ރައީސް ޔާމީން އުޅުއްވާގޮތުން އަންނީ ހިނިކަމަށް، ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނާއިބް ރައީސް ޑރ.މުހަންމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ރޭ ޕީޕީއެމްގެ ސަޕޯޓަރުންނާއި އެކު ރައީސް ޔާމީން މަގުމައްޗަށް ނުކުމެވަޑައިގެން މުޒާހަރާ ކުރެއްވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައިއެވެ. ޖަމީލް ވިދާޅުވީ ރައީސް ޔާމީން އެގޮތަށް މުޒާހަރާ ކުރެއްވުމަކީ ވަރަށް ހުތުރު ކަމެއް ކަމަށާއި ރައްޔިތުން ހަވާލުކުރިގޮތަށް ފަސް އަހަރު ވެރިކަން ކުރެއްވިނަމަ ތިޔަހެން އުޅުއްވަން ޖެހިވަޑައި ނުގަތީސް ކަމަށެވެ.

"ރައީސް ޔާމީން އުޅުއްވާގޮތުން ހިނި އަންނަނީ, ރައްޔިތުން ހަވާލުކުރި ގޮތަށް ފަސް އަހަރު ވެރިކަން ކުރެއްވިނަމަ މިއަދު ތިޔަހެން އުޅުއްވަން ނުޖެހޭނެ. މަނިކުފާނު ތިޔަގޮތަށް މުޒާހަރާ ކުރެއްވުމަކީ ވަރަށް ހުތުރު ކަމެއް. ތިކަން ކުރައްވާ ހިތްވަންޏާ ހައްޖަށް ވަޑައިގަންނަވަންވީ ނޫންތޯ" ޓްވީޓްގައި ޖަމީލު ވިދާޅުވެފައި ވެއެވެ.

ރޭ ޕީޕީއެމްގެ އޮފީސް ކައިރީގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު ލަފާކުރެވޭ ގޮތުގައި 96000 ވޯޓަކީ އެމަނިކުފާނަށް ލިބުނު މިނިމަމް ވޯޓްގެ އަދަދު ކަމަށެވެ. ނަމަވެސް އަދިވެސް އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ހަމަ ހަގީގަތުގައިވެސް ހިތާ ހިތާ އެބަ ސުވާލު ކުރަން ޖެހޭ މިއީ ހަމަ އަސްލުވެސް އަޅުގަނޑުމެންނަށް ލިބުނު ވޯޓްހެއްޔޭ؟ މިތަނުގައި މި އިވޭ ޝުއޫރަކީ މިއީ. ހަމަ ހަގީގަތުގައި ވެސް އަޅުގަނޑަށް ގަބޫލު ކުރެވޭ މިއަށް ވުރެ ގިނައިންނޭ އަޅުގަނޑަށް ވޯޓް ލިބޭނީ. އީސީއިން ވަކި ގޮތަކަށް މި މައްސަލައިގައި ޖަވާބު ދޭން ޖެހެންދެން އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް އެބަ ގެންދަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމް އިން މިހާރު ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެތުހުމަތުތަކަށް ބާރު ލިބޭ އޯޑިއޯއެއް އިއްޔެ ވަނީ މީސް މީޑިއާގައި ލީކް ކޮށްލާފައެވެ. ލީކް ކޮށްލާފައިވާ އޯޑިއޯގައި ވާހަކަ ދައްކަވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އެހެން މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ސާބަސް

    ޖަމީލު ހިތުން ވަރަށް ތާހިރު އެއްޗެއް

  2. ހައްމާދު

    ޖަމީލު ކަލޭ އުޅޭ ގޮތުންވެސް ގނަދިވެހިން ވަރައް ހޭ
    ޔާމީނު ފުށުން ދިވެހިއްނައް ކަންތައް ތަކެއް ވެއްޖެ
    ކަލޭ ތީ ސިޔާސީ ދިދައެއް ފެއްނައިރައް އަމިއްލަ ފައިދާއައް ދުއްވައިގައްނަ މީހެއް

  3. ނި

    ކަލޯ ހިނި އައސް ހަމަ ހުންނަން ޖެހޭނީ

  4. ސާބަސް

    ޖަމީލު ހިތުން ވަރަށް ތާހިރު އެއްޗެއް ދޯ ތި ބުނީ… ޙައްޖު އެއީ މުޒާހަރާއެއް ކަމަށް ސިފަ ތި ކުރަނީ!!! މި ސިޔާސީ މީހުންނަށް މޮޅު އެއްޗެއް ބުނެވެނިކޮށް ނިމުނީ… ޝައިޚު އިލްޔާސް އަށްވެސް ހަމަ އޯކޭ...

  5. ޝިމްލާ

    މިއަދު ރައީސް ޔާމީން މޮޅުވެފައި ، އެކަހަލަ އޯޑިޔޯތކެއް ލީކުވިނަމަ ބޮޑިބަތޭެމެން ހިމޭނުން ތިބީހީތަ؟ ހިނި ނާދޭ ޖަމީލޫ! ބޮޑު ލަޝްކަރެއް ތިޔަ ދިމާކުރީ ފރުދަކާ! އަތުގައި އޮތްހައި އެއްޗެއް ހޭދަކޮށްގެންވެސް ޙަޤީޤަތުގއި ކަލޭމެނަށް ކަންފުޅެއްނުވި! ބޮޑު ބިޔަ ލަޝްކަރަކާދެކޮޅަށް ފަރުދަކު ނުކުމެ ވޯޓުގެ 42 ޕަސެންޓް ހޯދުން އެއީ ކުޑަ ކާމިޔާބީއެއްނޫން!

  6. ބޮނޑިބަތް

    ހައްޖަކީ މުޒާހިރާ ކުރަން ދާ ތަނެއް ނޫންކަން ބޮނޑިބަތް ޖަމީލަށް ނޭނގުނީތީ ލަދުވެތިވަން.

  7. ޖ

    މިޖަމީލުޅާ އުޅޭގޮތުން އަހަރެމެންވެސް ހިނިއަންނަނީ ފިލިޖަމީލު

  8. ޝައިޚް

    ނަފްރަތާ ރުޅިވެރިކަމަކީ އިންސާނާ ޖަޒްބާތުގައި ޖައްސާ ދެކަމެވެ. އެހިނދު އެ އިންސާނާ އަމިއްލަޔަށް އޭނަގެ މޮޅުކަންދެކި އޭނަގެ ވެރި ރައްބުގެމަތިން ހަނދުމަނެތިދެއެވެ. އަދި އިންސާނަ އޭނަގެ ހެޔޮބުއްދި ކަތިވަޅިއަކުން ކޮށާލައެވެ. =އިބުނުތައިމާ=
    ޖަމީލްއާމެދު ވިސްނާލީމާ މިސިފަ އެބަ ފެނެއެވެ. މަޑުމައިތިރިވާށެވެ. ތިޔައީ ނަފުސެކެވެ. ތިބާ މިދުނިޔެ ދޫކުރުން އެއީ މިއަދުގެކަމަކަށްވެސް ވެދާނެއެވެ.

  9. ވަގުވޯޓޭ

    އިންތިހާބު ބާތިލް ކުރަން ޖެހޭ ސަބަބު ވަރަށް ގިނައޭ މިފަހަރު ރިޔާސީ އިންތިޚާބަކީ އެއީ އިލެކްޝަންސް ކަމިޝަންގެ މެމްބަރުންނަށް ކަޓް ދީގެން އެމެން ވޯޓް ކަރުދާސް ތަކުގައި ނަމްބަރު އެކަކާއި ދިމާލުގައި ޖަހާ ފާހަގަ ފުހެވޭ ގޮތަށް ހަދާފައިވާ ވޯޓް ކަރުދާސް ތަކޭ މަމެން އެއްގޮތަކަށް ވެސް އިތުބާރެއް ނުކުރަމޭ އިލެކްޝަންސް ކަމިޝަނަށް ހަމަ މިހާރުން މިހާރަށް ހުރިހާ ވޯޓްސް ތައް އަލުން ގުނަން ހަދަންވީއޭ މަމެންނަށް ޔަގީން މިހާރު ނުހުންނާނެ 96 ހާސް ވޯޓް އެއް ރައީސް ޔާމީން އަށް މިހާރު ހުންނާނީ %100 އިބޫ އަށް ބަލާ މިހާރު ވެސް ބަލާ މިކަން މިނޫން ގޮތަށް ތޯ އޮތީ ކަން މިހެން ހުރުމުން 96 ހާސް ރައްޔިތުންގެ ހައްގުގައި އެބަޖެހޭ ވޯޓް އިން ވައްކަން ކޮށްގެން ވެރިކަމަށް އަންނަން އުޅޭ ބަޔަކު ހުއްޓުވަން ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ. ތަމެން ރައީސް އަކީ އެއީ ވަގުވޯޓް ރައީސް ދޯ ވަގުވޯޓް ރައީސް ދޯ ވަގުވޯޓް ރައީސް ދޯ..

  10. ާާއަލި ބެއްޔާ

    ތި ބޭފުޅާ އުޅުއްވާގޮތުން އަދި މާހިނިއާދޭ..

  11. ފާތުން

    އަޅެ ތީރުޑިއެއްތަ އެއީ އަހަރުމެންގެ ހައްގެއް ރައީސްޔާމީނު އެހޯދަން މަސައްކަތް ކޮންދޭންޖެހޭނެ އެއީ އޭނައައްލާޒިމުކުރާކަމެއް ވައްކަނކޮއްގެންތިބެބަލަ އަދިއޮތީ ދުވަސް ގިޔާމަތްދުވަހުން ތިބައިގަޑުދާނީކޮންތާކައްބާ.

  12. އަފްލާ

    ޖަމީލު ތީ ކޮރަޕްޝަނާ ފަސާދައށް ނޫނެކޭ ބުނާ މީހެއްނަމަ ތިހެން ނުބުނާނެ ކަލޭމެންގެ ކޮރަޕްޓް ވާހަކަ މީހަކު ދެއްކީމަ ކަލޭ ހިނި އަންނަނީ އެހެނމީހުންގެ ވާހަގަ ދހެހކީމަ ކަލޭ ރުޅި އަންނަނީ ސަބަބު ވ ސާފް އެއްބަސް ވިޔަސް ނުވިޔަސް ކޮރަޕްޓް ވީ ކަލޭމެން ވޯޓް އޮޅުވާލީވެަް ސް ކަލޭމެން

  13. ޔާސް

    ބޮޑިބަތް ކެވޭތޯބަލަންވީނު ހުރެބަލަ ގައުމުންބޭރުގަ ހިމާޔަތްހޯދައިގެން ތިއުޅެނީނަަދެވިގެންދޯ އާދެބަލަ ނާއިބަކައްހުރިއިރު އެވަރައްކައިގެން މިމީހާމިހުރީ އެހެނވީމާ ފޮނިރަހަނުކެޑޭނެ ދޯ

  14. ތައުފީގު

    ކަލޭ ގާތަށް ހިނިއަޔަސް ރައްޔިތުން ނުސިހޭނެ މިހާރަކު ކަލޯ،ތީ އެއްވެސް ބަޔަކު ބަލައި ނުގަތް މީހެއް،

  15. ސޯޅަ

    މީނަ ކޮން ހިންޏެއް އަންނާކަށް . ރޮއެބަލަ. ދިގުމުއްދަތަކަށް ޖަލަށް ލާނަން އައިސްފިއްޔާ.

  16. އަފީ

    ކަލޭ އަމިއްލަޔަށް އަރުވާލެވިގެން ހުރީމާ ދިވެހީން ކައިރިއަށްވެސް އަންނަނީ ހިނި....ބަލަ ރައީސް ޔާމީނަކީ މިގައުމުގެ ތަރައްގީގެ ބާނީ،......ހަޖަމް ކޮށްބަލަ

  17. ޙހަހަ

    ކުރީގެ ވީޕީ އޭ ބުނީމަ މާ ހިނި އާދޭ. މިގައުމަށް ވަރަށް ބޭކާރު މީހެއް ތީވެސް. ޕްލީސް ނާންނަށްޗޭ

  18. މުހައްމަދު

    ފިލި ކަލޭގެ...

  19. ފާހަގަ

    ތި މީހާ އުޅޭގޮތުން މާ ހިނި އާދޭ. ހީހީ . އިހުލާސްތެރިވޭ

  20. Anonymous

    ކަލޭ ހުރޭ ހިނިއައިސްއައިސް، ފިނިފެންމާ ލޯންޗުކޮޅުން ފެމިލީއާއިއެކެ ފިޝިންޓްރިޕްގަގޮސް ބޮޑީގާޑު ލައްވާ ބޫޓުފުހުވާއިގެންވެސްހުރީ ކިބުރުވެރިކަމާއިއެކު ހީލަހީލާނޫންތަ؟؟

  21. މުރުޝިދުން

    2013 ގައި އިރުޝާދު ދެއްވާފައިވަނީ، ޑޮކްޓަރު ޖަމީލެވެ. 2018 ގައި އިރުޝާދު ދެއްވާފައިވަނީ، ޑޮކްޓަރު ޝަހީމެވެ. މިދެބޭފުޅުންނަކީ، ވަރަށް ޢިލްމުވެރި ޝަރަފުވެރި ދެބޭފުޅުންނެވެ. 2013 ގެ އިންތިޚާބަށް ފަހު، ޑޮކްޓަރު ޖަމީލު ނިވާވެފައިވަނީ، ތަންކޮޅެއް ފަހުންނެވެ. އެހެންނަމަވެސް، 2018 ގެ އިންތިޚާބަށް ފަހު ޑޮކްޓަރު ޝަހީމު ނިވާވެފައިވަނީ ތަންކޮޅެއް ކުރިންނެވެ. މިހާރު މިފެންނަނީ މިކަންކަމުގެ އަސަރެވެ.

  22. އަލީ

    މަ ލަދުގަންނަނީ ޔާމީނު ތިއުޅޭފާޑަކުން.

  23. ޢަލީ

    ވޯޓުން ހޮވުނަސް ވެރިކަން ހަވާލު ނުކުރާނެ ކަމަށްގޮވި މީހުން ތިމާ ނައިބުރައީސް ކަމުން ބޭލީވެސް މިއަދު އެމީހުންގެ ފައިދަށުގައި މަސައްކަތްކުރެވޭއިރު ބުއްދި ސަލާމަތުން ހުރިތޯ ކަލޭގެ އަމިއްލަ ނަފްސާ ސުވާލު ކޮލާބަލަ؟
    ޖަމީލް އުޅޭގޮތުން މާބޮޑަށްވެސް ހިނި އާދޭ.
    ލަދުން ގައުމުދޫކޮށް ފިލިމީހަކު ކޮންވާހަކައެއް ދައްކާކަށް.

  24. ޙަފްޞާ / މާލެ

    ފުވައްމުލަކުގެ ގޮޑިތަކުން ޕީޕީއެމްކާމިޔާބުކުރި ތިންގޮޑިން ދެގޮނޑި އިދިކޮޅަށް ވިއްކިާ ، ޖަމީލު ، ފައިޞަލްނަސީމު އަމިއްލަރަށުން އިދިކޮޅަށްތިބެ ފެލިބޭލިއިރުވެސް ފުވައްމުލަކުން އިތުރުކޮށްލެވުނީ 400 ވޯޓް! މަސީޙް އެކަނި 2500 ވޯޓް ހޯދި! ލަދުކޮބައި ؟

  25. މީޒްލީ

    މިރައީސް އުޅުއްވާގޮތުން ބޯހަލާކު

  26. ޢަލީ

    ހައްޖަށްދަނި މުޒާހަރާ ކުރަންކަމަށް ސިފަކުރެވެންޏާ ޖަމީލް ކަލޭ ތިހުރީ ހަމަރަނގަޅަށްވެސް މަގުފުރެދިފަ

  27. މަނިކު

    ޔާމީން ރައްއިތުންނާ ހަވާލުކުރޭ

  28. ކުމާރު

    ފިލި ޖަމީލު
    ބޮނޑިބަތް ޖަމީލު
    ބާޣީ ޖަމީލު

  29. އަލްއުސްޘާދު ރޫޙާނީ

    ކިޔަވާން މޮޅުކަމަށް ދައުވާކުރާ މީހުން ވެސް ދައްކަފާނެ ކޮންމެ ފަދަ ވާހަކައެއް ވެސް.

  30. ޗ

    ބަލަ ޖަމީލޫ ކަލޭ ތިކަހަލަ ވާހަކަ ދައްކަން މާ ތާހިރެއް ނޫން
    ކަލެއާ ކަލޭގެ އާއިލާ މީހުން އުޅޭ ގޮތުން މަވެސް ހިިނި އާދޭ
    ކަލޭ ތީ ދެފުއްކެހެރިއެއް
    މާ މޮޅަށް މާ މައްޗައް ކިޔެވިފަ ހުރީމަ ބޮޑާނުވޭ

  31. ގޯސް

    ދިވެހިން ވެއްޖެ ޔާމިން ގާސިމް، މައުމޫނު، އައްނި ، ޖަމީލް، އަދީބު، ޖިހާދު، ވަހީދު މަތިން ހަނދާންނައްތާލާފައި ގައުމާއި ދިރިއުޅުމާއިގެން ކުރިޔަށް ދާން

  32. ކެރަފާ

    އަހަރުމެން ހިނި އަންނަނީ ޖަމީލު އުޅޭގޮތުން ކަލޭތީ ކާކު ސިޔާސީ މީހަކު ފޮޑިއެއް ޖެހިޔަސް ކަލޭ ހުންނާނެ އެކަކަށް ވަސްބަލަން މިފަހަރުގެ ރިޔާސީ އިންތިހާބު ބާތިލް ކުރަންޖެހޭ ވަރަށް ހެކި އެދަނީ ސޯސަލް މީޑިއާގައި ފެންނަމުން ހަމަ ހިލާ ބާތިލް ނުކޮއް މިފަހަރު ދުލެއްނުކުރާނާން އެމްޑީޕީއިން ހަރަދުކުރި ފައިސާ މިފަހަރު ތާކުން ތާކު ނުޖެހޭ ފައިސާތަކަކަށް ހަދާލާނަން އެކަން ރައްޔަތުންދަނޭ.

  33. ޭހިޔަ

    ޔާމީންވެސް ބުނި އެއްވާހި ވަންޔާ ހަޖަ ދާށޭ ހަމަ އެއްވާހަކަޔެ އެކި ގޮއި ގޮތަ

  34. ސައިބޯނި

    އަނގައިން ބޮނޑިބަތް އަންނަނީ....

  35. ނިންނި

    ވޯޓް ލީދުވަހު ވޯޓް ލާމަރުކަޒުތަކުގައި ގިނައިން ތިބީ ޕީޕީ އެމްގެ ކުދިން ދެން ކިހިނެއް

    ދެން ތިހެން މަކަރު ހަދާނީ. 2013 ގެ ވޯޓް ބާޠިލު ކުރިގޮތަށް ބާޠިލު ކޮށް އަލުން ވޯޓް ލާ އިތުރު ޚަރަދު ކުރަން ފެނޭ އޭރުން ހަޖަމު ވާނެ . ބޮޑް ތަނުން ޖައުސާ ބޭއްވުމަށް މީހުން ގެނައިއިރު އެއީ ކޮންބައެއްތޯ ނުބައްލަވާތީ ހީވާ ގޮތެއްހެން ހީވޭ