އިންތިހާބުގެ ބަލި ގަބޫލުކޮށް ގައުމު ފިތުނަވެރިކަމަކަށް ވައްޓާނުލާ ރީތިކޮށް ވަޑައިގެންނެވުމަށް ރައީސް އަބްދުﷲ ޔާމީން އަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ބައްދަލުކުރެއްވުމަށް ފަހު ދެބޭފުޅުން އެކުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

"އެއްގޮތަކަށްވެސް އަޅުގަނޑުމެން މިތިބީ ދޫދެއްވާ ގޮތަކަށް ނޫން. ރައްޔިތުންގެ ބަސް ވަރަށް ސަރީހަކޮށް ސާފުކޮށް ބުނެފި. އެބަސް ޖެހޭނެ ހިނގަން. އަދި އެބަސް އެގޮތުގެ މަތިން ދެމެހެއްޓުމަކީ މުޅި ދިވެހި ރައްޔިތުންގެ ވާޖިބެއް. މިހާރު ރައީސަކަށް ހުންނެވި ބޭފުޅެއްގެވެސް ވާޖިބެއް. އަދި ސަލާމަތީ މުވައްސަސާތަކުގެ ވެސް ވާޖިބެއް. ސިފައިންވެސް ފުލުހުންވެސް އެކަން ދަމަހައްޓަން ޖެހޭނެ" ރައީސް މައުމޫން ވިދާޅުވިއެވެ.

ހުރިހާ ސިޔާސީ ލީޑަރުންނަކީ ވެސް ރައްޔިތުންނަށް ހިދުމަތް ކުރައްވަން ނުކުމެ ތިބި ބައެއް ކަމަށާއި އެއްވެސް ބޭފުޅެއްގެ އަމިއްލަ ހައިސިއްޔަތެއް ނެތް ކަމަށް މައުމޫން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެންނަކީ ރައްޔިތުންނަށް ހިދުމަތް ކުރައްވަން ނިކުމެ ތިބި ބައެއް. އަޅުގަނޑުމެންގެ އަމިއްލަ ހައިސިއްޔަތެއް ނެތް. އަދި ރައީސްގެ ވެސް އިންތިހާބީ ރައީސްގެ ވެސް އަމިއްލަ ހައިސިއްޔަތެއް ނެތް. އެ ބޭފުޅުން ތަމްސީލު ކުރައްވަނީ ރައްޔިތުން. އެހެންކަމުން ރައްޔިތުން ބޭނުންފުޅުވާ ގޮތަށް ކަންތައް ހިނގަން ޖެހޭނެ. އަޅުގަނޑުވެސް ގޮވާލަން އިންތިހާބުގެ ނަތީޖާއާއި މެދު ޝައްކު އުފެދޭނެ ފަދަ ގޮތަކަށް ކަންތައް ނުކުރައްވާށޭ. ރީތިކޮށް މިކަން ގެންދަވާށޭ. ޝަރަފާއި އިއްޒަތާއި ގަދަރާއި ކަރާމާތާއި އެކުގައި ކާމިޔާބު ނުވި ބޭފުޅަކު އެކަން ގަބޫލު ކުރައްވާ އެންމެންނަށް ތަނަވަސް މަގު ދައްކާދެއްވާށޭ" މައުމޫން ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މައުމޫން ވަނީ ބަލި ގަބޫލު ކުރައްވާ ހިނިތުންވުމާއި އެކު ވަޑައިގަތުމަށް ރައީސް ޔާމީނަށް ގޮވާލައްވާފައެވެ.

"ޑިމޮކްރަސީއެއްގައި އެންމެ ވޯޓަކުން ބަލިވިޔަސް ބަލި ގަބޫލު ކުރާށޭ. މައްސަލަ ނުޖައްސާށޭ. ރައްޔިތުން އަނެއްކާ ފިތުނަވެރިކަމެއްގެ ތެރެއަށް ވަށްޓާނުލާށޭ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނަތީޖާ ގަބޫލުކޮށްގެން ރީތިކޮށް ހިނިތުންވެ ހުރެ ރައްޔިތުންނާއި އަލްވަދާއު ކިޔާ ދާށޭ" މައުމޫން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ާޒާ

  މީނަވެސް މީ ގައުމަށް ޖެހިފާހުރި މުސީބާތެއް.

 2. ސިޒާ

  މައުމޫން ހީކުރަނީތަ މީ ތިމާގެ 4 ދަރިންނާއި، 4 ދަނބިދަރިންގެ ގައުމެއްކަމަށް. ބަލަގަ ތިބާ އެންނު ޑީއާރުޕީ ދޫކުރައްވާ ސިޔާސީ ކަންކަމުން އެއްފަރާތްވެފައި އަނެއްދުވްހު ރަން ފާޚާނާ ތަށި ހުވަފެނުން ފެނިގެން ވެރިކަމުގެ ދަހިވެތިކަމުގައި ފުންމާލީ. ނެތޭ ތާއީދެއް ތިބާއަށް މިހާރު. ތީ ސުމެއް

  • ސޫރަ

   ސިޒާ ހާދަ ޖޭވަނީ .ދެން ލަލަަލާ .އެއޮތީ ރައްޔިތުން ގޮތް ނިންމާފަ ދެންވެސް ހަމަ ލަލަލާ

 3. ކޮސްނުގޮވާ

  ތެދެއްވިއްޔާ ވާނީ ތެދަކަށް

 4. ޖައްވަށް ފަޒާޔަށް

  ހެހެހެ އެހެންނަމަ ތިބޭފުޅާ ތިހެން ނޫޅުއްވާ ރީތިކޮށް ހިނިތުންވެލައިގެން ހުންނެވީސް ނޫންތޯ ކޮންކަމެއް ނުވެގެންތޯ ތިއުޅުއްވަނީ، ރައްޔިތުންނާއި ޤައުމަށް ހެޔޮއެދޭތީތޯ ނޫނީ މިޤައުމު ސަލާމަތުން އޮތަތީތޯ...!!!!؟

 5. ނިންމާދީ

  އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އަންނާނެއޭ މީ ސަލާމަތީ ޚިދްމަތް ތަކާއި ވެސް ބެހޭ ކަމެއް ނޫނޭ ސަލާމަތީ ޚިދްމަތް ތަކުން ވެސް ބަލަން ޖެހޭނީ 95 ހާސް މީހުންގެ ހައްގު ގެއްލިގެން ދާއިރު އެމީހުންގެ ހައްގު ދިފާއު ކުރުމަކީ ސަލާމަތީ ޚިދްމަތް ތަކުގެ ޒިންމާ އެކޭ އެގޮތުން ބަލާއިރު ވޯޓް ގައި އިލެކްޝަންސް ކަމިޝަން ގެ މެމްބަރުން ކޮންމެ މެމްބަރަކަށް 6 މިލިއަން ކަޓެއްގެ ގޮތުގައި ކައްވާލައިގެން ވޯޓް ކަރުދާސް ޗާޕް ކުރި އިރު ނަމްބަރު 1 ގައި ޖަހާ ފާހަގަ ފުހެވޭ ގޮތް ހަދާ އަދި ނަމްބަރު 2 ގައި ޖަހާ ފާހަގަ އޭގެ ބަދަލުގައި ވޯޓް ކަރުދާސް ކޮޅުން ފެންނަ ގޮތަށް ހެދުން އެއީ ރައްޔިތުން އިބޫ އަށް ވޯޓް ދިނީ އެއް ނޫން އެއީ ވޯޓް އިން ވައްކަން ކޮށްގެން ރައީސް ކަމަށް އަންނަން ތަމެން ތިޔާ އުޅެނީ އެކަން މަމެން ގަބޫލެއް ނުކުރާނަމޭ ހަމަ ޖެހޭނީ އަލުން ވޯޓް ކައުންޓް ކުރަން އަދި އިންތިޚާބު ބާތިލް ކުރުމަށް ފަހު އާ އިންތިޚާބެއް ބާއްވަން މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ.

 6. ސައްޔިދު

  ވަރަށްމޮޅު ހުރިހާ ފިތުނައެއްގެ ބާނީ ތިގޮތައް ޔާމީނަށް ގޮވާލަން ލަދެއްނުގޭތަ! ވެރިކަމާހުރެ ލަދުހަޔާތްވެސްނެތީދޯ! މުޅި ޢޫމުރު ހޭދަތިޔަކުރީ ރައްޔިތުން ސޭކުހެއްދުމަށް 30 އަހަރުވަންދެން ރައްޔިތުން ގޮބޯހައްދައިގެން ގެންގުޅެފި

 7. ފިތުނަސްރީނާ

  ބައްލަވާ ގައުމު ފިތުނައަކަށް ގެންދެވީ ކާކުތޯ؟ ކީއްވެހޭ އުސްތާޒްގެ ފޯނުނުދެއްވީ؟ ފިތުނަފަޅާއަރާފާނެތީ ނޫންތޯ؟ އަދިވެސްހީކުރަނީ ހުސްގަމާރުންނޭތޯ މިގައުމުގަތިބީ... ކިހާދުވަހެއްވެއްޖެ ކޯރޓްތަކަށް ނުފޫޒްފޯރުވާތާ؟ ބޭނުންހާގޮތެއް އަބަދަކުނުވާނެ، އަދިވެސް މައިތިރިވާކަށް ނުވޭތަ؟ މިހާރުބަލިފުޅުވެސް ރަނގަޅުވީތޯ؟ ހުސްދޮގު؟ ބަލިވަނީވެސް މިކަލޭގެ އެކަނި. ދޮހޮއްކޮބޭއަށް ހަދާލިގޮތް ކޮބާ؟ އިންސާފުތޯ އެއީ؟ އޭނަމުނަޑެއްލާފަހުރީމަ އެއީ އެއްވެސް މީހަކަށްނުވިނޫންތޯ..... ކީކޭބުނާނީ.... ލަދުހަޔާތްކޮބާ ކަލޭގެ

 8. ގައްޒާފީ

  މައުމޫން ދެއްކެވި ވާހަކަގެ ތެދުދޮގު ރަށްޔަތުންނަށް އެގޭތަ

 9. ދިވެހިރާއްޖެ

  ދޫކުރާނެ ބަޔަކު މިހާރަކުނެއް!

 10. ފޭސް

  އަހަރެން އުމުރުން ތިރީސް އަހަރުވީ މައުމޫނުގެ ފުރިހަމަ ނަމަކީ ރައީސުލްޖުމްހޫރިއްޔާއަލްއުސްތާޒްމައުމޫންއަބްދުލްގައިޔޫން ކަމަށް ހީކޮށްގެން ހުރެ.

 11. ޢަލީ ހަމީދު

  ޞ ބަލަގަ ބެއްޔާ ބޭބެ ރިސްވަތުބެހީވެސް ރައްޔިތުން ހައްގުގަތަ މީކަލޭގެ ތަރިކަ މުދާތަ ދަރިފަސް ކޮޅަށް ވާރުތަކުރަން

 12. ސައްލޭ.

  މައުމޫނު ބަޢާވާތުން ވެރިކަންވައްޓާލުމަށް އުޅުމުން އެކަން ފަޅައި އަރާގެން ތިޔައީ ޖަލުގައި އޮވެފައި.ފިތުނަ އޭ ބަޢާވާތޭ އަނިޔާއޭ. މިފަދަ ވާހަކަ ދައްކާއިރު ތިމާ މީހާ ވެރިކަން ކުރި ތިރީސް އަހަރު ވެރިކަން ކުރީ ކިހިނެއް؟އަނިޔާއާ ބޭއިންސާފު ނުލިބި ތިބެގެން ތެޅި ވެރިކަން ވައްޓާލި ބައިގަނޑު ފަހަތުން އެމީހުން ރަނގަޅު ވެގެން މިހާރު ތިތެޅެނީ. މިރާއްޖެ ޕާޓީ ސިސްޓަމް ހަދަން ޖެހުނީ ވެސް މައުމޫނު މިދިވެހިރާއްޖޭގެ ވެރިކަމުގައި ބަގުޑި ބައްދައިގެން އުޅެ އުޅެ އެކަން ޙާސިލް ނުވުމުން. މިރާއްޖެ މިހާ ނަމާން ތަނަކަށް ހެދީވެސް މައުމޫނު.

 13. Anonymous

  ރާއްޖޭގެ ވަލިއްޔުލް އަމްރަށް އިބޫ ކިއުމަކީ އަޅުގަނޑުމެން އެދޭ ކަމެއްނޫން. އެބޭފުޅާއަށް ކުރުކޮށް ޞޯލިހު ވިދާޅުވުން ކީއްތޯ؟ ރައިސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދުޞޯލިޙް މިގޮތައްވިދާޅުވުން ކިހިނެތް...

  • ލަލަލާ

   ކަލޭބޭނުންވާހާ ގޮތަކަށް ހުރިހާ ކަމެއް ވާކަށް ނުޖެހޭ.

 14. ދިސްއިޒްއިޓް

  އިބޫ ބުންނަސް ނުޖެހޭނެ މަމެން ޕިންކީން ފަހަތަށް ޖެހެން މަމެން ގަބޫލެއް ނުކުރަން އިބޫ ހޮވިފައި ހުރީ އެއީ ރައްޔިތުންގެ ސައްހަ ވޯޓަކުން ކަމަށް ތަމެންނަށް ޖެހޭނީ އެކަން ޕްރޫވް ކޮށްދޭން 96 ހާސް މީހުންނަށް އެގޮތުން މަމެން ބޭނުންވަނީ އަދި އެއް ފަހަރު ވޯޓް ގުނަނަ އެކަން ތަމެން ކުރަން އެއްބަސްވެގަ އެއިރުން މަމެން ދެން ތަމެން ދައްކާ ވާހަކަ ގަބޫލުކުރާނީ އެނޫން ހުރިހާ ހާލަތެއް ގައި މަމެން ދުލެއް ނުދޭނަމޭ ނުދޭނަމޭ ނުދޭނަމޭ ހަމަ ނުދޭނަމޭ ދިސް އިޒް އިޓް..

 15. ޖޮއްބެ

  ފަހުގެތާރީޚެއްގައި ފެނުނު އެންމެ އަމިއްލައެދުންބޮޑު، ޖައްބާރު މީހަކީ މިބޭ. ބަލަގަ މިހިރަބެއްޔާ. އެމްޑީޕީ އިން ކުރާ ހުރިހާ ނުލަފާ ކަމެއްގައި ކަލެއާ ބުރުމާ ގާސިމާ ސޭކު އިމްރާނާ ސޭކު އިލްޔާހާ އީސީގައި އެތިބަ ބާޣީ ބައިގަނޑު ފުރިހަމައަށް ޒިއްމާ ވާން ޖެހޭނެ.....!

 16. އަނިޔާ

  ބޭނުމީ ކުއްވެރިން ސަލާމަތް ކުރަން ޤަމެއްނޫން މައުމޫނުވެސް ވިދާޅުވަނީ ޤަވްމޭ ނިކަންވިދާޅުބައްލަވާ ސަރުކާރު ވައްޓާލުމަށް މަސައްކަތެއްނުކުރައްވަންތޯ ކެރިވަޑައިއެއްނުގަންނަވާނެ . ފައިސާ ބައްސަވަން ދަނބިދަރިފުޅުއަތައްދީފަ ނުފޮނުވަންތޯ . މިއަދު ވެރިކަންބަދަލްވެ ނުޙައްޤުން މިނިވަންކަން ލިބުނީމަ ވިދާޅުވަނީ. ..... މިހާރުގުޅިވަޑައިގެން ތިޔައުޅުއްވަނީ ކުރިންވިދާޅުވި އިސްލާމްދީނަށް ފުރަސްތާރަކުރައްވާކަމަށް ވިދާޅުވި ބައިގަޑަކާނޫންތޯ

 17. ރަސީދު

  އެހެން ވެގެން ދޯ 8 ފެބުރުއަރީ 2012 ގަނުކުމެ ހުޅު ޖެހީ މޭ ޑެގަނުކުމެ ޕޯލިހުއްނައް އަނިޔާ ކުރީ ހަމަ ގައުމައް ހެޔޮ އެދޭތީ

 18. ޙަބޭސް

  މިހާރު ތިއިނީ ވަރަށް ވެފަދޯ؟

 19. ރިގިޑް

  އިބޫ ވަރަށް ވިސްނާގެން އުޅުއްވާތީ. ތިބޭ ވަރަށް ހަސަދަވެރިވާނެ. ވަރަށް މިހާރު ބައްދާނެ. ބީ ކެއްރފުލް. ޕްލީޒް

 20. ބުޚާރީ

  ބޭކާރު މުޅިންބޭކާރު. .. 96 ހާސްރައްޔިތުން ތެރޭގަ ތިބިމީހުންވެސް ހިނިތުންވެފަ ވަޑައިގަންނަވަން ވީތޯ؟ ދެްނކީކުރަންބޭއްވިއިންތިޚާބެއްތޯ؟ ގައުމުގެ ރައްޔިތުން ދެޕާޓީއަށްއެއްވަރައްބަހާލަންވީނޫންތޯ. ދެންއެއްބާ ރައްޔިތުންހިނިތުންވެފަ ވަދައިގަންނަވާށޭވިދާޅުވިނަމަ ވަރަށްސަޅިވާނެ. އަމިއްލަ އާއިލާގަ ދޮށީބޭގުޅުން އެއަށްވުރެހަގު ބޭފުޅުންނާއި މެދުތިޔަވިދާޅުވާ ބަސްތަކުން ހުރިއިހްސާންތެރިކަން އެބައެނގޭ.ގައުމޭރައްޔިތުންނޭނުކިޔާ މަގޭއަންބޮޑިއޭވިދާޅުވެބަލަ