އިލެކްޝަން ކޮމިޝަނަށް ފޯރާފައި ވަނީ ރައީސް ޔާމީނާއި ޕީޕީއެމްގެ ނުފޫޒު ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމް އިން ބޭއްވި މުޒާހަރާއާއި ގުޅިގެން ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަން ކޮމިޝަނަށް ނުފޫޒު ވަދެފައިވާނަމަ، ވަދެފައިވަނީ ރައީސް ޔާމީނާއި ޕީޕީއެމްގެ ނުފޫޒު ކަމަށެވެ.
EC ah nufooz vadhefavaanama vadhefavanee RY adhi PPM ge nufooz! EC membarun keehthoa kuraanee rayyithun nikume boakoh @ibusolih ashaai @FaisalNasym ah vote dhineemaa? https://t.co/QiknF7U5wy
— Abdulla Riyaz MP (@riyazabdulla) October 2, 2018
"އިލެކްޝަން ކޮމިޝަނުގެ މެމްބަރުން ބޮލުގައި އިލްޒާމު އެޅުވި ނަމަވެސް ރައްޔިތުން ބޯކޮށް އިނތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓް އެޅުމުން މެމްބަރުން ކުރާނެ ކަމެއް ނޯންނާނެ ރިޔާޒު ވިދާޅުވިއެވެ.
ރޭ ޕީޕީއެމްގެ އޮފީސް ކައިރީގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު ލަފާކުރެވޭ ގޮތުގައި 96000 ވޯޓަކީ އެމަނިކުފާނަށް ލިބުނު މިނިމަމް ވޯޓްގެ އަދަދު ކަމަށެވެ. ނަމަވެސް އަދިވެސް އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ހަމަ ހަގީގަތުގައިވެސް ހިތާ ހިތާ އެބަ ސުވާލު ކުރަން ޖެހޭ މިއީ ހަމަ އަސްލުވެސް އަޅުގަނޑުމެންނަށް ލިބުނު ވޯޓްހެއްޔޭ؟ މިތަނުގައި މި އިވޭ ޝުއޫރަކީ މިއީ. ހަމަ ހަގީގަތުގައި ވެސް އަޅުގަނޑަށް ގަބޫލު ކުރެވޭ މިއަށް ވުރެ ގިނައިންނޭ އަޅުގަނޑަށް ވޯޓް ލިބޭނީ. އީސީއިން ވަކި ގޮތަކަށް މި މައްސަލައިގައި ޖަވާބު ދޭން ޖެހެންދެން އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް އެބަ ގެންދަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމް އިން މިހާރު ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެތުހުމަތުތަކަށް ބާރު ލިބޭ އޯޑިއޯއެއް އިއްޔެ ވަނީ މީސް މީޑިއާގައި ލީކް ކޮށްލާފައެވެ. ލީކް ކޮށްލާފައިވާ އޯޑިއޯގައި ވާހަކަ ދައްކަވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އެހެން މީހެކެވެ.
ކޮބާ.ސިޓީ ރެޑީދޯ. ޢަވަހައްއިބޫ ސަރުކާރު ވައްޓާލާ. ބާޣީ
މިހިރީ މިމީހުން ފެއިލްވެފަހުންނަވަރު
ބާޣީގެ ނަން ފޮހެލަން އަހުރެމެންގެ ރުހުން ހޯދަން ނޫޅުއްވާ! ތިޔައީ ބާޣީއެއް!
ކަލޭ ތާހިރު ވާހަކަ ދައްކަބަލަ. ތީ އެމްޑީޕީ ސަރުކާރު ވައްޓާލި.ބޮޑު ބާޣީ. ޢިބޫއައް ކާމިޔާބު ވީއްސުރެ.ކަލޭގެ.ނުލަފާކަން ހިތައް އަރަނީ. އަނެއްކާވެސް .މިސަރުކާރު ވައްޓާލަން ތައްޔާރުވެފަ ހުންނާނީ
ތިޔަގޮތައް ބުނުމަކުން ނުފުދޭނެ! ހެކިދައްކާ! އަދި މީޑިޔާއަށް ހާމަކުރޭ! ތިޔަގޮތައް ދައްކާވާހަކައަށް ކިޔަނީ މީހުންގެ މަސްކެއުން! މިއީ އިސްލާމްދީން ނަހީކުރާކަމެއް!
އަހަނ .. އެއްކަލަ ޕިޔޯނު އަނގަފެޅީ ދޯ. އަވަހަށް އަނެއް ސިޓީ ތައްޔާރު ކުރޭ
އަނހާ ޔެސްމެމްދޯ. ބަލަ އީސީއަށް ފޯރާފައިވަނީ ރައީސް ޔާމީންގެ ނުފޫޒު ނަމަ ރައީސް ޔާމީނައްތާ ކާމިޔާބުވީހީ.