރި ވަގުތުން ވެށިގެން އަޑު ކެނޑި ޝަރީފް ހުދު ކާފޫރަށްވެ ހާލިދު ބިން ވަލީދުއަށް ވީ ކީތްވެ؟ ޝަރީފް ކޮއްމެ މީހަކަށް ކުރި ފޯނު ކޯލަކަށް ވިޔަސް އޭގައި އެ ދައްކަނީ އިންތިޚާބާއި ގުޅުން ހުރި ވާހަކަ. ކަމެއް ފޮރުވަން އުޅޭ ވާހަކަ. ދެން ހެއްވާ ކަމަކީ ޝަރީފް ރައްޓެހިންގެ ވާހަކަތައް ޝަރީފް ކައިރީ ބުނަނީ އަކްރަމްތޯ؟ މަޖާ ކަމެއްނު. ވަގުތު ނޫސްވެރިން ހެޔޮ ނުވާނެ ފޯނު ކޯލުގައި ހުރި ބައިތައް ރަނގަޅަށް އަޑު އަހާފަ އޭގައި އެބުނާއެއްޗެއް ރައްޔިތުންނަށް އޮޅުން ފިލުވަދީ. އެމްޑީޕީއަށް ސަނާ ކިޔައިދޭ ސީއެންއެމް އާއި ރާ ޓީވީން ރޯ ނުބައިކޮށް ޝަރީފް އަށް މޮޅުވާ ގޮތަށް ވަނީ ޚބަރު ލިޔެފަ

  11. ވަހީދު

    ޝަރީފު ވެސް މިކަން ސީރިއަސް ކޮށް ނަގައިގެން ރައްޔިތުންނަށް ކިޔައިދޭން ޖެހޭ އެބަ. އެހެން ނޫނީ ހޫނުވަމުން ގޮސް ގައުމުގެ މަސްލަހަތު ގެއްލޭނީ.

  12. ބުޚާރީ

    ޥޯޓް އެއީތަފާތިއެއްޗެއް ހެހެހް އިންތިހާބްވެސް އެއީތަފާތު ކަމެއް ރަސްމީ ނަތީޖާވެސްއެއީތަފާތު އެއްޗެއް. ދެންމީންއެއްވެސް އެއްޗަކާކަމަކާ ގުޅިލާމެހިފަ އެއްވެސް ނުވާނެބާ ؟. ޓިޔައީހާލުބުރިއަށް ތިމަރައެޅިބަގަ.

  13. ަިްްއައިންތު

    ގުޅިފައިވާ ކޯލިސަނުން ތަކުރާރު ކޮއް ބުނަމުން ދިޔައީ އިލެކްސން ކޮމިސަން ކަމުނުދާ ވާހަކަ އެކަމް ޕީޕީއެމް ކުދިން ދިނީ ބީރު ކަންފަތެއް ދެން މިހާރު ކީކޭ ބާ މިކިޔަނީ

  14. ފަޒާ

    މިއާލާތުންނަށް މަހުން މަހުން މުސާރަ ނުލިބެނީތަ؟ ކޮންގޮތަކަށްތަ މުއައްސަސާތަށް މިނިވަންވެފައި މިތިބެނީ؟ ކިހާބޮޑު އުނދަގުލެއްތަމީ؟ ކޮންމެގޮތަކަށްވިޔަސް ލާރިހޯދައިގެން އަނބިދަރިންނަށް ކާންދީފަ ތިއްތިހައްދާފަ ބައިތިއްބާތި! ތިޔަ ކެވެނީ އަލިފާން. އެދުވަހުން ވަރަށް ހޫނުވާނެ.

  15. ދެރަޤަބޫލުނުކުރާނެ

    އިންތިޚާބުގެ ތެރޭގައި ބުނެފައިވަނީ ދެރަ ޤަބޫލު ކުރައްވާނެ ކަމަށެވެ.

  16. ދިރާސާ

    މިއިންތިޙާބު ގައި ރިސްވަތުގެ މުޑުދާރު ކުލަ ވަރަށް ރަގަޅަށް ޖެހިފައިވޭ ؟؟؟؟!!!

  17. ތިއޮތީ އަބުރާ ބެހެވިފައެވެ.

    ދޮގުތުހުމަތާއި ވަގުބަދުނާމަކީ، މުންކަރާތަށް އަރައިގަތުމެވެ. މީގެކުރިންވެސް ކުރައްވާފައިވާ ކަމަކީ، މުޢައްސަސާތަކުގެ އަގުވައްޓާލުމެވެ. އަދި މިހާރުވެސް ތިޔަކުރައްވާ ކަމަކީ، މުޢައްސަސާ ތަކުގެ އަގުވައްޓާލުމެވެ. އޭރުވެސް އަދި މިހާރުވެސް ރައްޔިތުން ތިބީ ހަމަވިސްނުމުގައެވެ.