އިންޑިއާގެ ގައުމީ ސަލާމަތް ވިސްނުމުގައި ބަހައްޓައިގެން، ރާއްޖޭގެ ކަންކަމަށް އަންނަ ބަދަލުތައް ވަރަށް ގާތުން ބަލަމުންދާ ކަމަށް އިންޑިއާ ސަރުކަރުން ބުނެފިއެވެ.

އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ "ރާޖަޔާ ސަބާ" ގެ މެމްބަރުން ކުރިމަތިކުރި ސުވާލަކަށް ދެއްވި ޖަވާބުގައި އިންޑިއާ ސަރުކާރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓާނަލް އެފެއަރޒް ވީކޭ ސިންހް ވިދާޅުވީ، އިންޑިއާގެ ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ރާއްޖޭގައި ހިނގަމުންދާ ހުރިހާކަމެއް އިންޑިއާ ސަރުކާރުން ބަލަމުންދާ ކަމަށެވެ.

"އިންޑިއާއިން އަބަދުވެސް އެދެނީ ދިވެހިރާއްޖެއަކީ ހަމަޖެހުން ގާއިމްވެފައިވާ، ސުލްހަވެރި އަދި ފާގަތި ގައުމެއްގެ ގޮތުގައި އޮތުމަށް" އިންޑިއާ ސަރުކާރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓާނަލް އެފެއަރޒް ވީކޭ ސިންހް ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ހިނގަމުންދާ ކަންތައްތައް އެމެރިކާވެސް ހިމެނޭގޮތުން އިންޑިއާއާ ގާތް އެކުވެރި ގައުމުތަކާއެކު ބަލަމުންދާ ކަމަށްވެސް ސިންހް ވިދާޅުވެފައި ވެއެވެ.

މިދިޔަ ފެބްރުއަރީމަހުގެ 22 ވަނަ ދުވަހު ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތަކާ ގުޅިގެން ބަޔާންތައް ނެރުމުގެ ބަދަލުގައި މަޝްވަރާކުރުމަށް އިންޑިއާއަށް ގޮވާލާފައިވެސް ވެއެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކާ ގުޅޭގޮތުން އިންޑިއާ ސަރުކާރުން ޝާއިއުކުރައްވާ ޕްރެސް ސްޓޭޓްމަންޓްތަކާ މީޑިއާތަކަށް ދެއްވަމުން ގެންދަވާ މައުލޫމާތު ދިވެހި ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އާދަޔާ ހިލާފު އަމުރު ތަންފީޒު ކުރުމަށް އަދި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކުރުމުން އެހާލަތު ވަގުތުން އުވާލުމަށްވެސް އިންޑިއާ ސަރުކާރުން ގޮވާލިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުދު ޖަގިޔާ

    ރާއްޖޭގައި ކުއްލިހާލަތު އިޢުލާން ކުރުމަކީ އިންޑިޔާގެ ސަލާމަތަށް އޮތްނުރައްކަލެއްބާ!

  2. އާއ އިންޑިޔާ އާއި އެމެރިކާ އަކީ އެއްވެސް މައްސަލައެއް ނެތް އިންސާފުވެރި ޤައުމުތަށް ވިއްޔަދޯ. ތިމާމެންގެ ގުދު އޮތްވަރު ނޭނގި އެހެންމީހުނަށް ގުދޯ ގޮވުން މި މީހުންގެ ކަމަކީ

  3. ޑޭންޖުރެސް

    ރާއްޖެ އާއި މެދު އަލިފުދާލުން ފިޔަވަޅު އަޅަންއޭ ކިޔާ އެމެންނަށް ބޮޑު ވަރަށް ވެސް ކުރެވޭނީ އެއީ ޔޫރަޕް އަށް ބައެއް ދިވެހި ވިޔަފާރި ވެރިން ދަތުރު ކުރުން ހުއްޓާލުމޭ މަމެންނަށް މާ ބޮޑަށް ރަނގަޅު އެކަން އެގޮތަށް ހިނގައިފިނަމަ. އެއިރުން ދެން ޔޫރަޕްގެ ބޭންކްސް ތަކުގައި އެމެން ބަހައްޓާފައިވާ ހުރިހާ ފައިސާ އެއް ދެން ޗައިނާ އަދި ސިންގަޕޯރ އަދި މެލޭޝިއާ ބޭންކްސް ތަކަށް ޖަމާ ކޮށްލެވޭނެ ނޫންތޭ. އެއިރުން ހުންނާނީ އެމެންނަަށް ރަނގަޅަށް އަލާފިލާފައި ދޯ. އެއިރުން ދުވަސް ކޮޅަކުން ޔޫރަޕް ހޭރިގަންނާނެއޭ އެމެންގެ އިގްތިސާދު ދަށަށް ދާތީވެ. ނަތީޖާ އަކީ އަލިފުދާލުގެ ހިއުމެން ރައިޓްސް ކަމިޝަނަރަކަށް ހުރި ބޮޑޭ ގެއަށް ކަނޑާލަން ޖެހުމޭ. އެއިރުން މާ ތާހިރެއް ނުވާނެ އެއް ނޫންދޯ. ދިސް އަލިފުދާލު އިޒް ދަ ފީގުދާން ދޭ އާރ ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ ދޭ އާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް.. ހޭއް ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް...

  4. މަހަށްދޭބަލަ

    އަލިފުދާލަށް އެއްވެސް ދަތި ކުރުމުގެ ފިޔަވަޅެއް ނޭޅޭނެއޭ މަމެންގެ ގައުމާއި ދެކޮޅަށް އެއީ އިދިކޮޅު ރަންރީނދޫ ޓްވިޓަރޭ މެން ފަތުރާ ޕްރޮޕެގެންޑާ އޭ އެއީ ދަ ހޯކްސް ސްޓޯރީ އޭ ސަރުކާރުން އަދި ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް 6 މަސް ދުވަހަށް ދަންމާލަންވީއޭ އެއިރުން ދެން އަލިފުދާލަށް އިނގޭނެ އެމެން ނަށް ވުރެން މޮޅަށް ޕޮލިޓިކަލް ސައެންސް ދަންނަނީ މަމެން ކަން. ގައުމު ތަކުގެ ދާޚިލީ ކަންކަމަށް ބޭނިގަތުމުގެ އެއްވެސް ރައިޓެއް ނޯންނާނެއޭ އަލިފުދާލަށް ވެސް އަދި އީޔޫ އަށް ވެސް އަދި އިންޑިއާ އަށް ވެސް އަދި އެމެރިކާ ވެސް ތަމެން ތިޔާ އުޅެނީ ކުޑާ ކޮށް ސައިޒު އޮޅިގެންނޭ މިފަހަރު ތަމެންނަށް ރަނގަޅަށް ސައިޒު ދައްކާލާނަމޭ މަމެން. އަޅެ ކެެރެންނާ އަޅާލަބަލަ އަލިފުދާލުން ފިޔަވަޅެއް އޭގެ ބަދަލު ގައި މަމެން މާލޭގައި ހުރި އަލިފުދާލުގެ އޮފީސް އިމާރާތާއި ބިން ސަރުކާރަށް ނަގާނަމޭ. އެއިރުން ހުންނާނެ ދޯ ރަނގަޅަށް ރާކަނި މަސްކެވިފައި އދ.އަށް. އދ. މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ. މަހަށް ދޭބަލަ...

  5. މުޑުދާރު ނަޖިސް ބުޑިސްޓުން. ޖެހުނު ކޮންމެ އެއްޗަކައް އަޅުކަން ކުރާ ނަޖިސް ބައެއް

  6. ބުނަން ރަގަޅު ވާހަކަ އެއް. 3 ނޮވެންބަރު ގަ މާ ހެޔޮ އެދޭ ބަޔަކަު ކަމުގަ ހެދިގެން މި ރާއްޖެ އަޅުވެތި ކުރަން މިއަދާ ހަމައަށްް މަސަތްކަތް ކުރީ.
    ވައްޑެ ސަރުކާރު އައި ހިސާބުން އިންޑިޔާގެ ކުޅިބައިސާ ފަޅާއަރަމުން މިދަނީ.
    ރައީސް ޔާމީނާ ވެސް މިމީހުން ވިއްދާލައިގެން މި ތެޅި ބޭލެނީީ މަލިކު އަޅުވެތި ކުރިހެން ރާއްޖެއިން ބައެއް ހިފަން ކަން އިނގޭ އަހަރުމެން ރައްޔިތުނަށް

  7. ކިތަންްމެވަރަކަށް އިންޑިއާ ގާތުންނާއި ދުރުން މިގައުމަށް ބަލަމުންދިއަޔަސް މިގައުމުގެ ގާނޫނާއިޚިލާފަށް އެއްވެސްކަމެއް ކުރުމުގެ ފުރުސަތެއް މިގައުމުގެ މިހާރުގެ ސަރުކާރުން އެއްވެސް ފަރާތަކަށް ނުދޭނެ އަދި ގައުމާއި ރައްޔިތުންގެ ދިފާއިގާ ގާނޫނީ އިމުގެތެރެއިން ސަރުކާރުން ކަންތައް ކުރަމުންދާނެ، އެހެން ގައުމަކުން މިގައުމު ހަމަމަގަށް އަޅުވަންޖެހޭނެ އެއްވެސްކަމެއް ނުހިގާެިއިރު ތިޔައީ މިގައުމުގަ ތިބި ވެރިކަމަށް ދަހިވެތިވެގެންއުޅޭ މަދުބަޔަކު އެމީހުންގެ އަމިއްލަ އެދުމެއް ހާސިލުކުރުމަށް އިންޑިއާ ބައިގަނޑަކަށް ރިޝްވަތުދީގެން ހިންގާ ޖަރީމާއެއް، ﷲއިރާދަކުރެއްވިއްޔާ އެފަދަ ނުބައިމީހުންގެ ނުބައި ޢަމަލުތަކުން މިގައުމު ސަލާމަތް ކުރައްވާށި އާމީން، ޖީއެމްއާރް އެއާޕޯޓް (އަހަރުމެންގެ އެއާޕޯޓް)ވެސް އަނބުރާ އަހަރުމެންނަށް ލިބުނުގޮތަށް

  8. އިންޑިޢާ ބެހިބަލަ ގެރީގެ ޕަރޓުސް ތަކާ މިގައުމަކާ ނުބެހެވޭނެ ބޮލިހިލަންދާންވީނުންތޭ.

  9. ކަލޯމެންގެ ސަލާމަށް ކަލޯމެން ވިސްނާވަރަށް އަހަރެމެން އަހަރެމެންގެ ސަލާމަތަށްވެސް ވިސްނާނެކަން ނޭނގެނީ އަޅެފަހެ ތީ ބުރާންތިން ތަކެއް ވީމަބާއޭ ހިތަށްއަރަތީ ހަމަ ބުނެލީ..

  10. ވަޑާންކަށި ރިޔާޒް

    އިންޑިޔާއިން ވެސް ބޭނުންވަނީ ރާއްޖޭގެ ބޮޑުބަޔެއް ފޭރިގަންނަން، ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އޮތުމަށް އިންޑިޔާ ނޭދޭ، އަހަރުމެންވެސް މިދަނީ ކަލޭމެންގެ ގައުމުގަ ހިންގާ ނޭއްގާނީ ކަންކަން އާދަޔާއި ޚިލާފަށް ވަރަށް ގާތުން ބަލަމުން