ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވިޔަސް އެސްއޯއީ ސްޓޭޓް އޮފް އިމެޖެންސީ (އެސްއޯއީ) ނުވަތަ ކުއްލި ކުއްލި ހާލަތު އިއުލާން ނުކުރެއްވޭނެ ކަމަށް ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
އެސްއޯއީ މިރޭ އިއުލާން ކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރެމުންދާއިރު ސުއޫދު ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅުވިޔަސް މިރޭ އެސްއޯއީ އިއުލާން ނުކުރެވޭނެ ކަމަށާއި އަދި ކޮމިޝަނާ އޮފް ޕޮލިސް ބަދަލުކުރި ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފުވެސް ހައްޔަރު ނުކުރެވޭނެ ކަމަށެވެ.
އީސީގެ ޝަރީފް ހައްޔަރު ނުކުރެވޭނެ ކަމަށް ސުއޫދު ވިދާޅުވެފައިވާއިރު އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ އޯޑިއޯތަކެއް ސޯޝަލް މީޑިޔާގައި މިހާރު ވަނީ ލީކުވެފައެވެ.
މި އޯޑިއޯގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި އެހެން ބަޔަކު ވާހަކަ ދައްކަމުންދަނީ ކޮށްފައިވާ ކަންތައްތަކެއް ބަޔަކަށް އެނގިގެން އެކަމާ ކަންތައް ކުރާނެ ގޮތަކާ މެދުގައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ އޯޑިއޯއެއް ލީކުވެފައިވާއިރު، ލީކުވެގެން އުޅޭ އޯޑިއޯއަކީ ޞައްޙަ އޯޑިއޯއެއްކަން އީސީގެ ރައީސް ޝަރީފް ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ޝަރީފް "އަވަސް" އަށް ވިދާޅުވެފައިވަނީ މި އޯޑިއޯއަކީ ރިޔާސީ އިންތިޚާބުގެ ވޯޓާ ގުޅުމެއްވާ އޯޑިއޯއެއް ނޫން ކަމަށާއި، މިއީ އިންތިޚާބުގެ ރަސްމީ ނަތީޖާއަށްފަހު ގާތް ރަހުމަތްތެރިޔަކާ ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.
ހަމައެއާއެކު ޝަރީފްގެ ގާތް ރަހުމަތްތެރިޔާއާ ދައްކާފައިވާ ވާހަކަތަކަކީ، ވޯޓް އޮޅުވާލީ ކަމަށްބުނެ ޕީޕީއެމްއިން ކުރާ ތުހުމަތުތަކާ ގުޅިގެން ރަހުމަތްތެރިޔާ އެ އިންޒާރުތަކަށް ބިރުން އުޅޭތީ އެކަމާ ބިރު ނުގަތުމަށް އެދި ދެއްކެވި ވާހަކަތަކެއް ކަމަށްވެސް ޝަރީފް ވަނީ "އަވަސް" ނޫހަށް ވިދާޅުވެފައެވެ.
މި ޚަބަރާ ގުޅިގެން ބަހެއް ހޯދާލުމަށް "ވަގުތު" އިން ތަކުރާރުކޮށް ގުޅުމުންވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވަނީ ފޯނު ބިޒީ ކޮށްފައެވެ. އަދި ކާކުކަން އެނގޭނެހެން މެސެޖް ކުރުމުންވެސް ޝަރީފް ފޯނަށް ޖަވާބު ދެއްވާފައި ނުވާކަން ފާހަގަކޮށްލަމެވެ.
ސުޢޫދުގެ ތިޔަ ވާހަކައިން ، ވޯޓް އޮޅުވާލާފވާާކަން ސާބިތުވެއްޖެ! މީގެކުރިން އަޙްމަދު ޝަރީފަށް އިންޒާރުދީފަ މިއަދު ތިޔަހުރީ އޭނަގެ ދިފާޢުގަ! ކުޑަކުއްޖާއަށްވެސް މިވަރުން އެގޭނެ ކަންތައްގަނޑެއް ހިންގައިފިކަން!
އަޅުގަނޑަކަށް ނޭގޭ އިސްއޯއެއް އިއުލާން ކުރާނެތޯ ނުކުރާނެތޯ ނޫންނަމަ އީސީގެ ރައިސް ޝަރީފް ފުލުހުން ހައްޔަރުކުރާނެތޯ ނުކުރާނެތޯ އެއް ސުޢޫދު!! އަޅުގަނޑަށް އެގޭހާވެސް އެއްޗަކީ އީސީގެ ރައިސް ޝަރީފްގެ އޯޑިއޯކަމަށް 100% ބެލެވޭ އޯޑިއޯއެއް މިވަނީ ލީކްވެފަ!! މިއޯޑިއޯގެ ހުރިހާ ތަފްސީލަކާއި އޯޑިއޯގައި އަނެއްކޮޅުން ވާހަކަ ދައްކާ
މީހަކީ ކާކުތޯއާއި މިހުރިހާ މަޢުލޫމާތެއް ޝަރީފް އެބަޖެހޭ ރައްޔިތުންނަށް ނިކަން ރަގަނޅަށް ސާފުކޮށްދޭން!! ސުޢޫދަކީ ގާނޫނީ ވަކީލެއް!! އަޅެ ސުޢޫދު މިކަމުގައި ދެކޭގޮތް
މީޑިޔާއަށް އަރާ ސާފުކޮށްދީބަލަ!!!
އޮޅުވައިލިވޯޓް ޞައްޙައެއްނުވާނެ! އަލުން ވޯޓްލަންޖެހޭނީ!!!1
މިވޯޓ އޮޅުވާލާފައިވާކަން ޔަގީން މިވީ ލީކުވި އޯޑިއޯއިން!! އިންތިޚާބު އަލުންޖެހޭނީ ބާއްވަން!!
މޮޔަވަނީ
އެއޮތީކޮށްފަ ދެން ސުއޫދު ލަލަލާ!
ޝަރީފް ތިއީ ރައިސްޔާމީން އެއްމެ އިތުބާރު ކުރެއްވި އަދި އެއްމެ އިހުލާސްތެރި ކަމަށް މިސަރުކާރު ޤަބޫލު ކުރި އެއް ބޭފުޅާ 5 މިލިއަން ރުފިޔާ އިހުލާސްތެރިކަމާއި ތެދުވެރިކަމަށްވުރެ އަގުބޮޑުވީދޯ ފައިސާއަށް އަމިއްލަ ނަފްސް ދޫކޮށްލީތަ ދިފަދަ ބޭފުޅަކު ކީއްވެ ފޯނަށް ޖަވަބު ނުދެނީ
އިދިކޮޅޭމެންގެ ބަސްމަގު ހުންނަގޮތުން މިހާރު އެބަހީވޭ ކަންތައް ގަނޑެއް ހިންގާފުއްހެން މެލޭސިޔާ އެކައުންޓަށް ޖަމާވި 56 މިލިއަން ޑޮލަރުގެ ފައިދާ ބައެއް ދިވެހި ދަރިންނަށް ކުރިދޯ
އިއްޔެ ސުޢޫދު ހުރީ ޝަރީފާ ދެކޮޅަށް. މިއަދު އޭނަގެ ދިފާޢުގައި ޝަރީފުގެ ދިފާޢުގައި ސުޢޫދު ނުކުތުމުން ޝައްކު ޔަގީނާ ގާތަށް ވެސް އެބަ އާދޭ.
ރައްޓެއްސަކާ ވާހަކަ ދެއްކީ އެކަމަކުކީ ސަރީފް ސަރ އޭ. ސަރީފް އަމިއްލަޔައް ތިއޮތީ ރަގަޅަށް ބެދި ހުސްވެފަ.
ޥަގުވޯޓު ވަގުރައީސް އޮޅު ާލިޥޯޓު ފޭރިގަން ވެރިކަން....
ހުސްނު ސޫދު ބޭނުން ވިޔަސް 380ާާ އ އެއޮތީ ޖައްސާފަ
މީނަމީ އަގުވެއްޓިފަހުރި މީހެއް
ފައިސާއަށް ދުނިޔެ ވިއްކާ ކައި ބޮއި ހަދާމީހުންނަށް ދެދުނިޔޭގައިވެސް އެކަން ދައްކަވާނެ.
މޑޕ ކިތަންމެ ބޮޑުމަންޒަރު ދައްކަން އުޅުނަސް ވާހެނެއް ހިޔެއްނުވެ. މި ފެށެން އުޅޭވެރިކަމުގެ ދައުރުފެށިގެން މިއަންނަނީ މިހާރުއްސުރެ ކައްޗައް. ހިޔެންނުވެ މިސީދާ ކުރެވޭނެހެން. އިންތިހާބު ވީރައީސް ގިނަސުވާލު ތަކައް މިހާރުވެސް ދެނީ ބީރުކަންފަތެއް މުޅިންވެސް އުޅެނީ މީޑިޔާ ސްޓަޓްހަދައިގެން ރައްޔިތުންގެ ފޯކަސް އަނބުރާލަން.
1. އިންތިހާބުގެ ފަހުން އެމްނެސްޓީ އިންޓަނޭސަނަލް އިން ނެރުނު ބަޔާނައް އަދި އަދައްދާންދެން އިންތިހާބުވި ރައީސްވެސް ނައިބު ރައީސްވެސް އެއްޗެކޭ ނުބުނެ.
2. މައުމޫން، ގާސިމް، ފާރިސް އަދި މުޅިން މިނިވަންނުވެ، މިކަމާބެހޭގޮތުން އިންތިހާބުވި ނައިބްރައީސް ވަނީ އިތުރުޕުޅު ހައްދަވާފަ
3. ރަސްމީ ނަތީޖާ ނުނެރެގެން މޑޕ އިން ތެޅުނީ މަރައްތެޅޭހެން - މީ ރައްޔިތުން ކޮންމެވެސް ދުވަހަކުން ކަންބޮޑެވާނެ ކަމެއް.
4. 4މަސް ވަންދެން ހިޔާ މަސްރޫއައް ފޯމު ހުސައަޅަން އޮތްއިރު ވަރައް ގިނަރައްޔިތުން އޮތީ ފޯމު ހުށައަޅަފަ، މިހެން އޮއްފަ އިންތިހާބުގެ ފަހުން ކުއްލިޔަކައް ބޮޑުސިންގާ ކިއުއެއް އެންމެ ފަހުދުވަހު ޖެހުނީމަ ބައަކު ރާވައިގެން ކުރާކަމެއްކަމައް ފާހަގަވެ
5. 21 ސެޕްޓެމްބަރުގަ ހައުސިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގަ އެއްވެސް ފަރާތަކައް ފްލެޓް ލިބުންކަމުގެ ލިޔުން ދޫނުކުރާކަމައް ބުނެ ހަބަރު ފަތުރާވަސީލަތް ހަގީގަތާ ހިލާފު ވާހަކަނުދެއްކުމައް އިލްތިމާސް ކުރި. މިހެން އޮއްވަ ކުއްލިޔަކައް ފޯމުލާން ބޮޑު ކިއުއެއް ހަދާ، ހަމަ އެދަނޑިވަޅު ބަެއެއްމީހުނައް ފްލެޓް ލިބޭނެކަމުގެ ލިޔުން ހަވާލުކުރާ ކަމައްބުނެ ބަޔަކު ހުށައެޅި ސަކުވާތަކެއް ބަލަން އިހައް މިކަން ހުއްޓާލުމައް އޭސީސީން އެންގުމަކަކީ ބަޔަކުބޭނުން ވާގޮތައް މިފްލެޓްތައް ބަހާލަން ވަގުތުހޯދަން މިވަގުތައް ހުއްޓުވާލި ހުއްޓުވުމެއް ކަމައް މިހިންގާ ކަންތައްތަކުން ވަރައްބޮޑައް އެބަބެލެވެ.
15،0000 ފްލެޓްގެ މަސައްކަތް ހުޅުމާލޭގަ މިހާރުވެސް އެދަނީ ބާރުމިނުގަ ކުރިޔައް، ބައެއް ޓަވަރުރައް އެހެރީ 16ބުރީގެ ކޮންކްރީޓް މަސައްކަތް ނިމި އެތަންތަނުގެ ފިނިސިން މަސައްކަތް ކުރިޔައްދަނީ، އަނެއްބައި ޓަވަރުތައް މީހާރު 8ބުރިއައް ސީޓްއަޅާ ނިމިއްޖެ.
ފެނިގެން މިދަނީ ރައްޔިތުންނައް ހަގީގަތް އޮޅުވާލަން ބަޔަކު ކުރާ މަސައްކަތް.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ ޓަވަރު ތަކަކީ ގަންނަ ތަންތަން. ފްލެޓް އަޅާފަ މެޑަމް ފާތުން އޮތީ އެކަމަނާ ބޭނުންފުޅުވި ބޭފުޅުންނަށް ދީފަ، އޭސީސީ އިން ބަލަން މާ ލަސްވެސް ވެފަ ހުރި ކަންތައް މިއީ. ތިބޭފުޅާ ތި ވިދާޅުވަނީ ފްލެޓް ނުހައްގުން ލިބިފަ ތިބި މަދު ބައެއްގެ ހައްގޭ މުހިންމީ ފްލެޓް ހައްގު ވެފަ ނުލިބި ތިބި ގިނަ މީހުނަށްވުރެން؟. އޭސީސީ އިން ޖެހޭނެ ނުހައްގުން ފްލެޓް ލިބުން މީހުން ގެ ފްލެޓް ތައް، ނަގާ ހައްގު ފަރާތްތަކަށް ނިޒާމުގެ ތެރެއިން ފްލެޓް ތައް ދިނުމަށް ބާރު އަޅަން، އެއީ ތިޔަ މިނިވަން މުއައްސަސާ ގެ ވާޖިބެއް. - އެއްވެސް ޕާޓީ އަކަށް ނިސްބަތް ނުވާ ޒުވާނެއް އަހުރެން މީ. އިންސާފައް އިންތިހާއަށް ލޯބި ވެސް ކުރަމު.
ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވިޔަސް އެސްއޯއީ ސްޓޭޓް އޮފް އިމެޖެންސީ (އެސްއޯއީ) ނުވަތަ ކުއްލި ހާލަތު އިއުލާން ނުކުރެއްވޭނެއެވެ. އެހެނީ، މިހާރު އެމަނިކުފާނުގެ ސިކުޑިފުޅު ރަނގަޅެއްނޫނެވެ.
މިހިރަސުއޫދޫ 1 ރުފިޔާއަށް މީހެއްގެ ހައްގެ ނިގުޅާގަނެފައިހުރި މީހެއްތީ
ސުއޫދަކަށް ނޭގޭނެ ކުރިންވެސް ވަނީ ކޮށްފަ މިހާރުވެސް ކުރެވޭނެ. ދެން ކޮށްފިތަ ބުޅާގަނޑެއްހެން ގެންދާނަން
ހެހެ. އަޅެ ވޯޓްލީ އައިޕެޑުންތަ އޮޅުވާލަން. ކަރުދާހުން އަތުލިޔުމުން ކުރިކަމެއް. ނަތީޖާ އޮޅުވާލަން ކޮށްފަހުރިކަމެއް ނިކަން ބުނެބަލަ. ވޯޓްފޮށިކައިރީގަ ތިބީ ހުސް ޕީޕީއެމް މީހުން. ބަލިވީމަ ބަލިގަބޫލު ކުރަން ދަސްކޮށްބަލަ
ސަރީފަކީ ވަރައް އިންސާފު ވެރި މީހެއް ކަމައް އަޅުގަނޑު ދެކެނީ ސަރީފު ނުކުރާ ކަމެއް ނަމަ އަވަހައް މީޑިއާ އައް އެއްބާރުލުން ދީ އެމައްސަލަ ތަހުގީގުކުރަން ފުލުހުންނައް ހުޝައަޅާ
އިންތިޚާބުގެ ނަތީޖާ އޯކޭ! ރައީސްވެސް އެއޮތީ ޤަބޫލުކޮށްފަ! އެކަމަކު މައްސަލައެއްއުޅޭނަމަ ބަލަންވާނެ! މިއަދު ، ޕީޕީއެމް ކާމިޔާބުކޮށްފަ މިކަހަލަ ކަންތައްތަކެއް ފެންމަތިވެއްޖެނަމަ އިދިކޮޅު ހިމޭނުން އޮތީސްބާ؟ ނޯންނާނޭކަން ކަށަވަރު! ތަންތަން ރޯކޮށްވެސް ހެދީސް!
އަހަރަމެންނަށް މާކުރިންވެސް އެނގޭ ތިމީހާއަކީ ގިނައިން އެޅިކޮޅަކަށް ދާނެ މީހެއްކަން.
މިސުޢޫދު އަނގަ މަޑުންލައިގެން ނުހުރެވިގެން އުޅުނު ގޮތހުންވެސް ހީވި ކަންތައްގަނޑެއް ރާވާހެން މިމީހުންގެ ނުބައި ރޭވުން މިއަށްވުރެ ބޮޑަށް ހާމަ ކޮށް ދހެހވާދޭވެ.
ޤާނޫނީ ޒިންމާއެއް އަދާކުރަންޖެހޭ ބަޔަކަށް ޤާނޫނާއި އެއްގޮތަށް ކުރެވޭ އަމުރުތަކަށް އެމީހުން ކިޔަމަންވާނެއެވެ. އެހެންނަމަވެސް ޣައިރު ޤާނޫނީ އަމުރަކަށް އެސްއޯ ފުލުހުން ތަބައަނުވާނެއެވެ. ކޮންމެ މީހަކު ހުއްޓަސް މޯލްޑިވްސް ޕޮލިސް ސަރވިސް ޙަރަކާތްތެރިވާނީ، ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ޙަޤީޤީ އިމުގެ ތެރޭގައެވެ. އެއީ އެކަކު ދެމީހަކު އުޅޭ ތަނެއްނޫނެވެ. އެއްވެސްތަނެއްގައި ނުބައި ނުލަފާ ކަންކަމުގެ މައްޗަށް އިއްތިފާޤެއް ނުލިބޭނެއެވެ.