ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިސްލާމިކް ބޭންކްގައި ހުޅުއްވާފައި އޮންނަ އެކައުންޓަކަށް ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް ދެ ފަހަރެއްގެ މަތިން 1.5 މިލިއަން އެމެރިކާ ޑޮލަރު ޖަމާ ކޮށްފައިވާ ކަމަށާއި، ފައިސާ ޖަމާކުރި ފަރާތުން އެއީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސް ޔާމީނަށް ދިން އެހީއެއް ކަމަށް ބުނެފައިވާ ކަމުގައި "އަލްޖަޒީރާ" އިން ރިޕޯޓް ކޮށްފިއެވެ.
"މިނިވަން ނޫހުގެ" ކުރީގެ އެޑިޓަރު ޒަހީނާ ރަޝީދު މިއަދު "އަލްޖަޒީރާ" ގައި ލިޔުއްވާފައިވާ ރިޕޯޓެއްގައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާތަކާއި ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ސެޕްޓެމްބަރ 13 ވަނަ ދުވަހު އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
އެސިޓީގައި އެފްއައިޔޫ އިން ބުނެފައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ސެޕްޓެމްބަރ 05 ވަނަ ދުވަހު 648508 އެމެރިކާ ޑޮލަރު އަދި ސެޕްޓެމްބަރ 10 ވަނަ ދުވަހު 810635 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.
"އެހުރިހާ ފައިސާއެއް ފަހުން ވަނީ ނަގުދު ފައިސާގެ ގޮތުގައި ނަގާފައެވެ." ސިޓީގައި ބުނެފައިވާ ކަމަށް އަލްޖަޒީރާގައި ވެއެވެ.
އަލްޖަޒީރާ އިން ބުނީ މިމައްސަލައިގައި ފުލުހުންގެ ތަރުޖަމާން ޗީފް ސުޕްރިންޑެންޓެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން އެއްވެސް ކޮމެންޓެއް ނުކުރެއްވި ކަމަށެވެ. ނަމަވެސް އެފަދަ ސިޓީއެއް ފުލުހުންނަށް ލިބުނު ކަން އިތުރު ދެ ފުލުހެއްގެ ފަރާތުން އަލްޖަޒީރާ އަށް ކަށަވަރު ކޮށްދޭ ކަމަށް ވެސް އަލްޖަޒީރާ އިން ބުނެއެވެ.
އަލްޖަޒީރާގައި ބުނެފައިވާ ގޮތުގައި އެފަދަ ސިޓީއެއް އެކްޓިން ޕޮލިސް ކޮމިޝަނަރަށް ފޮނުވާފައި ވަނީ ފައިސާ ޖަމާކޮށްފައި ވަނީ ރާއްޖޭގެ އިންތިޚާބާއި ބެހޭ ޤާނޫނާއި ހިލާފަށް ކަމަށް ވާތީ އެކަން ބަލައިދިނުމަށް އެދިއެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި ސިޔާސީ ހަރަކާތްތަކަށް ލިބޭ އެހީގެ މިންވަރު ލިމިޓް ކޮށްފައި ވީނަމަވެސް ރާއްޖޭގައި އެފަދަ ލިމިޓެއް ނޯވެއެވެ. ނަމަވެސް ރިޔާސީ އިންތިޚާބަށް ލިބޭ އެހީތަކުގެ ތަފްސީލް އިންތިޚާބު ނިމޭތާ 30 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް އަންގަން ޖެހެއެވެ.
އަލްޖަޒީރާގެ ރިޕޯޓާއި ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން އަދި ބަހެއް ނުލިބެއެވެ.
ތިޔާ މިނިވަން ނޫހުގައި އުޅޭ އައްޑޫ އީގޯ ސިންޑްރޯމް ޖެހިފައިވާ ތެޔޮ ބިޑި ބޯ އަކު ދައްކާ ވާހަކަ ތަކަކީ އެއީ ކަނޑުގައި އަޅާލާ ރޮނގު ތަކޭ މަމެން ބުނަން ނެތީމު ދޯ.
ކަލޭމެންދޯޖަމާކުރީ.
ތިޔައީ މިހާރު މީހުންގެމެދުގާ މަގުބޫލް ޗެނަލްއެއްވެސްނޫން. ފޫހި ޗެނަލްގަނޑެއް..
މައްސަލައެއްނެތް. ތިކަން ތިހެން ހިންގާފައި އޮވެއްޖެނަމަ އެކަން ގޯސް. އެކަމަކު ސުވާލަކީ އެމް.ޑީ.ޕީ މީހެއްގެ އެކައުންޓަށް ނުވަތަ އިސްތިއުފާދިން ރައީސްގެ އެކައުންޓަށް ތިޔަބުނާ ފަދައިން ފައިސާ ވަދެއްޖެނަމަ ތިޔަބުނާ މީހާއަށް ކެރޭނެހޭ ތިޔަބުނާހެން ރިޕޯރޓް ކުރަން؟
ތިޔަކަންވެސް އޮޅުވަން މަސައްކަތްނުކޮށް ކަންވީ ގޮތަށް ޝަރީޢަތް ކުރުން އެންމެ ރަނގަޅީ އޮޅުވާ ވަރަކަށް ޔާމީން ތާށީވާލެއް ބޮޑުވާނެ.
އަނެއްނާވެސް އިތުރު ތުހުމަތެއް އުފަންވެއްޖެއެވެ. ރައީސް ޔާމީނުގެ އަމިއްލަ އެކައުންޓަށް 1.5 މިލިޔަން ޑޮލަރު އިންތިޚާބުގެ ތެރޭގައި ވަދެއްޖެއެވެ. މިފައިސާގެ ޞައްޙަ، ނުޞައްޙަ ބަލައި ހޯދައި ނެރެންޖެހިއްޖެއެވެ. މިކަން ކުރުމުގެ ޒިނަމާއަކީ، އިންޞާފުގެ މަގަށް ދަތުރު ފައްޓަވާފައިވާ ޖަޒީރާ ރާއްޖެ އުފުލަންޖެހޭ ޒިންމާއެކެވެ. އަތްޖަހާށެވެ.
ފިތުނަ އުފައްދާ މީހުންގެ ކިބައިން މިޤައުމު ސަލާމަށް ކުރައްވާންދޭވެ.
މި މީހާ ކޮށްފަ ނުކުރާނެ ކަމެއްވެސް ނޭނގޭނެ! ފިސާރި ތެދެއް މި ބުނީ!
ގައިޑް ލައިނެއް އޮވެފައި، ގައިޑް ކޮށްދޭނެ ބަޔަކު ނެތުން މައްސަލައަކީ،
ރައީސް ޔާމީނަކީ ހަމަ ސީދަ މަލުމަލު ހުދު ފޮތިގަޑެއްފަދަ މީހެއް . އެއްވެސް ކަމެއް ނުކުރާނެ. ތިޔަ އެއްވެސް ވާހަކައެއް ްަބޫލެއް ނުކުރާނާނަން
ކިލޯ އިބޫގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާތަކާއި އެމް ޑީ ޕީ އިސް މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ ތަކުގެ މައްސަލަ މެލޭޝީޔާ ފުލުހުން ތަހުގީޤް ކުރަން ފެށީމާ މަތި އޮއްބާލަން ވާހަކައެއް ފަޅާލީދޯ ... މިހާރު އިނގޭނެ ކެމްޕެއިން ތެރޭ ލާރި ބެހިމީހުންނާ މިނިވަން މުއައްސަސާތަށް ގަނެލައިގެން ވަރިކަން ހޯދި މީހުން މިހާރު ފަޅާ އަރަމުން އެދަނީ....
އިސްލާމިކްބޭންކުގައި ކުރިން އުޅުނުމީހެއްގެ ހައިސިއްޔަތުން ބުނެލަންބޭނުންވޭ ބޭންކްއެކައުންޓަކަށް ލާރި ކޮއްމެމީހަކަށްވެސް ފޮނުވިދާނެ އެކައުންޓް ނަމްބަރުވެސް ހޯދިދާނެ. އަދީބުބުރޯގެ ރިކްއެސްޓަކަށް ހަމަ މިބޭންކު މުވައްޒަފަކު ޔާމީނުގެ އެކައުންޓް ނަމްބަރު ދިންކަން އެނގިގެން އެފަރާތްވަނީ ބޭންކުންވަކިކޮށްފަ އަދި އެފަހަރުވެސް އެއްމިލިޔަން ޖަމާކުރި. ޔާމީނަށް ބޭންކުންގުޅާފަ އެވާހަކަ ދެންނެވި. އެފައިސާ ޔާމީނު ބޭނުމެއްނުކުރައްވާ.
ފިތުނަ އެމްޑީޕީ
އިބޫގެ މެލޭޝިޔާ އެކައުންޓަށްވެސް ބަޔަކު ލާރިޖަމާކުރި، އިބޫދެނަހުރިކަމެއްވެސްނޫން! ކާސިމްގެ ވިލާ އެކައުންޓަށްވެސް އެސްބީއައިއިން “ލޯނު” ދިންކަން އެނގޭ! އެ”ލޯނުން” މަޖިލިސްމެމްބަރުންނަށް އިންވެސްޓުވެސްކުރި އަދި އެއިންވެސްޓްމަންޓްތައް ފެއިލްވެސްކުރި!
ތިޔައީ ވަކިކޮޅަކަށް ބުރެވެފައިވާ ޗެނަލްއެއް! ވައިއެޅޭކޮޅަކަށް މޮޅަށް ޚަބަރުތައްހުންނަނީ! ތިޔަށްވުރެ ރަގަޅުވީސް އިންތިޚާބާދމާކޮށް އަހްމަދުޝަރީފްގެ އެކައުންޓަކަށް 7.5 މިލިޔަން ރުފިޔާ ޖަމާވީ ވާހަލަ ލިޔުނުނަމަވެސް!
މިއޮތީ މީގަ އަސްލު އޮޅުވާލާފަ އިބޫގެ އެކައުންޓަށް ޖަމާކުރި ވާހަކަ ދެއްކީ މިހާރު މިއޮތީ އޮޅުން ބޮޅުންވެފަ އަނެއްކޮޅުން މިރިޕޯރޓް ލިޔުނީ މިނިވަން ނޫހުގަ އުޅުނު ލާދީނީ މީހެއްވީމަ މީގަ ސުވާލު އުފެދޭނެ
ގދ. ރަތަފންދޫ މަންޖެ އެއް އެއީ. ޓްރާންޕޭރެންސީ މޯލްޑިވްސް ގައި އުޅޭ އައިމަންގެ ކޮއްކޮ އެއީ.
ތިޔާގަ އިންތިހާބާ ބެހޭ ގާނޫނާ ހިލާފަށް ކުރި ކަމެއް އެގޭކަން ނެތް. ތިރީސް ދުވަސް އަދި ނުވޭ. ބޯހަލާކު ހަބަރުގައި އެއްވެސް އުރަތްޕެއް ނެތް އިރުވެސް އެކަން ދަންނަ ބަޔަކުވެސް ނެތް
ތިކަމަކީ ހަގީގަތަކަށްވާނަމަ ތިއީ ވަރަށް ދެރަ ކަމެއް
ދެން މި ވާހަކަ ޖަޒީރާގައި ލިޔުނު މީހާއަށް ބުނެލަން ބޭނުންވަނީ 2008 ވަނަ އަހަރު އަންނި އަށް އެކި ދިމަދިމާލުން ލިބުނު ފައިސާތައް ޑޮލަރު ތަކުގެ ވާހަކަ ނުލިޔެވުނީ ކީއްވެހޭ
ދިވެހިރާއްޖޭގައި ކޯޓުތަކުގައިތިބޭ ފަނޑިޔާރުންނަށާ އެނޫންވެސް އެކިއެކި ކަންކަމާ ޙަވާލުވެ ތިބޭ މީހުންނަށް ފައިސާގެ ބޮޑެތި ޢަދަދު ތަކުން ރިޝްވަތުދީގެން ބޭނުންވާ ނަތީޖާ ނެރެން މަސައްކަތްކުރުމާ، ހަމައެފަދައިން ބޭރުގެ މީޑިއާ ތަކަށް ރިޝްވަތުދީގެން އިދިކޮޅު ވާދަވެރިން ނާމެދު އެކިއެކި ދޮގު ޚަބަރު ތައް ފެތުރުމަކީ ރީނދޫ ޕާޓީގެ ޒަމާންވީ ސިފައެކެވެ. އަދި މިގޮތަށް އެމީހުން ފަތުރާ ބުހުތާން ދޮގުތައް ފިސާރި ބާރަށް ވައިގަވެސް ހިއްޕާލައެވެ. އެހެންނަމަވެސް ރީނދޫ ބޮޑެއްގެ ކިބައިން އެފަދަ ކިތަންމެ ބޮޑު ނުލަފާ ކަމެއް ފެނުނަސް ނުވަތަ އެފަދަ އަޑެއް އިވުނަސް އެކަންކަން ވައިގަހިފާގޮތެއްވެސް ނުވެއެވެ. މިސާލަކަށް މިހާރު ރައީސަކަށް ހޮވިފައި އެހެރަ އިބޫގެ އެކައުންޓަށް އެތައް މިލިއަން ޑޮލަރެއް ޖަމާވިވާހަކަ ދާދިފަހުން މީޑިއާއަށް ތިލަވިއެވެ. މިއަދު އެވާހަކަ ކޮބައިތޯއެވެ.....؟ އެ ވާހަކަ އަޑުއެހި މީހަކުވެސް ނެތެވެ.