އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ލިބެންދެން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕީއެމްގެ އޮފީސް ކައިރީގައި ބާއްވަމުންދާ އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ މާދަމާ ރޭ ވެސް މާލެ އާއި އަތޮޅުތެރޭގައި އިހްތިޖާޖް ކުރަން ޖެހޭ ކަމަށެވެ.

ޖަޒުބާތުތައް މަޑުކުރެވޭ ވަރުގެ ޖަވާބެއް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ދެއްވަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އޯޑިއޯ ކްލިޕްތަކުގައި ހުރި ވާޙަކައިން އެނގޭ (އިލެކްޝަންސް ކޮމިޝަނަށް) ނުފޫޒު ފޯރާފައި ހުރި ކަން ހަމަ ހުރިހާ ރައްޔިތުން ނިންމާނެ ދެއްތޯ. އެއީ ރައީސް ޔާމީން އެކަނި ނިންމާނެ ކަމެއް ނޫން. ހުރިހާ ރައްޔިތުން ވެސް އެ ގޮތަށް ނިންމާނެ. މީހަކު ގޯހެއް ހަދަން ދެން އަޅުގަނޑު ގަބޫލުކުރަނީ އިޚްލާސްތެރިއެއް ކަމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ މެންބަރުންނަކީ "މިގޮތައް އުޅޭ ބައެއް ނޫން" ކަމަށެވެ. ނަމަވެސް މުޒާހަރާ އަށް ނިކުންނަން ޖެހުނީ ބަޔަކު ގޯސްތަކެއް ހަދާފައި ވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ ޕީޕީއެމް އިން އަބަދުވަސް ހިނގާނީ ކަންކުރަން އޮންނަ މަގުން ކަމަށާއި، އިލެކްޝަންސް ކޮމިޝަނާއި ޕީޕީއެމް އިން ބައްދަލުކޮށް ކަންތައް ވެފައިވާ ގޮތް އޮޅުން ފިލުއްވާނެ ކަމަށެވެ.

"އަޅުގަނޑަކީ ރައްޔިތުންނަށް އިހްލާސްތެރި މީހެއް. އަދިވެސް ޤާނޫނާއި ހިލާފު ކަމެއް ނުކުރާނަން. ރައްޔިތުން ޤާނޫނާއި ހިލާފު ކަމެއް ކުރާކަށް އަދިވެސް ނުދަންނަވާނަން." ރައީސް ވިދާޅުވިއެވެ.

ޕީޕީއެމް އިން މިރޭ 23:30 ހާއިރު ވަނީ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ނިންމާލާފައެވެ. ނަމަވެސް މާދަމާ ރޭ ވެސް މާލޭގައި މުޒާހަރާ އޮންނާނެކަން ވަނީ އިއުލާންކޮށްފައެވެ.

ޕީޕީއެމް އިން މިރޭ މުޒާހަރާ އަށް ނިކުމެ، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފްގެ އިސްތިއުފާ އަށް ގޮވާލާފައި ވަނީ ޝަރީފް ރިޔާސީ އިންތިޚާބާއި ބެހޭ ގޮތުން ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯއެއް ލީކް ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

 1. ހަޖަމްނުވި ވޯޓު، ލޮލް ???

 2. އަހުމަދު

  ނުވާނެތިކަމެއް.

  • މީހުން

   އިންތިހާބު ހައްގީ ޔާމީން އަށް...

   އިންތިހާބު އިބޫ އަށް ހައްގެއް ނޫން....

   އެމްޑީޕީ މީހުން ނައްތާލާ........

 3. ވަހީދު

  އިއްބެއަށް ވެެރިކަން މާގިނަ ދުވަހު ނުކުރެވޭނެ ކަމުގެ ހެއްކެއް މިފެންނަނީ.

 4. ޟނޖ

  2013 ވަނަ އަހަރުގެ އިންތިހާބުގަވެސް ރައްޔިތުންނަށް ޖެއްސީ މިދުއްޕާން.ރައްޔިތުންގެ ނިއްމުމަށްއިޙްތިރާމްމު ނުކުރިޔަސް ތީބޮޑުވަރު.

 5. ޙަހަ

  ????????

 6. Anonymous

  ނިކުންނާނަން ރައީސް ނިކުންނާނަން!!!

 7. ހަހަހަ

  ކަލޯގަޔާ. މިހާރު މުޒާހަރާކުރުންވެސް އޯކޭ.???

 8. ބަންގާޅު އަނބިސޮރު

  ކަލޯ ޔަމީނާ ތިޔަ ގޮތަށް ތިޔަ ގޮވަނީ ކަލޯ ބުނީމު ގައިމު ދަރުބާރު ފެކްޝަނަކީ މަގުމައްޗަށް ނުކުންނަން ދަންނަ ބަޔެއްނޫނޭ. ޕީޕީއެންގެ ތިތިބަ ދެބޯގެރިތަށް ގޮވި ދެން މުޅިރާޢްޖޭން އިވޭނީ މުޒާހަރާއޭ. ބަލަ މިހިރަބީތާޔާ. މަދަރުސާތަކުގެ އިމްތިހާނު ފެށީ މިއަދު ތިޔަގޮވަނީ މުޒާހަރާޔަށް . ހާދަބޮޑަކަށް ރައްޔިތުންނާ ޒުވަނުންދެކެ ތިޔަ ލޯބިވަނީ. ތިޔަހުރީ ގެރެންޓީ ހަމަވެފަ. ހަވަރު އެބަތައްޔާާރުވަން ގެރެންޓި ހަމަވި އެއްޗެހި އުކާލާން. މިފަހަރު އުކާލާނީ އެންމެއުސް އިމާރާތް ތަކުގެ ފުރާޅުމަތީން.

  • މީހެއް

   ހަހަ އެންމެ އުސްކޮށްހުރީ 25 ބުރީގެ ހޮސްޕިޓަލް..

 9. ވޯޓްވީޓޯ

  ވާނެ މިކަން ، ނިކަން ބަލަންތިބޭ ވާކަން ދައްކާލާނަން . އަލުން ވޯޓްވެސްލާނަން.

 10. ހަ ހަ.

  ތިޔަ ކިޔާ މުޒާހަރާއަށް ނުކުންނާނެ ދިވެއްސަކު ނުވާނެ. ޗައިނާ ކުދިިންކޮޅެއް ގެންނަންވީނުން މުޒާހަރާ އަށް. ބަލި ޤަބޫލުކޮށްފައި އެކަންވެސް ކުރެވުނީ އޮޅުމަކުންތާ

 11. ޏުބުނާނަން

  ހަޖަމްnuvi ވޯޓު

 12. އަމީން

  ތީތި ކަޑަ، މޮޔަނުވޭ، މަގޭގެވެސް ގައުމު

 13. މުހައްމަދު

  އަވަސްކުރޭ. ޝަރީފު ގައްޔަރު ކުރޭ....

 14. ޑޮންޑޮން

  މަށެއް ނޫޅެން.

 15. ރާގީ

  މުޒާހަރާ ކުރުމަކީ މަނާކަމޮ

 16. ކެރޭ އަބްދުﷲ

  އިތިހާބު ބާތިލް ކުރޭ. އިތިހާބުގައި ވަނީ ވައްކަންކޮފަ. އިތިހާބު ބާތިލް ކުރާނަން.

  • ދިވެހިކުއްޖާ

   ނޫން ނުލެވޭނެ! ބާތިލެއްވެސް ނުކުރެވޭނެ! ހަމަ ތެޅިތެޅި ތިބެން ޖެހޭނީ! ޕޮއް

 17. ޕިންކީ

  ވާނެމިކަން......

 18. ޙަސަނު

  ޙަސަނަށް ކެޔޮގަނޑު ކަނޑާލިހެން ހީވީ ނޫންބާ؟

 19. ޠާހިރު

  ޜަންބުއްދި ވެއްޖެ ހަމަރަގަޅައްވެސް

 20. ބީތާ

  ހެހެހެހެ ? ހަޖަމު ނުވި އިންތިހާބު

 21. _-_

  ޝުކުރިއްޔާ ރައީސް ޔާމީން....!

 22. މުހައްމަދު

  ފުރަތަމަ އިންތިހާބު އޮޅުވާލި ކަމައްއެއްބަސްވީ އެމް.ޑީ.ޕީ

 23. ނާނަ

  އިންތިހާބު އަލުން ބޭއްވިޔަސް ހަމަ ވާނީ ބަލި ކަލޯ.....ތިކަމަނޫޅެ އެހެން ކަމަކާ އުޅެންވީނު..ހަހަހަހަހަހަ

 24. ހައްގުބަސް

  ވޯޓުން ވައްކަން ކުރި ޝަރީފް ރައްޔިތުންނަށް ޖަވާބުދެންދެން ފަހު ފުރާނަޔާ ޖެހެންދެންވެސް މުޒާހަރާ ކުރަން ނިކުންނާނަން ވަރަށް ސާފް

 25. ޙަަނަ

  ????ހަމަހަމަހިނިއަންނަނީ ބަލިގަބޫލުކޮބަލަ

 26. މައޯކޭ

  އިންތިޚާބްގެ ސައްހަ ކަމާމެދުސުވާލުއުފެދޭ. އެއްވެސްފަރާތަކުން ރައްޔިތުންނައް އޮޅުވާލާ ހީލަތްހަދައިގެން ނުވާނެ. އެހެންކަމައްވާނަމަ އެނުރަނގަޅު އަސަރުކުރާނީ ހަމަ މިދިވެހިގައުމާ މިގައުމުގެ ރައްޔިތުންފިޔަވާދެންއެހެންބަޔަކުނޫން ކަން ތިޔައިންކޮންމެފަރާތަކުންވެސްރަންގަޅައްދަންނަންޖެހޭނެ. އިންތިޚާބީ މައްސަލައެއްފެންމަތިވެއްޖެކަންކަށަވަރު .މައްސަލަބެލެންވާނެ.

 27. ދިވެހިން

  ހުރިހާފަރާތަކުންވެސް އިޚްލާސްތެރިކަމާ އެކު ރައްޔިތުންނައް ނަމޫނާ ދައްކަވައިދެއްވުމައްގޮވާލަން.

 28. މމޕރސ

  ކަޑަ?

 29. ބަލާތި

  އިންތިޚާބު ބާތިލްކޮށް، ދެފުށް ފެންނަ އިންތިޚާބަކަށް ދާން ޖެހޭ ކަމަށް އަލީއާރިފު މެން ބުނާއިރު ތިޔާ މައްސަލަ ކޯޓަށް ނުވައްދައިގެން އުޅެނީ ކިއެއްވެތޭ އަނެއްކާ އެންމެ މަތީ ދެކޯޓް މިހާރު އެވަނީ އެމެން ސުޕާރީ ދީގެން ގަނެފައޭ އެއޮތް ދަނީ ނޫންތޭ ކަފާލާތުގެ ދަށުން ދޫކުރަމުން ދެން ބޮޑު ސޭޓް އެމެންނަށް ދޭނެ މިލިއަނުން މާރކްސް މަމެންނަށް ވެސް ދެވޭނެ ނޫންތޭ އެމެންނަށް މިިލިއަނުން މާރކްސް އެއިރަށް ނިމުނީ . އައި ސްކްރެޗް ޔުއަރ ބެކް ޔޫ ސްކްރެޗް މައި ބެކް

 30. އޯގާ

  ޢެކަކު އަނެކަކައް ފުރައްސާރަ ނުކުރޭ... ކޮންމެކަމަކީވެސް ނިމުމެއް ވާކަމެއް.. އަހަރުމެންގެ ރަޢީސް ކޮއްދެއްވި ރަނގަޅު ކަންތައް ބަލައިގަނޭ، ކުރި ވައްކަންތައް ބަހައްޓާ މިވަގުތައް. ޢެކަމައްވެސް ޝަރީޢަތް އޮންނާނެ.

 31. އައްޔަ

  އަލުން ވޯޓް ލާން ޖެހުނަސް ހޮވާނީ އިބޫ.....

 32. ރައްޔިތުން

  މަނިކުފާނުގެ ތިހެން ގޮވިއެއްކަމަކު ތިކަން ކުރާނެ އެއްވެސް ހިއްވަރެއް މި ރަށްރަށުގައި އުޅޭ ބަޔަކު ކިބައިގާ ނެތް މީތި އެއްކޮށް އަތަށް ގޮވިއިރުވެސް މަނިކުފާނަށް ނޭގުނީމާ ހަމަ އަޅެ މޮޔަ ހީނުވޭތަ؟

 33. ރައްޔިތުން

  ރައީސް ކުރި ތިއަމުރަށް ތަބާވާނެ ބަޔަކު މި އިން ރަށަކު ނެތް

 34. ނަންރީތި

  އިންތިޚާބުގައި މައްސަލައުޅޭ! ހަމަގައިމުވެސް މާކުރަތު ސްޕޯރޓްސް ކުލަބަށް 3 ލައްކަރުފިޔާ އެމް.ޑީ.ޕީން ދިންކަމަށް އެކުލަބުން ވާހަކަދެއްކި މީހަކު ބުނި.

  • އޭނަ

   4000ް/- އައިޑީްކާޑް ގަންނަން އައީ އެމް.ޑީ.ޕީ އަކުން ނޫން. ހަމަ ޔާމީންގެ މީހުންތައް އައީ

 35. ހަމްދޫނު

  ތިޔަ މުޒާހަރާއިން ވާނެ ފައިދާއެއްނެތް. ވާނީ ގެއްލުން. މިހާރު ލިބިފައިހުރި ސަޕޯޓުން ބައެއް ގެއްލޭނީ. އިންތިޚާބު ބާތިލެއްވެސް ނުކުރެވޭނެ. މުޒާހަރާނުކުރިއަސް މައްސަލަ ކޯޓަށް ވެއްދޭނެ. ކޮންމެހެންއިހްތިޖާޖެކޭ ކިޔާ ހަޅޭފަށްލާކަށް ނުޖެހޭނެ. ތިކަހަލަ ކަންތަކުން ޔާމީނުގެ އަގު އިތުރަށް ވެއްޓުން ނޫންކަމެއްނުވާނެ.

 36. ބަަކަރި ރައޫފު

  ބޮލު ރޮދި ކެނޑި ތަވީދު ގެެއްލުނީ.

 37. މޯދީ

  2008 ގަ ވެރިކަމައް އައީވެސް ވޯޓުން ވައްކަންކޮއްގެން،2018 ގަ ވެސް މިވައްކަން ކޮއްފި. ހަގީޤީ ވަގުންނަކީމި އމޑޕ ވައއކަންކޮއްގެން އަންނަ ބަޔަކު ވައްކަންކުރާނެވަރު ނިކަން ވިސްނަވާބައްލަވަ.

  • މަ

   ބަލަގަ 2013 ވަނަ އަހަރު ވޯޓުން ވައްކަންވެސް ކުރީ ކަލޭމެނޭ.. މި ފަހަރުވެސް ކުރަން އުޅުނީ ހަމަ ކަލޭ މެނޭ.. އެކަމަކު ނުހޮވުނީމަ ނަން ވަނީ އެމްޑީޕީ.... އަރަތެއް!!!

 38. ޒަރީ

  ބަލަ އަހަރަމެންގެ މީހުން ބައިތިއްބާގެން ކުރިކަމަކަށް ކޮންމުޒާހަރާއެއްކުރާކަށް

 39. އަޖޭ

  ކަލޯ ޔާމީނޫ ކަލޭ މަހަށް ދޭ..

 40. އެޑަމް

  ދައުލަތުގެ އެންމެ އިސްވެރިޔާ ނިކުމެ ދައުލަތާ ދެކޮޅަށް މުޒާހަރާ... ކެކެ

 41. ފދ

  އަހެރެމެން ނުނުކުންނާނަން މަނިކުފާނު ބަލިގަބޫލުކޮށް ހުރިހާސަކަރާތެއްޖަހާފަ ކިތަންމެ އަޑައްބާރުލާފަ ގޮވިޔަސް ހިރުވާތަން ކަހާވެސްނުލާނެ

 42. ހޯރަބޭ

  އަނެއްހަކަންތައްޖެހުނީ ބަގާވާތްނުކުރީޔާރަގަޅުވާނީ ދެންވެސްމަޑުންހުރޭ ކޮންދިންކަންކަމަންވުރެ ކުރެވިފަހުރިކަންކަންމާގޯސް ވަރަންސަލާމް

 43. ޣައްދާރު

  މިޤައުމަށް ޤައްދާރުވަމުންދާ އެންމެންގެ ކިބައިން މިޤައުމު ސަލާމަތް ކުަރައްވާށެ. އާމީން ޔާރައްބު....އަޅުގަނޑު މަރާލިޔަސް ހޭ ހުއްޓާ ޔާމިނަށް ވޯޓެއް ނުދޭނަން.

 44. ޔޯލަ

  މިއަތޮޅު ހުރިހާ ރަށަކުން މީހުން ތިބީ މުޒާހިރާ ކުރަން ޖެހުަނަސް ނިކުމެ ކުރަން. މާލެއަރަން ޖެހުނަސް ދާން ރެޑީ...

 45. އޭލެވެލް ހަދާ ދަރިވަރެއް

  މިދުވަސް ކޮޅުކުރާ މުޒާހަރާގެ ސަބަބުން ކިޔެވުމަށް ދަތިވުމަކަށް އަޅުގަނޑެއް ނޭދެން.
  12 11 10 ގެ އެތައް ދަރިވަރުންނެއް އަޅުގަނޑެކޭ އެއްފަދައިން މިދުވަސްވަރު އިމްތިހާނު ހަދާނެ.

 46. ޝަރީފު

  ވޯޓުލުމާ، ވޯޓްގުނުމާ، ނަތީޖާ އިޢުލާނު ކުރުމާ މިހުރިހާ ކަމެއް ހިނގާ ނިމިފައިވަނީ، އެންމެންގެ ކުރިމަތީގައެވެ. އޮޅުވާލުމުގެ އެއްވެސް ފުރުޞަތެއް އެއްވެސް މީހަކަށް މުވައްޒަފަކަށް ވެރިޔަކަށް ނުލިބޭގޮތަށެވެ. އޮބްޒާވަރުންނާއި މޮނިޓަރުން މިކަމަށް އެއްބަސްވެއެވެ. ކުރިމަތިލާފައިވާ ދެކެނޑިޑޭޓުންވެސް ލިބިފައިވާ ނަތީޖާގެ މައްޗަށް އެއްބަސްވެ، އިޤްރާރުވެއެވެ. އެޙާލަތުގައި އިތުރު ނަތީޖާއެއް ނެރެން ވެއްޖެނަމަ، ދާންޖެހޭނީ ކޯޓަށެވެ. ކޯޓުން ބޭރުގައި ދައްކާއެއްވެސް ވާހަކައަކުން އަދި ކުރާ އެއްވެސް ކަމަކުން އިންތިޚާބުގެ ނަތީޖާއަށް އެއްވެސް އަސަރެއް ނުފޯރާނެއެވެ.