ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ފާރިސް، އިބޫއާ މިއަދު ކުރެއްވިއިރު ޖަލުގައި ގިނަ ދުވަސްތަން ވަންދެން ހޭދަކުރެއްވުމަށްފަހު ހައިކޯޓުން ރޭގެ ވަގުތެއްގައި ވަނީ ކަފާލާތުގެ ދަށުން ފާރިސް މިނިވަން ކޮށްފައެވެ.

ފާރިސް އިބޫއާއެކު ބޭއްވި ބައްދަލުވުމުގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ކަފާލާތުގެ ދަށުން ފާރިސް އިއްޔެ މިނިވަންކުރީ ފާރިސްގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ އިސްތިއުނާފް މައްސަލާގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ކަފާލާތުގެ ދަށުން ފާރިސް ދޫކޮށްލާފައި ބެހެއްޓުމަށް އޭނާގެ ގާނޫނީ ވަކީލުން ހައިކޯޓުގައި އެދުމުންނެވެ.

ކަފާލާތުގެ ދަށުން ފާރިސް ދޫކޮށްލަން ހައިކޯޓުން އަމުރުކުރީ ކޯޓުން ކަނޑައެޅި ޝަރުތުތަކަކަށް ފާރިސް އެއްބަސްވެވަޑައިގެން ފާރިސްގެ ފަރާތުން 40،000 ރުފިޔާ ކޯޓުގައި ބެހެއްޓުމުންނެވެ.

ސަރުކާރާ އިދިކޮޅު ޕާޓީތަކުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ދިދައާއި ލޯގޯ ބޭނުންކުރި މައްސަލައިގައި ޝަހުސު އޮޅުވާލުމުގެ ކުށް ސާބިތުވާކަމަށް ނިންމައި 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ފާރިސް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގޮނާސަކް

    ދެން އަވަހަށް ކަޓެއް ނަގާފައި އިންޑިއާގެ ޖީއެމްއާރަށް އެއާރޕޯރޓް އާއި އެސްޓީއޯ ވިއްކާލާ އެއިރުން ހުންނާނީ ޕިޕިޕީ ޕުއްޕު ލެވިފައި އަދި ގައުމު ގެ މިނިވަން ކަން އިންޑިއާގެ ދަށަށް ގޮސްފައޭ މަމެން ބުނަން ނެތީމު ދޯ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް މޭކިންގް މީ ބްލަޝް ގޮނާ ސަކް ދޯ..

  2. މޮޅުމީހާ

    ފާރިސްއަށް ކޮންއެއްޗެއް އިގޭނީ ،، މައުމޫނުދައުރުގަ އަހަރެމެންގެ ރިފިޔާއިން މި ފާރިސްއަށް ހަރަދުކުރިއީރުގަ މިކަންނުވޭދޯ ވައްކަމަކަށް...

  3. ރައްޔިތުން

    މަރުހަބާ ފާރިސް

  4. ކަސަބު

    އެންދެރިމާގޭ ކައިރިއަށް އެމް.ޑީ.ޕީ މީހުން އެއްމައި ގޭމަތިން ލަކުޑީ ގަޑެއްވައްޓައި މީހުންތަކެއް ޒަހަމު ކޮށްލި ފާރިސް ބޮޑު ގުންޑާ ތިޔަހުރީ ރާއްޖޭގެ ވެރިކަމަށް އާދިފައި ލަދުހަޔާތްކުޑަ

  5. ޢަފްލާ

    މީނަ ކިތަށްމެ ފުއްޕާފަ އުޅުނަސް ވައްކަން ކުރި މީހުން ފަޅާއެރީ ދެން ގުދޯ ގުދޯ ނުކިޔާ ސިންގަޕޫރުގަ ރާބޮއިގެން ކާރު ދުއްވާފަ މީހެއްގެ ފުރާނަ ގެއްލުނީމަވެސް އަހަރެމެންގެ ބައިތުލް މާލުން މިސޮރު ސަލާމަތް ކޮހފަ މިހިރީ