23:29

މުޒާހަރާ މިރެއަށް ހުއްޓާލައިފި. މާދަމާ ރޭ ވެސް މުޒާހަރާ ކުރާނެކަން ވަނީ އިއުލާން ކޮށްފައި.

23:16

23:12

މުޒާހަރާގައި ބައިވެރިވަމުންދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން. މިހާރު 400 އަށް ވުރެ ގިނަ މީހުން މުޒާހަރާގައި އެބަތިބި.

23:11

23:03

ރައީސް ޔާމީން ވާހަކަފުޅު ދެއްކެވުން ނިންމަވާލެއްވުމަށް ފަހު އެސަރަހައްދު ދޫކުރައްވާ ވަޑައިގެންފި. އެސަރަހައްދުން ވަޑައިގަންނަވަމުން ރައީސް ވަނީ "ފުލުހުންނަށް ދަތިވާ ކަމެއް" ނުކުރެއްވުމަށް މުޒާހަރާގެ ބައިވެރިން ކައިރީ ވިދާޅުވެފައި.

23:02

22:57

ރައީސް: އަޅުގަނޑަކީ ރައްޔިތުންނަށް އިހްލާސްތެރި މީހެއް. އަދިވެސް ޤާނޫނާއި ހިލާފު ކަމެއް ނުކުރާނަން. ރައްޔިތުން ޤާނޫނާއި ހިލާފު ކަމެއް ކުރާކަށް އަދިވެސް ނުދަންނަވާނަން.

22:56

ރައީސް: ދިވެހިރާއްޖޭގެ ސިޔާސީ ކަންކަން ބަދަލުވެގެން ދިއުމަކީ ކޮށްފައި ހުރި ކުށެއް ނުކުރާ ކަމަކަށް ވާނެ ކަމެއް ނޫން.

22:55

ރައީސް: އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންނަށް ގަބޫލު ކުރެވޭ މިންވަރަށް ޖަވާބު ދާރީވެވެންދެން ހައްޤުގެ މަގުގައި އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތް ކުރަމުން ގެންދާނަން.

22:47

22:41

ރައީސް: ހިނގަން އޮތް މަގުން އަޅުގަނޑުމެން ހިނގާނަން.

22:41

ރައީސް: އިންސާފު ހޯދަން ޕީޕީއެމް އިން ކުރާ މަސައްކަތް އަޅުގަނޑަކަށް ނުހުއްޓުވޭނެ.

22:39

ރައީސް: ހަޑިމުޑުދާރު ކަންކަން އިލެކްޝަންސް ކޮމިޝަނުން ސާފުކޮށްދެއްވަން ޖެހޭ. އަޅުގަނޑު ވަރަށް ދެރަވޭ މުއައްސަސާތަކަށް މިފަދަ ކަންކަން ވަމުންދާނަމަ. ވިޔާނުދާ ކަންކަމަށް ޖަވާބުދާރީ ވާން ޖެހޭނެ. ގެއްލުން ލިބުނީ އަޅުގަނޑުމެން ކަމަށް ވާތީ އަޅުގަނޑުމެން ޖެހޭނެ މިކަން ޖަވާބު ދާރީ ކުރުވާން.

22:37

ޕީޕީއެމްގެ މުޒާހަރާގައި ރައީސް ޔާމީން މިހާރު ގެންދަވަނީ ވާހަކަފުޅު ދައްކަވަމުން.

22:31

ޕީޕީއެމް އިން މުޒާހަރާ ކުރަމުންދާ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަޑައިގެންފި.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ހައްޔަރު ކުރަން ގޮވާލާ ވެރިކަން ކުރާ ޕީޕީއެމްގެ ސަޕޯޓަރުން މިރޭ މުޒާހަރާ ކުރަމުން އެބަގެންދެއެވެ.

މާލެ އަށް ވާރޭ ވެހެމުން ދާއިރު، ވާރޭގެ ތެރޭގައި ތިބެގެން ޕީޕީއެމް ސަޕޯޓަރުން މުޒާހަރާ ކުރަމުން ގެންދަނީ ބޮޑުތަކުރުފާނު މަގު އާޓިފިޝަލް ބީޗް ކައިރީ ހުންނަ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ. މުޒާހަރާގައި ދެތިން ސަތޭކަ މީހުން ބައިވެރިވަމުން އެބަގެންދެއެވެ.

މުޒާހަރާގައި ބައިވެރިވަމުންދާ އެއްބަޔަކު ކުޑަ ނަގައިގެން ތިބިއިރު، ވިއްސާރަ ކޯޓު ލައިގެން ވެސް ގިނަ ބަޔަކު އެބަތިއްބެވެ.

މުޒާހަރާގައި ބައިވެރިވަމުންދާ މީހުން ގޮވަމުން ދަނީ "ވޯޓް ވަގު" ހައްޔަރު ކުރުމަށެވެ. މުޒާހަރާގައި ޕީޕީއެމް އަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މަޖިލިސް މެންބަރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވަމުން އެބަގެންދަވައެވެ.

ޝަރީފް ހައްޔަރު ކުރަން ޕީޕީއެމް ސަޕޯޓަރުން ގޮވާލަމުން ދާއިރު ޝަރީފްގެ އޯޑިއޯއެއް މިއަދު ވަނީ މީސް މީޑިއާގައި އާންމު ވެފައެވެ.

އާންމު ވެފައިވާ އޯޑިއޯގައި ކާކުކަން ނޭނގޭ މީހަކު ފުރަތަމަ ބުނަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކައަކުން ވަރަށް ބިރުގަންނަ ކަމަށާއި، ރައީސް އެމީހަކަށް މެސެޖެއް ނުކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ޖަވާބުގައި ޝަރީފް ވިދާޅުވީ އެވާހަކައެއް ޝަރީފް ކައިރީގައި ދެއްކީ ކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކްރަމް ކަމަށެވެ.

އޯޑިއޯގައި ދެން ދައްކަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އާ ގުޅިގެން "ނުބަޔެއް" ހަދައިގެން އޯޑިއޯގައި ދެވަނައަށް ވާހަކަ ދައްކާ މީހާއަށް މީހުން ބަވާތީ އެކަމާ ކަންބޮޑުވާ ވާހަކައެވެ. އަދި އެކަންކަމަށް ކަނބޮޑުނުވެ އެކަމާ ސުވާލުކޮށްފިނަމަ "ނުދެނަހުރި" ކަމަށް ހެދުމަށް ޝަރީފް އެމީހާ ކައިރީގައި ބުނާއަޑު އޯޑިއޯއިން ވަރަށް ސާފުކޮށް އިވެޔެވެ. އަދި މިކަމުގެ ތެރެއަށް ނުވެއްދުމަށް އިތުރު މީހަކު މި އޯޑިއީގައި ބުނާއަޑުވެސް އިވެއެވެ. ބެލެވޭ ގޮތުގައި އެއީ ކޮމިޝަނުގެ އިތުރު މެންބަރެއްގެ އަޑެވެ.

ޝަރީފް ވަނީ އެއޯޑިއޯ އަކީ އެޑިޓް ކޮށްފައިވާ އޯޑިއޯއެއް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަލީ

    ޢަދިވެސް ބަލި ގަބޫލު ނުކުރަންވެގެން ސްޓަންޓް ޖައްސަނީ

  2. Haha

    25 މީހުން ފެންނަނީ 300 މީހުންގެ ގޮތުގަ؟

  3. ނައުބެ

    "ގިނަ މީހުން" ނޯ. ފޮޓޯ ލާންވީންނު ތިހާ ގިނައިއްޔާ

  4. ހސ

    ހޫނ ޕީޕީއެމްެެއަށް ނުލިބުނީމަ އެ ވޯޓު ވަގު ކިޔަމުން ދުވަންވީ.... ޕިންކީން މައިތިރިވެ ތިބޭ...

  5. Anonymous

    ޝަރީފު ޕީޕީ އެމްގަ ގަދަކުރި މަގުން ޕީޕީ އެމްއަށް ވަދެފަތިބީ ހުސް އެމް.ޑީޕީ މީހުން

  6. Anonymous

    ލާދީނީ ބައިގަނޑޫ. ހާދަ ވަރެއް ތިވަނީ. ކިނބޫ ކިހާވަރެއް ކަލޭމެން ނަށް ދީގެން ތިކޮމެންޓުކުރަނީ

  7. ޕިންކް ފްލާވަރ

    ބަލަ އެހެންމީހުން ހައްޔަރު ކުރިގޮތަށް ހަމަ ޝަރީފް ވެސް ހައްޔަރު ކުރަންވީނު. ގައިމު އަދީބާ ނާޒިމް ހައްޔަރުކުރީ ޔާމީނުމެން މުޒާހަރާޔަށް ނުކުމެގެނެއްނޫަން. ދެން އެހެންވީއިރު ޝަރީފް ތިކުރިކަމަކުން ތިމަޤާމް ގެއްލުނީ. އެހެަންވިއްޔާ އެ ދެމީހުންނަށްވުރެ މާބޮޑު ކުށެއްނު ޝަރީފް އެކުރީ. ދެން އަވަހަށް ސިފައިންނާ ފުލުހުން ފޮނުވައިގެން ޝަރީފް ހައްޔަރު ކުރަންވީނު. އަދި ވަންނައިރު ޝަރީފް ނިދަން އޮންނަ ކޮޓަރީގެ ދޮރުފަތް ހަލާކުކޮށްލަންވެސް އަންގާތި އިގޭ. އަދި އެއްވާހަކަ. ޝަރީފް ހައްޔަުކޮށްފާ މިރޭ ޕީޕީއެމް އޮފީހުން ޚަލީލް ލައްވަ ޝަރީފްގެ ޙުކުމްވެސް ސްޕްރީމް ކޯޓްގެ ނަމުގަލިޔުއްވާފަ ބާއްވާ. މާދަމާ ހުކުމް އިއްވަންވާނެ. ޓެރަރިޒަމްގެ ކުށުގައި އިގޭ 17 އަހަރަށް

  8. ހެކި ނުލިބޭ

    ޝަރީފު ހައްޔަރު ކުރެވޭނެ ޤާނޫނީ އެއްވެސް ހަމައެއް ތިޔަކަމުގެ ތެރެއިން ނުހޯދޭނެއެވެ. ވަގުތީ ނަތީޖާއަށް ފަހު ދާއިމީ ނަތީޖާގެ ކުރިން އެއްވެސް ޝަކުވާއެއް ސުވާލެއް ބަޙުޘެއް ނުއުފެދޭ

  9. މަގުއޮޅިފައިވާ ޙިމާރެއް

    ޕީޕީއެމުގެ މިސާލަކީ، މަގުއޮޅިފައިވާ ޙިމާރެއްގެ މިސާލެއްނޫނެވެ. ޕީޕީއެމުގެ މެންބަރުންގެ ޙައްޤުތަތަކަށް ޕީޕީއެމުގެ ވެރިން އިޙްތިރާމް ކުރަންޖެހޭނެއެވެ.

  10. އ.ޖ.އ

    އަސްލު ސައިޒު =
    50=4000÷200000