ފުއްވަމުލަކު ދޫޑުގަމު އަވަށުގެ ބަނދަރު ސަހަރައްދުގައި ހުންނަ އެފްއެސްއެމް އީޒީފިލް ޕެޓްރޯލް ޝެޑްގެ ތިޖޫރީ ވަގަށް ނަަގައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޕެޓްރޯލް ޝެޑްގެ ތިޖޫރީ ބަޔަކު ވަގަށް ނަގާފައިވަނީ ރޭގެ ވަގުތެއްގައި ޕެޓްރޯލް ޝެޑްގެ ފުރާޅުން ޓިނު ނައްޓައިގެންނެވެ. މި ހާދިސާގައި ވަގަށް ނެގީ ކިހާ އަދަދެއްގެ ފައިދާއެއް ކަމާއި އެކަން ކޮށްފައިވަނީ ކިތަށް މީހުން ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ޕެޓްރޯލް ޝެޑް ހުންނަ ސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މިކަމާއި ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ފުއްވަމުލަކު ދޫޑިގަމު އަވަށުގެ ބަނދަރު ސަހަރައްދުގައި ހުންނަ އެފްއެސްއެމް އީޒީފިލް ޕެޓްރޯލް ޝެޑްގެ ތިޖޫރީ ވަގަށް ނަަގައިފައިވާއިރު ދާދި ފަހުން ވަނީ ބ ކެންދޭ ކައުންސިލް އިދާރާގެ ތިޖޫރީވެސް ގިނަ އަދަދެއްގެ ފައިސާއާއި އެކު ވަގަށް ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާސޭ

    ދެންތިހުރިހާކަމެއްވެހިގާނެމީ ޖ ރާއްޖެ

  2. ފާތުން

    ދެންތިހުރިހާކަމެއްވެހިގާނެ މީ ޖ ރާއްޖެ

  3. ބަނާނާ

    ކޮބާ އަދުރޭ!

  4. ސުނީތާ

    ދާދި ފަހުން ފުރާޅުން ޓިނު ނައްޓައިގެން އުއްތަމަ ފަނޑިޔޢރު ވެސް ވަނީ ވަގަށް ނަގާފައި. މިކަން ހިނގީ މާލޭގައި