ރިޔާސީ އިންތިޚާބުގައި ރައްޔިތުން ރައީސް ޔާމީނަށް ދިނީ 96000 ވޯޓް ކަމަށް މިއަދު ގަބޫލު ނުކުރެއްވޭ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕީއެމް އޮފީސް ކައިރީގައި ކުރިއަށްދާ މުޒާހަރާގައި ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ މިހާރު ލަފާކުރެވޭ ގޮތުގައި 96000 ވޯޓަކީ އެމަނިކުފާނަށް ލިބުނު މިނިމަމް ވޯޓްގެ އަދަދު ކަމަށެވެ. ނަމަވެސް އަދިވެސް އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ހަމަ ހަގީގަތުގައިވެސް ހިތާ ހިތާ އެބަ ސުވާލު ކުރަން ޖެހޭ މިއީ ހަމަ އަސްލުވެސް އަޅުގަނޑުމެންނަށް ލިބުނު ވޯޓްހެއްޔޭ؟ މިތަނުގައި މި އިވޭ ޝުއޫރަކީ މިއީ. ހަމަ ހަގީގަތުގައި ވެސް އަޅުގަނޑަށް ގަބޫލު ކުރެވޭ މިއަށް ވުރެ ގިނައިންނޭ އަޅުގަނޑަށް ވޯޓް ލިބޭނީ. އީސީއިން ވަކި ގޮތަކަށް މި މައްސަލައިގައި ޖަވާބު ދޭން ޖެހެންދެން އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް އެބަ ގެންދަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ދެން ކަންތައް ކުރައްވާނެ ގޮތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް ނަތީޖާ ގަބޫލު ނުކުރަނީކީ ނޫން. އަޅުގަނޑަކީ އެންމެ މީހެއް. އަޅުގަނޑުމެންގެ ލީގަލް ޓީމުން އެބަ މަސައްކަތް ކުރައްވާ. އަނެއްކާ މިތަނުން މި ފެންނަނީ ރައްޔިތުންގެ އިހުސާސް. އެހެން ވީމާ މިކަމުގައި އަޅުގަނޑަށް ދެން ދެވޭނީ އާންމު މެންބަރުންގެ އިހުސާސްތަކާ އެއްގޮތަށް އަޅުގަނޑަށް ކުރިއަށް ދެވޭނީ،" ރައީސް ވިދާޅުވިއެވެ.

ޕީޕީއެމް އިން މިހާރު ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެތުހުމަތުތަކަށް ބާރު ލިބޭ އޯޑިއޯއެއް މިއަދު ވަނީ މީސް މީޑިއާގައި ލީކް ކޮށްލާފައެވެ. ލީކް ކޮށްލާފައިވާ އޯޑިއޯގައި ވާހަކަ ދައްކަވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އެހެން މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

 1. ހސ

  ހީހީހީީ

 2. ހސ

  ހޫނ އެއަށްވުރެވެސް މަދުންހެން އަޅުގަނޑަށް ހީވަނީ....

 3. ބުރިޖު ސަޅި

  އާއެކޭ މަނިކުފާނަށް ލިބުނީ 96052 ވޯޓޭ ބަލަގަ 96000 ލިބުނުކަމަށް އަހަރެންވެސް މިހެންވެ ގަބޫލެއް ނުކުރަން ?

 4. ޓަކުރު

  ރައްޔިތުން ދިނީ 90 ވޯޓު މީހަކު މޮޔަވިޔަސް ތަންފުކެއް ބޮޑުވަރު

 5. ޙުުދު

  ޙޫން ރައިސް ޔާމީން މޮޔަފުޅު ވީތޯ?

 6. Anonymous

  އިދިކޮޅޭމެން އެވަރަށް މުޒާހަރާ އަށް ނިކުތުމުން އެނގިއްޖެ އޭރު ވެސް ހޭވުނުހަޑި ފަޅާއަރާފާނެތީ ބިރުން ތެޅިފޮޅެނީކަން

 7. ޕިންކް ފްލާވަރ

  ޕޮއް ޔާމީނޫ ދެން ހަމަ ޕޮއް. ތިޔާވީ ފެއިލް ދެން އަމުދުން ތިޔަ ފެށިކުޅިވަރުން އަހަރެމެން ދެން އޮތް ތަންކޮޅޫވެސް އަތުލައިފިން. ދެން ހުރޭ އަދުރޭ ތެޔޮބިޑި ގޮވައިގެން ވެހޭ ފެނުގައި ތުރުތުރު ލާން މަވާ ސަލާމް

 8. ޚިޔާލު

  ޔާމީނަށް ވޯޓްދިން މީހުން ސޮއިކޮށް ޕެޓިޝަނެއް ހުށހަޅަން ފެނޭ

  • މުހައްމަދު

   ޕެޓިޝަނުގަ މަށެއް ސޮޔެއް ނުކުރާނަން... ވޯޓް އެއީ ސިއްރު އެއްޗަކަށް ވާތީ.....
   ސަލާމް..

 9. ނަޝް

  އަޅެ ވެރިކަމާއި ހެދި މޮޔަވިޔަސް މީ ބޮޑުވަރު ދެން......

 10. މޮޔަފުޅުވީތޯ

  ނަތީޖާ ޤަބޫލުކޮށް ބަލައިގަތުމަށް ފަހު، ދެންދައްކާނެ އިތުރު ވާހަކައެއް ނޯންނާނެއެވެ.

 11. ޑޮންޑޮން

  އޯ ޕްލީޒް...

 12. ލަލަލާ

  މިއޮތީވާ ވެރިކަމެށް

 13. ހެޔޮ އެދޭ

  މީވެސް ވަރަށް ވާހަކަ.

 14. ހޮޔާލީ

  50ހަކަށްމީހުން މުޒާހަރާކުރީމަ އެއީ ރައްޔިތުންގެ އަހުސާސޯ. މުޒާހަރާއައްދިޔަ ،ޯހުންގެ އިތުރަށް 2000 ވޯޓު ހިބަކޮށް ދިނަސް ޔާމިން ވާނީ ބަލި.. ދެން ޓާޓާ

 15. ކަނޑި

  ޔާމީނު ހަޑިނުހާވާތި. މިފަހަރު ޔާމީނަށް މަގޭވޯޓުނުދިނީ މައުމޫނު ޖަލަށް ލީމަ. ފުރުސަތު ލިބުނިއްޔާ ދެންފަހަރަކުން ވޯޓުދޭނަން.

 16. ިސސ

  ރައްޔިތުންގެ އިހުސާސް ފެނިއެގުނީ 23 ސެޕްޓެމްބަރ ގަ.މިރެއަކު ނޫން.ރައީސް ޔާމީނޫ މޮޔަނުގޮވާ.ޕީޕީ ކުދިން ވޯޓުލާ މަރުކަޒައް ލީމަ މަސްކާށި ކެވިއްޖެން.ލިޔަންކިޔަން ނޭގުނަސް ހެޔޮ ޕީޕީ ވެއްޖެއްޔާ.ތިއޮޅުނީ އެހެންވެ.ލޮލް....

 17. އަފްރާސިމް

  ޔާމިނަށް ލިބުނީ 45000 ވޯޓު ޔާމިނު ތިދައްކަނީ ރަންގަޅު ވާހަކަ.

 18. ޣެން

  މިފަހަރު މަށަކަށް ވޯޓް ލާން ނުދެވުނު، އެކަމަކު ވޯޓް ބާތިލް ކޮށްފިނަމަ ޔާމީން އާ ދުކޮޅަށް ވޯޓް ލާން ތައްޔާރަށް މިހުރީ.

 19. އަސްލު ނަތީޖާ

  ކާކުތަ ބުނީ ޔާމީނަށް ލިބުނީ 96000 ވޯޓޭ؟ 96000 މީހުންނާއެކީއޭ ޖަލަށްލާންޖެހޭނީއޭ ކިޔާފަ 96000 އޭ ކިޔަންފެށީ ޔާމީންގެ މެންބަރު ފަލާހު. އީސީ އިން އިއުލާން ކުރީ 96052 ކަމަށް، އަހަރެމެން އެންމެންވެސް މިކިޔަނީ 96052 ކަމަށް.

 20. ކާސިމް

  މިނިމަމް އަދަދާއި މެކްސިމަމް އަދަދު އޮވޭތޯ އިންތިހާބުގައި. އަންދާޒާކުރުންތަކުގައި އޮންނަ އެއްޗެއް އެއީ ދެއްތޯ؟

 21. ވަގުކަލޭގެ

  ރޔާމީނަކަށް އަސްލު 50000 ވޯޓްވެސް ނުލިބޭނެ.. ވަގު ހަދާގެން ލިބުނު 96000 ވޯޓްތީ.. ތިހިރީ ވޯޓުންތަޅާ ބަލިކޮށްފަ.. ދެން ހުރޭ ވެރިކަމަކާ ގާތްވެސް ނުވެވޭނެ..

 22. ބަލާތި

  މަމެންނަށް ޔަގީން އެމެންނަށް 60 ހާސް ވޯޓް ނުލިބޭނެ ކަން މަމެންނަށް ޔަގީނޭ ވޯޓް ކަރުދާހުގައި ނަމްބަރު 1 އާއި ދިމާލުގައި ޖަހާ ފާހަގަ ފުހެވެނީ ދެން ވޯޓް ކަރުދާސް މަތީގައި އަތް ކާއްތާލާއިރު ނަމްބަރު 2 ގައި އިންނަނީ ރަނގަޅު ފާހަގަ އެއް މީ ވޯޓް ކަރުދާހުގައި ހަދާފައިވާ ވަގަކީ އިލެކްޝަންސް ކަމިޝަން އާއި ވޯޓް ކަރުދާސް ޗާޕް ކުރި ތަނާއި ދެމެދު ޑީލް ހަދައިގެން މިކަން ކަމަކީ އެއީ ބަލަން ޖެހޭނެ ކަންކަން..

 23. ރާއްޖެ

  އީސީ އިން ވޯޓްގެކަންކަން ހިނގައި ދިޔަގޮތުގެ
  ސާފ މައުލޫމާތު ހާމަކުރުމަށް ގޮވާލަން އަދި
  މިކުރެވޭ ތުހުމަތު ތަކަށް ޒިއްމާދާރު ކަމާއި އެކު
  ޖަބާދާރީ ވުމަށް ގޮވާލަން.

  • އެޑަމް

   ތުޙުމަތު ކުރެވެންޏާ ކޯޓަށް ގޮސް ހުށަހަޅާބަލަ...

 24. ޟާޖިދު

  96000 އެއް ނޫން ތަންކޮޅެއް އިތުރު

 25. ޒީނާ

  ތަސައްވަރު ނުފުރޭ ކުދިން އަސާސީ ކުލާހަކައް ދުރުވޭ، ހާއްސަކޮއް ދާއިމީ ނަތީޖާ ގަބޫލު ނުކުރާ ކުދިން، އަބޫޖަހުލުު އެންމެ ފަހުވަގުތުވެސް ބުނީ، ސިހުރޯ، ދެން

 26. ޒީ

  މަށަށް އޮޅިގެން ނަމަވެސް ވޯޓު ލެވުނީ ޔާމީނަށް. ދެނެއް އޮޅިގެންވެސް ޔާމީނަކަށް ނުދޭނަން. ވޯޓުން މަކަރު ހަދާ އޮޅުވާލާ ވާހަކަ ތިބޭފުޅާ ނުދެއްކީއްޔާ ރަނގަޅު ވާނީ.

 27. ޒީ

  މަނިކުފާނެއް ކަމަކު ވެރިކަމާހެދި ތިޔަ މޮޔަފުޅު ވަނީ. ތީ ހާދަހާވާ ވަރުގަދަ ކަމެކޭ ތިވެރިކަމަކީ ދޯ؟ ލިބިއްޖެ މީހަކު އުމުރު ހުސްކުރަން ބޭނުން ވަނީ ތިކަމުގަ ވީއްޔާ.

 28. ަިާަކްރިމިނަލް

  ނޫނޭ ނޫނޭ މަނިކްފާނުގެ ވޯޓު ވިއްޔާ ވާނި މަދު. ހިންގަވަން ތިއުޅޭ ޖަރީމާތަކަށް ދިވެހި ރައްޔިތުން ތިބީ ތައްޔާރަށް. ގަޟާ ގަދަރަށް އީމާންވޭ. އަމިއްލައަށް ބަލި ޤަބޫލުކޮށް މުޅި ޕާޓީން ކަހަލަ ގޮތަކަށް އާ އިންތިޚާބީ ރައީސަށް ތަހުނިޔާކީ ސިއްރުންތޯ. ފާޅުގައި ހިންގަމުން ތިދާ ޖަރީމާތައް އެއްކައުވަންތަ އިލާހަކު ބައްލަވާ ވޮޑިގެންވޭ. އެ އިލާހަށް ބިރުވެތިވޭ. އެ އިލާހުގެ ކޯފާއަށް ބިރުވެތިވޭ! ވައްސަލާމް

 29. ފަތަރަންޖީ

  ޔާމީނު ތިހެން ބުނީމާ ފިސާރި ރަނގަޅަށް މަބަލާލާފިން ވޯޓްތައް. ބެލިއިރު ޔާމީނަށް ލިބިފައި މިއިންނަނީ 134704ވޯޓް. އިބޫއަށް ލިބިފައި އިނީ 134705ވޯޓް. އެހެންކަމުން އިބޫއަށް 1ވޯޓް ގިނަ. ޔާމީނުބުނީމު އެއްވޯޓުންވެސް ނަތީޖާ ބަދަލު ވާނޭ. މިއޮތީ 1 ވޯޓުން ނަތީޖާ ބަދަލުވެ ރައީސްކަމަށް އިބޫހޮވިފާ. ދެން ކުރެވޭނެކަމެއްނެތް.

 30. ސާބިތުހެކި

  ސާބިތު ނުހިފޭ ކަމެއްގެ މައްޗަށް ދެކެވޭ ތިޔަޒާތުގެ ވާހަކައެއް މިރާއްޖޭގެ ރައްޔިތުން ބަލައެއް ނުގަންނާނެއެވެ. ސޮރީއެވެ.

 31. ވަގުކަލޭގެ

  ލިބެންވާ ވަރަށް ލިބިފަ އެއޮތީ

 32. ގުލްނަވާ

  އަސޭލާ ބުނީތަ އެހެން . ލޮލް.

 33. ަރައްޔިތުމީހާ - އަޅެއް ނޫން

  ދެން ނަތީޖާ ގަބޫލުކޮށް އަވަހަށް ވެރިކަމުން ފައިބާ! ވެރިކަމާ ތިހާ ބޫތުކާފަ ހުރިއެއް ކަމަކު ރައްޔިތުންގެ ނިންމުން ވަރަށް ރީތިކޮށް އެ ފެންނަނީ! އަވަހަށް ފައިބާ!!

 34. ހަސަދު

  ދެން އިނަތިޚާބެއް ބާއްވައިފިއްޔާ އެވަރުވެސް ނުވާނެ.

 35. މިއާ ޚަލީފާ

  ކަލޯގެ އިޚްލާސްތެރިން ކަލެއަށްދިނީ ތީގެ ދެބައިކުޅަ އެއްބައި... ބާކީ އެއި ބިރުދައްކައިގެންނާއި ލާރި އޮއްސައިގެން ދަމައިގެން ބައި.. ދެން ލަލަލާ...

 36. ާައުމީ

  ވެރިކަން ނުުލިބިގެން އަނެއް އުކުޅު ދޯ ޖައްސަން ތިއުޅެނީ ޔާމީނޫ...... ލަދް