ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލް ކުރަން ވެރިކަން ކުރާ ޕީޕީއެމް އިން ގޮވާލައިފިއެވެ.
އިންތިޚާބު ބާތިލް ކުރަން ޕީޕީއެމްގެ ފަރާތުން ގޮވާލެއްވީ ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފެވެ.
ޕީޕީއެމްގެ އޮފީސް ކައިރީގައި ކުރިއަށްދާ މުޒާހަރާއެއްގައި އަލީ އާރިފް ވިދާޅުވީ އިންތިޚާބު ބާތިލްކޮށް، ދެފުއްފެންނަ އިންތިޚާބެއް ބާއްވަން ޖެހޭ ކަމަށެވެ.
އިންތިޚާބުގެ ނަތީޖާ ބާތިލް ކުރަން އަލީ އާރިފް ގޮވާލެއްވި ނަމަވެސް މިރޭގެ މުޒާހަރާގައި ރައީސް ޔާމީން ވިދާޅުވީ "ޕީޕީއެމް އިން ހިނގާނީ ހިނގަން އޮންނަ މަގުން" ކަމަށެވެ.
ރައްޔިތުން އުފައްދާ ސުވާލުތަކުގެ ޖަވާބު ހޯދަން އިލެކްޝަންސް ކޮމިޝަނަރ ޕީޕީއެމް އިން ބައްދަލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ރައްޔިތުން ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިހާރު ލަފާކުރެވޭ ގޮތުގައި 96000 ވޯޓަކީ އެމަނިކުފާނަށް ލިބުނު މިނިމަމް ވޯޓްގެ އަދަދު ކަމަށެވެ. ނަމަވެސް އަދިވެސް އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ހަމަ ހަގީގަތުގައިވެސް ހިތާ ހިތާ އެބަ ސުވާލު ކުރަން ޖެހޭ މިއީ ހަމަ އަސްލުވެސް އަޅުގަނޑުމެންނަށް ލިބުނު ވޯޓްހެއްޔޭ؟ މިތަނުގައި މި އިވޭ ޝުއޫރަކީ މިއީ. ހަމަ ހަގީގަތުގައި ވެސް އަޅުގަނޑަށް ގަބޫލު ކުރެވޭ މިއަށް ވުރެ ގިނައިންނޭ އަޅުގަނޑަށް ވޯޓް ލިބޭނީ. އީސީއިން ވަކި ގޮތަކަށް މި މައްސަލައިގައި ޖަވާބު ދޭން ޖެހެންދެން އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް އެބަ ގެންދަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމް އިން މިހާރު ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެތުހުމަތުތަކަށް ބާރު ލިބޭ އޯޑިއޯއެއް މިއަދު ވަނީ މީސް މީޑިއާގައި ލީކް ކޮށްލާފައެވެ. ލީކް ކޮށްލާފައިވާ އޯޑިއޯގައި ވާހަކަ ދައްކަވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އެހެން މީހެކެވެ.
ޖަލަށްދާން ބިރުގަތީދޯ!!! ހެހެހެ
ޖަލަށްދާން ޖެހިއްޖިއްޔާ ޖަލަށްވެސް ދާނެ!! އެކަމަކު އޭގެ ކުރިން އޮޅުވާލި ވޯޓް ސާފުކޮށްދޭން އެބަޖެހޭ!! ޝަރީފުމެން ހިންގި ވިޔާނުދާ ޢަމަލު ސާފުކޮށްދޭންޖެހޭ!!!
އިންތިހާބު ބާތިލްކުރޭ!
އިންތިހާބު ބާތިލެއް ނުކުރެވޭނެ. ޢެއް އަހަރު ދުވަހަށް މަހައް ދޭބިއަދޯ! ނޫނީ ކޮންމެވެސް އެހެން ކަމަކައިގެން ދުވޭ..ހިނި އައްނަނީ
ޢަލީ ޢާރިފޫ ކަލޭ ތިހުރީ ހަމަ ރަގަޅަށް ވެރިމޮޔަ ވެފަ. އެއްކަލަ ފައިސާ ގޯނި ހަދާންވަނީ ދޯ. ތިބުނަ ކަމެއްނުވާނެ. ދެން ލަލަލާ
މަދަނީ ކަންކަމުގައި އިޢުތިރާފުން ރުޖޫޢަ ނުވެވޭއިރު، ނަތީޖާ ޤަބޫލު ކުރުމާއެކު އޮންނާނީ، އިންޞާފު ލިބިފައެވެ. މިހާރު ތިޔަކުރަނީ ބޯރަނގަޅު މީހުން ނުކުރާ ޒާތުގެ ކަންކަމެވެ.
ނަތީޖާ ގާބޫލުކުރީ އެއްވެސް އޮޅުވާލުމެއް މަކަރެއް ހަދާފައި އޮތްކަމަށް އޭރު ގަބޫލުކުރެވުމުން!! އެކަމަކު އޭގެފަހުން ގިނަ ކަންތައްތަކެއް ހާމަވި އަދި ވޯޓާ ގުޅޭގޮތުން އިލެކްޝަން ކަމިޝަނަރު ވަރަށް ބޮޑެތި ކަންތައްތަކެއް އޮޅުވާލުންތަކެއް ހިންގާފައިވާކަން ދޭހަވާގޮތަށް އޭނާގެ އަޑުކަމަށް ބެލެވޭ އޯޑިއެއްވެސް ވަނީ ލިބިފަ!! މިކަހަލަ ގިނަ ކަންތައްތަކެއް ފެންމަތިވީމަ މިކަން ހިނގާދިޔަގޮތް ބަލާދޭން ނުވަތަ ހާމަކޮށްދޭން މި އެދެނީ!! މިއީ ޖަލަށްލާފާނެތީ ހީކަރުވައިގެން އުޅެނީކީ ނޫން!!!
ފެނޭތަ
ދެން ޖެހޭނި ހަފުއް ދައްކަން..
ޕީޕީއެމް ނޫން ޕާޓީއަކަށް ވެރިކަން ލިބިގެން އިންސާފަކަށް ނުވާނެ ކިހާ ދެރަކަމެށް، އައިބީ ކަލޭތީ ވާނުވާ ނޭންގޭ މީހެއް ހަހަހަހާ އައިބީ އިހްސާން ލައްވާ އަދި މޮޅުތަކެއް ވާނެކަމަށް ކެންޕޭން ކުރީމަވެސް އިތުރު ލަދެއް ގަންނަން ޖެހުނީ.....
އިންތިހާބާ ހަމައަށް ކޮން ބައެއްބާ އިލެކްޝަން ކޮމިޝަން ހިސޯރުކޮށްގެން އުޅުނީ؟
އަޅުގަނޑު 2 ކަށް ވޯޓު ދިނީ އޭތި މައްޗަށް އަރާނެއޭ ބުނީމަ. އަރަމުން އަރަމުން ގޮސް 1 ކަށް އަރާނެކަމަށް. އެކަމު ނޭރިދޯ. ޔާނުބޭއަށް ދިންވޯޓޭ އެ ގެއްލުނީ. މިގޮތަށް ކަމަށް ވާނީ ތިހާ ގިނަ ވޯޓު ތި ގެއްލުނީ
ބަލިގަބޫލުކުރޭ. ރައީސް ނަޝީދުވެސް ވިދާޅުވަނީ ކާމިޔާބުގައި ހިތްތިރިކޮށް ނާކާމިޔާބުގައި ހިތްވަރުގަދަކުރަން. އެހެންވެ އެމްޑީޕީ ކުދިންގެ ހިތްވަތުގަދައީ އެމީހުން ކިތައް އިންތިހާބުގައިތޯ ބަލިވީ ތިފާޑަކަށް ނޫޅޭ. ޔާމިން ވެސް އެމްޑީޕީ ކައިރިން ޑިމޮކްރެސީ ދަސްކުރަންޖެހޭ. ޙުދުމުހުތާރު ކޮމިއިނިސްޓް އުސޫލްތަޢް ދޫކުރަންޖެހޭ. ކިތަންމެވަރަކަށް ނިކުމެ ހަޅެެއްލެވިޔަސް ކުރާނެކަމެއްނެތް. 134000 މީހުން ގެ ހައްގުވެސްވޭ. މެޖޯރިޓިއަށް ތަބާވާން ދަސްކުރަންޖެހޭ.
އެހެންތަ. މޑޕ ކުދިން މުޒާހަރާ ނުވެސް ދަނޭ ދޯ. ބަޔަކު ނިކުމެ ބާޣީ ބާޣީ ވެސް ނުގޮވާ ދޯ. މޑޕ އޭ ބުނީމާ ހަމަ މަޑުމައިތިރި ގޭގަ ތިބޭ މައުސޫމް ބައެއް ދޯ ބޮލަށް ވެސް އެންމެ ފުރަތަމަ ވަންންނީ
ބަލަ އިންތިޚާބުގެ ނަތީޖާ ގަބޫލްކުރި ފަހުން ވޯޓުން ވައްކަން ކުރިކަން ފަޅާ އެރީމަވެސް އެމްޑީޕީން ޖަހާނެ ސަކަރާތެއް ޖަހަން ދޫކޮށްގެން ތިބެން ވީތަ؟ ވަގަކު ހާދަ ދުވަހަކު ވައްކަން ކުރާ ފަހުންނޭ ފަޅާ އަރަނީ އެހެން ވީމަ އެއް ނޫންތަ ބުނަނީ ވަގަކަށް ހާސް ދުވަސް ވެރިޔާއަށް އެއް ދުވަހޭ. ނޫން ނަމަ ފުރަތަމަ ދުވަހުން ފަޅާ އަރާނެ އެއް ނޫންތަ
ހާދަ ހުތުރޭ މި ރައީސޫ އެއުޅޭގޮތް
ވީނުވީ ނޭނގި ކުއްލިއަކަށް މަރުވި މީހުންނާ، ގެއްލުނު މީހުންގެ ޢާއިލާތައްވެސް އެތިބީ ކެތްތެރިކަމާއި އެކު. މިއަދާހަމަޔަށްވެސް އެމީހުންނަށް އިންސާފް ނުލިބުނު، އިންސާފުވެރިވެފަ އިންސާފް ހޯދަން މަސައްކަތްކުރޭ.
މިދިޔަ އިންތިޚާބުން ގިނަ ބާތިލު ވޯޓުތަކަކީ މެޑަމްގެ އަގޮޓި ކޮޅު ވޯޓް، ވޯޓް ވޯޓް ވޯޓް
ތިމަރަބޯ ލައްވާ ބަޣާވާތް ކުރުވައިގެން ވެރިކަން ފޭރިގަތީތާ. ހުރި ނުބައިކަމެއްގެ ބޮޑުކަމާއެވެ.
އިންތިހާބުގެ މައްސަލަ އުޅެންޏާ ސަކުވާ ހުށަހަޅާނީ، ބާޠިލްކުރާވަރުގެ ކަމެއް އޮތިއްޔާ ކޯޓަށް ހުށަހަޅައިގެން ޘާބިތުކޮށްދީ.. މަގުމައްޗަށް ނިކުމެ މުޒާހަރާކުރާނީ އޭގެފަހުން
މިހާރު ވެރިކަމާހެދި މޮޔަވާ މީހުން ފެނޭތަ؟
ޢަސްލުވެސް މިފަހަރު ވޯޓުލީދުވަހު އަހަރެމެންއާއްމުންނަށް ވެސްފާހަގަކުރެވޭ ބައެއް ކަންކަން ފެނިގެންދިޔަ އެހެންއަހަރުތަކާޚިލާފަށް ވޯޓުލާފަޢައިސް ބައެއްފިރިހެްކުދިން ކިއުއަށް އަލުން ވަނުމާއި ކިޔުގަތިބެފަ ކިއުފަޅާފަ ގޮސްވޯޓުލިއުންފަދަ ކަންކަން ފާހަގަކުރވުނު އަދި ފޮށިކައިރީގަ ބައިންދަން ތަމްރީނުކުރި ކުދިން ލިސްޓުގަސޮއިކުރަންދިޔައިރު ނަންނެތުންފަދަވަރަށް ބައިވަރުކަންކަނ ފާހަގަވި
ތި އޯޑިއޯއަށްވުރެ ކުރިން ޔާމިންގެ އިސްލާމިކް ބޭންކު އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ބަލަންޖެހޭ!
އެމްޑީޕީން އަވަސް އަރުވާލާގެން ނަތީޖާ އިލުލާނު ނުކޮށްގެން ތެޅެން ފެށީމަ ވެސް އެބަ އިގޭ ގޯހެއް އުޅޭކަން. ކުރިން ބުނީ ޝަރީފައް އިލެކުޝަން ކަމިޝިނަށް އިތުބާރު ނުކުރާވާހަކަ، އަބަދުވެސް ޖެހޭނީ އެމްޑީޕީން ބުނާ އެއްޗެހި އެކޮޅުކޮޅަށް ނަގަން އޭރުން ފަހުމުވާނީ. އަޑެއްކިއްޔާ ރެދެން ލާނެއޭ ބުނާ އުސޫލުން ކަންތައް ތަކެއް ފެންމަތި ވެގެން މިދަނީ ހަމަ ހަގީގަތުގަވެސް އޮޅުވާލުން ތަކެއްވާތީކީ ޔަގީން. އިލެކުޝަން ކަމިޝަނުން ޖަވާބުދާރީ ވަން ޖެހޭނެ، ޝަރީފުވެސް ޖަވާބު ދާރީ ވަން ޖެހޭނެ. ޔާމީން 96000 ވޯޓް ހަމަ މީ މުސްތަކުބަލަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. 2013 ގަ ބުނަނީ ކާފަ އަދު ބުރޯގެ ތާއީދޭ. މިފަހަރު ރ.ޔާމީން އަށް އެކަނި 96000 ވީމަ ހަމަ ރަނގަޅު ހިސާބެއް މިއޮތީ.
ތަރައްގީ ބޭނުން ނުވާނީ ކާކު؟
ބައެއްގެ ފައިބުޑުގަ ސަލާން ޖަހަން ބޭނުންވާނީ ކާކު؟
ބައެއްގެ އަޅުވެތި ކަމަށް ބޭނުންވާނީ ކާކު؟
ވިޔަފާރު ކާކު ކުރަނީ ރިސްކު ނުނަގާ ދަރަނި ނުވެ؟
ގައުމެއްގެ ތަރަށްގީ މަަސްރޫ ދަރަނި ނުވެ ލޯނު ނުނަގާ ކޮން ކުދިގައުމެއް ތަރަށްގީ ވަމުން އަނަ ގަމަކުން ކުރަނީ؟
ކާކު ބޭނުންވާނީ އަބެއްގެ އަގައުމެއްގަ ހުންނަ މުއްސަދިކަން އައިސް ފޭރޭތަން ދެކެން؟
ހޫހޫން،
ބާތިލްކޮށް އެހެން އިންތިހާބެއް އަލުން ބާއްވާ. ދެވަނަ ބުރުގައެއް މަގޭ ވޯޓު ތިޔަބޭފުޅާއަށް ނުލިބޭނޭ ވާހަކަ ވަރަށް ތެދުވެރި ކަމާއި އެކު ދަންނަވަމެވެ.
ކޯޓްމަރްޙަލާ އޮންނާނެއެވެ. ކޯޓުން ބޭރުގައި ތިޔަކަމެއް ނުވާނެއެވެ. ވޯޓުގެ ނަތީޖާ ޤަބޫލުކޮށް ބަލައިގަތުމަށް ފަހު، އެމީހެއްގެ ނަމުގައި ސީދާ ކޯޓަށް ނުދެވޭނެއެވެ. އެހެން މީހެއްގެ ނަމުގައި ދެވޭނެއެވެ. ވޯޓްލުމާ، ވޯޓްގުނުމާ، ނަތީޖާ ނެރުމާ، މިކަން ހިނގާފައިވާ ގޮތުގެ މައްޗަށް ރިޢާޔަތް ކުރައްވާނެއެވެ. އަދި އޭގެފަހުން ކަންހިނގާފައިވާ ގޮތުގެމައްޗަށްވެސް ބަލާނެއެވެ. ނަތީޖާ ޤަބޫލުކޮށް ބަލައިގަތުމުގައި އެއްބަސްވަފައިވާނަމަ، ނުވަތަ އިންކާރު ކޮށްފައިވާނަމަ، އެކަންކަމަށްވެސް ފެށުނީއްސުރެ ނިޔަލަށް މައްސަލަ މުރާޖަޢާ ކުރައްވާނެއެވެ. އެއްވެސް މީހަކަށް ޙުކުމް އަންނާނެގޮތެއް ނޭގޭނެއެވެ. ބޯކަނޑާލީމާ އޮންނާނީ ކަނޑިއެވެ. އިންޞާފު ނުލިބޭ ކަމަށް ދެކެލައްވާނަމަ އަވަހަށް ކޯޓަށްދާށެވެ. މަގުމަތި ހަލަބޮލިނުކުރައްވާށެވެ. މިއީ ހުރިހާ އެންމެންގެ ރާއްޖެއެކެވެ.