ސްޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިޚާބީ ނާއިބު ރައީސް ފައިސަލް ނަސީމް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނާ ބައްދަލު ކުރައްވައިފިއެވެ.
ޝެއިޚް އިމްރާނާއި ފައިސަލް ނަސީމް ބައްދަލުކުރައްވާފައި ވަނީ މިއަދުއެވެ. އިންތިހާބީ ނައިބް ރައީސް ފައިސަލް އިމްރާނާ ބައްދަލު ކުރެއްވިކަން އެމްޑީޕީން ކަށަވަރު ކޮށްދިން ނަމަވެސް އެބޭފުޅުން މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަ ކުރައްވާފައެއް ނުވެއެވެ.
Vice President- Elect H.E. @FaisalNasym, Adhaalath Partyge Raees Sheikh Imran Abdulla aai bahdhalu kuravvaifi pic.twitter.com/BOHAwIdFOg
— MDP Secretariat (@MDPSecretariat) October 2, 2018
ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންފައިވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ވެސް ވަނީ އިމްރާން އާައި ބައްދަލު ކުރައްވާފައެވެ.
12 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިމްރާން ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެން ހުންނަވަނީ ގޭބަންދުގައެވެ. އިބޫ އިމްރާން އާއި ބައްދަލު ކޮށްފައި ވަނީ އިމްރާންގެ ގޭގައެވެ.
ޖަލު ހުކުމެއް އިމްރާނަށް އިއްވީ، މެއި 1، 2015 ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި ބޮޑު މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަން ސާބިތުވެގެންނެވެ. އެދުވަހު އިމްރާން ވަނީ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ރައީސް ޔާމީން ބައިވެރިވާ ކަމުގެ ކިތާބީ ހެކި އެބަހުރި ކަމަށެވެ. އެހެން ވިދާޅުވެ އޭނާ ލިޔުންތަކެއް ވެސް ދެއްކެވިއެވެ. ނަމަވެސް ވީޑިއޯ އިން ފެންނަ ގޮތުގައި އިމްރާން ދެއްކެވީ "ހަވީރު" ނޫހުގެ ވެބް ޕޭޖް ތަކެކެވެ. އެއީ އަފްރާޝީމްގެ މަރާއި ރައީސް ޔާމީނާއި ގުޅުން ހުރި ލިޔުންތަކެއް ނޫނެވެ.
ފަހަތުގަ އެހެރީ ދަންޖައްސާ ހަރުތަ. އިމްރާން ދެންވެސް ތި އަނގަ މަޑުކުރެވޭތޯ ބަލާތި. ކާންދޭއަތުގައި ދަތްނާޅާތި. އައްނި ބުނާގޮތަށް ހަދައިގެން މިނޫން އެހެން ގޮތެއް ފެނޭތޯ އުޅޭ.މިބުނީ އިސްލާމްދީނުގެ ވާހަކަ. ދުނިޔެ ބަނޑުއެޅޭތޯ ބަލާ. ކަންނެލި އޮޑިއެއްނޫނަށް މަހުންމަހަށް ލިބެނިކޮށް މާރަނގަޅުވާނެ.
ފައިސަލް ތހިހެން އުޅުނަކސް އަދި ދުވަހެއް އަނނާނެ އެދހުވަކުން ހަމަ ޖަވާބު ދާރީ ވާން ޖެހޭނެ