އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފްގެ އޯޑިއޯ އެއް ލީކްވެ، ބޮޑެތި ތުހުމަތުތަކެއް ބައެއް ފަރާތްތަކުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކުރަން ފެށުމުން އެކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބް "ޖަޒުބާތުގައި" ޖެހިވަޑައިގެން، އިލެކްޝަންސް ކޮމިޝަންގެ ދިފާޢުގައި ޓްވީޓް ކުރައްވަމުން އެބަގެންދައެވެ.

ހަބީބް ކުރެއްވި އެއް ޓްވީޓެއްގައި ވަނީ ޖަވާބުދާރީ ކުރުވާނީ މަގުމައްޗަކުން ނޫން ކަމަށް ވިދާޅުވެފައެވެ. އިލެކްޝަންސް ކޮމިޝަނަށް އަވަހަށް ވަޑައިގަތުމަށް ވެސް އޭނާ ވަނީ ތުހުމަތުތައް ކުރާ ފަރާތްތަކަށް ގޮވާލައްވާފައެވެ.

އޭގެ އިތުރުން އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފާއި އެހެން މެންބަރުންގެ އަބުރު ކަތިނުލުމަށް އެދިވަޑައިގެންފައެވެ.

"ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އިލްތިމާސް ކުރަން. ޝުކުރިއްޔާ" ހަބީބްގެ ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ހަބީބް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބު ބާތިލް ކުރަން ޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް އަދި ހުއްޖަތެއް ވެސް ނެތް ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ފަހު ޕީޕީއެމްގެ ސަޕޯޓަރުން ކުރަމުން ގެންދިޔަ ތުހުމަތުތައް އިތުރަށް ވައިގައި ހިފާފައި ވަނީ އިއްޔެ ލީކްވި އޯޑިއޯއެއްގެ ސަބަބުންނެވެ.

އާންމު ވެފައިވާ އޯޑިއޯގައި ކާކުކަން ނޭނގޭ މީހަކު ފުރަތަމަ ބުނަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކައަކުން ވަރަށް ބިރުގަންނަ ކަމަށާއި، ރައީސް އެމީހަކަށް މެސެޖެއް ނުކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ޖަވާބުގައި ޝަރީފް ވިދާޅުވީ އެވާހަކައެއް ޝަރީފް ކައިރީގައި ދެއްކީ ކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކްރަމް ކަމަށެވެ.

އޯޑިއޯގައި ދެން ދައްކަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އާ ގުޅިގެން "ނުބަޔެއް" ހަދައިގެން އޯޑިއޯގައި ދެވަނައަށް ވާހަކަ ދައްކާ މީހާއަށް މީހުން ބަވާތީ އެކަމާ ކަންބޮޑުވާ ވާހަކައެވެ. އަދި އެކަންކަމަށް ކަނބޮޑުނުވެ އެކަމާ ސުވާލުކޮށްފިނަމަ "ނުދެނަހުރި" ކަމަށް ހެދުމަށް ޝަރީފް އެމީހާ ކައިރީގައި ބުނާއަޑު އޯޑިއޯއިން ވަރަށް ސާފުކޮށް އިވެޔެވެ. އަދި މިކަމުގެ ތެރެއަށް ނުވެއްދުމަށް އިތުރު މީހަކު މި އޯޑިއީގައި ބުނާއަޑުވެސް އިވެއެވެ. ބެލެވޭ ގޮތުގައި އެއީ ކޮމިޝަނުގެ އިތުރު މެންބަރެއްގެ އަޑެވެ.

ޝަރީފް ވަނީ އެއޯޑިއޯ އަކީ އެޑިޓް ކޮށްފައިވާ އޯޑިއޯއެއް ކަމަށް ވިދާޅުވެފައެވެ.

ލީކްވެފައިވާ އޯޑިއޯ އާއި ގުޅިގެން އުފެދޭ ސުވާލުތަކަށް އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީ ވުމަށް ރައީސް ޔާމީން ވެސް ވަނީ ރޭ ގޮވާލައްވާފައެވެ. އަދި ސުވާލުތަކުގެ ޖަވާބު ލިބެންދެން ހުރިހާ ރަށެއްގައި މުޒާހަރާ ކުރުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޙނ

    ވެރިކަމުގައި އެ ހުރި މީހާއެއް ނޫންތޯ ރޭގަ ޖަޒްބާތުގަ ޖެހިގެން މުޒާހަރާ ކުރެއްވީ ؟؟

    • Anonymous

      އަހަރެމެން މުސްލިމުން ރޭގަ ޖަޒުބާތުގައި ޖެހުނީ

      • މަން

        ކަލޭ ހީކުރަނީ މޑޕ ގަ އުޅެނީ ހުސް ކާފަރުން ކަމަށްތަ.

  2. ވޯޓްއޮޅި

    ފޯއްމުލަކަށް އުފަން . ޖަޒްބާތުގަ ޓްވިޓްކުރެއްވިޔަސް އޯ ކޭ. ވޯޓްވަނީ އޮޅުވާލާފަ.!

  3. Anonymous

    މި އަކަށް ނޭ،ގެ ވާނުވާ

  4. Kamaal

    ޙަބީބުގެ ޖީބައްވެސް އޭގެއިން ބައެއްވަނީ ވަދެފަ އަދި ފަލީހައްވާނެ. ވަރައް ސަލާމް.

  5. އައްޑެ

    މިޒަމާނަކީ ޓެކްނޮލޮޖީގެ ޒަމާން، ތި އޯޑިޔޯ އަކީ ހަމަގައިމުވެސް އެޑިޓްކޮށްފައިވާ އޯޑިއޯއެއް. ހުދު ޖަންގިޔާގެ ވީޑިއޯ ލީކްވުމުން އެމަނިކްފާން ވިދާޅުވިކަމަށް ބުނަނީ މިހާރު އުޅޭކުދިން ހާދަމޮޅުކަމަށް، އެކަމަކު އެއީ އަސްލު ވީޑިއޯއެއް ކަމަށް ފެންނަނީ.

  6. ސިޒާ

    ނިކަން ކެރެންޏާ އީސީ އިން ނިއުސް ކޮންފަރެންސް އެއް ބާވަބަލަ. ހަމަ އަތަށް ގޮވާނެ. ބާއްވަބަލަ. ކީއްވެ ތިޔަތިބީ.

  7. ތޯމަރާ

    ތިތިއްބެވީޑޮލަރުކެވުނުވަރުންއަގަނުލެއްޕިގެންދޯރައްޔިތުންތިތަނަށްއަންނާކަށްނުޖެހޭނެ ޖަވާބުދާރީނުވެވިގެންތިއުޅުއްވަނީ ސަބަބެއްނެތިއެއްނޫން ފެންކޮޅެއްލާދިރުވާތި ފަސޭހަވާނެ

  8. އަބުރު

    ކޮންމެ މީހަކަށްވެސް އަދި ކޮންމެ ބަޔަކަށްވެސް އަބުރު ރައްކާތެރި ކުރުމަށް ލިބިދޭ ޤާނޫނީ އެންމެހައި ޙައްޤުތައް ޤާނޫނުގައިވާ ގޮތުގެމަތީން ބަރާބަރަށް ބޭނުންކުރުމުގެ ޙައްޤު އޮންނާނެއެވެ. އީސީގެ މެންބަރުންގެ މައްޗަށް ކޮށްފައިވާ ތުހުމަތަށް އިންކާރު ކުރުމުގެ އިޚްތިޔާރު އީސީގެ މެންބަރުންނަށްވެސް އޮންނަށްވާނެއެވެ.

  9. Anonymous

    ހަބީބަކީ ފާޅުކަން ބޮޑުގޮތެއްގައި ނުބައިބައި މީހެއް. ގައްބަރު ސިންގ އެއީ.

  10. ނަމުރު

    އަޅެ ތިޔަހާ ހިތްވަރެއް ހުރިއްޔާ 2ވަނަ ފަހަރަށް ވޯޓް ގުނާލަބަލަ

  11. ނަސްރީނާ

    އިންތިހާބުގެ ނަތީޖާ ބަދަލުކުރަން، ވޯޓު އަލުންގުނަން، ނޫނީ އިންތިހާބެއް އަޅުންބާއްވާކައް އެއްވެސް މީހަކު ނުބުނެ. ހަމައެކަނި ގޮވަނީ ސައްކުތަކައް ޖަވާބުދާރީ ވާށޭ، ސަރ ކިޔަގެން އެގުޅީ ކާކުހޭ؟ ކޮންކަމަކާހޭ ހާސްނުވާންވީ؟ ކޮންކަމެއްހޭ މޑޕ އައް އޮޅުންވިލުވާން ދޭން ޖެހެނީ؟ އެމެރިކާގެ މިހާރުގެ ރައިސް އިންތިހާބު ކާމިޔާބު ކޮއްފައެހެރީ ރަސިޔާމީހުން އިންތިހާބައް ޓްރަންޕައް ކާމިޔާބު ކޮއްދިނުމައްޓަކާ ނުފޫޒު ފޯރުވައިގެންކަން އެމެރިކާ ގަބޫލުކުރެ، އެކަމަކު އިންތިހާބު ބާތިލެއްނުކުރެ. ރަސިޔާ އާދެކޮ ޅައް ފިޔަވަޅުއެޅީ. އެހެންވީމަ މިތާވެސް އިންތިހާބު ބާތިލް ނުކުރިޔަސް މިކުރާ ތުހުމަތުތަކާ ފޯނުކޯލުގަ އެދެއްކީ ކޮންވާހަކަޔެއްތޯ ބަލާދޭށޭ، އެވާހަކަ މިގޮވަނީ. ލިބުނުކާމިޔާބުގަ ބަގުޑިބައްދައިގެން ތިބުމަކީ އެއީ ހުދުމުހުތާރު ތާހިރު ދިރިއުޅުމެއް ނޫނޭ އަހަރުމެން ނުކިޔަމޭ.

  12. ޔެމަހް

    އެއީި ވަރަށް ދިގު ކޮށް ވާހަކަ ދައްކާފަ ހުރި އޯޑިއޯ އެއް.! ވަރަށް ހިތާމަ ހުރި.!

  13. މަލީހު

    ޙަބީބު އަކީ ކޮރަޕްޝަން ގެ ބޮޑު މީހެއް

  14. އަލީ

    މަށައް ހީވަނީ ޖަޒުބާތުގަ ޖެހިގެން ތިއުޅެނީ ނަވާޒޫ ކަލޭހެން. ނުކެރޭނެ މިކޮމެންޓް ޖަހާކައް ނުޖަހައިފިޔާ ފޭސްބޫކް ޕޭޖްގަވެސް ލިޔާނަން މިހެން

  15. މަރި

    ހޭ މަށަށްވެސް ތި ކަހަލަ ކަމެއް ކުރިހެން ހީވަޭ. މަގޭ ރައްޓެއްސެއްވެސް ކުރީގަ ވަރަށް ޔާމިން ވާނެ. ވީގޮތެއް ނޭގެ ކުއްލިޔަކަށް ޢަމިއްލަ ވިޔަފާރިއެއްފެށި. އޭގެފަހުނ ބުނީ މަ އިބޫ ކަމަށް. ވީގޮތެއްނޭގުނު. ސަރުކާރު ގަ އުޅެނީ

  16. ޜސ

    ގައިމު ވޯޓު ގުނީ ހުރިހާ ޕާޓީއެއްގެ ކުރިމަތީގަ ކޮންމެ ބަޔަކައްވެސް ވެރިކަން ނުލިބުނީމަ ވޯޓުއޮޅުވާލީ

  17. ާއަހަރެން

    ގައިމު ވޯޓު ގުނީ ހުރިހާ ޕާޓީއެއްގެ

    ކުރިމަތީގަ ކޮންމެ ބަޔަކައްވެސް

    ވެރިކަން ނުލިބުނީމަ ވޯޓުއޮޅުވާލީ

  18. ތިމަރަފުށި

    ތިމަރަފުށީގަ ނޫޅޭނެ ފައިސާއަށް ނުވިކޭނެ މީހަކު
    ވަރަށް ސަލާމްބުނާތި މެދުވެރިއެއްގެ ބައި ކުޅެދެއްވި ފަރާތަށްވެސް..