ރައްޔިތުން ބޭނުންވަނީ ތަރައްޤީ ކަމަށާއި ނަމަވެސް އެއީ ބަނދަރުތައް ފުން ކުރުން ނުވަތަ އިމާރާތްތަކެއް އެޅުން ނޫންކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ބައްދަލު ކުރެއްވުމަށް ފަހު ދެންމެ ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ "ރައްޔިތުން ބޭނުންވަނީ ތަރައްޤީ. ނަމަވެސް އެއީ ބަނދަރުތައް ފުން ކުރުން ނުވަތަ އިމާރާތްތަކެއް އެޅުން އެކަންޏެއް ނޫން. ރައްޔިތުން ބޭނުން ވަނީ އިންސާނީ ވަންތަ ތަރައްޤީ. ތަފާތު ކުރުމެއް ނެތި ކަންތައްތައް ވެގެން ދިއުން." ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ފިކުރުގެ ސަބަބުން ތަފާތު ކުރުމެއް އޮވެގެން ނުވާނެ ކަމަށާއި ކޮންމެ މީހަކަށް ވެސް ބޭނުންވާ ޚިޔާލެއް ފާޅުކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ. "އެއީ ޤާނޫނު އަސާސީ އިން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވާ ޙައްޤެއް." މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ދިވެހިން ބޭނުން ވަނީ އިންސާފުވެރިކަމާއި ހަމަހަމަކާއި އެކު އަދުލުވެރިކޮށް ކަންތައްތައް ކުރަން ކަމަށެވެ.
ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބު ކުރެއްވި ފަހުން ފުރަތަމަ ފަހަރަށް އިބޫ އާއި ބައްދަލު ކުރެއްވުމަށް ފަހު މައުމޫން ވިދާޅުވީ އިބޫ ހުންނެވީ ވަރަށް ހަރުދަނާކޮށް ކަމަށާއި އިބޫ ވިދާޅުވި ގޮތައް ކަންތައްތައް ކުރިއަށް ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ހަރުދަނާ ގޮތެއްގައި ހުންނެވީ. ހަމައާއި އިންސާފުން އަދުލްވެރިކަމާއި އެކު ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި. ކޯލިޝަން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި. އުއްމީދަކީ އެވިދާޅުވި ގޮތައް ކަންތައްތައް ކުރެއްވުން." މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ އިބޫ ފާއިތުވި 25 އަހަރު ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިރުވެސް އިބޫގެ ކިބައިން އެއްވެސް އުނި ސިފައެއް ފެނިފައި ނުވާ ކަމަށެވެ.
"އެއްވެސް އުނިސިފައެއް ފެނިފައެއް ނުވޭ. ވަރަށް ގާބިލް އަމާނާތްތެރި ނަޒާހަތްތެރި ބޭފުޅެއް." މައުމޫން ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާއި ގުޅިގެން ޕީޕީއެމް އިން ދައްކަމުން ގެންދާ ވާހަކަތަކަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ ވަރަށް ރީތިކޮށް މިކަން ކުރިއަށް ގެންދަވަން ހުރިހާ ފަރާތްތަކަށް ވެސް ދަންނަވާ ކަމަށެވެ.
ހިނިއަންނަނީ
ކަރާއި ކަރު މަހާލައިގެން ތިއްބެވި ފޮޓޯއަކީ ޔާމީނަށް ދިން ހަދިޔާއެއް :ޕ
އެއްވެސް އުނިސިފައެއް ފެނިފައެއް ނުވޭ. ވަރަށް ގާބިލް އަމާނާތްތެރި ނަޒާހަތްތެރި ބޭފުޅެއް." މައުމޫން ވިދާޅުވިއެވެ.
ޢާދެ. މަޖިލީހުގަ އިށީދެގެން އިނުން ނޫން ކަމެއް ކުރި މީހެއް ނޫން ނުވިތާކައް ވާހަކައެއް ދެއްކި މީހެއް ނޫން.
ނުވިތާކައް އެއްވެސް ބަޖެޓް އަކައް ވޯޓް އެއްދިން މީހެއް ނޫން. . މައުމޫން މޮޔަނުވެބަލަ ހެޔޮނުވާނއ.
މައުމޫން ވެސް 5000 ރފ ނަންގަވަމެއް ނޫންތޯ. ޕިސް
30އަހަރަށްވުރެ ވަކިންބޮޑު އަނިޔާވެރި އަކީ ފަހެކާކުހޭ
އެހެންވެ 30 އަހަރު ނަޖިސް ފެން ބޮއެގެން ހަޑަސް ބުރިއަށް ފާހާނާކޮއްގެން ތިބީ. އެއީ ތަރައްގީ އަކީ.
ތަރައްގީކުރާނީ ހިތާއި ސިކުނޑި ދޯ މަނކުފާނޫ. އެހެންވެ ދިގު 30އަހަރުގަ ރާއްޖެއަށް ތަރއްގީއެއް ނުގެނައީ. ވެދާނެ ޖަލުން އައިއިރު އެހެން ރާއްޖެއެއް ފެނި ހަސަދަވީކަމަށްވެސް އެކަމަކު ބުރިޖަށް ނާރާ ވޭތޯ ބަލާތި.
ރަނގަޅު ވަހަކައެއް. ތަރައްޤީއަކީ 30 އަހަރު ގޮތަށް މީހުނަށް ވަގަށް ލާރި ކެއުން. އެކި ޤައުމުތަކުގަ މިޝަންތައް ހަދައިގެން އެކި ނަންނަމުގަ ވައްކަން ކުރުން. އެކަމެއްނު ކުރީ ސްރީލަންކާގައިވެސް އެމްބަސީ ހަދައިގެން އޭރު. އަނގަ އަރުވާތި އަދިވެސް
ޢަދުލު އިންޞާފޭ މައުމޫނު ތިޔަ ބުނީ މައުމޫނާއި މައުމޫނުގެ ޢާއިލާފިޔަވައި ދެންތިބި މީހުންނަށް އިޝާރަތްކޮށްފަތޯ؟ ޔަމީންވަރުގެ ޢަދުލު އިންޞާފުން ކަންތައްކުރި ވެރިޔަކު ރާއްޖޭގަ ދެކިފަނެތް! މައުމޫނުގެ ވެރިކަމުގަ މުޅި ދައުލަތް ކައްވާލައިގެން އިލްޔާސް ފިލީމާ ގެނަސް ވަޒީރުކަންދިނީ! އެކަމަކު ބޭނުމީ މިނޫންވެރިކަމެކޭ ބުނިމީހުނާ އަތްޕުޅަށް ސިޓީދިންމީހުންވެސް ޖަލުގައި ހަނާވެދިޔައީ! ޔމީން ފެނުނީ ހަމަކަށް ، ނަޞްލަކަށް ، ގާތަކަށް ، ތިމާގެއަކަށް ، ބޮޑުބޭބެއަކަށް ، ކޮއްކޮއަކަށް ، ރައްޓެއްސަކަށް ނުބަލާ ހމަހަމަގޮތުގައި ޤާނޫނު ހިންގިތަން! އެގޮތް މައުމޫނަކަށް ކަމަކު ނުދިޔަނު؟ ކީކޭތޯ ތިޔަ ކިޔަންއުޅެނީ؟ ދުޝްމަނުންނާގުޅިގެން ތިމާގެ އަމިއްލަ ލޭ ބޯލި މީހާޔަށް ޖެހޭ ދަތުރު ބަލަން މިތިބީ!
ރަގަޅު ވާހަކައެއް
ރަގަޅު ވާހަކައެއް
ރަނގަޅު ވާހަކައެއް
ދިގުތިރީސް އަހަރުގެ ވެރިކަމުގައި ޒުވާންކުއްޖަކު ހަދާފަދޫކޮށްލި ޅެމަކުން އެތަކެއްދުވަހު ޖަލުގައި އޮންނަންޖެހު! މިއީ ރާއްޖޭގެ ވަރަށްގިނަބަޔަކު ދަންނަކަމެއް! ވިމާ ކޮންމެ މީހަކަށްވެސް ޚިޔާލު ފާޅުކުރެވެން ވާނެކަމަށް މައުމޫނު ވިދާޅުވީމައި އަންނަނީހިނި! މައޫނުގެ ވެރިކަމުގައި މީދޫ އަޒީއަށް ކިތައްއަނީކުރިންތަ! އެފަކީރު މަ........ވެސް އަނިޔާއަށް ކެއްނުކުރެވިގެން!
ދެން ތަރައްގީ އަކީ ކޮންޗެއް ބާ؟އިމާރާތް އެޅުމެތް ނޫން ތަ ތަރައްގީ އަކީ؟
މައުމޫންވެރިކަންކުރީ މީހުންނަށްބިރުދައްކައިގެންވެރިކަންކުރުމަށް ބޮޑުތިލަދުއްމަތީގައި (އަތޮޅުބައިކުރިފަހުންވެސް) ގިނަދުވަސްތަކެއްވަންދެން އަތޮޅުވެިކަންކުރިރަށޭ ނޮޅިވަރަންފަރަކީ މިރަށައް މީގެކުރީގެ35 އަހަރުގައި ސަރުކާރުންކޮށްދީފަހުރީ ހަމައެކަނި ރަށުއޮފީހެއް މަރާމާތުކޮށްދިނުން މިހިނގާ ސަރުކާރުގައި މިރަށުގައި ބަނދަރަކާއި، މުޅިރަށުގެނަރުދަމާގެ ނިޒާމް،ފުޓްސަލްދަނޑު، ދެވޮލީކޯޓް އަޅާނިއްމާ މިހާރުވަނީ ފެނުގެނިޒާމް ޤާއިމްކުރުމުގެ މަސައްކަތްފަށާހިސާބުގައިކަން ފާހަގަކޮއްލަމެވެ. ކޮއްމެސަރުކާރެއްގައިވެސް މައުމޫން ޖަލުގައިބެހެއްޓުމަކީ ޤައުމަށާއި ރައްޔިތުންނަށް ލިބޭނެރައްކާތެރިކެއް.
މައުމޫނު ބޭނުންވާ ތަރައްގީ މިއަދުގެ ދިވެހިން ބޭނުމެެއް ނުވާނެ އެއީ 30 އަހަރުގެ ކަންޒުކަހަބު ދުވެލި
ތަރައްގީއަކީ މައުމޫނުގެ ސަރުކާރުން ވޯޓްފޮށިމަތީ ބަނޑުއަޅައިގެން ކުށެއްނެތް ނިކަމެތި ރައްޔަތުން ޖަލައްލައި ޓޮމާޓޯސޯސް އުގުޅައި ތުބުޅި ބޭލުން ފަދަ އަނިޔާވެރި ވެރިކަމަކަށް ކިޔާ ނަމެކެވެ.
މައުމޫނަށް ފުރިހަމަބާރާއެކު 30 އަހަރު، ރާއްޖޭގައި ވެރިކަންކުރަން ފުރުޞަތު ލިބުމުން ކުރި ތަރައްގީއަކީ މިގައުމު މަސްތުވާތަކެތީގެ ހާއްޔަކަށް ހެދުން. އަލުން އެ ތަރައްގީގެންނަ ވާހަކަ ތޯއްޗެ އެބުނީ.
ޢަދުލު ވެރިކަން ނެތުނުމީހާ ޖަލުގަ އީވާން މަރާލީއޭ ގަދަރު އޮވެގެން ލިބުނު ވޯޓުން ކޮރަޕްޝަންވެސް ހަލާލު ވީއޭ
ހަމަ ހަމަ ކަމާއެކީގަ ކަލޭ ގޮޅިޔައްލީމަ އެކަން ގޯސް. އިންސާފުގެ ވާހަކަ ދެއްކޭކަށް ކަލެޔަކަށް ނެއް. 30 އަހަރު ނުވި ތަރައްޤީ ފަސްއަހަރުން ފެންނަންފެށީމާ ވާގޮތްތީ
އެބުނާ ތަރައްގީ އަކީ ތިމާގެ ޖާހަތާއި މާތްކަމާއި އިއްޒަތުގައި ތީމުގޭ ގަނޑުވަރުގައި އުޅުން. އެއީ ތަރައްގީ. ހެޔޮ 30 އަހަރުގެ ވެރިކަމުގައި އެއްކަމެއް ކޮށް ނުދިނަސް. އަނގަ ފަޅާނެ ކަމެއްނެތް ތީ ކޮންކަމެއް މިގައުމަށް ކޮށްދިން މީހެއްތަ؟
ތަރައްގީ އަކީ ބަނދަރު ހެދުމާ އިމާރާތްތައް ނޫންކަމައް މައުމޫން ތިބުނީ. ޜައްޔިތުންގެ ތަރައްގީއަކީ އެމީހުންނައް ރަގަޅު ސިއްހީ ތައުލީމީ އުމްރާނީ ތަރައްގީ އައުން އެކަމައް ބަނދަރު ފުންކުރުމާ، ނަރުދަމާ، ދަތުރުފަތުރު އަދި އިމާރާތްތައް ނުހަދާ އެކަންނުކުރެވޭނެ. މަމީ ވަރައް ސޯލިހު އޮގާތެރި އަބަދު ހެވިފަ ހުންނަމީހަކަސް ރައްޔިތުންނައް އޭގެން ކުރާނެ ފައިދާއެއްނެތް. އެހެންނޫންނަމަ 35އަހަރުގެ ބަރަވެލި ދުވެލި ރައްޔިތުންނައް ފައިދާ ކުރިސް
ތަރައްގީއޭ ބުނާއިރު 30 އަހަރުގެ ވެރިކަމެއްގާ ނުވި ކިތަށްތަރަށްގީ އެންމެ 5އަރުތެރޭ ގެނެއްސިތަ.ހިތަށްއަރާ ނުފެންނަނީ ބާއޭ.
ކީއްވެތޯ ރައީސް މައުމޫންގެ ޒައާމަތުގައި ތަފާތު ކުރެއްވުން ގެންގުޅުއްވީ، ރަޙުމަތްތެރި ބޭފުޅުން ނުވަތަ އެބޭފުޅުން ދަންނަވާ މީހަކަށް ރަގަޅު ވަޒީފާއެއް ނުލިބޭ، އަދި އަމުދުން ދައުލަތުގެ އިސްމަޤާމުތައް ބެއްސެވީ ޢާއިލާގެ ބޭފުޅުންނަށް، މީތޯ ތިވިދާޅުވާ ތަފާތު ނުކުރުމަކީ؟
30 އަހަރު ކަލެޔައް ނުކޮށްދެވުނުކަންތައް ކޮއްކޮ ކޮށް ދިނީމަ ޖޭ ވީދޯ.އިބޫ ތިބެޔާ ދުރުހުރޭ މިއަދު ވަރަށް ބާރަށް ބައްދާނެ މާދަމާ އުޅޭނެ ވައްޓާލަން.
ނިދާއޭ މީވަޠަން އިއްވާ
ތިކިޔާ ތަރިއްގީ އަކީ އިންޑިޔާއައް ގައުމު ވިއްކާލުން ދޯ
މައުމޫނުގެ ތިރީސް އަހަރުތެރޭގައި ތައްރަޤީޤީ ދިވެހި ރައްޔަތުންނަށް ދެއްކީ ކަނޑަތައް ޖަހާގެން ކަމަށްވާތީ ތަރައްޤީ ކުރާނެގޮތެއް ފަހަރެއްގައި ހަނދާނުގައި ނެތުމަަކީ ވެދާނެކަމެއް.
މައުމޫނުގެ ތިރީސް އަހަރުތެރޭގައި ތައްރަޤީޤީ ދިވެހި ރައްޔަތުންނަށް ދެއްކީ ކަނޑަތައް ޖަހާގެން ކަމަށްވާތީ ތަރައްޤީ ކުރާނެގޮތެއް ފަހަރެއްގައި ހަނދާނުގައި ނެތުމަަކީ ވެދާނެކަމެއް.
ތެދުވެރިކަމުން ވޭތުވި 7 އަހަރު ދައުލަތުގެ ބަޖެޓަށް ވޯޓު ނުދީ ހުރީ
ހަމަ ހަމަވުމަކީ ބޮޑުކެކުރި ކުއްކުރީމަ ރައީސްގެ އޯގާތެރިކަމުން މޫނުމަތިން ހެވިފަ ސަރުކާރު ދަމަހައްޓަން އެކަމައް އަޅާނުލުން. އެކަމަކު އާންމު ރައްޔިތަކު ކަމެއްކޮއްފިޔާ ކަފާލާތުދަށުން ވެސް ދޫނުކުން. ތަރައްގީއަކީ މޫނުމަތިން ހެވިފަތިބެ ރައްޔިތުންގެ ކުރިއެރުމައްވުރެ އަމިއްލައެދުން ބޮޑުކޮއް މުސާރަނަގައިގެން ތިބެފަ ރައްޔިތުން ޖަމާކޮއްގެން ބޮޑުމަންޒަރުދައްކަދައްކާ ތިބުން. ޕާޓީއައް މީހުންގިނަ ކުރުން އޭރުން ސަރުކާރުން ލިބޭފައިސާ އިތުރުވުން. އިންތިހާނު ކައިރިވީމަ ކަޑަޖެހުން. 35ފަސްއަހަރު އެތަރައްގީ ރައްޔިތުން ސުކުރުވެރިކަމާ އެކީ ބަލައިގަންނަކަން މިފަހުން ބޭއްވި އިންތިހާބުން ނިކަންރަގަޅައް އެންގިއްޖެ.
ކަޑައޭ ބުނީމާ ހިނިއަންނަނީ.. އަހަރެމެން ހޭއަރައިގެން އައިއިރު އަތިރިޔަށް އެރޭއިރު ކިރިޔާ ލޮލޮގެކޮޅަށް ފެންނަހިސާބު ކުރެދި ދަޑިއެއް ފެނުންމައްޗަށް ހިކިފައި ފެންނަން ހުންނާތީ ތަންކޮޅެއް ހަރުފުރާގެ ބޭބެއެއް ކައިރީ އެއީ ކޯޗެއްހެއްޔޭ އަހާލީމާ ބުނީ އެއީ ރަށުގެ ހިއްކާ ސަރަހައްދޯ.. ކުރިން ހުރީ މިތާ ކައިރީގަޔޯ. ކޮންމެ ވޯޓަކަށް ކަޑަ ބޭރުކުރަމުންގޮސް މިހާރު ހުރި ހިސާބޭ އެއީ. 1982 ހާތަނުގައި ޖެހިއެއްޗެކޯ އެއީ.. ކަޑަ ޖެހިއިރު އަދި އަޅުގަނޑުމެން ދުނިޔެއަށް އުފަންވާން ގާތްނެތް..
މުސްކުޅި ވީމަވެސް މައިތިރިނުވާ މީހެއް
އެހެންވީއިރު ކުރިޔަށް އޮތް 5 އަހަރު އިމާރާތެއް އެޅުމުގެ ބުންވަރުވެސް މި ސަރުކާރުގައި ނުހުންނާނެދޯ! އެކަމަކު ބައިތުލްމާލު ދިރުވާލުމުގެ ތަރައްޤީ އަންނާނެ.
30 އަހަރު ޖަލުގަ ކިތައް މީހުން މަރުވިތޯ
އަހަރެން އުމުރުން ތިރީސް އަހަރުވީ މައުމޫނުގެ ފުރިހަމަ ނަމަކީ ރައީސުލްޖުމްހޫރިއްޔާއަލްއުސްތާޒްމައުމޫންއަބްދުލްގައިޔޫން ކަމަށް ހީކޮށްގެން ހުރެ.
މާތްކަލާނގެއާ ވަކީލް. ދައްކަވަން ހުރި ތަނެއް ދައްކަވާފައި އިވެން ހުރި އަޑެއް އިވިފައި ގެންދަވާނީ. ގައިމުވެސް ވަކި ޕާޓީ އަކަށް ނިސްބަތްނުވާ މީހެއްގެ ހައިސިއްޔަތުން ދަންނަވާނީ ކޮންމެ މީހަކު ކޮށްދިނަސް މި ޤައުމު ތަރައްޤީ ވާންށޭ ބޭނުންވަނީ. ކޮންކްރީޓު ތަރައްޤީ ވިޔަސް.
ކަސޯޓީ ޒިންދަގީކީ އިސް ބެކް............ ވޮޗް
ކަލޭ ތީ ކަލޭގެ ސައިޒަށްވުރެ މާ އަނގަބޮޑުމީހެއްކަމަށް ބޭރުގެ ޤަވްތަކުންވެސް ބުނި މީހެއް. ކޮބާތަ އިންތިޚާބުތަކާދިމާކޮށް ރަށްރަށުގައިޖެހި ކަޑަތައް؟ އެ ކަޑަތައް މީހުންގެ ތަލަޔަށް ޖެހިނަމަ އިންސާނުން ތަރައްޤީވާނެ ތޯއްޗެ؟ އަނގަނުތަޅާ ހިމޭނުން ހުރެވޭތޯބަލާ. ކަލޭ ތީ ކާކުކަން ނޭނގޭމީހަކު މިޤަވްމެއްގައި ނެތް. ޚާއްޞަކޮށް 1978 ނޮވެމްބަރ މަހު 11 އިން 2008 ނޮވެމްބަރ 11 އަށް ޖަލުމީހުންނަށް. މީދެން ކިހާ ބޮޑުކަމެއް.
އާބާދީގެ ބޮޑުބަޔަކަށް ފެނާއި ނަރުދަމާ ، ހުރިހާރަށަކަށް ކަރަންޓު ، ހުރިހާޓީޗަރުން ދަށްވެގެން ޑިޕްލޮމާފެނަވަރަށް ، މަތީތަޢުލީމަށް ބައިވަރު ލުއިލޯނު ، ކޮރުވެފައޮތް ހުރިހާ ކުންފުނިތައް އަމިއްލަ ފައިމަތީގައި ، 36 މިސްކިތް އަލަށް ، 2300 ކުލާސްރޫމު އަލަށް ، ރާއްޖެއިންބޭރުން މީގެކުރިން ލިބުނު ޞިއްޙީ ޚިދުމަތްތައް ރާއްޖޭގައި ، 30 ރަށުގެ ބިންހިއްކާ ، 85 ރަށުގައި އަލަށް ބަނދަރު ، ފޭނާ ކަރަންޓު ހުރިހާ ރަށެއްގައި އެއްއަގު ، ރާއްޖޭގައި ޑޮކްޓަރުން ޓްރެއިނިންގ ، 45 ކުއްޖެއްގެ ބޯންމެރޯ ، އަލަށް މާލޭގައި ފެންވަރުރަގަޅު ދެ ހޮސްޕިޓަލް ، އަތޮޅުތެރޭގައި ޓާސަރީފެންވަރުގެ ހޮސްޕިޓަލްތައް ، 12 އެޔަރޕޯޓް ، ބޮޑު ބްރިޖް ، މާލެއާއި އަތޮޅުތެރޭގައި ތާރުއެޅި މަގުތައް ، އެތަކެއްހާސް ފްލެޓް ، މިއީ ތަރައްޤީތޯ މައުމޫނޫ؟
މައުމޫނު ތިހެއްދެވީ ރަނގަޅަކަށް ނޫނެވެ
އެމްޑީޕީ އަކީ ދެފުށް ދެގޮތް މުނާފިގުން ލީޑުކުރާ
ޕާޓީއެއްކަން އެނގޭއިރު އެމީހުންނަށް ބަރޯސާ
ވުމަކީ އެޅުއްވި ޅައެއްޗެކެވެ
މީނަގެ 30 އަހަރުގެ އަނިޔާވެރި ފިނިހަކަ ދުވެލީގެ ވެރިކަމުގައި ޖަލަށްލީ މީހުން އުޅުނީ ހާދަހާލަކުއޭ، ކޮންއަނގައެއްތަޅުވާކަށް، މިހާރުވެސް އެހުންނަނީ ވެރިކަމަަށް ދަހިވެތިވެފައި
މައުމޫނު ތިޔަހެން ވިދާޅުވީމަ ހިނި އަންނަނީ . އެއީ މައުމޫނުގެ 30 އަހަރުގެ ވެރިކަމުގާ ރަށު އޮފީސްތަކާ ރަށްވެހިގެ ، މަދްރަސާ ހޮސްޕިޓަލް ސިއްހީމަރުކަޒު އިންޖީނުގެ ހެދީ ދަނޑިފަނުންތޯ ؟ކޮންކްރީޓް ގެ ބޭނުން ނުހިފާތޯ ؟އަޅުގަނޑު ހީއެއް ނުކުރަން މައުމޫނުގެ ވިސްނުން ތިޔަހާ ކޮށި ކަމަކަށް. ދުނިޔޭގެ ހުރިހާގައުމަކުންވެސް އެގައުމުގެތަރައްގީ މިފެންނަނީ ކޮންކްރީޓުން .ކޮންސްޓްރަކްސަން އިންޑަސްޓްރީޒް ދުޅަހެޔޮވެ އެވަސީލަތުގެތެރެއިން ރައްޔިތުންނަށް ފައިސާގެ ތަނަވަސްކަން ލިބިގެންދާތަން މިފެންނަނީ .ކޮންކްރީޓް ތަރައްގީގެ ތެރެއިން ބޯހިޔާވަހިކަން ލިބި ތިބި ހާލަތުގެތެރެއިން ނުކުމެވި އާމަރުހަލާއަކަށް ރައްޔިތުން ބަދަލުވެގެންދާތަން މިފެންނަނީ ރަށްރަށުގެ ފަޅާ ނަރުދަމާ އާ ބަނދަރުވެސް މިފެންނަނީ ކޮންކްރީޓް ތަރައްގީގެ ތެރެއިން ނޫންބާ ؟ބިމެއްހިއްކިޔަސް އެ ބިމަކުން ނުފެންނާނެ ދިރިހުރުމުގެ އެއްވެސް ނިސާނެއް އަދި އާބާދީ އެތަނަކު ވަޒަންވެރިއެއް ނުވާނެ .އެކަމަކު ކޮންކްރީޓް ތަރައްގީ އައުމާއެކު ދިރިހުރުމުގެ ނިސާންތަކާ އާބާދީ އާ ތަރައްގީ އެތަނަކުން ފެންނަންފަށާނެ. ތަރައްގީ މީހުން ކިޔަނީ ފަލިޖަހާފަ ދަތުރު ކުރި ދޯނި ރިޔަލުން އިންޖީނުދޯނި ސަފާރީއާ ފެރީދޯނި ސްޕީޑްބޯޓް ލޯންޗް ތަރައްގީވެގޮސް ސައިކަލާކާރާ ވޭނާ ލޮރީއާ ޕިކަޕާ ން ކަނޑު ހުރަސް ކުރެވޭފަދަ ވަސީލަތް ގާއިމް ކުރުމަށް ކިޔަނީތަރައްގީ .ހަރުފަތަކަށް ފަހު ހަރުފަތެއް ނިމި ބްރިކޖާއި އަންޑަރސީ ރޭލު ގެ ވަސީލަތް ގާއިމު ކުރެވުނީމަ އެއީ ދަތުރުފަތުރުގެ ނިޒާމުގެ އެންއުސްތަރައްގީ . މިއިން އެއްވެސްކަމަކީ ކޮންކްރީޓާ ނުލާ ނުވާކަންކަން. ވީމާ ވިސްނުމަކާނުލާ ވާހަކަ ވިދާޅު ނުވޭ.
ތަރައްގީ އަކީ ކޮބައިތަ؟ ދީނީގޮތުން ކަންކަން މާއުޅޭމީހާ ހިފަހައްޓާފަ ތުނބުޅީގަ ސޯސް އުނގުޅުންތަ. އަނބިދަރިން ރޯބަރަހަނާކޮށް ބެހެއްޓުންތަ؟
ޢެހެންވެގެންދޯ އެންދެރިމާގެ 12 ބުރިޔައްނަގާފަ
ޙުރިހާތަނެއްކުއްޔަށްދީފައެހުރޭ
މައުމޫނު ތީ ދެން ކާކު؟ މުނާފިގުންގެ ބައްޕަ.
އާން، މައުމޫންގެ ތިރީސް އަހަރުތެރޭ ލިބުނު ތީމުގެއަށް ގޮސް ސަލާން ޖަހާ ތަރައްގީ މިގައުމަށް ގެންނަންވީ...
ކަސޯޓީގެ 30 އަހަރު.
ތަރައްގީ އަކީ އިޕިލް އިޕިލް ހެއްދުން. ގަރުދިޔަ ފެކްޓަރީހެދުނު.
މައުމޫން ކޮބާ މަނިކުފާނުގެ ލަދުހަޔާތް
ކީއްކުރަން ތަޅާއަނގަތަކެއް ތީ މައުމޫނައް ތިފުރުސަތު ދިނީ ހަމަތިމީހުން ކަލޭމެންބޭނުން ވީމިރާއްޖެހަލާކުކޮއްލަން އެކަންކޮއްފަ ދެނކޮންއަނގަ އެއް ތަޅާކައް ދެންމިހާރު ވަގުތުފާއިތުވެއްޖެ ތިހެރެނީ އަމިއްލައައް ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލައް މިތާމިތިބީ މޫސާގެފާނު ގައުމުގެ މީހުންނައްވުރެ ނުބައިބައެއް އެމީހުންނަކައްވެސް ހެޔޮނެތް އެއްގޮތެއްވެސް
މައުމޫނުގެ ވެރިކަމުގަ ރިޔާސީ އިންތިޚާބުގަ މައުމޫނަށް ރަސްގެ ޖެހީ ައަހަރެމެނގެ ބެއްޔާ ބޮޑު ބޭބެ ވަގުތުން މާލެ ގެނެސް ޖަލައްވެއްދީ މީ ހަގީގަތް މިދުއްޕާނު މިކިޔަނީ ކީކެޔތަ ރިޝްވަތު ބަހާފަ ކައިފަ
ކަލެއަށް ނޭޅުނު އެއްޗެއް ރޔ އެޅީމަ ކަލޭވީ ހަސަދަ. ބައްޔެއް ނުން
ތީ އެއްކަލަ އަންނި ބުނާ ކަހަލަ ރަނގަޅު ވުން. ރަނގަޅު ވުމަކީ ތަދު ނުވުން. ލޮލް
30 އަހަރުން ނުވި ކަންކަން އެންމެ 5 އަހަރުން ކުރީމަ ހަސަދަވެރިވީ. ތަޖަމްކޮށްބަލަ. ހަމަ ހިނި އަނަނަނީ. ރައީސް މައުމޫން ދެން ބަޑުން ގޭގަ އިންނަވާ.
"ޙަފްޞާ" ގެ ކޮމެންޓްގައި އެހުރީ ލޮލަށްފެންނަންހުރި ޙަޤީޤަތްތައް! އަދިކޮބައިތޯ މުޅިން އަލަށް ހެދި 25 ރިސޯޓާ ، ވެލަނާ އެޔަރބަނދަރު؟
ތިރީސް އަހަރު ވަންދެއް މިބީތާގެ އަނިޔާވެރިކަން ނިކަމެތި ރައްޔިތުންނައް ލިބުނު. ވެރިކަމުން ބޭރުވީމަވެސް މިބީތާގެ ދުލުގެ އަނިޔާވެރިކަމިން ސަލާމަތެއް ނުވެވުނު. މިދެން ބޮޑު ވަބާއެއްކަހަލަ މުސީބާތެއް.
ތަރައްގީ ބޭނުންވާއިރު އަހަރެމެން އުޅޭނެ ތަނެއްވެސް ބޭނުންވާނެ. އެމްޑީޕީ މީހުން އެކިޔަނީ ކޮންކުރީޓް ތަރައްގީއެއް ބޭނުމެއް ނުވެޔޭ. ބަލަ ދެން އެމްޑީޕީ ސަރުކާރުގަ ފުލެޓް އަޅާފަ ދޭން ތިއުޅެނީ ފަނުން ފުލެޓް ހަދާފަތޯ. އޭރުން ރައްޔިތުން ހާދަ ހާލެއްގައޭ އުޅޭނީ. ވެރިކަން ބޭނުންވިޔަސް ހަމަޖެހޭ ވާހަކަ ދައްކަބަލަ
ނޯ ކޮންކްރީޓް ނޯ ތަރައްގީ. ކޮންކްރީޓާ ނުލައި ތަރައްގީ އެއްނެތް. މާލެއާ ހުޅުލެ ގުޅާލާފައި ތިޔައޮތް ދިގު ފާލަން އެއީ ކޮންކްރީޓް ނޫން ދެން ކޮންއެއްޗެއް....؟؟؟
މ،ައުމޫނަށް މިހާރު ހީފުޅުވަނީ ތަރައްގީ ކިޔަނީ 3600 ފެންފޯއް ރުއް ގަތުމަށް ރުކަކަށް 1000 ރުފަިޔާމަގުން ފައިސާނަގާ 100 ފެންފޯއް ރުއް ގަނެ މާލޭ މަގުތަކުގަ އިންދުމަށް ކަމަށް.
30 އަހަރުގެ ވެރިކަމުގައި ރަށްރަށުގެ ބަނދަރުހެދީ ކީއްކުރަން. ޜާޅުޖަހާތަނަށް ފުންމާލައިގެން ރަށަށް ފައިބާގޮތަށް ބޭއްވިނަމަ ކިހާރަނގަޅުވީސް. ކުށެއްނެތި ކިތައްމީހުން ބަންދުކޮށް ޖަލަށްލީކީއްވެބާ.
"ރައްޔިތުން ބޭނުންވަނީ ތަރައްޤީ ކަމަށާއި ނަމަވެސް އެއީ އިމާރާތްތަކެއް އެޅުން ނޫން"
އަދި ތަރައްގީ އަކީ ރަނގަޅު އިމާރާތް ތަކެއްގާ ބޯހިޔާވަހިކަމެއް ލިބިފައިނުވާ ރައްޔިތުން ފެލުމެއްވެސް ނޫނެވެ.
30 އަހަރު ތި ބުނާ ތަރައްްްޤީ ނުގެނެވި މިހާރު ތި ދައްކަވަނީ ކޮން ވާހަކަ އެއް . އަމިއްލަޔަށް ޖަލުގައި އެންމެ 8މަހު ހޭދަކޮށްލުމުން އަނިޔާގެ ވާހަކަ ދައްކަން. ލަދެއްވެސް ނެތް. ކުށެއް ނެތް ކިތައް މީހުންނަށް ޖަލުގެ އަނިޔާ ދީފައިވާ މީހެއް ތީ
މައުމޫން އަކަށް ތަރައްްްޤީ އެއް ނޭނގޭނެ އެހެން ނޫންނަމަ 30 އަހަރުގަ ތަރައްޤީ އަހަރުމެންނަށް އޮނާނީ ފެނިފަ. މިހާރު ކޯއްޗެއް ކިޔާކަށް. އަދިވެސް ވެރިކަމާ ހެދި ހޭބަލިވެގެން މިއުޅެނީ.
ރައީސް މައުމޫން ވިދާޅުވީ "ރައްޔިތުން ބޭނުންވަނީ ތަރައްޤީ. ނަމަވެސް އެއީ ބަނދަރުތައް ފުން ކުރުން ނުވަތަ އިމާރާތްތަކެއް އެޅުން އެކަންޏެއް ނޫން. ރައްޔިތުން ބޭނުން ވަނީ އިންސާނީ ވަންތަ ތަރައްޤީ. ތަފާތު ކުރުމެއް ނެތި ކަންތައްތައް ވެގެން ދިއުން." ކަމަށެވެ.
ރަނގަޅު ވާހަކައެއް. އެހެންވެގެން މަޢުމޫނުގެ ދިގު 30 އަހަރު ރައްޔިތުން ޖިފުޓީގައި ނިދަންޖެއްސީ. އަދި އޮޑިފަހަރު ފަޅަށް ނުވެއްދިގެން ފަތާފައި މަރުވިޔަސް ހެޔޮކަމަށް ރަށަށް އަރަން ޖެއްސުވީ.
ރައްޔިތުން އިންސަނީ ވަންތަ ކަމުގައި އުޅެން ޖައްސުވަންވެގެން އެބައިމީހުން ތަރައްޤީވިޔަނުދީ ކިޔެވިޔަނުދީ މަޢުމޫން ނޫންމީހަކަށް ވާހަކައެއް ދެއްކުމުގެ ފުރުޞަތު ނުދީ، މަބޮޑޭވެގެން ރައްޔިތުން ގުނބޯ ހައްދައިގެން އުޅުނީ. މަޢުމޫނު ބޭނުންވަނީ ރައްޔިތުން އިންސާނީ ވަންތަ ކަމާއިއެކު އެމޭޒަން ޖަންގަލީގައި އޮރިޔާން ޙާލުގައި ހޮރުހޮރުގައި އުޅޭ މީހުންފަދައިން އުޅުމަށް. ނޫނޭ، ޖަނަވާރު ވިސްނުން ގެންގުޅުނަސް މީދެން ބޮޑުވަރު. މިވަރުގެ ނުބައި ނުލަފަ މަލްޢޫނެއް ދުވަހަކުވެސް ނުދެކެން.
ތަރައްޤީ އަކީ ރައްޔިތުންނަށް ކަމެއް ނުކޮއްދީ ދައުލަތައް ލިބޭހާ ލާރިޔެއް ބަނޑު އަޅައި ލައިގެން ރައްޔިތުން ގުބޯ ހެއްދުން
ޢިމާރާތްތަކެއް ނާޅާ ތަރައްގީ ކުރާނެ ގޮތެއް ފުރަތަމަ ބުނެދޭން ވީނު ހޮސްޕިޓަލް އެންމެނަށް ޚިދުމަތް ލިބޭފަދަ ގިނަ ޑިޕާޓްމަންޓް ތަކެއް ހުންނަން ޖެހޭ ވުމާއެކު ޢިމާރާތްވެސް ބޮޑުކުރަން ޖެހޭ ގެދޮޜުގެ ދަތިކަން ފިލުވަންވެސް ޢިމާރާތް ތަކެއް އަޅަން ޖެހޭ އެއަރޕޯޓް ތަރައްޤީކުރަން ގިނަބަޔަކަށް ޚިދުމަތް ދިނުމަށް ޢިމާރާތްވެސް ބޮޑުކުރަންޖެހޭ ވީމާ ޢިމާރާތްތަކަކާ ނުލާ ތަރައްޤީ ކުރާނެ ގޮތެއްވެސް ބުނެދޭން ވީނު
މިސޮރުވެސް މޮޔަގޮވާނެ.
މިފަހަރު 45 އަހަރުން މަތީމީހުންނަށްވެސް ވަކިމިންވަރެއްދެއްވާނެތޯ
ގައުމުގެ އިންފުރާސްޓްރަކްޗާ ތަރައްގީ ނުކޮށް ތަރައްގީ ގެންނާނީ ކިހިނެތް؟ ޢެހެންނަމަ ސަހަރާތައް ވެސް ހުންނާނީ ތަރައްގީ ވެފަ.
30 އަހަރު ވެރިކަން ކުރެއްވިއިރު ކުރެއްވިހެން ދެއްތޯ؟ .... އެންމެ ތާހިރު މީހާ މިވާހަކަ ދައްކަން.
ކިތައްމެ ރުޅިއަޔަސް ތެދު ޤަބޫލު ކުރަންވާނެ ހަޤީގަތް އޮޅުވާލައިގެން ނުވާނެ މައުމޫނުގެ ވެރި ކަމުގަ ހަނޑަސްބުރި އުވާލާ ފާޚާނާހޮޅި އަޅައި ދިނީ ނަޖިސް ފެނުގެ ބަދަލުގަ ވޯޓަރސަޕްލައި ފެން ލިބޭގޮތް (ބޯންކަމުނުދިޔަސް) ހަދައިދިނީ އެކަމަކު މައުމޫގެ ދުވަސްވަރު ޖަލުގައާ ބަންދު ކުރާ މީހުނަށް ވަރަށް ބޮޑަށް އަނިޔާ ކުރިި އެންމެ އަނިޔާވެރީ މައުމޫނުގެ ސަރުކާރު
މޮޅުވާހަކަ ދައްކާނެކަމެއްނެތް މައިމޫނު، އަހަރުމެން ރާއްޖެތެރެ ރައްޔަތުން ތަފާތު ކޮށްކޮށް މިތިބީ އެއްކުޅަދު މަދުވެފ ތައްރައްގީއޭކިޔައިގެން އަގަނުހުޅުވާ، ތިބޭފުޅާމަޑުންހުރެވޭތޯބަލާ،
މިކަލޭގެ މިގޮތައް އިރުއިރު ކޮޅާ ބައްދަލު ކުރާނެ. ދެން ބުނާނެ މިހެން ހަދަން އެހެން ހަދަން. އެގޮތެއް ނަހަދައިފިނަމަ ތުންފިއްތާފައި ގެއަށް ގޮސް އޮވެ ޓުއިޓް ކުރަންފަށާނީ. ދެން ބަޣާވާތެއް ރާވާނީ..! ހިތް ނުފުރޭ ބެއްޔާ ގަނޑެއް. އަމިއްލަ ކޮށްކޮއާ ދެކޮޅަށް ނުކުތް މީހަކަށް އަދި އިބޫ މީ ކާކު..!