ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު ބޮޑު ތަކުން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރައްވާ ރާއްޖޭގެ ރައީސްކަމަށް އިންތިހާބުވެފައިވާތީ އެމެރިކާއިން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ.

އެގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންތައްތަކާއި ބެހޭ ބިއުރޯއިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވަނީ އިބޫ އިންތިހާބު ކާމިޔާބުކުރެއްވީތީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ ރާއްޖޭގެ ޑިމޮކްރަސީއާއި ކުރިއެރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ.

އެމެރިކާއިން އިބޫއަށް މަރުހަބާ ވިދާޅުވެފައިވާއިރު ރާއްޖޭގެ ބައެއް ފަރާތްތަކާއި މެދުގައި ފިޔަވަޅު އެޅުމަށް އީޔޫއިން ފާސްކުރި އޮނިގަނޑަށް އަމަލު ކުރާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އަދި އެމެރިކާ ފާހަގަވެފައި އޮތީ ރައީސް ޔާމީންގެ ސަރުކާރުގައި ކަންތައް ހިނގަމުން އަންނަ ގޮތާއި މެދު އެންމެ ބޮޑަށް ފާޑު ކިޔާ އެއްގައުމުގެ ގޮތުގައެވެ.

އެމެރިކާގެ އިތުރުން ބޭރުގެ ވަރަށް ގިނަ ގައުމުތަކުން ވަނީ އިބޫއަށް މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން ޗައިނާ އާއި އިންޑިއާގެ އިތުރުން ޕާކިސްތާނާއި ސްރީލަންކާ ފަދަ ގައުމުތަށް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ވާނުވާ

  އެމެރިކާ އާއި އިންޑިޔާ ކައިރި ވެއްޖެ ތަނެތް ރަގަނޅަކަށް ނޯންނާނެ މިއޮތް ހުރިހާ ދުވަހު މޯދީ ދުނިޔޭގަ އުޅުނު ކީވެބާ މިއަދު އޭނައަށް ދުނިޔޭގެ ލަގަބެއް ލިބުނީ އެއީ އެބައިމީހުންގެ ފިކުރު އިންޑިޔާގައި ގާއިމް ކުރުމުން އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ކުރުން ޒިނޭހުއްދަ ކުރުން އަހަރެމެން ދިވެހިން ނަށް ދުނިޔޭގެ ކަންކަން ހިގާ ގޮތް ނުވިސް ނެނީބާ

 2. ބުުލްބުލް

  ތި ބުނާ ޑިމޮކުރަސީ ފެނޭ މެދުއިރުމަތިން!

 3. ބުުލްބުލް

  ހުސް ކާފަރުން

 4. މާކުންބެ

  މިގައުމުގައި ޑިމޮކްރަސީ ހަރުދަނާވާނީ އެއްޖިންސުން ގުޅުން ހިންގަން ހުއްދަ ދިނުމާއި އެހެން ބާތިލް ދީންތަކައް ހުއްދަދިނުމާއި ޒިނޭކުރުން ހުއްދަވެގެންކަން ހަނދުމަކޮއްދެން.